އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވާ ކެނެޑީ. --ފޮޓޯ:ރޮއިޓާސް
28 ޖޫން 2018 - 15:24
ވޮޝިންޓަން (ޖޫން 28) - އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެންތަނީ ކެނެޑީ ރިޓަޔާ ކުރައްވާތީ ފަނޑިޔާރަކު ހޯދުމުގެ މަސައްކަތް ރައީސް ޑޮނަލްޑް ޓްރަމްޕް ފައްޓަވައިފި އެވެ.
"ސުޕްރީމް ކޯޓަށް ނަގަން ޖެހޭނީ އެ މަގާމު 40 ނުވަތަ 45 އަހަރު އަދާކުރެވޭނެ ފަދަ ބޭފުޅެއް،" ނޯތު ޑަކޯޓާގައި ބޭއްވި އެއްވުމެއްގައި ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ އޭނާގެ ވެރިކަމުގައި ކެނެޑީ ރިޓަޔާ ކުރައްވަން ނިންމެވީ ސުޕްރީމްް ކޯޓުގެ ފަނޑިޔާރު ކަމަށް އޭނާ ނަގާނީ އެންމެ އެކަށީގެންވާ ކެންޑިޑޭޓްކަން ކެނެޑީ އަށް އެނގިވަޑައިގަންނަވާތީ ކަމަށެވެ.
އުމުރުން 81 އަހަރުގެ ކެނެޑީ ރިޓަޔާ ކުރައްވާނީ ޖުލައި 31 ވަނަ ދުވަހު އެވެ. އޭނާ އަކީ ކޮންޒަވެޓިވް ބޭފުޅެއް ނަމަވެސް ގިނަ ނިންމުންތައް އައިސްފައި ވަނީ ލިބެރަލްސްއާ އެއްކޮޅަށެވެ. އެހެންވެ ޓްރަމްޕް މިފަހަރު ހޮއްވަވާނީ ކޮންޒަވެޓިވް ހަރުކަށި ބޭފުޅެއް ކަމަށް ބެލެވެ އެވެ. އަދި ޓްރަމްޕް ބޭނުންވާ ގޮތަށް ސުޕްރީމް ކޯޓުގެ ނިންމުންތައް އައުމުގެ ފުރުސަތު ބޮޑުވާނެ އެވެ.
"ވަރަށް އާދަޔާޚިލާފު ބޭފުޅެއް މިފަހަރު ނަގާނީ،" ވައިޓްހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތު އޮންނަނީ ކޮންޒަވެޓިވުންނަށް. --ފޮޓޯ:އޭއެފްޕީ
މިއީ ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރަން ލިބޭ ދެ ވަނަ ފުރުސަތެވެ. ޓްރަމްޕް ވިދާޅުވީ ބޭފުޅަކު ހޮވާނީ ކޮންޒަވެޓިވް 25 ކެންޑިޑޭޓުންގެ ތެރޭން ކަމަށެވެ. މިދިޔަ ފެބްރުއަރީ މަހު ޓްރަމްޕް ވަނީ ނީލް ގޯސަޗް ސުޕްރީމް ކޯޓަށް ހަމަޖައްސަވައިފަ އެވެ. ޓްރަމްޕް ހަމަޖައްސަވާ ނަމެއް ފާސް ކުރާނީ ރިޕަބްލިކަންގެ އަޣުލަބިއްޔަތު އޮންނަ ސެނެޓުންނެވެ.
ސުޕްރީމް ކޯޓަށް ކުރީގެ ރައީސް ބަރަކް އޮބާމާ ނޮމިނޭޓް ކުރެއްވި މެރިކް ގާލޭންޑުގެ ނަން ސެނެޓުން މިދިޔަ އަހަރު ހިފަހައްޓާފައި ވަނީ އެއީ އިންތިޚާބު ބާއްވާ އަހަރު ކަމަށް ބުނެ އާ ރައީސް އަށް އެ ފުރުސަތު ދޭށެވެ.
ރިޓަޔާ ކުރައްވާކަން ކެނެޑީ އިއުލާން ކުރެއްވީ އިއްޔެ އެވެ. އޭނާ ވިދާޅުވީ އެމެރިކާގެ އެންމެ މަތީ ކޯޓުގައި 30 އަހަރު ހޭދަ ކުރެއްވުމަށް ފަހު ރިޓަޔާ ކުރައްވަނީ އާއިލާއާ އެކު ގިނަ ވަގުތު ހޭދަކުރަން ކަމަށެވެ.
އެމެރިކާ އަށް މުސްލިމުން އެތެރެވުން މަނާކުރަން ޓްރަމްޕް ނެރުނު އަމުރު ސުޕްރީމް ކޯޓުން މި ހަފުތާގައި ނިންމާފައި ވަނީ 5-4 ގެ ކޮންޒަވެޓިވް އަޣުލަބިއްޔަތުންނެވެ.
ރައީސް ރޮނަލްޑް ރޭގަން ނޮމިނޭޓް ކުރެއްވި ކެނެޑީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވަން ފެއްޓެވީ 1988 ވަނަ އަހަރު އެވެ. އެމެރިކާގެ ސުޕްރީމް ކޯޓަށް ފަނޑިޔާރު އައްޔަން ކުރަނީ އުމުރަށެވެ. ނޫނީ ޖެހޭނީ ފަނޑިޔާރު އަމިއްލަ އަށް ރިޓަޔާ ކުރާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕައްލަމްބެގެ ބުރޯ
29 June 2018
އަހަރެމެންނަ ކޮންކަމެއް
އަޙްމަދް
28 June 2018
ސުޢުދު އެއްމެ އެކަށީގެންވަނީ!ހެހޭ
ކިޔުންތެރިއެއް
28 June 2018
މިގައުމުގާ އެންމެ އެކަށީގެންވާ މީހުންތިބީ
ކަދުރު
28 June 2018
ފަސް އަހަރުގެ ދަޢުރެއް ނިމޭއިރު ތިން ޑިފެންސް މިނިސްޓަރ. ތިން ނައިބުރައީސް. ތިން އުއްތަމަ ފަނޑިޔާރުން ތިން ގަވަރުނައރުން އައްޔަނު ކުރަށް ނޭންގެއްޏާ ވެރިކަން ކުރަށްނޫޅޭތި؟
އާއްޓޭ
28 June 2018
އެންމެ ގާބިލު މީހަކީ ހުސްނު ސުޢޫދު. އޭނަ މިހާރުވެސް އެއުޅެނީ އުއްތަމަ ފަނޑިޔާރުކަން ނޫނީ ބަންޑާރަ ނައިބުކަމަށް މުޑިނަގައިގެން. ހޭލާހުރެ އެކަމުގެ ހުވަފެންތަށް ބަލަމުން އެދަނީ.
ވާލުސޮރު
28 June 2018
އެތަނަށްވެސް ފުރާޅުން ޓިނު ނަގައިގެން ބަޔަކު ވަނީބާ؟؟؟
ނޫމަރާ
28 June 2018
މިގައުމުގަ ތި ވަޒީފާބޭނުންވާ ކުދިން އެބަތިބި.
ޕަކަޕަކާ
28 June 2018
އަވަހައް މަސީހުއާ ގުޅާލަ އެންމެއިންސާފުކޮއް ތިކަން ނިންމާލާނެ