ޚަބަރު / އެމްޑީޕީ

އެމްޑީޕީގެ ތިން ވަނަ ކޮންގްރެސް އުކުޅަހުގައި ފަށައިފި

ކޮންގްރެސްގައި ބައިވެރިވުމަށް އުކުޅަހަށް އައި މަންދޫބުންނަށް މިއަދު މަރުހަބާ ކިޔަނީ. ---ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

30 ޖޫން 2018 - 09:42

5 comments

އެމްޑީޕީގެ ތިން ވަނަ "އާދަޔާ ޚިލާފު" ކޮންގްރެސް އއ. އުކުޅަހުގައި މިއަދު ފަށައިފި އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ކޮންގްރެސް ފެށީ މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުން އުކުޅަހަށް އައި 1500 އަށްވުރެ ގިނަ މީހުންނާ އެކުގަ އެވެ. ކޮންގްރެސްގައި އެމްޑީޕީގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ކޮންގްރެސް ބޭއްވުމަށް ރަށުގެ ބަނދަރު ސަރަހައްދުގައި ވަނީ އެމްޑީޕީގެ ދިދަތަކާއި ރީނދޫ ކުލައިގެ ފޮތި ދަމައި ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ. ކޮންގްރެސް އަށް ހާއްސަކޮށްގެން މި ރަށުގައި "ދަރުބާރު" ގެ ތައްޔާރުކޮށްފައި ވަނީ ވެސް ވަރަށް ފެންވަރު ރަނގަޅުކޮށެވެ. ކޮންގްރެސްގެ ބައިވެރިންނަށް ކެއިން ބުއިމުގެ ކަންކަމަށް ހާއްސަކޮށް ޓެންޓެއް ބަނދަރު ކައިރީގައި ވަނީ ހަދައިފަ އެވެ.

ކޮންގްރެސްގައި ބައިވެރިވުމަށް މިއަދު އުކުޅަހަށް އައި މީހަކަށް މަރުހަބާ ކިޔަނީ. ---ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ކޮންގްރެސްގައި ބައިވެރިވުމަށް މަންދޫބުން މި ރަށަށް މިއަދު އައުމުން، ރަށުގެ ގިނަ ބަޔަކު ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އެއާއެކު، ރަށުގެ ހުރިހާ އެންމެންގެ ނަޒަރު ހުއްޓިފައި ހުރީ ކޮންގްރެސްގައި ނިންމާނެ ނިންމުމަކާ މެދުގަ އެވެ. ކޮންމެ މީހެއްގެ މޫނު މަތިން ފެންނަނީ ކޮންގްރެސްގެ ފޯރި އާއި ޖޯޝެވެ. ގިނަ ބަޔަކު ސިފަ ކުރާ ގޮތުގައި، މިއީ އުކުޅަހަށް އައި "ސިޔާސީ އީދެކެ"ވެ.

ކޮންގްރެސްގައި އެންމެ މުހިންމު ކަމަކަށް އޮންނާނީ އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބަށް ނިކުންނާނެ ކެންޑިޑޭޓެއް ކަނޑައެޅުމެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖެއްސި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަންނަ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ކުރިމަތިނުލެއްވުމަށް ނިންމަވައިފަ އެވެ.

ނަޝީދު އިއްޔެ ވިދާޅުވި ގޮތުގައި އެގޮތަށް ނިންމެވީ މި އަހަރުގެ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދިނުމުގެ ގޮތުންނެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި، އެ މަގާމު އެމްޑީޕީން ދޭނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށެވެ.

ކޮންގްރެސްގައި ބައިވެރިވުމަށް އުކުޅަހަށް އައި މަންދޫބުން ހެނދުނުގެ ސައި ތައްޔާރުކޮށްފައި. ---ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އޭގެއިތުރުން، މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ތައްޔާރުކޮށްފައިވާ މެނިފެސްޓޯ ލޯންޗުކޮށް، ޕާޓީގެ އަސާސީ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް ކޮންގްރެސްގައި ގެންނާނެ އެވެ. ނަޝީދާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ކޮންގްރެސްގައި ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޑީޕީގެ ކޮންގްރެސް އުކުޅަހުގައި ފެށިއިރު، އެ ޕާޓީ ހިމެނޭ ގޮތަށް ހިމެނޭ އިދިކޮޅު ކޯލިޝަނުން ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް އަދި ޖުމްހޫރީ ޕާޓީގެ ރަނިންމޭޓެއް ނެރުމަށް އެއްބަސްވެފަ އެވެ. އެކަމަކު، އިދިކޮޅުން ނެރޭނެ ކެންޑިޑޭޓާއި ރަނިންމޭޓެއް އަދި ނުނިންމަ އެވެ.

