ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއް ފުލުހުން ތަހުގީގު ކުރަނީ-- ފޮޓޯ: ފުލުހުން
10 ޖޫން 2018 - 17:05
ހުޅުމާލޭގައި މިދިޔަ ދެ ހަފުތާގައި ބޮޑު ދެ އެކްސިޑެންޓެއް ހިނގައި، ރޭ ހިނގި އެކްސިޑެންޓުގައި ޒުވާނަކު މަރުވެފައިވާތީ، ބާރަށް ދުއްވުން ހުއްޓުވުމަށް ފުލުހުން ޚާއްސަ މަސައްކަތްތެއް ފެށުމަށް ނިންމައިފި އެވެ.
މިދިޔަ ނުވަ ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ނުރައްކާތެރި ތިން އެކްސިޑެންޓެއް ހިނގައި އެކަކު މަރުވެ، ހަ މީހަކަށް ވަނީ އަނިޔާތަކެއް ވެފަ އެވެ. އޭގެ ތެރެއިން، އެކަކު އަދިވެސް އޮތީ ކޯމާއެއްގަ އެވެ. މި ރޯދަ މަހުގެ ތެރޭގައި އެކަނި ވެސް ހުޅުމާލޭގައި 13 އެކްސިޑެންޓެއް ހިނގި އެވެ.
އެންމެ ފަހުން، ރޭގެ އެކްސިޑެންޓުގައި އުމުރުން 24 އަހަރުގެ ޒުވާނާ މަރުވީ، އުމުރުން 18 އަހަރުގެ ދެ ކުއްޖަކު ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެންނެވެ.
ޒުވާނުންގެ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވުން އާންމުވެ، އެކްސިޑެންޓުތައް އިތުރުވާ މައްސަލާގައި އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހުޅުމާލޭ ޓްރެފިކް ޕޮލިސްގެ ޑެޕިއުޓީ ހެޑް، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ވަހީދު "މިހާރު" އަށް ވިދާޅުވީ މި ރެއިން ފެށިގެން ޚާއްސަ އޮޕަރޭޝަންތަކެއް ހުޅުމާލޭގައި ހިންގާނެ ކަމަށެވެ. އެގޮތުން، ބާރަށް ދުއްވާ މީހުންނާ މެދު ފިޔަވަޅު އެޅުމާއި ވެހިކަލްތައް ޗެކް ކުރުން މިރެއިން ފެށިގެން އިތުރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކްސިޑެންޓު ހިނގާ ސަރަހައްދުތަކާއި އާންމުކޮށް މީހުން ގިނަ ހިސާބުތަކަށް އަމާޒުކޮށްގެން އަޅުގަނޑުމެން މަސައްކަތްތައް މިރެއިން ފެށިގެން ކުރިއަށް ގެންދާނަން،" އޭނާ ވިދާޅުވި އެވެ.
އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި، ބައެއް ކަންކަން ކުރުމުގެ މަޝްވަރާތައް ވެސް ކުރަމުން އަންނަ ކަމަށް އަހުމަދު ވިދާޅުވި އެވެ. އެގޮތުން، މަގުތައް އަލިކުރުމާއި ބަންޕަރުތައް އިތުރު ކުރުމަށް ވަނީ ނިންމައިފަ އެވެ.
"އަނދިރި ވުން ވެސް، ޕަންޕަރުތައް މަދުވުން ވެސް އެއީ އެކްސިޑެންޓް ހިނގަން މެދުވެރި ވެދާނެ ސަބަބެއް. އެކަމަކު ހަގީގީ މައްސަލަ އަކީ ބާރު ސްޕީޑުގައި ދުއްވުން. ބާރަށް ދުއްވާތީ ބޮޑެތި އެކްސިޑެންޓުތައް ހިނގަނީ،" އަހުމަދު ވިދާޅުވި އެވެ.
ގާތްގަނޑަކަށް 70،000 މީހުން ދިރިއުޅޭ ހުޅުމާލޭގައި ޕޮލިސް ސްޓޭޝަނެއް ގާއިމް ކޮށްފައިވާއިރު، އެތަނުގައި މަސައްކަތް ކުރަނީ 100 އެއްހާ ފުލުހުންނެވެ. އެއީ ރާއްޖޭގައި އެންމެ ބާރު ސްޕީޑުގައި ތަރައްގީ ވަމުން އަންނަ ރަށުގެ އަމާންކަން ގާއިމް ކުރުމަށް ދިމާވެފައިވާ ގޮންޖެހުމެކެވެ.
