ޗެނެލްގެ 3ޑީ މަސްކަރާ.
19 ޖޫން 2018 - 07:48
މަޝްހޫރު ފެޝަން ކުންފުނި ޝެނެލް އިން ތްރީޑީ ޕްރިންޓެޑް މަސްކަރާ ބާޒާރަށް ނެރެފި އެވެ.
ޒަމާނީ ޓެކްލޮނޮޖީ ބޭނުންކޮށްގެން ފަރުމާ ކުރާ މަސްކަރާއެއް ތައާރަފު ކުރުމުގެ ވާހަކަތައް ޝެނެލް އިން އެންމެ ފުރަތަމަ ދެއްކީ 2001 ގަ އެވެ. އޭގެ ފަހުން އެ ރަޖިސްޓްރީކޮށް، މިހާތަނަށް ކުރި ވަަރަށް ގިނަ މަސައްކަތުން މިހާރު މިއޮތީ ފުރަތަމަ ތްރީޑީ ޕްރިންޓެޑް މަސްކަރާ ވުޖޫދަށް ގެނެސްފަ އެވެ.
ޒަމާންވީ މަސްކަރާގެ ބަދަލުގައި އަލަށް ތައާރަފުވި މި މަސްކަރާ ވެގެންދާނީ އެސްފިޔަތަކުގެ ޖާދޫ އަށް ގެނުވައި ދޭނެ ވަރަށް ވެސް ފުރިހަމަ އެއްޗެކަށެވެ. ތްރީޑީ މަސްކަރާ މިހާރު ޝެނެލްގެ ވެބްސައިޓުން ވިއްކަ އެވެ.
ލެ ވޮލިއުމް ރިވޮލިއުޝަން ޑި ޝެނެލްގެ ނަން ދީފައިވާ މަސްކަރާގެ އަގަކީ 28 ޕައުންޑް (37.16 ޑޮލަރު) އެވެ.
މިއީ މޭކަޕް ކުރާ އާލާތްތަކަށް ގެންނަ އިންގާލާބީ ބަދަލަކަށް ވާނެ ކަމަށް ބެލެވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy