ޖަރުމަނުގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމާއި ޖަމީލް ސަލާމް ކުރައްވަނީ: ޖުމްހޫރީ ކޯލިޝަންގެ ނައިބު ރައީސަކަށް ހަމަޖައްސަން ނިންމާފައިވަނީ ޖަމީލް
19 ޖޫން 2018 - 17:38
އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ ބައިވެރިނުކޮށް، ޖުމްހޫރީ ކޯލިޝަންގެ ކެބިނެޓް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު އިއުލާން ކުރައްވައިފި އެވެ.
ޖަރުމަނުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވާ ގާސިމް ވީޑިއޯ މެދުވެރިކޮށް، ދެއްވި ބަޔާނެއްގައި ވިދާޅުވީ، ޖުމްހޫރީ ކޯލިޝަންގެ ރައީސުލްޖުމްހޫރިއްޔާ އަކީ އޭނާ ކަމަށެވެ. ނައިބު ރައީސަކީ ގާސިމް ވިދާޅުވި ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.
1- ރައީސް: ގާސިމް އިބްރާހީމް
2- ނައިބު ރައީސް: މުހައްމަދު ޖަމީލް އަހުމަދު
3- ފޮރިން މިނިސްޓަރު: ދުންޔާ މައުމޫން
4- ފިނޭންސް މިނިސްޓަރު: ޑރ. މަހްމޫދު ޝައުގީ
5- ޑިފެންސް މިނިސްޓަރު: އަލީ ވަހީދު
6- ހޯމް މިނިސްޓަރު: އަބްދުﷲ ރިޔާޒް
7- ޓޫރިޒަމް މިނިސްޓަރު: މުހައްމަދު ނާޒިމް
8- ހައުސިން މިނިސްޓަރު: ޝޭހް އިމްރާން އަބްދުﷲ
9- އާޓްސް އެންޑް ކަލްޗަ މިނިސްޓަރު: ޔުމްނާ މައުމޫން
10- ނެޝަނަލް ޕްލޭނިން އެންޑް ކޮމިއުނިކޭޝަން މިނިސްޓަރު: ޑރ. އަބްދުﷲ މައުސޫމް
11- އިކޮނޮމިކް މިނިސްޓަރު: މުހައްމަދު ރަޝީދު
12- ބަންޑާރަ ނައިބު: ނޫރުއްސަލާމް
13- ހަޔާ އެޑިއުކޭޝަން މިނިސްޓަރު: އަހުމަދު ރިޔާޒް
14- ހެލްތު މިނިސްޓަރު: ޑރ. ޝާހް މާހިރު
15- ޖެންޑާ އެންޑް ސޯޝަލް ސިކިއުރިޓީ މިނިސްޓަރު: ޝިދާތާ ޝަރީފް
16- ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު: މުހައްމަދު މަލީހް ޖަމާލް
17- ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު: އަމީން އިބްރާހީމް
18- ފިޝަރީޒް އެންޑް އެގްރިކަލްޗަރު މިނިސްޓަރު: ޑރ. ހުސެއިން ރަޝީދު ހަސަން
19- ހިއުމަން ރިސޯސަސް އެންޑް ލޭބަ މިނިސްޓަރު: އަބްދުﷲ ކަމާލުއްދީން
20- އެންވަޔަރްމެންޓް އެންޑް އެނާޖީ މިނިސްޓަރު: މުހައްމަދު ފަޔާޒް
21- އިސްލާމިކް އެފެއާޒް މިނިސްޓަރު: އަލީ ޒާހިރު
22- އެޑިއުކޭޝަން މިނިސްޓަރު: ޑރ. އާސިމް އަހުމަދު
ޖުމްހޫރީ ކޯލިޝަނެއްގެ ވެރިކަމުގައި 20 މިނިސްޓްރީއެއް އުފައްދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އެގޮތުން އޭނާ ވަނީ މިނިސްޓަރުންގެ ގޮތުގައި އައްޔަން ކުރައްވާނެ ބޭފުޅުން ވެސް އިއުލާން ކުރައްވައިފަ އެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހަމަޖައްސާނީ، ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކަމަށެވެ. މަޖިލީހުގެ ނައިބު ރައީސަކަށް ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ހަމަޖައްސާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޖޭޕީގެ ކެބިނެޓަކީ، އެ ޕާޓީއާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ލަފާކުރެވޭ ބޭފުޅުން ހިމަނައިގެން އެކުލަވާލާފައިވާ ކެބިނެޓެކެވެ.
ގާސިމް ވިދާޅުވީ، އެންމެ ފަހުން ބޭއްވި ދެ ރިޔާސީ އިންތިޚާބުގައި ވެސް ޖުމްހޫރީ ޕާޓީން ވަނީ އެކި ޕާޓީތަކާ އެކު ކޯލިޝަން ހަދައި، ވެރިކަން ހޯދައިދިނުމަށް އެހީތެރިވެފައި ކަމަށެވެ.
އޭނާ ވިދާޅުވީ އެ ދެ އިންތިޚާބުގައި ވެސް، ދެ ފަޅިއަކަށް ރައްޔިތުން ވޯޓުލާފައިވާ ކަމަށެވެ. އެހެންވެ، މި ފަހަރު މެދުފަޅި، ޖުމްހޫރީ ޕާޓީ އަށް ވޯޓު ދިނުމަށް ގާސިމް ވަނީ އެދިވަޑައިގެންފައި ވެ އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީން ކެބިނެޓެއް އިއުލާން ކުރީ، އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު އަދިވެސް ކަނޑައަޅާފައި ނުވާތީ އެވެ. އަދި އިދިކޮޅު އެންމެންނަށް އެއްބަސްވެވޭ ކެންޑިޑޭޓަކު ނެރެވޭ ނަމަ، އެ ކެންޑިޑޭޓަކާ އެކު ކުރިއަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ގާސިމް ދެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންބީފާނު
21 June 2018
5- ޑިފެންސް މިނިސްޓަރު: އަލީ ވަހީދު. ކެކެކެކެކެކެކެކެ އަޅެ ސަހަނރޯ ހީވޭ. 5- ޖެންޑާ އެންޑް ސޯޝަލް ސިކިއުރިޓީ މިނިސްޓަރު: ޝިދާތާ ޝަރީފް އިބްތިހާލަށް ޖެހުނު ހާލު ހާދަ ކުދިންނަކަށް ޖެހޭނެތާ.
މަގޭވޯޓް
21 June 2018
މިފަހަރު ޖޭޕީ އަށް މިކަންވާނެ އެއީ ޑޮކްޓަރ ޖަމީލް ނެރިގެން ނޫނީ ޔާމިނު ބައްޔެއް ނުކުރެވޭނެތީވެ.
ޑިމޮކްރަސީ
21 June 2018
2013 ވަނަ އަހަރުވެސް ހަސަނު ނުނަގާ ޖަމީލް ނެގިނަމަ 100% ގާސިމް ހޮވުނީސްކަން. އެއީ ޖަމީލަކީ އިލްމީ ދޫހެލޭ ކުޅަދާނަ ބޭފުޅަކަށް ވާތީވެ.
މުހައްމަދު/ވިލިގިލި
21 June 2018
މިފަހަރު ހީވޭ ގާސިމްގެ ޕާޓީ ވިންކުރާނެހެން. އެއީ ޑޮކަޓަރ ޖަމީލުމެންފަދަ ހަރުދަނާ އިލްމީ ގާބިލް ބޭފުޅުން ގާސިމްގެ އަރިހުގައި ތިއްބެވުން.
ލަލަލަށް
21 June 2018
ތި ކީކުރާ ކެބިނެޓެއް ހެއްޔެވެ؟ ޑރ. ޖަމީލު އަކީ ގައުމުގެ ހަލާކުކަމުގައި ނުލައްވާދޭ! ޖަމީލުގެ އަކީ ހެޔޮލަފާ ނުބައި ރޭވުންތަ ނުރާވާ މީހެއްކަމުގައި ނުލައްވާދޭ! ގުޑް ލަކް
ޫހިޔަމަ
20 June 2018
ވިޔަފާރި ވެރިޔަކަށް ވެރިކަން ދިނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން....އެމެރިކާގެ ރައީސް ޓްރަމްޕް އަކީ މިސާލެއް...ރައްޔަތުން ނަކަށް ނުވިސްނާނެ އޭނާގެ އަންބޮންޑިއަށް ބޮޑުކުރެވޭތޯ ބަލާނީ. ވަރަށްމަކަރުވާނެ..
ގައުމީދޫ
20 June 2018
ކޯލިޝަނުގައި ހިމެނޭ އެމްޑީޕީ އިން ޖަޒީރާ ކެމްޕޭން ފަށާފައިވަނީ ކޯލިޝަން މެމްބަރުގެ މަޝްވަރާގެމަތިންބާ؟! އެހެން ނޫންނަމަ ޖުމްހޫރީ ކެމްޕޭން ވަކިން ފެށުމަކީވެސް ކަންބޮޑުވާން ޖެހޭކަމެއް ނޫން.! ކޯލިޝަންގެ ދެ ލީޑަރުން ޖަލުގައި! ދެ ލީޑަރުން ބޭރަށް އަރުވާލެވިގެން! އެންމެ ރަނގަޅު އޮޕްޝަނަކީ އެކުގައި މަސައްކަތްކުރެވޭނެ ، މުޖައްރިބް ފޯރމިއުލާއެއް ނެރުން!
އަންކަލޯ
20 June 2018
އަމައްޔާތް،
ބަތަލް.
20 June 2018
ބަލަ ގާސިމް ތިމާއަށް ނުކުރެވޭވަރުގެ ކަންތައް ކުކޮށް ހޔރިއްޔާ މާތާހިރުވާނެ، ކީއްކުރންތަ މީހާ ބޭޒާރުވާން ތޔައުޅެނީ؟
ދޮންއަމާ
20 June 2018
ކަލޭމެން ތިތިބީ މިހާހިސާބަށް ހޮވިފަ ދެން އަތްޖަހާ