ޕިލިޕީންސް ކޮލެޖަކާއެކު އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް (ކ) އަދި ޕިލިޕީންސް ކޮލެޖުގެ ރައީސް ޑރ. ޖޯސްއީ ކެމްޕޯސް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
25 ޖޫން 2018 - 13:08
ސްކޮލަޝިޕް ދިނުމުގެ އެއްބަސްވުމެއްގައި ފިލިޕީންސްގެ ކޮލެޖަކާ އެކު އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމާއި އެމީލިއޯ އެގްއިނާލްޑޯ ކޮލެޖުގެ ރައީސް ޑރ. ޖޯސްއީ ކެމްޕޯސް ވަނީ ސޮއިކުރައްވައިފަ އެވެ.
އެ އެއްބަސްވުމުގައިވާ ގޮތުން ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) މެދުވެރިކޮށް ކިޔަވަން ދާ ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކަށް، ޑޮކްޓަރުކަން ކިޔެވުމުގެ ޓިއުޝަން ފީ މުޅިން ހިލޭ ލިބޭނެ އެވެ. އަދި 10 ދަރިވަރަކަށް، ކޯސް ފީ އިން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުންޏެވެ.
އެމީލިއޯ އެގްއިނާލްޑޯ ކޮލެޖުގައި މިހާރު ވެސް 23 ދަރިވަރުން އަންނަނީ ޑޮކްޓަރުކަން ކިޔަވަމުންނެވެ.
މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެޑިއުކޭޝަނުން އަންނަނީ ދޭތެރެ ދޭތެރެއިން ބޭރުގެ ޔުނިވާސިޓީތަކާ އެކު އެއްބަސްވުންތައް ހަދަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްޖިބްރާ
25 June 2018
ސޫދާނަށް ސްކޮލަރޝިޕް ގައި ދެވޭގޮތް ހަދަންވީނު ؟
ނޫމާ
25 June 2018
ޓެކުސް ފައިސާއިން ކިޔަވަން ބަޔަކު ފޮނުވާއިރު ތަންކޮޅެއް ފެންވަރު ރަނގަޅު ތަންތަން ބަލައި ފޮނުވަންޖެހޭ،