ޚަބަރު / އޭޑީކޭ ހޮސްޕިޓަލް

އޭޑީކޭގެ ޑޮކްޓަރެއްގެ އިހުމާލުން މީހަކު މަރުވި ކަމަށް ބުނާ މައްސަލައެއް ބަލަނީ

އައިޝަތުގެ އަތަށް ލިބިފައިވާ ގެއްލުންތައް-- ފޮޓޯ: އާއިލާ

އޭޑީކޭ ހޮސްޕިޓަލްގެ އިހުމާލުން ދިވެހި އަންހެނަކު މަރުވި ކަމަށް އާއިލާ އިން ބުނާ މައްސަލައެއް އެ ހޮސްޕިޓަލުން ބަލަން ފަށައިފި އެވެ.

މިދިޔަ ހޯމަ ދުވަހު އޭޑީކޭގައި މަރުވެފައި ވަނީ އައިޝަތު އާދަމް، 59، ހ. އުނިގަސްދޮށުގެ، އެވެ.

ނޭވާލާން އުނދަގޫވެގެން އޭޑީކޭ އަށް ގެންދިޔަ އައިޝަތު މަރުވީ ޑޮކްޓަރުންގެ އިހުމާލުން ކަމަށް ބުނެ، އާއިލާ އިން ވަނީ ކަން ހިނގި ގޮތުގެ ބަޔާނެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް މިއަދު ވިދާޅުވީ އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި ތަހުގީގު ނިމުމުން އެކަން އާއިލާއާ ހިއްސާ ކުރާނެ ކަމަށެވެ.

އައިޝަތަކީ ހިތުގެ ވިންދު ލަސްވުމުން ޕޭސްމޭކާ ލައްވާފައިވާ އަދި ކިޑްނީގެ މައްސަލަތަކެއްގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.

ނޭވާލާން އުނދަގޫވެގެން ގެންދިއުމުން އޭނާގެ ކަންކަން އޭޑީކޭގައި ބަލަން ހަވާލުވީ ބިދޭސީ ޑޮކްޓަރެއް ކަމަށް ވާ ޝަރަދު ޑަޔަޑަން އެވެ. މައްސަލަ ދިމާވުމުން އޭނާ ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި އޭނާ މިހާރު އިސްތިއުފާ ދިން ކަމަށް ވެސް ވެ އެވެ.

އައިޝަތުގެ ދަރިއެއް ކަމަށް ވާ އިސްމާއިލް އިހްސާން ބުނީ މަންމަގެ މަރުވެ މައްސަލަ ފުލުހުންނާއި ހެލްތު މިނިސްޓްރީއަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

އާއިލާއިން ބުނި ގޮތުގައި ނޭވާލަން އުނދަގޫވާތީ މި މަހު 23 ގައި އޭޑީކޭއަށް ގެންދިއުމުން އައިސީޔޫގައި ބާއްވައިގެން ފަރުވާ ދިން އިރު ސީރިއަސް އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް ޑޮކްޓަރުން އާއިލާއަށް އަންގައިފައިވެ އެވެ.

އެކަމަކު އައިސީޔޫގައި އޮތް އިރު އައިޝަތުގެ ކަނާތު ކޮނޑު ހުޅުން ފެށިގެން ތިރި ދުޅަވެ، ތަދުވާތީ އުޅުނު ކަމަށް އާއިލާ އިން ބުނެ އެވެ. އައިސީޔޫން ފަރުވާ ދިނުމަށް ފަހު ނޭވާލުން ރަނގަޅުވުމުން ކޮޓަރި އަށް ބަދަލުކުރި އެވެ. އެކަމަކު އާއިލާ އިން ބުނާ ގޮތުގައި އަތުގެ މައްސަލަ އަށް ފަރުވާދިނުމުގައި ޑރ. ޝަރަދު ވަނީ އިހުމާލްވެފަ އެވެ.

އާއިލާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކޮޓަރިއަށް ބަދަލުކުރި ފަހުން ތަދު ބޮޑުވެ، ޝަކުވާކުރުމުން ޑރ. ޝަރަދު ގެންނަން ނަރުހުން އެތައް ފަހަރަކު ގުޅުމުން ވެސް އޭނާ ނާދެ އެވެ. އެކަމަކު ޝަރަދު ދިން އިންޖެކްޝަނެއް އައިޝަތުގެ ގަޔަށް ޖަހާފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ. ދެން ވެސް ތަދަށް ލުއިކަން ނުލިބުމުން ނަރުސް ކުއްޖަކު، އެ އަތުގައި "ފާޑެއްގެ ޖެލްއެއް އުނގުޅުމަށް ފަހު ބެންޑޭޖްކޮށް އައިސްޕެކް" އެޅި ކަމަށް އެ ބަޔާނުގައިވެ އެވެ.

ޑރ. ޝަރުދު ގެނެވޭތޯ ނަރުހުން އުޅުމުން އޭނާ އެ ވަގުތު ހުރީ އޯޕީޑީގައި ކަމަށާއި ދެވެން ނެތް ކަމަށް އެންގުމުން، "ޑޮކްޓަރު ގެނެވޭނެ ކަމަށް ބުނެ އާއިލާގެ މީހަކު ޑޮކްޓަރާ ބައްދަލުކުރަން ދިޔަ" ކަމަށް ވެސް ބަޔާނުގައި ބުނެ އެވެ.

ޑރ. ޝަރުދު ގެނެވުނީ، އާއިލާ އިން ބުނި ގޮތުގައި، އާއިލާގެ އެ މީހާ އޭނާ ހޯދަން ދިޔަ މަގުމަތީ އޭޑީކޭގެ ސްޕަވައިޒަރަކަށް ދިމާވެގެން ޝަކުވާ ކުރުމުންނެވެ. އެކަމަކު އާއިލާއިން ބާރު އަޅައިގެން ގެނައުމުން އޭނާ ހުރީ ހިތްމަނުޖެހިފައި ކަމަށް އާއިލާ އިން ބުނެ އެވެ.

އާއިލާ އިން ބުނީ ތަދު ކަނޑުވަން ޕެނެޑޯލް ދޭން ޑރ. ޝަރަދު އުޅެން ފެށުމުން ކިޑްނީއަށް ފަރުވާ ހޯދަމުން އަންނަ މީހަކަށް ވާތީ އެހާ ގިނަ ބޭސް ދިނުމުން މައްސަލަ ނުޖެހޭނެތޯ ސުވާލުކުރުމުން، ބޭސް ދޭން ހުރަސް އަޅާ ކަމަށް ބުނެ، އާއިލާގެ އެކަކު ފިޔަވައި، އެހެން އެންމެން ކޮޓަރިން ނެރުނު ކަމަށެވެ. އަދި އޭގެ ފަހުން އައިޝަތު އެޗުޑީޔޫއަށް ބަދަލުކޮށް، އަތުގެ ސްކޭނެއް ހެދި އެވެ.

ސްކޭން ބެލުމަށް ފަހު ޑރ. ޝަރަދު ބުނި ކަމަށް ވަނީ، އާއިލާގެ ބަޔާނުގައިވާ ގޮތުން، ކުރިން އަތަށް ގުޅި ކެނިއުލާ ގުޅިފައި އޮތީ ނާރުގެ ބަދަލުގައި މަސްގަނޑަށް ކަމަށާއި އޭގެ ސަބަބުން އެންޓިބަޔޮޓިކްސް އާއި އޭނާއަށް ދިން އައިވީތައް މަސްގަނޑަށް ގޮސްފައިވާ ކަމަށެވެ. އަދި އަތް މައްޗަށް ނަގައިގެން ބޭއްވުމުން، 48 ގަޑިއިރުގެ ތެރޭގައި ރަނގަޅުވާނެ ކަމަށް ޑރ. ޝަރަދު ބުނި ކަމަށްވެ އެވެ.

