14 ޖޫން 2018 - 12:31
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ، މެލޭޝިއާގެ ވެރިކަން ކުރާ ކޯލިޝަންގެ ލީޑަރު، ޑރ. އަންވަރު އިބްރާހީމާ އިއްޔެ ބައްދަލު ކުރައްވައިފި އެވެ.
އިނގިރޭސި ވިލާތުގައި ބޭއްވެވި އެ ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން އެ ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
މެލޭޝިޔާގެ ބޮޑު ވަޒީރުގެ ކުރީގެ ނައިބާއި ލައިލާ ބައްދަލުކުރެއްވި އިރު، ނަޝީދުގެ ސިޔާސީ ހަޔާތްޕުޅުން އަންވަރު ފިލާވަޅުތަކެއް ހޯއްދެވި ކަމަށް އަންވަރުގެ ދަރިކަލުން ނޫރުލް އިއްޒާ ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ. އިއްޒާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދު މަސައްކަތް ކުރެއްވި ގޮތަށް އަންވަރު ވެސް މަސައްކަތް ކުރައްވައި އެ މަނިކުފާނުގެ ފަރާތްޕުޅުން ފިލާވަޅު ލިބިގެންނެވި ކަމަށެވެ.
ލައިލާގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވެސް، އަންވަރާ ބައްދަލުކުރައްވައި ރާއްޖޭގެ ސިޔާސީ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކަކާ އެކު މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބުގެ ވެރިކަން ބަދަލުވި އިރު އެކަމުން ރާއްޖޭގެ އިދިކޮޅު ފަރާތްތަކަށް ބޮޑު އުފަލެއް ލިބުނެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ މެލޭޝިއާގެ ސިޔާސީ މަސްރަހާ ރާއްޖޭގެ ހާލަތާ ވަރަށް އެއްގޮތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖަޒީރާ ހަތްބޯރާހި
14 June 2018
ދެންނެތްބާ އަންވަރާ ބައްދަލުކޮށްލާނެ ކުށްޖެއް
ގޭ އަންވަރު
14 June 2018
މީ އަހަރުމެންގެ ހަގީގީ ފަސްޓް ލޭޑީ އަކީ.
ޒުލޭހާ
14 June 2018
ރައްޔިތުމީހާއަށް ކޮށްދިން އެންމެ ކަމެއް ބުނެދީ
ޕެނިކު ފަރީދާ
14 June 2018
ރާއްޖޭގެ އެންމެންނާ ބައްދަލް ކުރަން ފުރުސަތު ލިބިއްޖެއްޔާ ކިއުގެ އެންމެ ފަހަތުގަ އިންނާނީ ޔާމީނު
ނަންބަރު
14 June 2018
ހައްޤުތަކޭ ކިޔައިގެން ދައްކާ ވާހަކަ ތަކަށްވުރެ ކަންހިނގާ ގޮތުގެ ވާހަކަ މާ އަޑުއަހަން ފަސޭހަވާނެ.
ނަން
14 June 2018
ނުވާނެ. އެމީހަކަު އަޑުއަހަން ބޭނުންވާ ދޮގު ވާހަކަތައް އަޑުއަހަން މާ ފަސޭހަވާނެ.