ޕޮލިސީ އަދި އިދާރީ ކޮމެޓީތަކާއެކު ޖޭޕީއަށް އިތުރުކުރިއެރުން ލިބޭނެ: އަލީ ވަހީދު

ޕޮލިސީ އަދި އިދާރީ ކޮމިޓީތަކާ އެކު ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް އިތުރުކުރިއެރުން ލިބޭނެ ކަމަށް އެ ޕާޓީގެ ރައީސް ކަމަށް އަލަށް އިންތިހާބުވެވަޑައިގަތް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.


ޖުމްހޫރީ ޕާޓީގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އެ ޕާޓީގެ ކައުންސިލަށް ލަފާ ދިނުމަށް ވަނީ 29 ކޮމިޓީއެއް އުފައްދައިފަ އެވެ. އޭގެ ތެރޭގައި ހަ ޕޮލިސީ ކޮމިޓީއެއް ހިމެނެ އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިޒާމްވެފައިވާ ކޮމިޓީތަކަކީ ޒަމާނީ ސިޔާސީ ޕާޓީއެއްގެ އެންމެ މުހިންމު އެއް އަސާސް ކަމަށެވެ.

"ޕޮލިސީ އަދި އިދާރީ ކޮމިޓީތަކާއެކު ޖޭޕީއަށް އިތުރުކުރިއެރުމެއް ލިބިގެންދާނެ. ތައުލީމީ އަދި ތަޖުރިބާކާރު ފަންނުވެރިންނަށް މިއީ އަގުހުރި ފުރުސަތެއް،" އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދުގެ ޓުވީޓް

ޖުމްހޫރީ ޕާޓީގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމަށްފަހު އަލީ ވަހީދު ވިދާޅުވީ، އެ ޕާޓީގެ ވެރިޔާ ގާސިމް އިބްރާހީމާ އެކު މި އަހަަރު ރާއްޖެ ވަޑައިގެން ޖުމްހޫރީ ޕާޓީ ކުރިއަރުވައި ބޮޑު ޕާޓީއަކަށް ހައްދަވާނެ ކަމަށެވެ. އަލީ ވަހީދު މިހާރު ދިރިއުޅުއްވަނީ އަމިއްލައަށް އަރުވާލެވިގެން އިނގިރޭސިވިލާތުގަ އެވެ.

"އަޅުގަނޑު ގަބޫލް ކުރާ ގޮތުގައި އަދިވެސް ޖޭޕީގެ ލީޑަރަކީ މާފަންނު ވިލާ ގާސިމް އިބްރާހިމް. އަޅުގަނޑުމެން އައިސް ތަފާތު ދައްކާނަން،" ޖޭޕީގެ ކޮންގްރެސްގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އަލީ ވަހީދު ވިދާޅުވި އެވެ.

މުޙައްމަދު ޝައިނީ

2

ހެންވޭރު އުތުރު ދާއިރާ