އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުން ކުރިއަށް ދަނީ: ޕްރައިމަރީގައި އިސްކޮށް އުޅުނު އެމްޑީޕީ ކައުންސިލަރުންގެ މައްސަލަ އެލްޖީއޭ އިން އަންނަނީ ބަލަމުން. --ފޮޓޯ/މިހާރު
21 ޖޫން 2018 - 23:24
އެމްޑީޕީގެ ކޮންގްރެސް ބާއްވަން ނިންމާފައިވާ އއ. އުކުޅަހުގެ ކައުންސިލްގެ ރައީސް އާއި އިތުރު އެހެން ބައެއް ރަށްރަށުގެ ކައުންސިލަރުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ން މިއަދު ސަސްޕެންޑްކޮށްފި އެވެ.
ހުރިހާ ކައުންސިލަރުން ވެސް ސަސްޕެންޑްކޮށްފައި ވަނީ އެމްޑީޕީގެ ޕްރައިމަރީއާ ގުޅިގެންނެވެ.
ކައުންސިލަރުންނަށް އެލްޖީއޭން ފޮނުވި ސިޓީއެއްގައި ބުނީ މިދިޔަ މެއި 30ގައި އެމްޑީޕީން ބޭއްވި ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި، ޖަލު ހުކުމެއް އޮތް ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވާތީ އެ ޕްރައިމަރީ ކުރިއަށް ނުގެންދިއުމަށާއި ޕްރައިމަރީ ކުރިއަށް ގެންގޮސްފިނަމަ އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުގެ މައްޗަށް ސިވިލް ކޯޓުން އަމުރު ނެރެފައިވަނިކޮށް، އެކަމުގައި ކައުންސިލަރުން ބައިވެރިވެ، އަމަލީ ގޮތުން އެއްބާރުލުން ދީފައިވާ ކަމަށެވެ.
އެހެންވެ، މާދަމާއިން ފެށިގެން އެއްވެސް މުސާރައެއް ނުލިބޭ ގޮތަށް ކައުންސިިލަރުން ތިން މަސް ދުވަހަށް ސަސްޕެންޑްކޮށް، އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލު ކުރުން މަނާކަމަށް އެލްޖީއޭން އެ ބޭފުޅުންނަށް ވަނީ އަންގާފަ އެވެ.
އުކުޅަހު ކައުންސިލްގެ ރައީސް ސަސްޕެންޑް މިކުރީ، އެމްޑީޕީގެ ކޮންގްރެސް މި މަހު ފަހުކޮޅު އެ ރަށުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަނިކޮށެވެ.
ކައުންސިލަރުންގެ އިތުރުން ޕްރައިމަރީގައި އިސްކޮށް އުޅުއްވި އެމްޑީޕީގެ އިސް ބޭފުޅުންގެ މައްސަލަތައް ތަހުގީގުކޮށް އެ ބޭފުޅުންނަށް ފިޔަވަޅު އަޅައި ދިނުމަށް ވެސް ފުލުހުންގެ ކިބައިން އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަނި ބައިވެރިވެވަޑައިގެން ބޭއްވި ޕްރައިމަރީ ކުރިއަށް ގެންދިޔައީ ގާނޫނާ ޚިލާފަށް ކަމަށް ވާތީ، އެމްޑީޕީއާ މެދު ވެސް ފިޔަވަޅު އަޅަން އީސީން ވަނީ ނިންމާފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވީ، ނަޝީދަކީ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާއިރު، އެމަނިކުފާނު ބައިވެރިވެވަޑައިގެން ބާއްވާ ޕްރައިމަރީއެއް ގަވާއިދާ ޚިލާފު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގައި އެކަން އެގޮތަށް ނުކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފައި ވަނިކޮށެވެ. އަދި ކޯޓު އަމުރުގައި ފުލުހުންނަށް އަންގާފައިވާ ގޮތުގެ މަތިން، ޕްރައިމަރީ ހުއްޓުވަން ފުލުހުން ހަރަކާތްތެރިވި ނަމަވެސް އެމްޑީޕީން އެ އަށް ތަބާނުވެ، ޕްރައިމަރީ ކުރިއަށް ގެންގޮސް ނަތީޖާ ވެސް އިއުލާން ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަސީމާ
22 June 2018
ވަަރަށް ބަރަބަރު ނިންމުމެއް. ސަސްޕެންޝަނުގެ މުއްދަތު މަށަށް މަދީ. ކައުންސިލްތަކުން ކުރާ މިފަދަ ގައިރުގާނޫނީ ކަންކަން ހުއްޓުވަންޖެހޭ.
ޔަގީން
22 June 2018
ކައްޕި ބޮޑުތަނުން ބަލި ވެއްޖެ.