ކޮންގްރެސްގައި ބައިވެރިވުމަށް އުކުޅަހަށް މިއަދު އައި މަންދޫބުން. ---ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އާބާދީގައި ގާތްގަނޑަކަށް 1100 މީހުން ދިރިއުޅޭ އުކުޅަހުގެ ރައްޔިތުން ބުނި ގޮތުގައި މިއީ ރަށަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކާއި ފައިދާއެކެވެ. އެގޮތުން ރާއްޖެ އާއި ދުނިޔޭގައި ވެސް އުކުޅަސް މަޝްހޫރުވެ، ރަށުގައި ކުރަމުން އަންނަ ވިޔަފާރިތަކަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެމީހުން ދެކެ އެވެ.

"ރާއްޖޭގެ ހުރިހާ ކެމެރާތަކެއްގެ އަމާޒު ހުރީ އުކުޅަހަށް. އުކުޅަސް ވަރަށް ބޮޑަށް އިޝްތިހާރުވެގެން މިދިޔައީ. ރަށުގައި އެންމެ ގިނަ ބަޔަކު ކުރަމުން އަންނަނީ ގެސްޓްހައުސްގެ ވިޔަފާރި. ރަށުގެ މީހުންނަކީ އަމިއްލައަށް ފައިމައްޗަށް ތެދުވެގެން ނަފާ ހޯދަމުން އަންނަ ބައެއް. ހަގީގަތުގައި އެކަން މަގުފަހިކޮށް ދިނީ އެމްޑީޕީ. އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދު ކުރަން ޖެހުނު ސަބަބަކީ،" އުކުޅަހު އަހުމަދު ހަމީދު 35، ބުންޏެވެ.

5 ކޮމެންޓް, 62 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވޯޓު

30 June 2018

ކޮށްދޭނަމޭ ބުނާ ކަންތަކަށް ވޯޓު ލުން ހުއްޓާލަންވީ. އެއްވެސް ބަޔަކަށް މާގިނަ ކަންތަކެއް ކޮށް ނުދެވޭނެ.ގެންގުޅޭނެ ސިޔާސަތަކީ އެންމެ މުހިްމު ކަން. ކަންތަށް ކޮށްދޭން އުޅުނީމާ އުނދަގޫވާނީ އާއްމުންނަށް.އެއީ ކަންތަ ކޮށްދޭށޭ ކިޔާފާ ފެލާނީ އާއްމު ރައްޔަތުން. ޓުއަރިޒަމް ގެ ފއިދާ ގިނަ ބަޔަކަށް ލިބޭނެ ސިޔާސަތާ ޓުއަރިޒަމް އަށް ލުއި ލޯނު ދިނުން އަދި މަސްވެރިކަމަށް ލޯނުދީ މަސް ވެރިކަން ތަރައްގީ ކުރުމަށް ރަނގަޅު ބަދަރާ މަސް ރައްކާ ކޮށް މަސް ބޭރު ކުރެވޭނެ އިންފްރާ ސްޓްރަކްޗާ އެއް ހެދުމަކީ ރައްޖޭގެ ތަރައްގީ އަށް ސަރުކާރަކުން ކޮށްދެވޭނެ ކަންތަ. އެނޫން ކޮންމެ ވާހަކައަކީ ބޭކާރު ވާހަކަ. ތަރައްގީ އަކީ އާއމުންނަށް ރަނގަޅު އާމްދަނީ ލިބޭނެ ގޮތް ފަހިވުން. ތަރައްގީ ކުރުމާ ތަރައްގީ އަކީ ކޮންމެ މީހަކު އަމިއްލަ އަށް ކުރާކަނތަ. އެކަން ކުރެވޭނީ ފައިސާ ލިބިގެން.

The name is already taken The name is available. Register?

މުސާރަ

30 June 2018

ކޮށްކޯ ތިޔަ ދައްކަނީ ހުސް ކޮށްދޭނަމޭ ކެނޑިޑޭޓުން ބުނާ ވާހަކަތައް. އެންމެ ފުރަތަމަ ދެއްކި ވާހަކައާއި ފުހުން ދެއްކި ވާޙަކަ ދިމާ ނުވޭ.. ޔާމީން ހެން ހުރިހާ އެންމެން ވާނެ ކަމަށް ހީނުކުރާތި

The name is already taken The name is available. Register?

ސައްތާރު

30 June 2018

ކޮން ގުރެސް އައް ދަނީ ކޮން ބަޔެއް؟؟؟ ގައުމީ މަޖުލީސް ވެސް ނުހޮވާތާ ކިތައް އަހަރުވެއްޖެ؟؟؟

The name is already taken The name is available. Register?

