މެޓްގެ ރާޑަރު ސިސްޓަމެއް ހުޅުވުމުގެ ރަސްމިއްޔާތު: ރާއްޖެ އަށް އަންނަ ބިންހެލުންތަކާ ބެހޭ މައުލޫމާތު އެއްކޮށް، ދިރާސާކުރޭ
14 ޖޫން 2018 - 12:30
ރާއްޖޭގެ ދެ ސަރަހައްދަކަށް މި ފަހަރުން އެރި ލޮޅުމަކީ ބިންހެލުމެއް ނޫން ކަމަށާއި ގިނަ ފަހަރު އެކަން ދިމާވަނީ އުމްރާނީ މަސައްކަތްތަކުގެ ސަބަބުން ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފި އެވެ.
އިއްޔެ ހެނދުނު 11:33 ހާއިރު، ލ. ގަމާއި ފޮނަދު އާއި ދަނބިދު އާއި ކައްދޫގެ އިތުރުން މާންދުއަށް ވެސް ލޮޅުމެއް އަރާފައިވެ އެވެ. އަދި މިދިޔަ މަހުގެ ތެރޭގައި، ޅ. އަތޮޅުގެ ބައެއް ރަށްރަށަށް ވެސް ވަނީ ހަމަ މި ފަދަ ލޮޅުމެއް އަރައިފަ އެވެ. ހެނދުނު 6:40 ހާއިރު، ހަތަރު ވަރަކަށް ސިކުންތަށް ރަށްތަކުގެ ބިންގަނޑު ވަރަށް ބޮޑަށް ގުޑި ކަމަށް، ބައެއް ރަށްރަށުގެ މީހުން ބުނެ އެވެ.
L. Atholhuge baeh rah rashah lolhumeh araifi
The most trusted news source in the Maldives
Mihaaru
ލ. އަތޮޅުގެ ބައެއް ރަށްތަކަށް ލޮޅުމެއް އެރުން--
ޅ. އަތޮޅުގެ ރަށްރަށަށް އައި ލޮޅުމުގެ ރިޕޯޓް މެޓް އޮފީހުގެ ސިސްޓަމްތަކުން ނުދެއްކި ނަމަވެސް އިއްޔެ ލ. އަތޮޅަށް އައި ލޮޅުން، ގދ. ކާޑެއްދޫގައި ހުރި ބިންހެލުން ދެނެގަންނަ ސިސްޓަމުން ދައްކަ އެވެ.
މެޓް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އަލީ ޝަރީފް ވިދާޅުވީ އިއްޔެ އައި ލޮޅުމުގެ ބާރު ދަށްކަމުން އެއީ ބިންހެލުމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ އެ ދެ ލޮޅުން އައީ ކީއްވެކަން އަދި ދެނެނުގަނެވޭ ކަމަށެވެ. ނަމަވެސް އެއީ ނުރައްކާތެރި ކަމެއް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ރާއްޖޭގައި ގިނަ ފަހަރަށް އެކަން ދިމާވެފައި ހުންނަނީ ފަޅު ކޮނުމާއި ފަޅު ގޮށްވުން ފަދަ މަސައްކަތްތަކާ ހެދި އެވެ.
"ކުރީގައި ވެސް ދޭތެރެއަކުން ރިޕޯޓް އާދޭ. އެ ފަހަރުތަކުގައި އެކަން ގުޅިފައި ހުންނަނީ ފަޅު ކޮނުން ފަދަ ކަންކަމާ،" ޝަރީފް ވިދާޅުވި އެވެ.
"މިފަހަރު މި ދެ ލޮޅުމާ ގުޅޭ އެފަދަ ރިޕޯޓެއް ނުލިބޭ."
އޭނާ ވިދާޅުވި ގޮތުގައި އަތޮޅެއްގެ ވަކި ހިސާބަކަށް އަރާ ލޮޅުން ބިންހެލުމަކަށް ނުވަނީ އޭގެ އަސަރު ކުޑަކަމުންނެވެ.