މޯޑް
22 June 2018
ރާއްޖޭގެ ހުރޮިހާ ކައުންސިލްން ސަސްބެންޑް ކޮއްބަލަ ލަދުން މޮޔަވާވަރުވެ
ރަށްދު
22 June 2018
އިންނަމާދޫ ކައުންސިލް މެންބަރުންވެސް ކޮތަޅުހިފައިގެ މަގުމަތީގަ އަންނިޔަށް ޕުރައިމަރީގަ ވޯޓްލާން ދުވި ތީވަކި ބަޔަކަށްކުރާ ސަސްޕެންޑެއް ތަ؟
އިހުމާލް
22 June 2018
އަދި އިންތިހާބު އައުމުގެ ކުރިން އެއްމެހާ މެންބަރުން، ރައްޔަތުން ކަމުންވެސް ސަސްޕެންޑު ކުރާނެ.. މިނޫން ގޮތެއް ނެތް
ތަކުރު
22 June 2018
ކަށަވަރޭ އށްނާނަމޭ އަހަރެން އެބުރިއަށް ނާނަމޭ
ޢަލީ އަޙްމަދު
22 June 2018
ބަޔަކު މޮޔަވެ، ވަޖިދުވާން ފަށައިފިކަން ގައިމު. ވޯޓާއި ގުޅިގެން ތިޔަ ހުރިހާ ކަމެއް ވެސް ކުރާނެ. ދާދި އިހަކައް ދުވަހަކު މާލޭގެ ސްކޫލެއްގެ އެސިސްޓެންޓް ޕްރިންސިޕަލަކު ވެސް ޓީޗަރުންނަށް ގުޅައި ޔާމީނަށް ކެމްޕޭންކޮށް ވަޒީފާގެ ބިރުވެސް ދައްކައިފި. މިހުންނަނީ ސަސްޕެންޝަންތައް ކުރިއަށް އޮތް ދުވަސްވަރު އަންނާނީ ހަަމަ އެކަނި ކައުންސެލަރުންނަށް ނޫން ކަމުގެ އަލާމާތްތައް. ޢަނިޔާ ލިބިފައިވާ އަދި ލިބެމުންދާ އަޅުންގެ ދުޢާ އިޖާބަނުކުރަށްވާ ރައްދު ނުކުރައްވަވާނެ ކަަަމަށް އެންގެވި އިލާހުގެ ރިޒްޤް އަޅުގަނޑުމެންނަށް ފުދޭ!
ނިއުޓްރިއަލް
22 June 2018
އުކުޅަހަކީ އެމްޑީޕީން ނާޖާއިޒު ފައިދާ ނަގަން ބޭނުންކުރާ ރަށެއް. އުކުޅަހު ކައުންސިލަރަކު ޖަޕާނަށް ކޯހެއްގަ ފުރަން އޮތް ރެއަކު އަލީ ވަހީދުގެ ކެމްޕޭނުކޮށްދޭށޭ އެއީ މާ މުހިއްމު ކަމެކޭ ކިޔާފަ އެ ކައުންސިލަރު ފުރުން ހުއްޓުވި. މިއަދު އަލީ ވަހީދު އެހެރީ އެހެން ޕާޓީއެއްގަ. ސަރުކާރުގެ ވަޒީފާއެއްގައި އުޅެފައިވާތީ މަށަށް އިނގޭ އަންނިގެ ސަރުކާރުން ގަސްތުގައި އުކުޅަސް ބައެއް ކަންކަމުގައި ބާކީކޮށްފައިވާކަންވެސް. އަންނިގެ ސަރުކާރުން ބޭނުންވީ މީހުން ގިނަ ރަށްރަށަށް (ސަޕޯޓް އިތުރުކުރެވޭނެ ރަށްރަށަށް) ކަންކަން ކޮށްދޭން. އަވަސް އަރުވާލައިގެން އުކުޅަހުގައި ދެ ވަނަ ބަނދަރެއް ހަދާފައިވާއިރު އޭގެ ސަބަބުން ރަށުގެ ވަރަށް ބޮޑު ބައެއް ގިރާލައިގެން ދިޔަ. އުކުޅަހު މީހުންނަށް އެންމެ ފައިދާ ބޮޑުވާނީ އެއްވެސް ޕާޓީއެއްގެ ފައިބުޑަށް ނުވެއްޓި ރަށް ތަރައްގީކުރަން މަސައްކަތްކުރުން.
ޑާޑާޑާޑާޑާ
22 June 2018
ވަރަށްވެސް ލަދުވެތި ގޮތަކަށް މިވެރިކަންވެސް ނިމިގެން ދާނެކަމަށް އުއްމީދުކުރަން.
ދަތްނެތްކުއްޖާ
22 June 2018
ތިޔަ ގޮތައް ކަންތައް ކުރުމުން ޕީ ޕީ އެމްގެ ސަޕޯރޓަރުންވެސް ހިތްހަމަ ނިޖެހި އާޙިރަތުގައި އެވެރިން އެމް ޑީ ޕީ އަށް ސަޕޯރޓް ކުރަން ފަށާނީ. މަމެން ހިތައްއަރާ ކޯޗެއް ކިޔަވައިގެން ތިބި ވެރިން ތަކެއްބާއޭ މި ސަރުކާރުގާ މިތިބީ!