އޮމްނިކޫރިސް ކުލިނިކް: ޙިޖާމާގެ ފަރުވާ ފޯރުކޮށްދެނީ ޒަމާނީ ފެންވަރުގައި
30 މެއި 2018 - 11:20
ޙިޖާމާގެ ފަރުވާ ފޯރުކޮށްދޭން "އޮމްނިކޫރިސް ކުލިނިކް" ގެ ނަމުގައި މާލޭގައި ކްލިނިކެއް ހުޅުވައިފި އެވެ.
އޮމްނިކޫރިސްގެ އިސް ވެރިޔަކު ވިދާޅުވީ އެތަނުގެ މައިގަނޑު ޚިދުމަތަކީ ޙިޖާމާގެ ފަރުވާ އެވެ.
"މިއީ މިނިސްޓްރީ އޮފް ހެލްތުގައި ރެޖިސްޓްރީކޮށް، ލައިސެންސް ލިބިފައިވާ ޑޮކްޓަރުންގެ ބެލުމުގެ ދަށުން މިވަގުތު ރާއްޖޭގައި ޙިޖާމާގެ ފަރުވާދޭ ހަމައެކަނި ކުލިނިކް،" އޭނާ ވިދާޅުވި އެވެ.
ޙިޖާމާއާ އަކީ ހަށިގަނޑުގައި ދައުރުވާ އެކި ކަހަލަ ވިހަ މާއްދާތައް، ތަށިތަކެއް ޖަހައިގެން، ލޭގެ ތެރެއިން ބޭރުކުރުމެވެ. މި ފަރުވާގައި މިހާރު ބޭނުންކުރަނީ އެކަމަށް ހާއްސަކޮށްގެން ބިއްލޫރި ނުވަތަ ޕުލާސްޓިކުން ތައްޔާރުކޮށްފައިވާ ތަށްޓެވެ.
އޮމްނިކޫރިސްގެ ޑޮކްޓަރަކު ވިދާޅުވި ގޮތުގައި މި ފަރުވާގެ ސަބަބުން ލޭގެ ސެލްތަކަށް އާރޯކަން ލިބި، ހަށިގަނޑުގެ ދިފާޢީ ނިޒާމް ހަރުދަނާވެ އެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން 2000 އާއި 2005 އަހަރާ ދެމެދު ދިރާސާކޮށް އެކުލަވާލި "ހެލްތު ފޯ އޯލް" ޕްލޭންގައި ޙިޖާމާ ވަނީ ފަރުވާއެއްގެ ގޮތުގައި ހިމަނާފަ އެވެ. އެއީ ކުދި އޮޕަރޭޝަންތަކުގެ ކެޓަގަރީގެ (މިނީ ސާޖަރީސް) ތެރޭގަ އެވެ.
ހިޖާމާ ފަރުވާއަށް ބޭނުންކުރާ ކަޕްތަކެއް: މުޅި ދުނިޔެއަށް ވެސް މި ފަރުވާ މިހާރު ވަނީ މަޝްހޫރުވެފައި
ޒަމާނީ ބޭސްވެރިކަމުގެ ބައެއް ތަޖުރިބާކާރުން ވެސް ޙިޖާމާގެ ބޭނުން ހިފަ އެވެ. އެގޮތުން ޒަމާނީ ބޭސްވެރިކަމުގެ އެއް މޭސްތެރި އަދި މަޝްހޫރު ޖޯންސް ހޮޕްކިންސް ހޮސްޕިޓަލްގެ އެއް މަސްއޫލްވެރިޔާ ޑރ. ވިލިއަމް އޮސްލާ ވަނީ ނޭވާލާ ނިޒާމްގެ ބައްޔެއް ކަމަށް ވާ ބްރޮންކޯ ނިއުމޯނިއާ އާއި އެކިއުޓް މައިލައިޓިސްއަށް ފަރުވާއެއްގެ ގޮތުގައި ޙިޖާމާ ޖަހަން އިރުޝާދު ދެއްވާފަ އެވެ.
