މާލޭގައި ކުރިން ހިންގި މަރާމާރީއެއް ތަހުގީގު ކުރަން ފުލުހުން ހަރަކާތްތެރިވަނީ. ---ފޮޓޯ: މިހާރު
18 ޖޫން 2018 - 21:45
މިދިޔަ ހުކުރު ދުވަހުގެ ރޭ އިންޑިއާ މީހަކަށް ހަމަލާ ދިނުމަށް ފަހު ފިލި މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ދެ ބިދޭސީއެއްގެ ދެމެދުގައި މާލޭގައި ހިންގި މާރާމާރީ އަށް ފަހު، ފުލުހުންނަށް ފިލައިގެން އުޅުނު އުމުރުން 25 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ހައްޔަރު ކުރީ ވެސް އިންޑިއާ މީހެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އޭނާ ހަތް ދުވަސް ވަންދެން ބަންދުގައި ބަހައްޓަން ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޒަހަމްވި މީހާގެ ބުރަކައްޓަށާއި އަތަށް ތޫނު އެއްޗެއް ހަރާފައިވާ އިރު، އޭނާ އަށް އައިޖީއެމްއެޗްގައި ވަނީ ފަރުވާ ދީފަ އެވެ. އެކަމަކު، އޭނާގެ ހާލު ރަނގަޅެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާދާސީދާ
19 June 2018
ދެން އޭނާ ޕޮލިހަސް ވައްދާފަ ތަރިއަރުވާ!