މާމިގިލީ ބަނދަރު ސަރަހައްދު--
28 މެއި 2018 - 17:05
އދ. މާމިގިލީގައި ހަށިވިއްކަން ތިބި ހަތް މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މާމިގިލީ ގެއެއްގެ ތެރޭގައި ހަށިވިއްކަން ތިއްބައި މި ހަތް މީހުން ހައްޔަރުކުރީ ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބަނގްލަދޭޝް ފިރިހެނަކާއި ދިވެހި ހަތަރު ފިރިހެނުންނާއި ދިވެހި ދެ އަންހެނުންނެވެ.
މި ހަތް މީހުންގެ ތެރޭގައި ހިމެނޭ ދިވެހި ފިރިހެނުންގެ އުމުރަކީ 26 އަހަރާއި 27 އަހަރާއި 32 އަހަރާއި 30 އަހަރެވެ. އަދި ދެ އަންހެނުންގެ އުމުރަކީ 22 އަހަރާއި 21 އަހަރެވެ. ބަނގްލަދޭޝް ފިރިހެން މީހާގެ އުމުރަކީ 32 އަހަރެވެ.
މީގެ ތެރެއިން 21 އަހަރުގެ އަންހެން މީހާ އާއި 30 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދަށް މާމިގިލީ ކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްދީފަ އެވެ. ދެން ތިބި މީހުންގެ ބަންދަށް ކޯޓުން އިތުރު ކޮށްދިނީ 10 ދުވަހެވެ. މިއީ ކޮން ރަށެއްގެ ބައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަލީމް
30 May 2018
ހަތްމީހުން ހައްޓެއް ނުވިއްކާނެދޯ ހަތްމީހުންގެ ތެރެއިން އެއްބަޔަކު ހަށިވިއްކާނީ އަނެއްބަޔަކު ހަށިގަންނާނީ އުތަ؟
ގަދަރޭ
30 May 2018
ހަށި ވިއްކާ މީހާ އެކުރަނީ މަނާ ކަމެއް ކަމައް ވަންޏާ، ދެން ހަށި ގަންނަ މީހާ ކުރާނީ ވެސް ކުރާނީ މަނާ ކަމެއް. ދުވަހަކުވެސް ނުދެކެން ހަށި ގަންނަ މީހަކު ފުލުހުން ހަޔައްޔަރު ކުރި ކަމަށް އޮތް ސުރުހީއެއް...؟؟ ހުސް ވިއްކާ މީހުން ، ގަންނަ އެކަކުވެސް ނެތް،
މާމިގިލި ދޫދު
30 May 2018
ކަލޯގަޔާ ގަދަކަލޭ!!!!! ހުކުރެ ހައްޖެ ރޯދައެ އީދެ ބަލާނެކަމެއްނެ ވިކޭތޯ ބަލާ. އަޅެފަހެ ބިރެއްވެސް ނުގަނޭތަ، އަޖައިބު ވެއްޖެ މަ!!!!!!
ޢަލިބެ ހިރި
30 May 2018
ހިރިލަންދޫގައި ވެސް ތިޔަކަހަލަ ގުރޫޕެއް އޮވޭ ކިޔާނީފައިކިލާ ގުރޫޕް
ތިމާވެށި
29 May 2018
އަވަހަށް ހުކުމް ކުރަން ވީއެވެ. އަދި އެތަނައް ކުރިން ދިޔަމީހުންގެ މައުލޫމާތު ތަހުގީގުކޮށް ހޯދަން ވީއެވެ. މާގިނައިން މުއްދަތު ޖަހަން ވެއްޖެނަމަ އެމިހުން މިނިވަން ވެދާނެއެވެ.
ކަސްބީ މިނގިލި
29 May 2018
މާ މިނގިލިން މާ ކަން ކެނޑި މިނގިއްޔަށްވެ ނިމިއްޖެ
ސޫޖީ
29 May 2018
ފޮޓޯ ބަލާ ހިތުން ހާދަ ބަޔަކު އެބަ ތެޅެޔޭ ދޯ!
ޓްރުތް
29 May 2018
މާމިގލި އެއް ޒުވާނަކު ހިމެނޭ.. އެއީ މަސްތުވާ ތަކެތި ބޭނުން ކުރާ ޒުވާނެއް..
ޓްރުތް
29 May 2018
އެއީ ސ.ހިތަދޫ އަށް ނިސްބަތް ވާ ދެމީީހުންނާއި މާމިގިލި އެއް ފިރިހެނަކާއި. އެއް ބިދޭސީ އެއް ދެން ކޮން ރަށެއް ކަން ނޭނގޭ އެހެން މީހުން ގެ. މިފަދަ ބަޔަކު މުޖުތަމަޢު ތެރެއަށް އަނެއްކާ ދޫނުކުރުމަށް އެދެން.
ހައްވަ
29 May 2018
ވޭމަންޑޫގަވެސް އުޅޭ ހަށިވިއްކާ ގްރޫޕެއް އެމީހުންވެސް ލާރިހޯދަން ކުރާ މަސައްަތަކީ އެއީ