ދުނިޔޭގެ ފެންވަރުގެ ތަރިން ވެސް ޙިޖާމާގެ ބޭނުން ހިފަމުން އަންނަ ކަމަށް، އޮމްނިކޫރިސްގެ ޑޮކްޓަރު ވިދާޅުވި އެވެ. އެގޮތުން އޭނާ ނެންގެވި އެއް މިސާލަކީ 2016 ގައި ބްރެޒިލްގައި އޮތް އޮލިމްޕިކްސްގެ ބައެއް އެތުލީޓުން ވެސް ޙިޖާމާ ފަރުވާ ނެގި ނެގުމެވެ.
އެގޮތުން އެމެރިކާގެ މަޝްހޫރު ޖިމްނާސްޓިކް އެއް ބައިވެރިޔާ އެލެކްސް ނަޑޯރް އާއި ޗައިނާގެ މަޝްހޫރު ފެތުންތެރިޔާ ވާންގް ޗުން، އޮލިމްޕިކްސް އަށް ތައްޔާރުވުމުގެ ގޮތުން ޙިޖާމާ ޖެހި އެވެ. އަދި އިނގިރޭސި ވިލާތުގެ ޓެނިސް ކުޅުންތެރިޔާ އެންޑީ މުރޭ އާއި އެމެރިކާގެ މަޝްހޫރު ފެތުންތެރިޔާ މައިކަލް ފެލްޕްސް ވެސް ވަނީ ޙިޖާމާގެ ފަރުވާ ހޯދައި، މެޑެލްތައް ކާމިޔާބުކޮށްފަ އެވެ.
އޮމްނިކޫރިސްގެ އޮފިޝަލް ވިދާޅުވީ ޙިޖާމާގެ މުހިންމުކަމާ މެދު ކީރިތި ރަސޫލާ ދެއްވާފައިވާ އިރުޝާދުން ވެސް އޭގެ ފައިދާ އެނގިގެން ދާ ކަމަށެވެ.
"ނަބަވީ ބޭސްވެރިކަމުގެ ތެރޭގައި ޙިޖާމާ ހިމެނޭއިރު އެފަރުވާ އަޅުގަނޑުމެން ނުހޯދަންވީ އެއްވެސް ސަބަބެއް ނެތް،" އޭނާ ވިދާޅުވި އެވެ.
"ނަމަވެސް އެކަން ކުރަންވާނީ ރައްކާތެރި ގޮތުގައި. ޙިޖާމާއަކީ އޭގައި ކުދިކުދި ކެފުންތައް ހިމެނޭ، އަދި ސީދާ ލެޔާ ގުޅުން ހުރި ފަރުވާއެއް. އެހެންވެ އެ ފަރުވާދޭ ފަރާތާއި ފަރުވާ ލިބިގަންނަ ފަރާތުން ވެސް ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އަޅަންވާނެ."
އޭނާ ވިދާޅުވި ގޮތުގައި ޙިޖާމާ ޖެހުމުގެ ކުރިން ބަލިމީހާ ސްކްރީން ވެސް ކުރަން ޖެހޭނެ އެވެ. ބަލިމީހާ ހުރީ ޙިޖާމާ ޖަހަން އެކަށީގެންވާ ހާލަތެއްގައިތޯ ވެސް ޗެކްކުރެވެން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޙިޖާމާ ޖަހައިދޭ މީހާއަކީ ޙިޖާމާގެ އިލްމު ހުރި އަދި ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ،" މި ޒަމާނުގައި ޙިޖާމާ ފަރުވާ ވެސް ފޯރުކޮށްދޭ ރައްކާތެރި ގޮތް ކިޔައިދެއްވަމުން، އޮމްނިކޫރިސްގެ އޮފިޝަލް ވިދާޅުވި އެވެ.
"ހަމައެހެން ޙިޖާމާގެ ފަރުވާދޭން ބޭނުންކުރާ ތަނަކީ ނުވަތަ ކޮޓަރި އަކީ ވެސް ސާފުތާހިރު، އެކަމަށް ހާއްސަ ތަނަކަށް ވާން ޖެހޭނެ. ޙިޖާމާގެ ފަރުވާގައި ބޭނުންކުރާ ތަށިތަކާއި އެހެނިހެން އާލަތްތަކަކީ ޖަރާސީމު ނައްތާލެވިފައިވާ ތަކެތިތޯ ޔަގީންކޮށް ކަށަވަރު ވެސް ކުރެވެންވާނެ."