އަތަށް އެއްވެސް ލުއިކަމެއް ނުލިބުމުން ޑރ. ޝަރަދު ބަދަލުކޮށްދޭން އެދުމުން ދެން އައިޝަތުގެ ކަންކަމާ ހަވާލުވި ޑޮކްޓަރު އެދުނީ، އާއިލާގެ ބަޔާނުގައިވާ ގޮތުން، އިނގިލިތަކުގެ ހަރަކާތްތައް ކުޑަވާތީ އޮޕަރޭޝަނެއް ކުރުމަށެވެ. އެކަމަކު އޭޑީކޭ އިން އިތުރު ފަރުވާއެއް ހޯދަން އައިޝަތު ދެކޮޅުހެދި އެވެ.

އޭޑީކޭ އިން ވަނީ އައިޝަތުގެ ކަންކަން ބަލަން ފަހުން ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއް އެކުލަވާލައިފަ އެވެ. އެކަމަކު އާއިލާއިން އޭނާ ބޭރަށް ގެންދަން ޓިކެޓް ނެގި އެވެ. ދެން ދިމާވި މައްސަލަ އަކީ، ބަޔާނުގައި ބުނެފައިވާ ގޮތުގައި، އަތުގެ ވިންދު މާ ބޮޑަށް ދަށްވުމުން ވީހާވެސް އަވަހަކަށް އޮޕަރޭޝަން ކުރަން ޖެހުމެވެ.

އާއިލާ އިން ބުނި ގޮތުގައި ރޭގަނޑު 12:30 ހާ އިރު ކުރަން ފެށި އޮޕަރޭޝަން ނިމުނީ އަނެއް ދުވަހު ހެނދުނު 6:30 ގަ އެވެ. އޮޕަރޭޝަން ކުރި ޑޮކްޓަރުން ބުނި ކަމަށް ވަނީ އޮޕަރޭޝަން "ދިޔައީ ރަނގަޅަށް" ކަމަށެވެ.

"ނަމަވެސް ޑޮކްޓަރފުންގެ ހަރަކާތްތައް ހރި ގޮތުންނާއި މޫނު މައްޗަށް ވެރިވެފައިވާ ހާސްކަން ފެނުމުން، އާއިލާ އިން ޝައްކު އުފެދި، ސުވާލުކުރުމުން ދެންނެވީ، ޑޮކްޓަރުން ހާރު ނުކައި ތިބުމުން ވަރުބަލުވެފައިވާ ކަމަށެވެ،" އާއިލާ އިން ބުނެ އެވެ.

އޭގެ ދޮޅު ގަޑިއިރު ފަހުން ތިއޭޓަރުން އައިޝަތު ނެރުނު އިރު ވަނީ "ލޯ މަތީގައި ޓޭޕް ކޮޅެއް އަޅާފައި" ކަމަށް އާއިލާ އިން ބުނެ އެވެ.

އެކަމަކު އައިޝަތުގެ އާއިލާ އިން ބުނަނީ އޮޕަރޭޝަންގެ ތެރޭގައި އޭނާ މަރުވެފައިވާ ކަމަށެވެ. އެ ވާހަކަ ޑޮކްޓަރުން ކައިރީ ފަހުން ބުނުމުން "ޑޮކްޓަރުން ވަނީ އިސްޖަހައިފައި" ކަމަށް ބަޔާނުގައިވެ އެވެ.

"މަންމަ ނިޔާވުމުގައި ޑޮކްޓަރުންގެ އިހުމާލުކަމަށް އައިލާ އިން ގަބޫލުކުރަނީ އައިސީޔޫގައި ތިބި ނަރުސް ކުދިންނާއި މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާ ސުވާލުކުރުމުން، އެ މީހުންގެ އިހުމާލް މިކަމުގައި ވާ ކަމަށް ވަނީ އިއުތިރާވެފަ އެވެ،" ބަޔާނުގައިވެ އެވެ.