ޑާޑާޑާޑާ

30 June 2018

އެމްޑީޕީގެ ތިން ވަނަ ކޮންގްރެސް އުކުޅަހުގައި ފަށައިފި ނަމަ އެއީ މަމެން ކަން ބޮޑު ވާކަމެކޭ ސަރުކާރުން މިކަމާއި ވިއްދާ އިގްތިސާދީ ޕެކޭޖްސް ތަކެއް އެބަޖެހެއޭ އިއުލާން ކުރަން މިއަދުން މިއަދަށް. އެގޮތުން ހުޅުމާލޭ ދޭއްގެ ހުޅަނގުން އޮތް ބޮޑު ފަޅުވެސް ހިއްކާލަންވީ ބޭރު ތޮއްޓާއި ޖެހެން ދެން އެމްޓީސީސީ އަށް ދީގެން ހިއްކުމަށް ފަހު ރާއްޖޭގެ ކޮންމެ ރިސޯރޓަކަށް އެތަނުން ބިމެއް ދޭނެ ކަން އިއުލާން ކޮށް ހަދާ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ކޮންމެ ރިސޯރޓަކަށް 10 ހާސް އަކަފޫޓްގެ ބިމެއް ދޭންވީއޭ 100 އަހަރަށް ޝަރުތަކަށް ވާން ޖެހޭނީ އެބިމުގައި 150 ބުރީ އިމާރާތް ހަދައިގެން ރިސޯރޓް ހުރިހާ މުވައްޒަފުންނަށް ފްލެޓްސް ތައް ކުއްޔަށް ދިނުމޭ މިފަދަ ކޮންސްޓްރަކްޓިވް ކަންކަން ކުރެވޭތޯ ސަރުކާރުން ބަލަން ޖެހޭނެއޭ ހަމަ އެކަނި އިދިކޮޅު ފަރާތް ތަކުން ނާއި ސަރުކާރުން ކުރާ ސިޔާސީ ކަންކަމޭ މީޑިއާގެ ފަލަ ސުރުޚީ ތަކުން މިފެންނަނީ އިގްތިސާދީ އެއްވެސް ކަމެއް ނުފެނެއޭ. ޑާޑާޑާޑާ ޑާޑާޑާޑާ...

The name is already taken The name is available. Register?

ވިސްނާތި

30 June 2018

އެމްޑީޕީގެ ތިން ވަނަ ކޮންގްރެސް އުކުޅަހުގައި ފަށައިގެން ކުރިއަށް ދާއިރު މަމެން ޕިންކީންގެ ވެރިކަމުގައި ނޫހުގެ ފަލަ ސުރުޚީ ތަކުން މަމެން ޕިންކީންގެ ސަރުކާރުން ރައްޔިތުންނާއި ގުޅިފައިވާ ކަންކަމުގައި ސަރުކާރުން ރައްޔިތުންނަށް ފަހި ކޮށްދޭ ކަންކަން އިއުލާން ނުކުރަނީ އެއީ ކީއްވެގެންތޭ އެގޮތުން ބަލާއިރު ވަރަށް މުހިއްމޭ ރާއްޖޭގެ ކޮންމެ އަތޮޅަކަށް ހުޅުމާލޭ ދޭކުން 10 ހާސް އަކަފޫޓްގެ ބިމެއް ދޭން އިއުލާން ކޮށް ހަދާ ހުޅުމާލޭ ދޭއްގެ ހުޅަނގުގައި އޮތް ބޮޑު ފަޅު އަނެއްކާ ހިއްކާލަންވީއޭ އެމްޓީސީސީ އަށް ދީގެން އައިސް އެސްޓީއޯގެ ހޮޓަލާއި ޖެހެން ދެން އެއިރަަށް އެތަނުން މި ސައިޒުގެ 20 ބިން ނެގޭނެ ނޫންތޭ އެއިރުން ރާއްޖެތެރޭގެ ކޮންމެ އަތޮޅެއްގެ ނަމުގައި މިއިން ކޮންމެ ބިމެއްގައި 50 ބުރީގެ ޓްވިން ޓަވަރު އަޅާ އެއަތޮޅުގެ މީހުންނަށް ކުއްޔަށް ދިނީމާ ނިމުނީ އެއް ނޫންތޭ މިފަދަ ކަންކަން ކުރަން ސަރުކާރުން އެބަޖެހޭ ވިސްނާ އިއުލާން ކުރަން މިއަދު. އެއީ މުހިއްމު ކަމެކޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454