މިދިޔަ އަަހަރުގެ ފިތުރު އީދު ދުވަހު ރައީސް ޔާމީންގެ ދެކަނބަލުން ފިތުރު އީދު ސަލާމް ކުރައްވަނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ / މިހާރު
11 ޖޫން 2018 - 11:30
ފިތުރު އީދު ދުވަހު ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން ރަސްރަނި ބަގީޗާގައި ބާއްވާ ގޮތަށް ރައީސް އޮފީހުން ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އީދު ސަލާމް ކުރެއްވުން އޮންނާނީ އީދު ދުވަހުގެ ހެނދުނު 9-10 އަށް ކަމަށެވެ.
"Raeesuljumhooriyyaa ge dhekanbalun baavvavaa #EidSalaam kurevvun, Fit'r Eid dhuvahu hendhunu 9-10 ah Rasrani Bageechaa gai onnaane! Hurihaa umurufuraehge faraaiythakaai, aailaa aaeku veehaaves gina kudakudhin baiverivevadaigendhevvumah Raees ge dhekanbalun dhauvathu aruvvaa" -im pic.twitter.com/FoANVpNcUI
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) June 11, 2018
މުއާޒު ކުރެއްވި ޓްވީޓް
އާއިލާއާއެކު ވީހާ ވެސް ގިނަ ކުޑަކުދިން އެ އީދު ސަލާމުގައި ބައިވެރިވުމަށް ރައީސްގެ ދެކަނބަލުން ދައުވަތު އަރުއްވާ ކަމަށާއި ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ދައުވަތު ފޮނުއްވާ ކަމަށް މުއާޒު ވިދާޅުވި އެވެ.
ރައީސް ޔާމީން ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ބޭއްވި އެންމެ ފުރަތަމަ އީދު ސަލާން ކުރެއްވުން ވެސް އޮތީ ރަސްރަނި ބަގީޗާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައްޗި
12 June 2018
ޢަހަރުން ގޭ ދޮށަށް މީނަ އަޔަސް ސަލާމް ކުރަން ނުނިކުންނާން
ރައީސެވޭ
12 June 2018
ތިޔަފަދަ ލޯބި ކިތައް ކުޑަކުދިން އެކަނިވެފައި ރޯން ތިބޭނެ ނޫންތޯ؟ އެކުދިންގެ ބަދުނަސީބަކީ ދެވަނަ ދެކަމެއް ނޫން، ތިޔަ ވެރިކަމަށް މަނިކުފާނު ގެންނަށް އެކުދިންގެ މައިންބަފައިން ޖާނާ މާލުން މަސަައްކަތް ކުރިކަން! ފަހު ސަލާން..
މަންސޫރު
12 June 2018
ކައްޕިއާއި ސަލާމްކޮއްފައި ހެޔޮ އެއްޗެއް ބުނަންޏާ ހަދަން ޖެހޭނީ ބޮދެތި ދޮގު.
މުގާބޭ
12 June 2018
އުއްމީދު ކުރަނީ ތީ ވަދާއީސަލާމަށް
ގާދިރު
12 June 2018
މާތްﷲގެއިރާދަފުޅާއެކުތިސަލާމަކީވަދާއީސަލާމް
ވާޒުނުން
12 June 2018
ރައީސް އާ ސަލާންކުރަން ދާން މަޖުބޫރު ކުރުމަށް ހުރިހާ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަނީ އަންގާފަ! ގަދަބާރުން ހުރިހާކަމެއް ކުރަމުންދާއިރު ރައްޔިތުންގެ ލޯބި ލިބޭނެތޯ ރައީސް މީހާ އަމިއްލައަށް ވިސްނާލުން ރަނގަޅު!
މަގޭ ސަލާމް
11 June 2018
އަޅުގަނޑު އީދު ސަލާމް ކުރުން އީދު ނަމާދަށް ފަހު އޮންނާނެ އިސްލާމީ މަރުކަޒު މިސްކިތުގައި. ރައީސް ވެސް އެތަނަށް އައިމަ އަޅުގަނޑާ ސަލަމް ކުރެވޭނެ.
ޚުބުޅި
11 June 2018
މިފަހަރު އީދުސަލާމްކުރުން މާފުށި ޖަލުގަ ބާއްވަން ފެނޭ...ވެރިކަން ހޯދައިދިން އެންމެން ތިބީ މާފުށީ ޖަލުގަ
ރަދީފް
11 June 2018
ހުރިހާ ކޮމެންޓްސް ކިޔާލާފަ ކޮންކްލޫޝަނަކަށް ދާއިރު ފެންނަނީ 99 ޕަސެންޓް މީހުން ރައީސަށް ތާއީދުނުކުރާތަން. ދެރަކަމެއް.ސްޓިލް މޯސްޓް ޕޮޕިއުލަރ ޕްރެސިޑެންޓޯ.ލޮލް.ވ.ވެދުން
ހައްވަ
11 June 2018
އަހަރެން ހީކުރީ އީދު ދުވަހު ސްނޯ ވެހޭ ސްކޭޓިންރިންކ ތެރޭގައި ސްކޭޓް ކުރަމުން ކަމަށް ސަލާން ކުރެވޭނީ.
ތުއްތުނާ
11 June 2018
މި ދިވެހި ގައުމަށް ވަފާތެރި އެތަކެއް ބަޔަކު ޖަލުގައި އެބަތިބި......އެއީ ގައުމުގެ ބަތަލުން....... އެބޭފުޅުން ނާއި ޖަލުގައި ޢީދު ސަލާން ކުރުން ހަމަޖައްސައި ދިނުމަށް އެދެން.......