23 ޖޫން 2018 - 07:47
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސަކަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު މިއަދު ފަތިހު އިންތިޚާބުކޮށްފި އެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިހާރު ކުރިއަށް ގެންދާ ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސްގައި، މިދިޔަ މޭ މަހުގެ 26 ގައި އެ ޕާޓީއާ ގުޅިވަޑައިގެންނެވި އަލީ ވަހީދު ޖުމްހޫރީ ޕާޓީގެ ރައީސަކަށް ހޮވުނީ ފެންނަ ނުފެންނަ ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. އެ މަގާމަށް ވާދަކުރެއްވީ އޭނާ އެކަންޏެވެ.
ޖުމްހޫރީ ޕާޓީ އަށް އަލަށް އިތުރުކޮށް، އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާ ކަމަށް ކަނޑައާފައިވާ ރައީސްގެ މަގާމަށް އަލީ ވަހީދު ކުރިމަތި ލެއްވިއިރު އޭނާ އެ މަގާމު ދިނުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 154 މީހެކެވެ. ނުފެންނަ ކަމަށް 102 މީހަކު ވޯޓު ދިނެވެ.
އަލީ ވަހީދު ޖޭޕީގެ ރައީސަކަށް އިންތިޚާބު ކުރިއިރު، އޭނާއާ ދެކޮޅު ކެމްޕެއިންތައް ފޯރިއާ އެކު ވަނީ ކޮށްފަ އެވެ. ނަމަވެސް ޖޭޕީ އުފެއްދި ގާސިމް އިބްރާހިމް ތާއީދު ކުރެއްވީ އަލީ ވަހީދަށެވެ.
JP ge Raees kan Ali Waheed ah dheyn memberunthakeh dhekolhu hadhanee
The most trusted news source in the Maldives
Mihaaru
އަލީ ވަހީދާ ދެކޮޅަށް ކެމްޕެއިން ކުރުން--
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދި ޑީއާރުޕީން ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގެންނެވި އަލީ ވަހީދު އެ ޕާޓީގެ ފުރަތަމަ ޑެޕިއުޓީ ލީޑަރުކަން ކުރެއްވިއިރު، ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕއާ ފަހުން ގުޅިވަޑައިގެން އެ ޕާޓީގެ ޗެއާޕާސަންކަން ވެސް ކުރެއްވި އެވެ. އަދި ރޭގެ ނަތީޖާއާ އެކު، އޭނާ ގުޅިވަޑައިގެންނެވި ތިން ޕާޓީގެ ވެސް އިސް މަގާމެއް މިވަނީ ލިބިވަޑައިގެންފަ އެވެ.
ޖޭޕީގެ އިންތިޚާބުތަކުގެ ފައިނަލް ނަތީޖަ ކަނޑައެޅުމުގެ ކަންކަން މިއަދު ފަތިހު ކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ޖުމްހޫރީ ޕާޓީގެ ލީޑަރު ނެތުމުން ދެން ޕާޓީގެ އެންމެ އިސް ބޭފުޅަކީ ހަތަރު ޑެޕިއުޓީ ލީޑަރުންގެ ތެރެއިން ކައުންސިލުން ނިންމާ ބޭފުޅެއް ކަމަށް އެ ޕާޓީގެ ކޮންގްރެސްގައި އިއްޔެ ނިންމާފައިވާއިރު ޑެޕިއުޓީ ލީޑަރުކަމަށް ފަސް ބޭފުޅަކު ކުރިމަތިލެއްވި އެވެ.
ޑެޕިއުޓީ ލީޑަރުންނަށް ކުރިމަތިލެއްވި ބޭފުޅުންގެ އިންތިޚާބުން ނާކާމިޔާބުވީ، މިހާތަނަށް އެ މަގާމުގައި ހުންނެވި، ކުރީގެ މިިނިސްޓަރު އަބްދުﷲ ކަމާލުއްދީނަށެވެ. އޭނާ އަށް ލިބިވަޑައިގަތީ 160 ވޯޓެެވެ.
ޑެޕިއުޓީ ލީޑަރުގެ އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނެވެ. އެއީ 237 ވޯޓެވެ. މިހާރު ވެސް އެމަގާމުގައި ހުންނެވި އަމީން އިބްރާހިމް އިންތިޚާބުވީ 227 ވޯޓާ އެކު. އަދި މިހާރު ވެސް ޑެޕިއުޓީ ލީޑަރަކަށް ހުންނެވި ޑރ. ހުސެއިން ރަޝީދު އަލުން އިންތިޚާބުވީ 224 ވޯޓާ އެކު. ޑެޕިއުޓީ ލީޑަރަކަށް އަލަށް ކުރިމަތިލެއްވި މުހައްމަދު ފަޔާޒް(އެފްއޭ) އެ މަގާމު ކާމިޔާބު ކުރެއްވީ އަބްދުﷲ ކަމާލުއްދީނަށް ވުރެ ހަތް ވޯޓު އިތުރަށް ހޯއްދަވައިގެންނެވެ. އެއީ 167 ވޯޓެވެ.
