ޖޭޕީގެ ނައިބު ލީޑަރު ކަމަށް ކުރިމަތިލެއްވި ފަސް ބޭފުޅުން: (ކ-ވ) ފަޔާޒް، އަބްދުﷲ އަމީން، އަބްދުﷲ ކަމާލުއްދީން، އަމީން އިބްރާހީމް އަދި ޑރ. ހުސެއިން. މީގެ ތެރެއިން ކެޓީ އަބްދުﷲ ކަމާލުއްދީން
23 ޖޫން 2018 - 07:32
ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް އަލަށް އިންތިޚާބުކުރާ ހަތަރު ލީޑަރުން މިއަދު ފަތިހު ހޮވައިފި އެވެ.
ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދާ، ޖޭޕީގެ ކޮންގްރެސްގައި އިންތިޚާބުކުރާ ހަތަރު ޑެޕިއުޓީ ލީޑަރުންގެ މަގާމަށް ފަސް ބޭފުޅަކު ކުރިމަތިއްލެވިއިރު، އެންމެ ގިނަ ވޯޓު ހޯއްދެވީ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަދި މިދިޔަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު އެ ޕާޓީއާ ގުޅިވަޑައިގެންނެވި އަބްދުﷲ އަމީނެވެ. އޭނާ އަށް 237 ވޯޓު ލިބިވަޑައިގަތެވެ.
ކުރީގެ ނައިބު ރައީސް އަދި މިދިޔަ ފެބްރުއަރީ މަހު ޖޭޕީ އަށް ސޮއިކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އަރިހުގައި ފެށުނީއްސުރެ ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާ އަމީންގެ އިތުރުން ޑެޕިއުޓީ ލީޑަރުންނަށް ދެން އިންތިޚާބުވީ މިހާރު ވެސް އެ މަގާމުގައި ތިއްބެވި އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް (227 ވޯޓު) އާއި ޑރ. ހުސެއިން ރަޝީދު ހަސަން (224 ވޯޓު) އާއި ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަދި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒް (އެފްއޭ) އެވެ. ޑެޕިއުޓީ ލީޑަރުގެ މަގާމަށް އަލަށް ވާދަކުރެއްވި ފަޔާޒަށް 167 ވޯޓު ލިބިވަޑައިގަތެވެ.
ޑެޕިއުޓީ ލީޑަރުންގެ މަގާމަށް ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ނާކާމިޔާބުވީ، ކުރީގެ މިނިސްޓަރު އަދި މިހާތަނަށް ވެސް އެ މަގާމު ފުރުއްވަމުން އައި އަބްދުﷲ ކަމާލުއްދީނަށެވެ. އޭނާ އަށް ލިބިވަޑައިގަތީ 106 ވޯޓެވެ.
ޖޭޕީގެ އިންތިޚާބުތަކުގެ ވޯޓު ފައިނަލް ކުރުމުގެ ކަންކަން މިއަދު ފަތިހު ކުރިއަށް ގެންދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ކެބިނެޓުގައި މަސައްކަތް ކުރައްވާފައިވާ އަބްދުﷲ ކަމާލުއްދީން ޖޭޕީއާ ގުޅިވަޑައިގަތީ 2012 ވަނަ އަހަރު އެވެ. އޭގެ ކުރިން އުޅުއްވީ، މައުމޫން އުފެއްދެވި ޑީއާރުޕީގަ އެވެ. ޖޭޕީގެ ލީޑަޝިޕްގައި އިސް ދައުރެއް އަދާކުރައްވާފައިވާ އަބްދުﷲ ކަމާލުއްދީނަކީ، މި ފަހަރުގެ ކޮންގްރެސް އިންތިޒާމް ކުރުމުގެ ކޮމެޓީގެ ޗެއާމަން ވެސް މެ އެވެ.
ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދަށް އަލަށް ގެނައި ބަދަލާ އެކު އެ ޕާޓީގެ ލީޑަރުގެ މަގާމު ހުސްވެފައިވާ ހާލަތެއްގައި އެންމެ އިސް ބޭފުޅަކީ ޑެޕިއުޓީ ލީޑަރުންގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ޑެޕިއުޓީ ލީޑަރެކެވެ.
JP ge leaderu ge baaruthah Raees ah nudhee Naibu leader ah dheyn nimmaifi
The most trusted news source in the Maldives
Mihaaru
ޖޭޕީގެ ނައިބް ލީޑަރަކަށް ޕާޓީގެ އެންމެ އިސް މަގާމު ދިނުން--
ޖޭޕީގެ ލީޑަރުގެ މަގާމު ހުސްވީ އެމަގާމަށް އެއްވެސް މީހަކު ކުރިމަތި ނުލުމުންނެވެ. އެ މަގާމުގައި މިހާރު ހުންނެވި ގާސިމް އަށް ކުރިމަތި ނުލެއްވުނީ ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން ހުށަހެޅި މައްސަލާގައި އިއްވާފައިވާ ތިން އަހަރުގެ ޖަލު ހުކުމާ ގުޅިގެންނެވެ.
ޖޭޕީގެ ރައީސަކަށް ހޮވާފައި ވަނީ އެ ޕާޓީއާ ދާދި ފަހުން ގުޅިވަޑައިގެންނެވި އަލީ ވަހީދެވެ. އެއީ ޖޭޕީގައި އިދާރީ ގޮތުން އެންމެ އިސް މަގާމެވެ. ނައިބް ރައީސަކަށް އިންތިޚާބު ކުރީ ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމެވެ.
