ހުޅުމީދޫގައި ގާއިމުކޮށްފައިވާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް: މިތަން ހުޅުވަން މިހާރު އަންނަނީ ތައްޔާރުވަމުން. ފޮޓޯ: ސޯޝަލް މީޑިއާ
04 ޖޫން 2018 - 11:28
އައްޑޫގައި ހަދާފައިވާ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް ނިންމައި، އެތަން ހުޅުވަން ތައްޔާރުވަމުން އަންނާތީ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިފްކޯ އިން ފަށައިފި އެވެ.
މިފްކޯ އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ހުޅުމީދޫގައި ގާއިމުކޮށްފައިވާ ފިޝަރީޒް ކޮމްޕްލެކްސްގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ ގޮތުން އައްޑު އާއި ފުވައްމުލަކުގެ ރައްޔިތުންނަށް މައުލޫމާތު ދިނުމަށް މި މަހުގެ ތެރޭގައި އޯޕަން ޑޭތަކެއް ބާއްވަން މިހާރު ނިންމައިފަ އެވެ.
އައްޑޫގައި އޯޕަންޑޭ ދެ ދުވަހަށް ކުރިއަށް ގެންދާ އިރު ހުޅުމީދޫގައި މި މަހުގެ 20 އަދި ހިތަދޫގައި 21 ވަނަ ދުވަހު އޯޕަން ޑޭ ބާއްވާނެ އެވެ. ފުވައްމުލަކުގައި އޯޕަން ޑޭ ކުރިއަށް ދާނީ މި މަހުގެ 22 ވަނަ ދުވަހު ކަމަށް ވެސް މިފްކޯ އިން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި އިދާރީ މަގާމުތަކާއި ޓެކްނިކަލް ދާއިރާގެ ފުރުސތުތައް ގިނަ އަދަދަކަށް އެބަ ހުއްޓެވެ. އެހެންވެ އެ ފުރުސަތުތައް އައްޑު އާއި ފުވައްމުލަކުގެ ޒުވާނުންނަށް ދޭން ބޭނުންވެ އެވެ.
ހުޅުމީދޫގައި ގާއިމުކޮށްފައިވާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް: މިތަން ހުޅުވަން މިހާރު އަންނަނީ ތައްޔާރުވަމުން. ފޮޓޯ: ސޯޝަލް މީޑިއާ
އައްޑޫ ފިޝަރީޒް ކޮންޕްލެކްސް މަޝްރޫއު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިފުތިތާހު ކުރީ ޑިސެމްބަރު 28، 2014 ގަ އެވެ. އެކަމަކު އެތަނުގެ ބިންގާ އަޅައި މަސައްކަތް ފެށުނީ ޖެނުއަރީ 9، 2016 ގަ އެވެ. މިފްކޯ އިން ބުނީ ހަތް މިލިއަން ޑޮލަރު ހަރަދުކޮށްގެން ގާއިމުކޮށްފައިވާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ 1،500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓިއަކާ އެކު ދުވާލަކު 100 ޓަނުގެ މަސް ގަނޑުކުރެވޭ ގޮތަށް ހަދާފައިވާ ތަނެއް ކަމަށެވެ. އަދި އެތަނުގައި 50 ޓަނުގެ އައިސް ޕްލާންޓަކާއި 200 ޓަނުގެ ތެލާއި 250 ޓަނުގެ ފެން އެއްފަހަރާ ރައްކާ ކުރެވޭނެ ކަމަށް މިފްކޯ އިން ބުންޏެވެ.
ހުޅުމީދޫގައި ފިޝަރީޒް ކޮމްޕްލެކްސްއެއް ހަދާފައިވާ އިރު، މިފްކޯގެ އައިސް ޕްލާންޓެއް ހިތަދޫގައި ހިންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫ ރަދުން
04 June 2018
މިއޭ މައްސަލައަކީ ކަމެއް ކޮށްދިނަސް ހެވެއްނެތް ނުކޮށް ދިނަސް ހެވެށްނެތް...ތަންތަން ހެދޭނީ ތަންތަން ހަލާކުކޮށްގެން އެއީ ދުނިޔޭގެ އާދަ...ކޮންމެގޮތެއް ވިއަސް ޖައްވުގައި އެފެކްޓަރީއެއް ނޭޅޭނެދޯ...
ސާމު
04 June 2018
ޢައްޑު އަތޮޅުން އިނގިރޭސިން ފައިބައިގެން ދިޔާއީއްސުރަ އައްޑު އަތޮޅާއި ޖައްސާލައި އުޅުއްވަނީ. ޢިނގިރޭސިން ގަމުގައި އުޅުނު އިރު އެ ހުރިހާ މަނަވަރު ތަކުންނާއި ބޯޓު ތަކުން ގެންނަހާ މުދާވެސް ބާލާ ހެދީ އެންމެ ފާލަމަކުންނެވެ. ޢަތޮޅު ތެރޭގަ ރައްރަށުގެ ބީޗް އޮތް ކޮންމެ ދިމާލެއްގައި ބީޗްގެ ބަދަލުގައި އެތަނުގައި އޮންނަން ޖެހޭނީ ބަނދަރއްކާއި ނުވަތަ ބީޗަށް ފަސް އަޅާފައި ބޮޑުހިލަ ޖަހާފައި ކަމަށް ދެކެނީ މާލޭ ސރުކާރުންނެވެ. ނަމަވެސް އެބޭފުޅުން ހިންގާ ރިސޯޓް ތަކުގައި ބަނދަރު ކޮނެ ބީޗަށް ފަސްއަޅާ ބޮޑު ހިލަ ޖަހާތަނެއް ނުފެނެއެވެ.