ފުލުހުން ވެސް ބުނީ ހުޅުމާލޭގެ ޕޮލިސް ސްޓޭޝަނަށް މުވައްޒަފުންނާއި ވަސީލަތުގެ ދަތިކަން ވެސް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙބކހ
11 June 2018
ބާރައް ދުއްވާ ކޮންމެ މީހަކު 6 މަސް ދުވަހަށް ލައިސަންސް ހިފަހައްޓާ 3 މަސް ދުވަހަށް ދުއްވި އުޅަނދު ހިފަހައްޓާ 15،000 ރުފިޔާއިން ޖޫރިމަނާ ކުރާ އުސޫލެއް ހަދަން އެބަޖެހޭ.
ފޮނިކަލޯ
11 June 2018
ފުލުހުން ހުޅުމާލެ ބަލަހައްޓާ ގޮތަކީ ބެރިކޭޑު މަގުމަތީގައި އެތުރުން މިނޫން ކަމެއް އެތާކު ނުކުރޭ ބެރިކޭޑުން ނެއްޓުނީމަ ޒުވާނުން ހޭބުށްދި ފިލައިދަނީ އަދި ދެމަފިރިއަކު މަޑުމައިތިރިކޮށް ދާނަމަ ހިފަހަށްޓައި ޗެކުކުރާނެ އެކަމަކު ލާހިކު ނުވާވަރުގެ ސްޕީޑެއްގައި ދާވެހިކަލެއް މިބޭފުޅުން ނުބަލާނެ އަދި އަޅައިވެސް ނުލާނެ އެއީ ޒުވާނުން ވީމަޔޯ އަދި ޒުވާނުން ދެކެ މިބޭފުޅުން ބިރުފުޅުވެސް ގަންނަ ކަމައްވަނީ
ސިއްތި
11 June 2018
ޢަޅުގަނޑު ހިތަށް އަރާ ޕޮލިހުންނަށް މިދޭ ޓްރޭނިން މީ ކީއްވެދޭ އެއްޗެއްތޯ... 12 އެކްސިޑެންޓަށްފަހު މަރެއް... ޢައިސްބާގް ތިޔަރީ ނުކިޔަވަނީބާ...
ހަސަނާތު
10 June 2018
މިއީކަންއޮންނަގޮތަކީ. މިބާތުގެ ހިތާމެވިރި ހާދިސާއެއްހިގީމަ ވަރަށް އަޑުގަދަވާނެ. އޮޕަރޭސަންކުރާއަޑުއިވޭނެ. ދެދުވަސްފަހުން ޗަހޭވެސް އަހާނުލާނެ. ސުކޫލްކުދިން މާބަނޑުމީހުން މުސްކުޅިން މަގުހުރަސްކުރާތަނުން ދާއިރުވެސް ލޮލަކަށް ބޮލަކަށް ނުބަލާ ބުންކަޑާލާއިރު ފެންނެމީހަކު ނުހުރޭ. ހިނގަން އޮންނަ ޕޭމަންޓުމަތީ ވެހިކަލްތައް ޕާކުކޮށްފައި ތިބޭއިރު ނުފެނޭ. ގޭދުމަތިން ގެއަށްނުވަދެވޭވަރަށް ޕާކުކޮށްފައި އޮންނައިރު ނުފެނޭ. ކުރަންމިއުޅެނީ ކޮންކޮހަލަ އޮޕަރޭސަނެއްބާ. އެއްލޮކިން ލައިސަންސް ދެންވާނޮގޮތްމިހިރަވަނީ
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
10 June 2018
ވެގެން އުޅޭ ނުވަތަ ވާންވީގޮތް އަހަރުމެންނަށްވެސް އަންގާލަދޭންވީނު!!؟ . . . އޭރުން އަހަރުމެންވެސް އެހެންގޮތެއް ހޯދަފާނަން. ކޮންމެހެން ކަލޭމެންގެ ފައިބުޑަށްވެއްޓި އާދޭސްކުރާކަށް ބޭނުމެއްނޫން. . . . . އެހެންނާ އައްޑޫ ލިންކްރޯޑް ގައި ބޮޑެތި ވަޅުގަނޑުހެދި “އަނދަވަޅު ތަކުގެ ޝިކާރައަކަށް އައްޑޫގެ އެތައް ރައްޔިތުންވެ ދުނިޔެ ދޫކުރި އިރުވެސް މާލޭ ސަރުކާރަށާއި ގުލުހުންނަށް އިގޭކަމަކަށްވެސް އެކަން ނުވި” މިއީ ތަފާތު ކުރުމާއި ނަސްލީ ހަސަދަވެރިކަމުގެ ހައްދު ފަހަނަޅާދިއުން. . . . . އަހަރުމެން ޓެކްސް ދައްކަނީ އަހަރުމެންގެ ވަޒަން ވީރާނާ ކުރުމަށާއި “ކުލީ އަޅުވެތިކަމުގެ ދިރުއުޅުން ހޯދުމަކަށްނޫން” ހީނުކުރާތި އިތުރަށް ތިކަން ކުރިއެރުވިދާނެ ކަމަށް.