ޖޭޕީގެ ތިން ވަނަ ކޮންގްރެސްގައި މަގާމުތަކަށް މީހުން އިންތިހާބުކުރަން ވޯޓް ލަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
ޖުމްހޫރީ ޕާޓީ އަށް އަލަށް އުފެއްދި ނައިބު ރައީސްގެ މަގާމު، ކެލާ ދާއިރާގެ ކުރީގެ މެމްބަރު، ޑރ. އަބްދުﷲ މައުސޫމް ކާމިޔާބު ކުރެއްވީ 240 ވޯޓުންނެވެ.
ޖޭޕީގެ ކައުންސިލަށް އިންތިހާބު ކުރި 15 މެމްބަރުންގެ ތެރޭގައި އެ ޕާޓީގެ ވެރިޔާ ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ (އާއިޝާ) ވަނީ 227 ވޯޓުން ކާމިޔާބު ކުރައްވައިފަ އެވެ. އަދި ދާދި ފަހުން، ޖޭޕީއާ ގުޅިވަޑައިގެންނެވި، މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަހުމަދު އައްސަދު (އަޑުބަރޭ) ވެސް ވަނީ 180 ވޯޓާ އެކު ކައުންސިލްގެ މެމްބަރުކަން ހޯދާފަ އެވެ.
ރޭ 9:00 ގައި ވޯޓްލާން ފެށި ޖޭޕީގެ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރަން ފަށާފައި ވަނީ މިއަދު ފަތިހު 4:40 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަރިޔާ
23 June 2018
ޥަރަށް ރައީސްކަން ބޭނުންކަން ވަރަށް ސާފުކޮށް އެގިއްޖެއެއް ނުން! ޢަލީ ވަހީދުއަށް ކުރެވޭނީ ވެރިކަމެއް ނޫން! ޕާޓީ ގުޅުނުތާ ހަފުތާއެއް ނުވަނީސް ޕާޓީިގެ ރައީސްކަން ކިހާހެއްވާ! ޢޭނަ ޕާޓީން ބޭރުކުރަން ފެނޭ! ޢެއީ އަމިއްލަ އެދުމުން ފުރިފައިވާ މީހެއް!
ޕޮކަންޑިމޭން
23 June 2018
އިއްޔެއާ ހަމައަށް ހިތްވަރު ގަދަ ފިސާރި ޗެއަރޕާސަންގެ ގޮތުގައި އެމްޑީޕީގައި ހުރި އަލީ ވަހީދަށް ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ވޯޓްދިން މީހުންނަކީ ބީތާއިން ކަމުގައި ބުނެ އެމްޕީ ޢަލީ ނިޒާރު މިއަދުއިން ޓްވީޓްކޮށްފަ. ލަދު.
ބޮޑުޖީބު
23 June 2018
ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!!!!!!!!!!
ޑޮންޑޮން
23 June 2018
ކަލޯ އެއްބުރުން ފެއިލް
ހަސަނު2
23 June 2018
ގާސިމް ބުނެދެއްވަބަލަ ގާސިމް ނެގި ޑިސިޝަނަކުން ރަނގަޅު ނިމުމެއް އައި ދުވަހެއް.!! 2 އިލެކްޝަން ހިނގައްޖެ.. ގާސިމް ނިންމުންތަކާއިހެދި ޕާޓީއަށް ލިބުނީ ގެއްލުން. ތި ހެދީ ބޮޑު ގޯހެއް. އަލީ ވަހީދަކީ ފަސްބައި ހަޑި އިތުބާރު ކުރަން ދަތި، ޕާޓީގެ އާންމު މެމްބަރުން ބަލައިގަންނާނެ މީހެއް ނޫން... ޖުމްހޫރީ ޕާޓީ ޕްރައިވެޓް ލިމިޓެޑްގައި ގާސިމްގެ %80 ހިއްސާ އޮންނާތީ ޗެއަރމަން ވިދާޅުވާގޮތަށް ސީއީއޯ އާއި ބޯޑު އެކުލާވާލެވިދާނެ.. އެކަމަކު ތި ޕާތީއަކީ އޮށްޓަރެއް ނެތް ގާސިމުގެ އާއިލާއިން ހިންގާ ވިލާ ވިޔަފާރިތަކަށް މަގު ފަހިކުރަން އޮތް ސިޔާސީ "ކުންފުންޏެއްކަން" މަށަށް މިހާރު ހަމަ ޔަގީން. ޕާޓީގެ މެމްބަރުން ގުނބޯ ހެދިފައި ތިބޭ ދެން.
ޚިޔާލް123
23 June 2018
ޢިޚްލާސްތެރިކަން ނެތްމީހަކު ރައީސްކަމަށް ކީއްކުރަން ރަސްކަންދިނަސް ކުރާމަސައްކަތުގައި އިޚްލާސްތެރިއެއް ނުވެވޭނެއެވެ. އަދި މިއަދު ގާސިމް ތިޖަހައި ސަކަރާތުން ލިބޭނެ މޮޅެއް ހެދޭނެ އެއްޗެއް ނޯންނާނެއެވެ.
