ޓެކްނޮލޮޖީ

އެންޑްރޮއިޑް ފޯނު ބޭނުންކުރާ މީހުންނަށް ހުރި އިޚްތިޔާރު އައިފޯނު ބޭނުންކުރާ މީހުންނަށް ނެތީ ކީއްވެ؟

އައިފޯނު ބޭނުންކުރާ މީހުންނަށް ނެތް ކިތަންމެ ފީޗާއެއް އެންޑްރޮއިޑް ފޯނުތަކަށް ހުރި ނަމަވެސް އައިފޯން އެޕްލިކޭޝަންތައް ފުރޭނެން ޖެހޭ މިންގަނޑުތަކުގެ ސަބަބުން ފޯނު ބޭނުންކުރުމުގައި އައިފޯނު ބޭނުންކުރާ މީހުންނަށް ކަމެއް އުނި ނުވޭ

އައިފޯނާއި އައިޕެޑް ބޭނުންކުރާ މީހުންނަށް ގިނަ އިޚްތިޔާރުތަކެއް އެޕަލް އަކުން ނުދެ އެވެ. ވާދަވެރިންނާ އަޅާކިޔާއިރު އެކަން އޮތީ އެ ގޮތަށެވެ. އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ މީހުންނަށް ހުރި ފުރުސަތުތައް އައިއޯއެސް ބޭނުންކުރާ މީހުންނަކަށް ނެތެވެ.

އައިފޯން ބޭނުންކުރާ މީހުންނަށް އިޚްތިޔާރު ނެތެއް ކަމަކު އެ ހުސްކަން އެ މީހުންނަށް އިހުސާސެއް ނުކުރެވެ އެވެ. އެ އަށް ވުރެ އައިއޯއެސް ޑިވައިސްތައް ފުރިހަމަ އެވެ. ބޭނުންވާނެ ހުރިހާ ފީޗާއެއް، އެޕްލިކޭޝަނެއް ލިބެން ހުރެ އެވެ.

އައިއޯއެސް ޑިވައިސްތަކަށް އެޕްލިކޭޝަން އުފެއްދުމަކީ އެންޑްރޮއިޑަށް އެޕްލިކޭޝަން އުފެއްދުމަށް ވުރެ އުނދަގޫ ކަމެކެވެ. އެޕަލް ނޫން ބަޔަކު އެޕްލިކޭޝަން އުފައްދާ ނަމަ، އެޕް ސްޓޯރާ ހަމަ އަށް ދެވެނީ ވަރަށް ހަރުކަށި މިންގަނޑަކުން ފުރޭނިގެންނެވެ.

އައިފޯނާއި އައިޕެޑް ބޭނުންކުރާ މީހުންނަށް އިޚްތިޔާރު ނެތޭ ބުނެވެނީ އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ މީހުން އުފާކުރާ ފީޗާތައް ނެތުމުންނެވެ. ވަރަށް ފަހަކާ ޖެހެންދެން މެނުވީ އައިއޯއެސް އަށް ކީބޯޑެއް އުފެއްދުމަކީ އެޕަލް ނޫން ބަޔަކަށް ނެތް ފުރުސަތެކެވެ. އެޕަލް ނޫން ބަޔަކަށް ލޭންޑާއެއް ނުއުފެއްދެ އެވެ. ތޮށި ބަދަލުކޮށް، ކުލަ ބަދަލުކޮށް ނުހެދެ އެވެ. "ތާޑްޕާޓީ ސްލައިޑިން މެނިއޫ" ތަކަށް ފުރުސަތު ދީފާނެ ކަމަށް ބެލެވުނަސް، ފްލޯޓިން ވިޖެޓްތަކެއް އަދި ނެތެވެ.

ގޫގުލުން އެންޑްރޮއިޑަށް އުފައްދާ އެޕްލިކޭޝަންތަކަށް ވުރެ އައިއޯއެސް ޑިވައިސްތަކަށް އުފައްދާ އެޕްލިކޭޝަންތަކުގެ ފެންވަރު ރަނގަޅެވެ. މޮޒިއްލާއިން އައިއޯއެސް އަށް އުފެއްދި ފަޔާފޮކްސް އެންޑްރޮއިޑް ފަޔާފޮކްސް އަށް ވުރެ ދުވެލި ބާރެވެ. ރީތިވެފައި ތާހިރެވެ.

އެޕްލިކޭޝަން އުފެއްދުމުގައި އެޕަލުން ގެންގުޅޭ މިންގަނޑަށް ފެތެން ޑިވެލޮޕަރުން ކުރާ މަސައްކަތުން ނިކުންނަ ނަތީޖާ ވަރަށް އޮމާނެވެ. އެޕްލިކޭޝަންތައް ފަސޭހަ އެވެ. އައިފޯނަށް އެޅޭ އެޕްލިކޭޝަނެއްގެ ސަބަބުން އާދަޔާ ޚިލާފަށް ބެޓެރީ ހުލިވާތީ އުޅޭކަށް ނުޖެހެ އެވެ. ތާޑްޕާޓީ ފީޗާތަކަކަށް ބޭނުންޖެހި ފައިތަޅާ ރޯކަށް ނުޖެހެ އެވެ. މާނަ އަކީ އައިފޯނު ބޭނުންކުރާ މީހުންގެ ތެރޭގައި އެ ކަހަލަ ފީޗާތަކަށް އެދޭ މީހުން ނެތެކޭ ނޫނެވެ.

2 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 53%
icon sad icon sad 13%
icon angry icon angry 34%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޭންބޯއީ

29 July 2016

މީ ވަރަށް ހީވޭ އެޕަލް ފޭން ބޯއީ އެއްގެ ލިޔުމެއް ހެން.

The name is already taken The name is available. Register?

ބޭންބޯއީ

30 August 2016

ކެކެކެކެ. އެންޑްރޮއިޑްއިން ބޭނުންވާ ކޮންމެ ކަމަކަށް އެޕް ހުރެއޭ ކިޔާފައި ލިޔުނު ނަމަ އެންޑްރޮއީޑްގެ "ފޭންބޯއީ" އަކަށް ވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454