58 ކޮމެންޓް, 542 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 90%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކެވެލި

02 June 2018

ޓީޗަރުންނަށް ވުރެ ބެލެނިވެރިން ނުވަތަ ކުދިން މޮޅު. ޑޮކްޓަރުންނަށްވުރެ ބަލިމީހުން ނުވަތެ އެމީހުންގެ ބެލެނިވެރިން މޮޅު. ޝޭޚުންނަށްވުރެ މޮޅަށް ދީނީ ކަންކަން އެނގޭ މީހުން ގިނަ. ތިމާމެންނަށް ނޭގޭ ކަމެއް ނޯވޭ. ކާ އެއްޗިހި ތައްޔާރު ކުރަން ނޭގުނަސް އެ ތަކެއްޗަށް ފާޑުކިއާ މީހުން ގިނަ. ގާނޫނީ ވަކީލުންނަށް ވުރެ ބޮޑަށް ގާނޫނު އެނގޭ މީހުން ގިނަ. އާޓިކެޓުންނާ ސިވިލް އިންޖިނިއަރުންނަށްވުރެ ބޮޑަށް މިފަންނު އެނގޭ މީހުން ގިނަ. މިހިސާބަށް ކަންކަން ދިޔައިމާ އެއްވެސް ބާވަތެއްގެ ޚިދްމަތެއް ދިނުމަކީ މިހާރު ވަރަށް އުނަދަގޫ ކަމެއް. މިއީ ޝުކުރުވެރިވުމެއް އަދި ކެތްތެރިކަމެއް ނެތް ޒަމާނެއް. ކޮންމެ ކަމެއް ސިކުންތަކުން ވާންޖެހޭ.

The name is already taken The name is available. Register?

ޙެޔޮ އެދޭފަރާތެއް

02 June 2018

ވީ ގޮތެއް ވީ. ކޮނއމެ އިންސާނެއްގެ ވެސް މަރު އައިސް ޖެހުމުން ފުރާނަ ހަށިގަނޑުން ވަކިވެގެން ދޭ. ޢެކަމް މިއީ ކޮންކަހަލަ އަޅާލުމެއްތޯ؟ ބަލި މީހާގެ ހާލު އެހާ ގޯސް ވީ އިރު ޑޮކްޓަރަށް އޯގާތެރިކަމާ އެކު އެކަން ބަލައިދެވިދާނެ ނޫންތޯ؟ މޮޅު ޑޮކްޓަރުންގެ ޓީމް އިން ދޮގު ހަދަން ވީ ކީއްވެގެންތޯ؟ އެެއީވެސް އާއިލާއެއްގެ މެންބަރެއް. ކުދިން ތަކެއްގެ މަންމައެއް. ބޭނުންހާ ގޮތެއް ހަދާ ނިންމާލި އިރު ރަޙުމުގެ ކަންފުޅެއްހާ މިންވަރު ވެސް ބަހައްޓަން އެންމެ ރަނގަޅެއްނު. ހެޔޮ ނުވާނެ ތިބޭފުޅާގެ ތި އެނގޭ މިންވަރު ދޫކޮށްލާފަ ފަރަށް ދޭ.

The name is already taken The name is available. Register?

