25 މެއި 2018 - 14:32
މެލޭޝިއާގެ ބޮޑު ވަޒީރުގެ ކުރީގެ ނައިބު އަންވަރު އިބްރާހިމް، ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހަޔާތުން ފިލާވަޅުތަކެއް ހޯދެއްވި ކަމަށް އަންވަރުގެ ދަރިކަނބަލުން ނޫރުލް އިއްޒާ އަންވަރު އިއްޔެ ވިދާޅުވެއްޖެ އެވެ.
މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި 2015 ވަނަ އަހަރު ޖަލަށް ލި އަންވަރު، އެ ގައުމުގެ ވެރިކަން ބަދަލުވެ މިނިވަންވުމާ އެކު، ރައީސް ނަޝީދު ވަނީ އެ ކަމަށް މަރުހަބާ ވިދާޅުވެ ޓްވީޓެއް ކުރައްވާފަ އެވެ.
އަންވަރާއި އަނބިކަނބަލުން ވާން އަޒީޒާގެ އިތުރުން ދަރިކަނބަލުން ނޫރުލް އިއްޒާ ޓެގްކުރައްވައި ނަޝީދު މިދިޔަ ހަފުތާގެ ބުދަ ދުވަހު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ގޮތް ދޫނުކޮށް އެ ކަމެއްގައި ސާބިތުވެ ހުރެއްޖެ ނަމަ ރަނގަޅު ގޮތް މެދުވެރިވާނެ ކަމަށެވެ. މެލޭޝިއާ ރައްޔިތުންގެ އެހީތެރިކަމާއެކު އެ ބޭފުޅުން ކާމިޔާބު ހޯދައިފި ކަމަށާއި އެކަމަށް މަރުހަބާ ދަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
@anwaribrahim - taking a leaf from the pages of former President @MohamedNasheed 🙏 https://t.co/a5pli0QMUi
— Nurul Izzah (@n_izzah) May 24, 2018
އިޒާ ނަޝީދުގެ ޓްވީޓަށް ކުރެއްވި ރިޕްލައި--
މެލޭޝިއާގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާ އިޒާ، ނަޝީދުގެ އެ ޓްވީޓަށް ރިޕްލައި ކުރައްވައި ވިދާޅުވީ ނަޝީދު މަސައްކަތް ކުރެއްވި ގޮތަށް އަންވަރު ވެސް މަސައްކަތް ކުރައްވައި ނަޝީދުގެ ފަރާތްޕުޅުން ފިލާވަޅު ލިބިގެންނެވި ކަމަށެވެ.
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކަކާއެކު މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބުގެ ވެރިކަން ބަދަލުވި އިރު އެކަމުން ރާއްޖޭގެ އިދިކޮޅު ފަރާތްތަކަށް ބޮޑު އުފަލެއް ލިބުނެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ މެލޭޝިއާގެ ސިޔާސީ މަސްރަހާ ރާއްޖޭގެ ހާލަތާ ވަރަށް އެއްގޮތް ކަމަށެވެ.
މެލޭޝިއާގެ ބޮޑު ވަޒީރުގެ ކުރީގެ ނައިބް އަންވަރު އިބްރާހިމް
އަންވަރު، 70، މިނިވަންވުމާ އެކު އޭނާ އަށް އަނެއްކާވެސް މި ވަނީ ސިޔާސީ ދާއިރާ އަށް ވަނުމުގެ ފުރުސަތު ލިބިވަޑައިގެންފަ އެވެ. އަންވަރު މިނިވަން ކުރީ، އިންތިހާބުގައި ނަޖީބު ރައްޒާގު ބަލި ކުރައްވައި ބޮޑު ވަޒީރު މަހާތިރު މުހައްމަދު ދެ ވަނަ ފަހަރަށް ވެރިކަމަށް ވަޑައިގަތުމަށް ފަހު އެވެ.