އޭނާ ވިދާޅުވި ގޮތުގައި ޑަބްލިޔުއެޗުއޯ އިން ވަނީ ބޭސްވެރިކަމުގެ ވަކި ކެޓަގަރީއެއްގެ ގޮތުގައި ޙިޖާމާ ގިންތި ކޮށްފަ އެވެ. އެހެންކަމުން ޚިދުމަތް ދޭ ތަނަކީ އެކަމަށް އެކަށީގެންވާ ފެންވަރަށް ތައްޔާރު ކޮށްފައި ހުރި ތަނަކަށް ވުމުގެ އިތުރުން ސިއްހީ ޚިދުމަތް ދިނުމުގެ ހުއްދަ ލިބިފައިވާ ބައެއްގެ ބެލުމުގެ ދަށުން ހިނގާ ތަނެއްކަން ކަށަވަރުކުރަން ވެސް ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ޙިޖާމާގެ ފަރުވާދޭ ކަންކަމުގެ ތެރޭގައި ތަފާތު ގޮތް ގޮތަށް (ސައިނަސް، މައިގްރޭން، ޓެންޝަންގެ ސަބަބުން) ބޮލުގައި ރިހުމާއި ކައްޓާއި މަހާ ގުޅުން ހުރި ތަފާތު ތަދުތައް (ކަނދުރާ އަދި އުނަގަނޑުގެ ތަދުތައް، ކުޅިވަރުގެ ތެރޭގައި ލިބޭ ކުދި އަނިޔާތަކުގެ ސަބަބުން ގުނަވަންތަކުގައި ނުފިލާ ހުންނަ ތަދުތައް، އޮސްޓިއޯ އާތްރައިޓިސް، ރާއްޖެބަލީގެ ސަބަބުން ހުޅުހުޅަށް ވެފައި ހުންނަ ތަދުތައް) ހިމެނެ އެވެ.
އޭގެ އިތުރުން ނޭވާލާ ނިޒާމާއި، ހަޖަމްކުރުމުގެ ނިޒާމާއި، ދަރިމައިވުމުގެ ނިޒާމުގެ ބައެއް ބަލިތަކަށް، ދެ ޖިންސްގެ މީހުން ވެސް ހިމެނޭ ގޮތަށް، ޑަކްޓަރީ ފަރުވާއާ އެކު ޙިޖާމާ ޖެހުމުން ނަތީޖާ އެތައް ގުނައެއް ރަނގަޅުވާ ކަމަށް، އޮމްނިކޫރިސްގެ އޮފިޝަލް ވިދާޅުވި އެވެ.
"ލޭމައްޗަށްދާ މީހުންނަށް ވެސް ޙިޖާމާ ފަރުވާއަކަށް ވޭ. ދެން ހުރޭ ޑޮކްޓަރީ ބޭހާ އެކު ޙިޖާމާ ޖެހުމުން ނަތީޖާ ރަނގަޅުވާ ކަންކަން ވެސް. މިސާލަކަށް ފަރުވާ ކުރަން އުނދަގޫ ހަމުގެ ބަލިތަކުގެ ތެރޭގައި ހިމެނޭ އޮށާޅަ އަދި ސޯރިއޭސިސް ފަދަ ކަންކަމަށް ވެސް ފަރުވާއާ އެކު ޙިޖާމާ ބޭނުންކުރެވިދާނެ."
އޭނާ ވިދާޅުވި ގޮތުގައި ދަރިން ހޯދަން އުނދަގޫ ބައެއް މީހުންނަށް ޙިޖާމާ އިން ރަނގަޅު ނަތީޖާ ފެނިފައިވެ އެވެ. އެގޮތުން ޙިޖާމާގެ ފަރުވާ ވެސް ހޯދަން އަންހެނުންގެ ބައެއް ޑޮކްޓަރުން ބައެއް ބަލިމީހުންނަށް އިރުޝާދު ދޭ ކަމަށް، އޮމްނިކޫރިސްގެ އޮފިޝަލް ވިދާޅުވި އެވެ.