ދެ އަތޮޅަށް މި ފަހުން މި ކުރިމަތިވި ލޮޅުންތަކަކީ ރާއްޖޭގެ ތިމާވެއްޓަށް އޮތް ނުރައްކާތެރި އިންޒާރެއް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"ދުނިޔޭގެ ގައުމުތަކާ ގުޅިގެން އަޅުގަނޑުމެން މިދަނީ ކަންކަން ބަލަމުން. އެފަދަ ނުރައްކަލެއް އޮތް ނަމަ އަޅުގަނޑުމެންނަށް އެނގޭނެ. ނުރައްކަލެއް އޮތްހެނެއް ހިއެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
ބިންހެލުމެއްގެ ސަބަބުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ ޑިސެމްބަރު 26، 2004 ގެ ސުނާމީގަ އެވެ. އެ ސުނާމީ އުފެދުނީ އިންޑޮނީޝިއާގެ ސުމަތުރާއަށް އައި ވަރުގަދަ ބިންހެލުމެއްގަ އެވެ. އެ ބިންހެލުމުގެ އަސަރު މުޅި ރާއްޖެއަށް ވެސް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝުމްބާ
15 June 2018
މި ގައުމު މިއަދު ކިތަންމެ މަދު ކަމުގަވިއަސް, ރާއްޖެ އަކީ ބިމުގެ ނިސްބަތުން ކުޑަ ތަނެއްކަން ގައުމުގެ ރައްޔަތުންނަށް ނުވިސްނި ބިންކޮޅު ސުންނާފަތި ކުރީމަ ނިކަމެތިކަމާއި ބޯހިޔާވަހިކަން ނުލިބޭނީ ހަމަ ގައުމުގެ އަންނަން ތިބި ޖީލުތަކައް.
ޢިބަ
15 June 2018
ތިޔަހެން ބުނާނީ.އެންމެފުން ނުރައްކާ ބޯމަތި ވީމަ ހިސާބު ހެދިމީހަކުވެސް ނުހުން ނާނެ
މީރާ
15 June 2018
މީ ބުރިޖު އަޅާތީ ރަށްތަކަށް އަންނަ ލޮޅުން ތަކެއް.
ޅޮޖިކް
14 June 2018
ސަހަރޯވެރި ވެދާނެ ތެދެއް މިބުނީ ދަތްކޮޅު ފައިބައިހެން ނުދިޔައީ ކިރިޔާ މި މެޓް އޮފީހުގެ މޮޅު ކަމުން.
އަންމަޑޭ
14 June 2018
އަޅުގަނޑަކީ ލާމު އަތޮޅުގެ ބައެއް ރައްތަކަށް އައި ލޮޅުމުގެ އިހްސާސް ވަރަށް ރަނގަޅަށް ކުރި މީހެއް އެވަގުތު އަޅުގަނޑު އިނީ ލާމު މާންދޫގަ އަޅުގަނޑުމެންގެ އޮފީހުގަ. ހަމަ ގައިމުވެސް އޮފީސް އިމާރާތާއި ކައިރީގައި ހުރި އިމާރާްތްތަކަށްވެސް ވަރަށް ބާރަށް ލޮޅުން އެރި . ލޮޅުމުގެ އަސަރު ކުޑައެއް ނޫން . އެވަގުތު މި ހިސާބުގަ ތިބި ބަޔަކަށް އެނގޭނީ ތެޅިގަތްވަރު! . (މެޓް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އަލީ ޝަރީފް ވިދާޅުވީ އިއްޔެ އައި ލޮޅުމުގެ ބާރު ދަށްކަމުން އެއީ ބިންހެލުމެއް ނޫން ކަމަށެވެ.) ލާމަށް އެރި ލޮޅުން ކުޑަ ކަމަށް ބުން ކާޑެއްދޫގަ ހުރިތަނަކަށް ފަހުމް ވާވަރުވީމަވެސް އެއީ ކަމެއްނޫނޭ މެޓުން މި ބުނަނީ.. ލާމު އަތޮޅާއި ގދ އަތޮޅުގެ ދޭތެރޭގައި ހުރި ދުރުމިން އެނގޭ މީހަކު އެހެނެއް ނުބުނާނެ
ތެދު
14 June 2018
އުމްރާނީ ?
ދާއިދު
14 June 2018
ހުރިހާ ކަމެއްގެ ބާރު އޮތް ފަރާތަށް އިސްތިޢުފާރުކޮށް ތައުބާވޭ. ނޫހުގަ ރުޅިގަނޑު ބޭލުމަކުން ވާނެ ކަމެއް ނެތް.
ބިން
14 June 2018
މޮޅެތި ޕްރޮޖެކްޓްތަކުގެ ސަބަބުން ބިންގަނު އަތްޖަހާލީމަ ވީގޮތް އެއީ، ހާސްނުވޭ
ހާތްތެރި
14 June 2018
ތިމާވެށި ހިމާޔަތް ކުރާތީދޯ! މިމީހުންގެ ވެރިކަން ނިމޭއިރު މުޅި ރާއްޖެވެސް ފުނޑާލާނެ! ވާސަރީ...
އަލީގ
14 June 2018
އަނެއްކާ ނިއުކުލިއަރ ބޮމެއް ޓެސްޓުކުރަނީތަ.
ސޯލްޖަރ
15 June 2018
އިންޑިއާ ކުރާކަމެއް!