މަހާތިރު މިހާރު ވަނީ ދެ އަހަރެއްހާ ދުވަހު ބޮޑު ވަޒީރުކަން ކުރެއްވުމަށް ފަހު އަންވަރަށް ވެރިކަން ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަރުކާނު
27 May 2018
ދީނީ ބައި ކޮންމެވެސް ނުނަންގވާށޭ ދަންނަވާތި
ބެލިންތެރިއެއް
26 May 2018
އަންނި އަކީ މީހަކު ކުރާ ކަމެއް ކުރާ މީހެއް
މީނު
26 May 2018
ޖަނީބު ފިލާވަޅު މިހޯދީ ޔާމީނު ކައިރިން، ދުވުނީ ޗައިނާ އާ ސައުދީ ފަހަތުން؟؟ ލަދުން ބޯހަލާކު.
ކަނބިލި
26 May 2018
ޢަންވަރަކީ އިސްލާމީ ޚިޔާލުގެ ހަރުދަނާ ޝަޚްޞިއްޔަތެއް
މިކަހަލަ
26 May 2018
ހަގީގަތެއް ސިއްރެއްނުވޭ!
ވަގުތީ
26 May 2018
މެލޭޝިޔާގެ ބޮޑުވަޒީރު ނަޝީދުގެ ހަޔާތްޕުޅުން ފިލާވަޅު ހޯއްދެވީމަ އެއީ މަމެން އުފާކުރާކަމެކޭ. މީގެން އިނގެނީ ދިވެހިގައުމުގަވެސް ބޭރުތަންތާނގެ ވެރިން ނަމޫނާގެ ގޮތުގަ ބަލައިގަންނަ ވެރިއެއް ދިވެހިގައުމުހުރިކަން. މިއީ ދިވެހިންނަށްވެސް ލިބޭ ފަޚުރެއް.
އަލީރާޖާ
26 May 2018
ބަލަ ފިލާވަޅު އެއީ 2 ގޮތަށްވެސް ނެގޭ އެއްޗެއް ނޫންތޯ. ނަޝީދު އަޅާފައިވާ ޅައެއްޗެހި ނުއަޅާ އެކަމަށް ސަމާލުވުމަކީވެސް ފިލާވަޅު ނެގުން އެހެން ނޫންތޯ؟
ރޭޒަރ
26 May 2018
އާއްމު ގޮތެއްގައި ހާމަވާ ގޮތަށް ދެފަރާތަކުން އެކުގައި ކުރާ މެސެޖް ނުވަތަ މުއާމަލާތެއްގައި ފިލާވަޅު ހާސިލް ކުރީމޭ ބުނަނީ ޕޮޒިޓިވް މާނައިގައި. ދެ މެސެޖުގެ އިބާރާތުން އަދި މާ ބޮޑަށް އެވަނީ އެކަން ދައްކައިދީފައި. ވީމާ، ރައީސް ނަޝީދުއާއި ބެހޭ ގޮތުން އެ ބުނި ވާހަކަ އިން ދައްކައިދެނީ މުޅި ދުނިޔޭގެ އެކި ގައުމުތަކުގައި އެމަނިކުފާނަށް ކުރާ އިހްތިރާމް. ފަހުރުވެރިވަން. އެއީ ހަގީގީ ވެރިންނަކީ.
މިލިޓަރީ
26 May 2018
މިކަހަލަ މީހުންނަ ތާއީދު ކުރުމަކީ ޤައުމު ފުޑުފުޑުވާނެކަމެއް.
މަންޑޭލާ
26 May 2018
އަންވަރުމެން ނޫޅެއޭ ނަޝީދުގޮތަ ރާއްޖެބަދުނާމުކޮ ރާއްޖެގެ އިގްތިސޯދު ފުޑާލާކަ.
މަހުދީ
26 May 2018
ރާއްޖެ ތިކިޔަނީ މަންޑޭލާ ފޫހިވީމަ މޮޑޭއެއްޗަކަށްތޯ. ރާއްޖޭގެ އިގްތިސޯދެއް ނުފުނޑޭނެ ރާއްޖެ ހިންގަންތިބޭމީހުން ރަނގަޅަށް ކަންކުރާނަމަކަ. ނަޝީދު އެއްޗެކޭ ބުނާއިރަށް އިގްތިސޯދު ފުނޑޭނަމަ ކަލޭމެންނަށް ތިކަމެއްނުވާނެދޯ.
ނަރެލް
26 May 2018
ބަޔަކު ހާޑުވިޔަސް ތިކަން ތިއޮތީ ތިހެންވެފަ ދެން ކޮންމެހެން ހަސަދަފިލުވާނެކަމެއްނެތް