ޝޮކްތެރަޕީ
04 June 2018
މިސަރުކާރު އެދަނީ ގިނަގުނަ ކަންތަކޮއްދެމުން އަތޮޅުތަކުގާ.
ބޮޑުތިލަދުންމަތީ މީހާ
04 June 2018
މާލޭ ސަރުކާރުތަކުން އައްޑޫގެ ރަށްތަކަށް މާގިނަ ކަންތައްތައް ކޮއްދީފި މިހާރުވެސް. ދެން ރާއްޖޭގެ އެހެން ރަށްތައް ތަރައްގީ ކުރުމާއިގެން އުޅުއްވުން އެދެން.
ތުއްތުނާ
04 June 2018
މިއީ ހަމަ އިސްތިހާރު...... އަމިއްލައަށް ގޮސް އައްޑޫގެ ރަށްތައް ބަލާބަލަ....... މިއީ ހަމަ ވަރަށް ބޮޑު ތެދެއް.........
ނޯޓީ
04 June 2018
ފަޅު މެދުން ތަނެއް ހިއްކައިގެން އެއޮތީ ފަޅު ހަލާކު ކޮށްލާފައެވެ.. އެހެންވީމާ ލަފާކުރެވެނީ މާލޭސަރުކާރުގެ މަގުސަދުގެ ބޮޑު ބައެއް އަނެއްކާވެސް ކާމިޔާބު ވެއްޖެކަމަށެވެ. ވީމާ ވަރަށްބޮޑު ހަފުލާއެއް ބާއްވާނެ ކަމަށް ލަފާކުރެވެއެވެ. ، މުސްތަގުބަލުގައިވެސް އައްްޑު އަތޮޅުގައި ޓުވަރިޒަން ހިންގިދާނެ ރީތި ސަރަހައްދެއް އޮތިއްޔާ ދަނީ އެކި ނަންނަމުގައި ކޮނެ ހަލާކު ކޮށް ރުއްގަސް ކަނޑާ ހަދަމުންނެވެ. ރަށުތެރޭގަ ކިތަންމެ ބޮޑު ޖަންގަލީ ހުސްބިން އޮތަސް ފެންނަމުންދަނީ ބީޗާއި ފަޅު ، އެންމެ ރީތި ސަރަހައްދުތައް ކޮންނަމުން ދާތަނެވެ.
މަގޭ ބީޗް
04 June 2018
ނޯޓީ އަށް ވަރަށް ތާއީދު. މީހުން ދިރި އުޅޭ ރީތި ރައްތައް މިސަރުކާރުން ބޮޑު ހިލަ ޖަހާ ހަލާކުކުރަމުން ދާކަން ފާހަގަ ކުރެވޭ. މުސްތަގުބަލުގައި ގެސްޓް ހައުސް ހިންގަން ބަލާއިރު ވަރައްބޮޑު ހުރަހަކަށް ވާނެ. ބަލާ ބަލަ އެއްވެސް ރިސޯޓެއްގަ ބޮޑު ހިލަޖަހާ ތަންތަން ގަނޑުން ކޮނެ ހިއްކާފަ އޮތްތޯ. މުދަލާ މީހުންވެސް މާގިނައިން އަރާ ފައިބާނެ ރިސޯޓްތަކުން މީހުން އުޅޭރަށްރަށްވުރެން.
އައްޑޫ
04 June 2018
އައްޑު އަތޮޅަކީ އަވަ ލާފަ އޮންނަ ރާއްޖޭގެ ހަމަ އެކަނި އަތޮޅު. ދެން ކޮން ޓުއަރިޒަމެއް އެތާ ހިންގޭނި. ގޮޑުދޮށެއް އޮތަސް ހުސް ގާ ފުންޔެއް އެތާވެސް އޮންނާނީ.
ހަސަނާފ
04 June 2018
މިވަރުންވެސް ބުނާނީ ސަރުކާރުން މިތަންތާ އެއްވެސް ކަމެއް ނުކުރޭ ހެއްޔެވެ. އަޅެ ދިވެހިންނަށް މިތިބެނީ ކީެްވެފައި ހެއްޔެވެ. ޝުކުރުވެރިވެ އީމާންތެރިކަން ބޮޑުކޮށް ތިމަތިމާމެން އިސްލާހުވާން އެބަޖެހެއެވެ. ދެކޮޅުވެރިވުން ހުއްޓާލަން އެބަޖެހެއެވެ.
ރަދީފް
04 June 2018
މަނިކްފާނު ތިޔަ ފެކްޓަރީގެ މަސައްކަތް ކުރާތާ 04 އަހަރު.ތިޔަ ކަހަލަ ބިޔަ ކާރުހާނާއެއް ދިވެހި ކުންފުންޏެއް ކަމުގައިވާ އެންސިސް ފިޝަރީޒްއިން ހުޅުމާލޭގަ ނިންމާލީ 02 އަހަރުން.އެހެންވީމަ ކަމެއް ކުރެވިއްޖެ ދޯ ކަލޭމެންނަށް.ލަދު ކޮބާ؟؟