އަލީޖ

01 June 2018

ކީއްވެހޭ ނަރުހަކު ކެނިއުލާ ނުބައިކޮށް ގުޅީ. ކޮބާހޭ އެކަން ކުރި މީހަކަށް އެޅުނު ފިޔަވަޅަކީ. މާދަން އަނެއްކާ އަނެއްމީހެއްގެ ގަޔަށް ނުބައިކޯށް ކެނިއުލާ ގުޅާނީހޭ. ޖުމްލަކޮށް ފެންވަރު ދަށްވުމުން ވާހުރިހާކަމެއް އެބަހިނގާ މިރާއްޖޭގެ މިދާއިރާތަކުގެވެސް. ވަކިނަމެއް ކިޔާނެ ކަމެއް ނެތް. ހަމަ ފެންވަރުދަށީ ކަންކުރަން ތިބޭ މީހުންގެ. ފުރަތަމަ މިކަން ގަބޫލްކޮށް މިކަން އެބަޖެހޭ ރަނގަޅުކުރަން. މޮޅު ޑޮކްޓަރުންނާ ނަރުހުންނާ އުފައްދަން އެބަޖެހޭ މިކަންކމުން ސަލާމަތްވާން. ވަޒީފާ ނުލިބި ބާކީވެފައިތިބި ބޭރުގައުމުތަކުން ގެންނަ ބިދޭސީ ޑޮކްޓާރުން ގެ ބަދަލުގައި މޮޅޭތި ޑޮކްޓާރުން އެބަޖެހޭ މިތާ އުފައްދަން.

The name is already taken The name is available. Register?

ސުޖާ

01 June 2018

ރަދީފުމެއް މޮޅެތި ކޮމެއްޓު ކުރާހެން ތަހުގީގުކޮއް އަދަބުދެނީ! ކޮބައިތޯ އެޗުއައިވީ ލޭއެޅިމީހަގެ މައްސަލަ؟ އެމައްސަލާގަ ޕްރިލިމިނަރީ ރިޕޯޓް ތައްޔާރު ކުރީ ލެބޯޓަރީގަ އިނދެ އެކަމައް އިހުމާލުވީމީހަތޯ އެހެންވެތޯ އެކަން ނުބެލުނީ

The name is already taken The name is available. Register?

ޑޮކްޓަރ ގޫގުލް

01 June 2018

ދުވާލެއްގެ މައްޗަށް އެތައް ބަޔަކަށް ފަރުވާ ދެވި، އެތަކެއް "ސީރިއަސް" ކޭސްތަކެއް ރަނގަޅުކުރުމުގައި ކެނޑިނޭޅި އެބައެއްގެ ވަގުތުތައް ޤުރުބާން ކުރާ ހޮސްޕިޓަލްގެ މުއައްޒަފުންނާ މެދު ތަޢުރީފުގެ ބަހެއް ދިވެހިންގެ ދޫމަތިން އަޑުނީވޭތީ ހިތާމަ ކުރަން. ރާއްޖޭގައި ނޫނަސް މިފަދަ ކަންކަން ހިނގާ. އިންސާފުވެރި ގޮތަކަށް މައްސަލަ ބަލައި، މިކަމާއި މެދު އަމަލު ކުރާނެކަމަށް އުއްމީދު ކުރަން. "އަ ލިޓްލް އެޕްރިސިއޭޝަން ގޯސް އަ ލޯންގް ވޭ".

The name is already taken The name is available. Register?

ށޢަހުމަދު

01 June 2018

ނަފްސަކައް ނަފްސެއް ކޮބާތަ އެއްކަލަ އަމިއްލަ ގާނުނު ހަދާ މެންބަރުން މި ކަމަށް ގަނޫނެއް ވެސް ނެތީބާ މީން މީހަކުގެ ތިމާގެ މީހަކައް މިވަރުގެ ކަމެއް ވީމަ ދޯ އަދި ލޯ ހުޅުވޭނީ

The name is already taken The name is available. Register?