ހައްސާން އަދްހަމް
23 June 2018
ސިޔާސީ މީހުން އާކުރަންވެއްޖެ މިހާރު. އެއްގެއިން ކައިފަ އަނެއްގެއިންކަނީ. ގައުމައް އެކަކުވެސް ކޮށްދެވުނީ ކޮންކަމެއްތޯ އަމިއްލަ ނަފްސާ ސުވާލުކޮއްލަމާ؟ ފަގީރުން އެބަތިބި. އެހީ ބޭނުންވާ އެތައްކަމެއް ގައުމުގައި އެބޮތް. ލަންޑަން، މިއުނިކް ނުވަތަ ނިއުޔޯކުގައި ތިއްބަވައިގެން ވަރަށް ގިނަކަންކަން ގައުމުން ހައްލުވޭ އެބަ. ގައުމުދެކެ، ރައްޔިތުންދެކެ ލޯބިވާ މީހާ ދުވާނީ ޕާޓީ ނުވަތަ މަގާމު ނުވަތަ ފައިސާފަހަތަކުން ނޫން. އެފަދަ މީހުންނަށް ހިޔެއްނުވާނެ ކުރެވިދާނެ ހެޔޮރަނގަޅު ފައިދާހުރި ކަންކަން ހުސްވެދާނެޔޭ. ދިވެހިން ވެއްޖެ ވިސްނަން. ތަރައްގީއަކީ ނަފްސާނީ އެއްޗެއް. މަދަނީ އެއްޗެއް ނޫން.
ކިއްސަރު
23 June 2018
ފަހު ފޮޅުވަތް ބުހުތާނު ދޮގެއް!
ޠަޔާޠީޞް
23 June 2018
ފަހުފޮޅުވަތް ވަރަށް ފުރިހަމަ ހަގީގަތެއް.
ސާމިހު ރަޝީދު
23 June 2018
ގާސިމު މަނިކުފާނުގެ ޕަޓީން މިއަދުން ފެށިގެ 5 ދުވަސް ތެރޭގައި އަޅުގަނޑުގެ އެދުމައް އަޅުގަނޑާއި އެކު ޖުމުހުރީ ޕާޓީއާއި ގުޅުނު 1342 ކެންޑިޑޭޓުންނާއި އެކު ވަކިވާނަން.. އަޅުގަނޑުމެނެއް މިހާރަކު ނުޖެހޭ ޖޭޕީގެ އޮފީހަކައް ދާކަށެއް ޕާޓީ ވަކިވުމަކައް... ޕާޓީއާއި އިހައްދުވަހު ގުޅުނު އިސްކޮޅުން ދިގު މީހެއްކަމައް ވާ އަލީވަހީދުމެން ޖުމުހުރީ ޕާޓީއައް ކޮށްދިން ކަމެއް ގާސިމު ބުނެދީބަލަ..ކަމާލުއްދީނުމެން ބޭކާރު ކުރީ ސީދާ ގާސިމުގެ އެޖެންޑާއައްކަން އެވަނި ރަނގަޅައް ފަޅާއަރައިފައި.. ލަފާކުރެވޭގޮތުގައި މިމަސްތެރޭގައި 4500 ވަރަކައް އެކުޓިވު މެމްބަރުން ޖުމުހުރީ ޕާޓީއާއި ދުރުވާނެކަމީ އޮޅުމެއް އޮތް ކަމެއްނޫން.... ވަރައް ބޮޑައްފޫހި ވެއްޖެ ގާސިމުގެ ތިޔަ އަމަލުތަކުން..
ހަސަންޔާ
23 June 2018
1342 މީހުންނޭ؟ ކަޅޯ ރައީސް ކަމައް ކުރިމަތިޅާ އަވަހައް
މމމގގގގ
23 June 2018
ސިޔާސީ ރަންޑިންނަށް ހުރިހާ ޕާޓީތަކުންވެސް ނޫނެކޭ ބުނި ދުވަހަކުން ނޫނީ މިގައުމުގައި ޖެހިފައި އޮތް ކަރަޕްޝަން ކަތުރު ފަނި ސާފެއް ނުވާނެ. ޖޭޕީއަށް މަގޭ ތައުޒިއާ. މެމްބަރުން ކުނި ސާފު ކުރާނެ ކަމަށް ހީކުރަން.
އަހްމަދު
23 June 2018
އެހައްދުވަހަކު ގުޅުން މީހަކަށް ރައީސްކަން މިދިނީ، އެމްޑީޕީ ސަރުކާރުގަ އެތަށް މިލިޔަން ރުފިޔާގެ ގެބައްލަވައިގަންފަ، އޮތް އެއްވެސްކަހަލަ އިހްލާސްތެރިކަމެއްނެއް ވިކޭމީހެއްތިއީ