ޖުމްހޫރީ ޕާޓީގެ 32 މަގާމަކަށް ބޭފުޅުން އިންތިޚާބު ކޮށްފައިވާއިރު އޭގެ ތެރޭގައި ޕާޓީގެ ކައުންސިލާއި ޔޫތު ވިންގުގެ އިތުރުން އަންހެނުން ލީގް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަވެސް
24 June 2018
އޭކޭ އަށް ވޯޓް ނުދިނުމައް ގާސިމް މަސްއްކަތް ކުރި
ފޯމީ
24 June 2018
އޭކޭ ދެން ޖުމްހޫރީ ޕާޓީން ވަކިވޭ ، އެއީ އެންމެ މޮޅުގޮތް.
ހަސަނު
24 June 2018
ޖޭޕީގާ ކުރިނ ްިބި މީހުން ތިބި ގޮތަށް ތިއްބާ، އެމްޑިޕީން ފޮނުވި މީހުންތަކަށް މާ ގިނަ ވޯޓު މި ލިބުނީ ކިހިނެއްބާ؟؟
ޚިޔާލް123
23 June 2018
ގައުމުގެ ސިޔާސީ މަސްރަހު ހަލާކުރާޕާޓީ ގެ މެންބަރުން
އަދުގެ ހާލަތު
23 June 2018
ތަޖްރިބާހުރި ވަފާތެރިން ބަލިވެފައި އެނބުރޭ ވަހުތާނު އެކްޓވިސްޓުން ޕާޓީ އިންތިޚާބުތައް ވެސް ކާމިޔާބު މިކުރަނީ. މިގައުމުގެ އަދުގެ ހާލަތު. ގައުމެއްގައި ޑިޓްޓޭޓަރަކަށް ރައްޔިތު އެންމެން އިނދަޖައްސާފައި އެގައުމެއް ހަފުސްކޮށްލެވެނީ ރައްޔިތުން އެފެންވަރުގައި ތިބީމާ. ކިހިނެއް ހާލަތު ރަނގަޅުވާނީ؟ ސީދަލަސް ނުސީދަލަސް އެއްޗެއް ލިބެންޏާ ބޭނުންވޭ، ކިޔަވައިގެން ތަންދޮރު އެނގިތިބެ ވަޒީފާއާ ހަދިޔާއަށް ގައުމުގެ ދުސްތޫރީ ނިޒާމު ވިއްކާގައުމެއްގައި؟ އަނބިމީހާ ވެސް އަހާނުލާ ހަލާލުތޯ ހަރާމްތޯ ވެސް...
އަލިފް
23 June 2018
މާދުރުގަ ހުރި މީހަކު ޕާޓީ އަށް ވަދެ ހިހޫ ތަނުން ކާލައިފިއެވެ. ވިސްނާލާށެވެ.
އުމަރުބެ
23 June 2018
އަބްދުﷲ ކަމާލުއްދީން އެއީ އެމަގާމަށް ކަމުދާ މީހެއްނޫން، އޭނާ ހިޔަނި ކެބިނެޓަށްވެސް ކަމަކުނުދޭ، އެހާ ބޭފުޅުވަންތަ މީހުން ކަމަކުނުދާނެ، އެމަނިކުފާނު ތަންކޮޅެއް ދުރުގައި ބަހައްޓަވާ
ސަކީ
23 June 2018
ގަނޑު ފިއްލާ ކުޅުންކަހަލަ ކަމެއްމީ
އިމުރާން
23 June 2018
ގާސިމަށް އިހުތިރާމާއެކުދަންނަވަން، ތިމާޔަށް ވަފާތެރި ލޯޔަލް ގިނަދުވަހު މަނިކުފާނާއެކީ އިސްލާހީ މަސައްކަތުގަ އުޅުނު މީހުން އެއްލާލާފަ އިއްޔެ މެންދުރުގެ ކުދިން އެންމެ އެތެރެ ކޮއިލަށް ގާތްނުކުރުމަށް، އެމީހުންނަކީ މަނިކުފާނަށް ވަފާތެރިވާނެބައެއްނޫން! ވަގުތުގެ ފައިދާ ނަގައިގެން މަނިކުފާނަށް ހުވަފެން ދައްކައިގެން ބާރު ހޯދަން މަސައްކަތް ކުރާބައެއް! މިހާރު ތިގެންގުޅޭ ޖަމީލު، އެމްޑީޕީ މީހުންނާ ގުޅިގެން ރައީސް ޔާމީނަށް ދޯކާދޭން އުޅުއްވިކަމަށް ޕީޕީއެމްގެ ގިނަމެމްބަރުން ގަބޫލުކުރޭ! އަދި ތިމީހުން މަނިކުފާނަށްވެސް ދޯކާދޭނެ!
ކާށިހޮވާ
23 June 2018
ކޮބާ އޭކޭ ހުންނާނެ މިހާރު ރަނގަޅަށް ރާކަނި މަސްކެވިފައި އިނގޭތޭ. ތަމެން އަދި ކެނެރީގެ ނަޝީދު ރާއްޖޭގެ ސިޔާސީ ދާއިރާ ދޫކޮށްލާ ރަށުތެރޭން މުޑިކާށި ހޮވުން ފަދަ ކަމެއް ކުރަން އުޅެގަ އިނގޭތޭ.