ޑޭވިޑް
10 June 2018
ކޮބާތިޔަކަމުން ބާރައްދުއްވުން ހުއްޓުވޭނެ ގޮތަކީ.....މީގަ މަގުތިންދާ މީހުން ހުއްޓުވާ އޭނަގެލައިސަންސް ސައިކަލް ރަޖިސްޓޮރީ ހުރިތޯ އިންޝޫރަންސް ހުރިތޯ ރޯޑްވާދިނަސް ހުރިތޯ ބަލައިގެން ބާރައްދުއްވުން ހުއްޓޭތަ؟! ގިނަފަހަރު ހުއްޓުވޭނީވެސް އެއްމެ އިނަސެންޓް މީހާ......އެއްކަލަ ބާރައްދުއްވާ ސޮރު ކޮޕުން ފެނުނީމަ ސްޕީޑް ދައްކޮށްލާފަ ކޮޕަށް ނުފެނި ބަޗާނެ.....ތަންކޮޅަކަށް ގޮސް ހިނިގަޅާފަ ފަހަތުގަ އިން މަންޖެއަށް ފޮނިކަނޑާނީ.....މީވާ ވަރަކީ.... އަޅގަޑުގެ ނަޒަރުގަ މިކަން ހަުކުރަން ގައުމުގައި ތިބި ކުދި ބޮޑު އެންމެނަށް އެބަޖެހޭ ހަރުދަނާ އުޅުން ދަސްކޮށްދޭން......ދުއްވާއިރު ގަވައިދާށް ހުރުމަތްތެރިވާން....މަގު މަތީގައި ދެންތިބި މީހުންނަށް ބަލަން....ބޭސިކަލީ އެބަޖެހޭ ގޭތެރެއިން ފެށިގެން ކުދިން އެވެއާކުރަން ކަންކަމަށް....މިކަން ނުކޮށް ހިޔެއްނުވޭ ތިބާރަށް ދުއްވުންކީއް އެއްވެސް ކަމެއް ހައްލުވާނެކަމަކަށް........
ޑޮންޑޮން
10 June 2018
ހުޅުމާލޭގެ މަގުތަކުގައި ހަނދާފައިވާ “ސްޕީޑް ބްރޭކަރ”ތައް ނަގަފައިވަނީ ސައިކަލު ރޭސް ޖަހައި ހަދަން. ސައިކަލް ރޭސް ޖަހާ ޓްރެކެއް އާންމު ރައްޔިތުން ބޭންނުނއ ކުރަންޖެހުމުން މިކަހަލަ ކަންތައް ދިމާވާނެ، މިކަމުގެ ޒިންމާ، އެޗް.ޑީ.ސީ، އަދި ފުލުހުން ނަގަންޖެހޭނެ. ހުޅުމާލޭގެ މަގުމައްޗަކީ އާމުނަން ރައްކާތެރި މަގުތަކެއް ނޫން. ކިތައް ފަހަރު މި ޝަކުވާ ކަމާބެހޭ ފަރާތްތަކަށް އުފުލައިފިން. ހަމަ ވީ ކަމެއް ހަރާން!
ރުމާލު10
10 June 2018
ޓްރެފިކު ޕޮލިސްކިޔާ ބަޔަކު އުޅެޔޯ. މީގެން މީހަކު ލޮލަކަށް ނުފެންނާނެ. މުޒާހަރާއެއްނުރަންޏާނޫނި
އަލީ!
10 June 2018
ފުރަތަމަކޮޅު އުޅޭނެތިހެން. ފަހުން ތީގެންމީހަކުލޮލަކަށް ނުފެންނާނެ އަނެއްކާކަމެއްވީމަނޫނި.. ދިވެހިންނަކަށް މިކަހަލަ އެއްވެސްކަމެއްނުވާނެ. މިކަން ކުރަންވެސް ބޭރުމީހުންކަންނޭގެ ލާންވީ.
ހަމަ މީހެއް
10 June 2018
އެއްލަކިން ލައިސަންސް ބުރެއް ބާއްވާ، ކުޅޭ ކުޅިވަރެއް ވިއްޔާ.. ޑިސްގަސްޓިންގް!