ރައީސް މުއިއްޒު ހުޅުމާލެ 1 ގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
21 ޑިސެމްބަރ 2025 - 21:33
މަސާޖު ޕާލާގެ ނަމުގައި މާލޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ތަންތަން ހުއްޓުވުމަށް ސަރުކާރުގެ ފޯކަސް ވަރުގަދަކޮށް މި މަހުގެ 9 ގައި ފެށި އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 83 ތަނެއް ބަންދު ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ 1 ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަން ރެހެންދި ސްކޫލްގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ރައިސް ވިދާޅުވީ، މަސާޖު ޕާލާތަކަށް އަމާޒުކޮށް ހިންގަމުންދާ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 83 ތަނެއް ބަންދުކޮށްފައިވާ ކަމަށާއި މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނައިން އެފަދަ ތަންތަން ބަންދުކުރި ފަހަރު ކަމަށެވެ.
"9 ޑިސެމްބަރުން މިއަދު، 21 ޑިސެމްބަރުގެ ނިޔަލަށް 83 މަސާޖު ޕާލާ ބަންދުކުރެވިއްޖެ. އާދެ އަޅުގަނޑު ކުޑަކޮށް ދިރާސާ ހަދާލިއިރުގައި ރާއްޖޭގެ ތާރީހުގައި ދުވަހަކު ވެސް މިއާ ގާތްކުރަން ކީއްކުރަންތޯ މީގެ ބައިކުޅަ ބައި ވެސް ބަންދުކުރެވިފައި ނުވޭ،" މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާއި ހުޅުމާލެ 1 އަދި 2 ގެ ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއި ހުޅުމާލެ 1 ގެ ރައްޔިތުންނާ ބައެއް ކަންކަން ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މީގެ ކުރިން މަސާޖު ޕާލާތައް ބަލައި އިންޒާރުދީ، ފިޔަވަޅުތަކެއް އަޅާފައި އޮވެދާނެ އެވެ. އެކަމަކު އެ ތަންތަން ބަންދުކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ އޮޕަރޭޝަނުގެ ތެރެއިން ބައެއް ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށާއި އެޗމީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެ މަސައްކަތްތައް ކުރަނީ ރާއްޖެއަކީ ހުރިހާ މާނައެއްގައި ވެސް "ސާފު" ތަނަކަށް ހެދުމުގެ ބޭނުމުގަ އެވެ.
އެ އޮޕަރޭޝަން ފައްޓަވައި، ރައީސް ވިދާޅުވީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެހާ ރަނގަޅު ނަތީޖާއެއް ނެރެވުނީ ރައްޔިތުން ދިން ހިޔާލަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ބަލައިގަނެ، އެ އޮންނަ އުސޫލުގެ ތެރެއިން މައްސަލަތައް ހައްލު ކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މުޖުތަމައުގައި ހުރި މި ކަހަލަ މައްސަލަތަކާ ގުޅޭ ގޮތުން ރައްޔިތުން ހުށަހަޅާ ހިޔާލުތައް އެ މަނިކުފާނު ނަންގަވަނީ "ވަރަށް ޕޮޒިޓިވް ނޯޓެއް"ގައި ކަމަށެވެ. ކޮންމެ މީހަކު ހުށަހަޅާ ހިޔާލު ވެސް އަޑުއައްސަވާނެ ކަމަށާއި އެކަމަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮހޮއްތު
22 December 2025
އެކަމު ރަނގަޅު ގޮތުގަ ގައިގަ ރިހޭތީނތެޔޮދެމެން ޖެހޭ
އަހާލީ އޯކޭ ބައި
22 December 2025
ތިކަމުގައި ހުންނާނީ ކޮންމެސް ދިވެއްސެއް ފަހަތުގައި. ކޮންމެސް ނަމެއްގައި ދިވެއްސެއްގެ ނަމުގައި ރަޖިސްޓިރީ ކޮއްފަ އޮންނާނީ ވިޔަފާރިއެއް. ކޮބާ އެވެރިން ހައްޔަރުކުރުން؟؟ރަށުތެރޭން އަޑު އިވޭ މަސާޖު ޕާލަރުތަން ހިންގުުމުގެ ކަންތަކުގައި ގާނޫނު ތަންފީޒުކުރަން ހުރި ތަނުގެ މީހުންވެސް އުޅޭ ކަމަށް. އެހެންވީމަތަ ތިކަމު ފަހަތުގައި ފިލާ ތިބި ދިވެހިންގެ ފޮޓޯއެއް ނަމެއް އާއްމު ނުކުރަނީ؟
ކަޅުބޭބޭގެ އިބު ރ
22 December 2025
ކަލޯ އަށްޑިހަ ތިނެކޭ؟ މާލެ ތެރޭ ގައި ތިޔަ ޖަރީމާ ދަމާ ތަންތަން އަޅާބަލާ އިރު ތިޔަ ބުނާ 83 ނުވާނެ ހުވަނދަކަށް ވެސް
އަލްޖިބްރރާ
21 December 2025
އުވާލަން ލިސްޓްކޮށްފައޮތް ކުންފުނިތަކަށް ދޭން ނިންމި ޕްރޮޖެކްޓްތައް އަތުލާކަށް ނުކެރުނުދޯ.