ޝާޢްނާ

01 June 2018

މެޑިކަލް ނެގްލިޖަންސްއަކީ ދުނިޔޭގައި ހިނގާކަމެށް ، ހުރިހާ ގައުމެއްގައިވެސް ހިނގާކަމެށް ، ސިނގަރޕޯރގެ މައުންޓް އެލިޒަބަތުގައިވެސް އެކަން ހިނގާފައިވޭ ، ނަމަވެސް ދުނިޔޭގެ ތަހްޒީބް ހަމަޔާއި ލަމައޮންނަގައުމުތަކުން އެމައްސަލައެއް ރަގަޅަށް ބަލައި ފަރުވާކުޑަކުރި ނަމަ އެކަން ކުރިބަޔަކަށް ފިޔަވަޅުއަޅާ އަދި ބައެއްފަހަރު ޖިނާއީކުށަކަށްވެސް ވެފައިއެބަހުރީ ، ނަމަވެސް އެއީ ވަރަށްމަދުން ، އެއީ އިންޓެންޝަނަލީ އެކަހަލަ ކަމެށް ކޮއްފައިއޮތްކަމަށް ސާބިތު ހިފޭނަމަ ، އޮޕަރޭޝަންއެއް ކުރަންވައްދާއިރު އިގްރާރް ފޯމެއްގައި ސޮއިކުރުވާނެ ، އެޔަށްބަލާފައި ގިނަފަހަރު އޮޕަރޭޝަންތަކުގައި މަރުވާ މީހުންގެ މައްސަލަތަށް ބެލޭނެގޮތެއްނޯވޭ ، ހަގީގަތުގައި ޑޮކްޓަރުން ގަސްުދުގައި މީހެއްގެ ފުރާނައަށް ގެއްލުންވާކަމެށްނުކުރާނެ ، އެމީޙުންނަށްވެސް ގޯސްހެދޭނެ ، ހެދިފައިހުރީވެސް ، ދެން އިސްލާމުންކަމުން ގަބޫލްކުރަންޖެހޭނީ މަރުއައިސް ޖެހުނީމައި އެކަން އޮންނައުސޫލަކުން ވާނެކަމަށް ،

The name is already taken The name is available. Register?

ފަރީ

31 May 2018

ބަލިމީހާގެ އާއިލާއިން ބުނާގޮތް އަވހަށް ހެދިނަމަ އޮޕަރޭޝަންކޮށް ގަނޑުވެފަ ހުރި ލޭ ބޭރުކުރެވުމުން ރަގަޅުވުމުގެ ޗާންސް އޮތީސް. ތީގަ އަބަދުވެސް ބިދޭސީ ޑޮކްޓަރު އެކަނި ކުއްވެރިވާނީ. ކެނިއުލާ ނުބައިކޮށް ގުޅި ނަރުހުން ކޮބާ؟ އެވަަރަށް ލޭގަނޑުވެފަ އޮތް އަތެއްގަ ހެޕަރިން ޖެލް ހޭކުމަކީ ވެސް ނުރައްކާ ކަމެއް. ލޭ ދިޔާ ވާއިރު ނެއްޓޭ އެންމެ ގަނޑު ލޭކޮޅަކުންވެސް ފުރާނަ ހިގައިދާނެ

The name is already taken The name is available. Register?

ހުސައިން

31 May 2018

މީހަކު ކަރަށް މަސް ކައްޓެއް ވަދެގެން އޭޑީކޭގައި އިން ދިވެހި އަންހެން ޑޮކްޓަރަކަށް ދެއްކީމާ ކުޑަކޮށް އަނގަޔަށް އަލިކޮށްފަބުނީ ނެތޭ. ދެންވެސް އެބަހުއްޓޭ އެމީހާބުނީމާ ބުނީ ހީވާގޮތޯ. ދެން އެހެންޑޮކްޓަރަކަށް ދައްކައި ކަށި ހިފައިގެން އެޑޮކްޓަރަށް ދެއްކީމާ ބުނީ ސޮރީއޭ.

The name is already taken The name is available. Register?