ޙިޖާމާގެ މުހިންމުކަމާ މެދު ކީރިތި ރަސޫލާ ކުރައްވާފައިވާ ހަދީސްގެ ސަބަބުން، މުސްލިމުންގެ ތެރޭގައި މި ބޭސްވެރިކަން މަޝްހޫރެވެ. ކީރިތި ރަސޫލާގެ ހަދީސެއްގައި ވަނީ "ތިޔަ ބައި މީހުންގެ ފަރުވާތަކުގެ ތެރެއިން އެންމެ މޮޅު ފަރުވާއެއްކަން ކަށަވަރީ ޙިޖާމާ" ކަމަށެވެ.
މިއަދު ޙިޖާމާއަކީ މުޅި ދުނިޔެއަށް ވެސް މަޝްހޫރު ބޭސްފަރުވާއެކެވެ. އެ ފަރުވާ ހޯދާފައިވާ މަޝްހޫރު މީހުންގެ ތެރޭގައި ޑޭވިޑް ބެކަމްގެ އަންހެނުން ވިކްޓޯރިއާ ބެކަމް އާއި އެމެރިކާގެ ފިލްމީ ބަތަލާ ޖެނިފާ އެނިސްޓަން އާއި ގްވިނެތު ޕަލްޓްރޯގެ އިތުރުން މަޝްހޫރު ބޮކްސިން ތެޅުންތެރިން ކަމަށްވާ ފުލޯއިޑް މޭވެދާ އާއި އާމިރު އިގްބާލް ޚާން ހިމެނެ އެވެ.
.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ އަހުމަދު
31 May 2018
ތިއީ ވާ ސަޅި ތަނެއް. ލިބޭ ޚިދުމަތަށް ބަލާއިރު އަގުވެސް ހަމަ ރަނގަޅު. ވަރަށް ސާފުތާހިރު. ޑޮކްޓަރުން ވަރަށްރަނގަޅަށް ބައްލަވައި އޮޅުންފިލުވައިދޭ. މިހާރު 2 ސެޝަން ނަގައިފިން. އިންޝާﷲ އަންނަ މަހުވެސް ދާނަން
އާރީ
31 May 2018
އަގުތަން ހާމަ ނުކުރަނި މީހަކު ނުގޮސްފާނެ އެތީތަ
ޙަސަދަވެރިޔާ
31 May 2018
ބީ ޕޮސިޓިވް ބްރޯ. މިއީ ރޯދަމަސް. ދޭބަލަ ނަމާދުކޮށްލައިގެން ގުރުއާން ކިޔަވާލަން. ޔޫ ވިލް ފީލް ބެޓަރ. ޑޯންޓް ބީ ޖޭ
ޕޮކަންޑި
30 May 2018
ނަމުން ހީވަނީ އޮމްރިސް ޕޫރީގެ ހިއްސާވާތަނެއްހެން!!
ާރާއްޖެ
30 May 2018
މިތާގަ ކޮމެންޓް ލިޔުމުގެ ބަދަލުގަ އަތުގަ އޮތް ފޯނުން އޮމްނިކޫރިސް ޖަހާފަ ސާޗް ކޮއްލިނަމަވެސް އެތަން ހުރިތަން ބުނެދީ، ދާންވީ ގޮތް ބުނެދީ، ދާން ހޭދަވާނެ ވަގުތުވެސް ބުނެދޭނެ.