ވަޒީފާ
21 December 2025
މިދިޔަ ސަރުކާރުން ތިކަން ކުރަން އުޅެ އުޅެ ނުވި. މިހާރު ބަންދު ކުރަން މަޖްބޫރުވީ އެތަން ތަން ހިންގާ މީހުން ޓައި އެޅި ވަޒީފާ އަށް ދާން ފުރުސަތު ލިބުނީމާ ބަންގލާދޭޝް ޓީމްތަކަށް ކުރިން ހިންގި ގޮތަށް އެކަން ނުކުރެވުނީމާ ބަސްޓްވީ. ވީމާ ތިކަން ކުރި މީހުންނަކީ މިހާރު ޓައި އެޅިވަޒީފާގައި އުޅޭ މީހުުންކަމަށް ލަފާކުރެވޭ.
ބސވސވ
21 December 2025
ހާދަ ފުޅާ ވިޔަފާރިއެކޭ. ގައިގެ ރިހުންތައް ހައްތަހާ ވަނީ އިތުރު. ސިއްހަތައް ފައިދާ ކުރާ މިންވަރުވެސް ބަލާލަން ވާނެ.
އޮނަރަބްލް އަފީފު ދީދީ
21 December 2025
އެހެން ރަށެއްގެ ރައްޔިތަކަށް ފުރުސަތުނުދީ ހަމައެކަނި ތިރަށުމީހުނަށް ފުރުސަތުދީގެން ތިގެންދަވާ ޖަލްސާތަކުގައި ތިރަށުމީހުން ދެއްކި ވާހަކަތަކުގެ ޙައްލު ބޭނުންނަމަ މަނިކުފާނު ކުރިން އިޢުލާން ކޮށްފައިވާ ޤައުމީތަރައްޤީ ގެ މަޝްރޫއު އާއި އެއްގޮތަށް މަތީގައިދެންނެވި ރަށްތައް ތަރައްޤީކޮށް ކ.މާލޭމީހާވެސް ހިމަނައިގެން އެރަށްތަކުން 18 އަހަރުން މަތީގެ ކޮންމެރައްޔިތަކަށް އެރަށްތަކުން ބިންދިނުމަށް ކ.މާލޭ ކަނޑުފަޅަށް ދައުލަތުގެ ޙަޒާނާ ތަޅާ ހުސްކުރުން ހުއްޓާލާ.
އޮނަރަބްލް އަފީފު ދީދީ
21 December 2025
ދައުލަތުގެ މުއްސަނދިކަމާއި ވަސީލަތް ހަމަ އެކަނި ކ.މާލޭ މީހުންގެ އެއްޗަކަށް ނަހަދާ ކެލާ، ފިއްލަދޫ، އުލިގަމު، މޮޅަދޫ، ހޯރަފުށި، ވަށަފަރު، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ، ތ.ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ.ގުޅިފައިވާ ރަށްތައް ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، މަޑަވެލި، ހޯޑެއްދޫ، ގަން، ވިލިގިލި، ފަރެސްމާތޮޑާ، ފުވައްމުލައް އަދި އައްޑޫސިޓީ އަށް ވެސް ކޮންމެވެސް ކަމެއްކޮށްދީ އެރަށްތަކުގައި އިންސާނުނަށް ދިރިއުޅެވޭ ވަރު ކޮށްދެއްވަންވީ ނޫންތޯ؟
ޥަހުތާން
21 December 2025
ކޮބާތަ ގެއަށް މީހުން ފޮނުވާ ރަޝިއާ އެޖެންޓް. އޭނާ ހިފާ ހަައްޔަރު ކުރޭ.
ހަމަދު ސަލީމް
21 December 2025
ތީ ބައެއް ފުލުހުން ވަރަށް ރުޅިގަދަވާނެކަމެއް. ތި ތަންތަނަށް އެންމެ ފަރިތަވާނީ ފުލުހުން. ބައެއް ތަންތަން ހިންގަނީ ފުލުހުންގެ ބައެއް ކަމަށްވެސް ވެދާނެ.