ވިކި ވިކި

31 May 2018

މިހެން އިހްމާލުވާ ކަންކަމުން ކިހާބައެއްގެ ފުރާނަގޮއްސި، ކާކަށް އިންސާފު ލިބުނީ، ނުވިތާކަށް އެހުރިހާ ޑޮކްޓަރުންވެސް ހަމަ އަދިވެސް ހޮސްޕިޓަލްގަ އުޅެނީ، ޑރ.ވިކާސް ، ޑރ.ބައްޓީ އަދި ތި ޝަރަދަކީވެސް ކުރިންވެސް އެތައް މައްސަލަތަކެއްޖެހި އެތައް ބަޔަކު އޭނަޔާ ބެހޭގޮތުން ކޮމްޕްލޭން ކުރާކަން އެނގޭ ޑޮކްޓަރެއް. މެނޭޖްމަންޓް އިން ފިޔަވަޅުނޭޅިޔަސް މިނިސްޓްރީ އިންވެސް މިކަންކަން ބަލަންޖެހޭނެދޯ. ރަގަޅުވާހަކަ އެއް ޕްރެޝަރ ގަ މަސައްކަތްކުރަން ވީމަ ޑޮކްޓަރުންނަށްވެސް މިސްޓޭކް ހެދޭނެ އެކަމު ހެދޭ މިސްޓޭކް ފޮރުވަން އުޅެ އާއިލާއަށް އޮޅުވާލާ ހެދީމަ މިކަން އިހްމާލަކަށް މިވަނީ، މިއަދު ގެއްލިގެން އެދިޔައީ އާއިލާއެއްގެ މަންމައެއް، އެދަރިންނަށް އިންސާފު ހޯދައިދެވޭނެތަ؟ މިކަމުގެ ބަދަލު ދެވޭނެތަ؟

The name is already taken The name is available. Register?

ކޮންސިިއުމާ ރައިިޓްސް

31 May 2018

ކޮންސިިއުމާ ރައިިޓްސްގެ ގަވާއިިދެއް ނެތުމުގެ އެޑްވާންޓޭޖް ތިި އޭޑީކޭ މީހުން ނަގާނެ. އެއްމެ ފަހުން މަރްހޫމްގެ އާއިިލާ ކުއްވެރިވާނީ

The name is already taken The name is available. Register?

ދި މޯލްޑިވިއަން ލޯޔަރ

01 June 2018

ކޮންސިއުމަރ ރައިޓްސް ޤާނޫނެއް އެބޮތް. އެއީ ޤާނޫނު ނަންބަރު 1/96 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ޤާނޫނު). އެހެންނޫނަސް، މިމައްސަލަ ވަންނާނީ ޤަޟާއީ (ކޮމޮން ލޯ) ޓޯޓް އޮފް ނެގްލިޖެންސްގެ ތެރެއަށް. ޤާނޫނެއް ނެތަސް ޓޯޓް އޮފް ނެގްލިޖެންސްގެ ދަށުން ޝަރުޢީ ކޯޓުތަކުން ބަދަލު ނަގައިދޭންޖެހޭފަދަ މައްސަލައެއް މިއީ. ޓޯޓް އޮފް ނެގްލިޖެންސަކީ ރާއްޖޭގެ ކޯޓުތަކުން ބަލައިގެންފައިވާ ޓޯޓެއް. މިސާލަކަށް: 368/އެޗްސީ-އޭ/2009. މިއުޅެނީ ޤާނޫނު ނެތުމުގެ ނުވަތަ ޤާނޫނީ ފަރުވާ ނެތުމުގެ މައްސަލައެއް ނޫން. މައްސަލައަކީ ފެންވަރު ހުރި ޤާނޫނީ ވަކީލުން ނެތުން ނުވަތަ މާ އަގު ބޮޑުވުން. ނޫނީ ފެންވަރު ހުރި ޤާޟީން ނެތުން. ނޫނީ ފެންވަރު ހުރި ވަކީލުންވެސް އަދި ޤާޟީންވެސް ނެތުން. ފެންވަރޭ މިބުނަނީ ހަމައެކަނި ޢިލްމީ ގޮތުން ފެންވަރު ހުރުމަކަށް ނޫން. ޢިލްމުވެސް، ޙިލްމުވެސް، ގަޓުވެސް ހުންނަން އެބަޖެހޭ. މޫނަށް ނުބަލާ ޙުކުމް ކުރެވެން އެބަޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454