ވޮލަންޓިއަރު
30 May 2018
މިކަމަކީ ވަރަށް ބޮޑު އަގެއް ބަޔަކުން ނަގާ އެއްޗެއް، މިކަހަލަ ސުންނަތުގަ އޮންނަ ރަގަޅު ކަމަކުން ފަރުވާވެސް ނުހޯދަނީ މިމީހުން ކިޔާ އަގުބޮޑު ވީމަ. 20-30 މިނެޓުގެ ހިޖާމާ ސެސަނަކައް 1000ރ-1200ރ އެއީ 15-20 ކަޕުޖެހުން. ކަޕުސެޓެއް 150-200ރ ދެން ވިސްނާލާ މިމީހުން މުއްސަނދި ވާނެ ވަރު
ކުސުމް
30 May 2018
ގެސްޓް ހައުސްއަކުން ކޮޓަރިދޭ އަގާއި 5 ތަރީގެ ހޮޓަލަކުން ކޮޓަރިދޭއަގު ތަފާތުވަނީ ކީއްވެކަން އެނގިލައްވާތޯ؟ އޮމްނިކޫރިސްއިން ޚިދުމަތްހޯދި ފަރާތެއްގެ ޙައިޘިއްޔަތުން ބުނެލަންއޮތީ މިދެންނެވި ތަފާތު އެތަނުން ފެނިގެންދެއޭ. ގެއެއްގެ ސިޓިންގްރޫމްގައި ނުވަތަ ކޮޓަރީގެ އަރިމަތީގައިހުންނަ އެނދެއްގައި ހިޖާމާޖެހުމާއި އެކަމަށް ޚާއްޞަކޮށް ރަޖިސްޓްރީކޮށްގެން ހިންގޭ މެޑިކަލް ކްލިނިކެއްގައި މެޑިކަލް ޑޮކްޓަރުންގެ އިރުޝާދުގެދަށުން ޚިދުމަތްދޭއިރު އެއްކަލަ ސިޓިންގްރޫމްގައި ޚިދުމަތްދޭމީހާ ދޭއަގަކަށް ނުދެވޭނެ ނޫންތޯ؟
ޅިޔަނުގެ ފިކުރު
30 May 2018
ރަގަޅު ވާހަކައެއް. ހިޖާމާމާޔާއި ރުޤްޔާ ކުރާމީހުންގެ އެއްމެ 30 ވަރަކަށް މިނިޓްގެ އަގަކީ 1000-1500 އާ ދެމެދު މީހަކަށް.
ޖަމް
31 May 2018
އަގުހެޔޮކޮށް ކުރެވޭނެ.. އެެއްލަކިން މުއްސަދިވާން ބޭނުންވަނީ އެންމެންވެސް.
dhanbi
30 May 2018
މުލިއާގޭ އިރުމަތީ ދޮރާށި ކުރިމަތިން ކަހަލަ ގޮތަކަށް
ޝިޔާމް
30 May 2018
އާލަމްތަކަށް ރަހުމަތެއްކަމުގައި ފޮނުއްވީ ކައު ސާހިބާއަކީ އަހަރެމެން ހުރިހާ ކަމެއްގައި މިސާލުނަގަންވީ މަތިވެރި ސާހިބާ. އެމާތްނަބިއްޔާއަށް ސަލަވާތާއި ސަލާމް ލައްވާށި. އާމީން
ހައީ
30 May 2018
ތީތަނުގ ހަގީގަތް ހޯދާލަން ޖެހޭނީ.. ތީތާގަކުރަން ތީއުޅޭ ކަމެއް ކުރުމައް ހުއްދަދީން ގޮތަކާއީ ގަވައީދަކާއީ އަދީ ތީތަނުގެ އޯނަރުންނާއީ މީނީސްޓަރީއާއީ އޮތް ގުޅުންވެސް ދީރާސާކޮއްލަންޖެހޭ.. އަދީ ކަވާ ޖަހާ ކޮންމެ ކަމަކީ ހީޖާމައެކޭ ނުބުނެވޭނެ.. ވީމާ ހީޖާމާގެ ލަފްޒުވެސް ބޭނުން ކުރެވީފައީވަނީ ރަނގަޅައްތޯ ދެނެގަނެވޭނީ ސުންނަތުން ސާބީތުވާ ހީޖާމާ އެނގޭ ބަޔަކު ތީކަން ކުރާނަމައެވެ.
1234
30 May 2018
އަގުތައް ކިހާވަރެއް
ޑެއިޒީ
30 May 2018
މީ ކޮންހިސާބެއްގަ ހުރި ތަނެއްތޯ؟؟
ކުސުމް
30 May 2018
މުލިއާގޭ އިރުމަތީ ދޮރާށި ކުރިމަތިން ކަހަލަ ގޮތަކަށް