ވިޔަފާރި / ރިޕޯޓް

މާލެ އަތޮޅު ފުރިއްޖެ، ދުރު ހިސާބުތައް ފަޅަށް!

ޖޭ ޑަބްލިއު މެރިއޮޓްގެ ނަމުގައި އަންނަ ނޮވެމްބަރު މަހު ހުޅުވަން ހަމަޖައްސާފައިވާ ށ. ވަނގަރު: އެ އަތޮޅުގައި މިހާރު ހިންގަނީ އެންމެ ރިސޯޓެއް.

މިހާރު މާލެ ކައިރީގައި ހުރި ހުރިހާ ފަޅު ރަށެއް ހެން ރިސޯޓު ހަދަން ކުއްޔަށްދީފި އެވެ. އޭގެ އިތުރުން ހިއްކައިގެން ރިސޯޓެއް ހެދޭނެ ހެން ހީވާ ހުރިހާ ފަޅެއްހެން ވެސް ވަނީ ރިސޯޓު ހަދަން އެކި ފަރާތްތަކަށް ވަނީ ދޫކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މާލެ އަތޮޅުން ވަނީ ރިސޯޓު ހަދަން 27 ފަޅެއް ކުއްޔަށް ދީފަ އެވެ. އޭގެ އިތުރުން ކުރިން ޕިކްނިކް އައިލެންޑަށާއި އެނޫން ބޭނުންތަކަށް ހުރި އެތައް ފަޅުރަށެއް ވެސް ވަނީ ރިސޯޓު ހަދަން ދޫކޮށްފަ އެވެ. ރައީސް އަަބްދުﷲ ޔާމީން އެންމެ ފަހުން އިއުލާންކުރެއްވީ ރިސޯޓު ހަދަން އިތުރު ފަސް ފަޅެއް މާލެ އަތޮޅުން މި އަހަރު ކުއްޔަށްދޭން ނިންމާފައިވާ ކަމަށެވެ.

ރައީސް އެހެން ވިދާޅުވުމުން އުފެދޭ ސުވާލަކީ މިހާރު މާލެ އަތޮޅުގައި ތަރައްގީކޮށްފައިވާ ރިސޯޓުތަކާއި ހަދަމުން އަންނަ ރިސޯޓުތައް މަދީ ހެއްޔެވެ؟ ނުވަތަ މާލެ އަތޮޅުން އިތުރު ފަޅުތަކެއް ކުއްޔަށްދޭން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟

ރިސޯޓު ހަދަން ކ. އެނބޫދޫފަޅު ހިއްކާފައި: މިއަހަރު އިތުރު ފަސް ފަޅު މާލެ އަތޮޅުން ކުއްޔަށް ދޭން ވަނީ ނިންމާފައި.

ހިތްގައިމު އެތައް ފަޅުރަށެއް އޮންނަ އެންމެ އުތުރުގެ ހއ. ހދ. އަދި ށ އަތޮޅުގައި ހިންގަނީ ހައެއްކަ ރިސޯޓެވެ. އެ ސަރަހައްދުގައި ރިސޯޓު ހަދަން ހުޅުވާލާ ތަނަކަށް ވެސް މާ ގިނަ ބަޔަކު ޝައުގުވެރިކަމެއް ފާޅެއްނުކުރެ އެވެ. އޭގެ ސަބަބުތައް ވެސް އެބަހުއްޓެވެ.

ޓޫރިޒަމް އިންޑަސްޓްރީގެ ތަޖުރިބާކާރަކު ވިދާޅުވީ އެންމެ އުތުރުގެ އަތޮޅުތަކަށް އިންވެސްޓަރުން ޝައުގުވެރިކަން ކުޑައީ އިކުއިޒިޝަން ކޮސްޓް ބޮޑުވުމާއި ރީތި ފަޅެއް ނުވަތަ ގޮނޑުދޮށެއް އޮންނަ ރަށްތައް މަދުވުން ކަމަށެވެ.

"ރިސޯޓު ހަދަން ކަމުދާ ވަރަށް މަދު ރަށެއް އެންމެ އުތުރުގައި ހުރީ. އެހެންވެ ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް އެހާ ބޮޑު ޑިމާންޑެއް ނެތީ،" އޭނާ ވިދާޅުވި އެވެ.

އެންމެ އުތުރުގައި ރިސޯޓު ހަދަން ކުރިން ދޫކޮށްފައިވާ ގިނަ ރަށްރަށުގައި ވަށައިގެން ރީތި ފަޅެއް އަދި ހިތްގައިމު ގޮނޑުދޮށެއް ވެސް ނެތެވެ. މިސާލަކަށް ހއ. އަލިދު އާއި ށ. ގާކޮށިބީ އަކީ ރިސޯޓު ހަދަން އެހާ ކަމުދާ ރަށްތަކެއް ނޫނެވެ. ނަމަވެސް އޭރު އިތުރު ގޮތެއް ނެތުމުން އެ ދެ ރަށުގައި ރިސޯޓު ހެދީ އެވެ.

ރ. މާމިގިލީގައި ހިންގާ ލޯމަ ރިސޯޓް: މިދިޔަ ތިން އަހަރުގެ ތެރޭގައި އެންމެ ގިނަ ރިސޯޓު ހުޅުވީ ރ. ބ އަދި ޅ. އަތޮޅުގައި.

"އަލިދޫގެ ވޯޓާ ވިލާތައް ކައިރިއަށް ބައެއް ދުވަސްވަރު ބިޔަ ރާޅު ބިންދާ. އެހެންވެ އެ ރަށް ހިންގަންވާ ގޮތަށް ނުހިންގިގެން ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ. އެހެންވެ މިހާރު ވެސް އެ ރަށް އޮތީ ބަންދުކޮށްފައި. އަދި ށ. ވަގަރުގައި ވެސް އެ މައްސަލަ ދިމާވޭ،" ކުރިން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

ހއ. އަދި ހދ. އާއި ށ. އަތޮޅުން ރިސޯޓު ހަދަން ބައެއް ރަށްތައް ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރު ވެސް އިއުލާންކުރި އެވެ. ނަމަވެސް އެ ރަށްތައް ހަދަން ބަޔަކާ ހަވާލުކުރި ކަމެއް ނޭނގެ އެވެ. އަދި ހދ. ނާގޯށީގައި އެމްޓީޑީސީން ތްރީކޭ އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކާ މީގެ އެތައް އަހަރެއް ކުރިން ހަވާލުކޮށްގެން ހަދަން ފެށި ރިސޯޓު އަދިވެސް އޮތީ ނުހުޅުވި އެވެ. މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އެންމެ އުތުރުގައި ހުޅުވީ ދެ ރިސޯޓެވެ. އެއީ ހދ. ހޮނޑާފުއްޓާއި ށ. ގާކޮށިބީ އެވެ.

"ހއ. ހދ. އަދި ށ. އަތޮޅުގައި ވެސް ރިސޯޓު ހެދޭނެ ރަށްތައް މަދުން ނަމަވެސް އެބަހުރި. އިކުއިޒިޝަން ކޮސްޓް ކުޑަކޮށްފި ނަމަ އިންވެސްޓަރުން ޝައުގުވެރިވެދާނެ،" އޭނާ ވިދާޅުވި އެވެ.

އެންމެ އުތުރުގެ ތިން އަތޮޅުގައި ރިސޯޓު ހަދަން ބަޔަކު ޝައުގުވެރިކަން ފާޅުނުކުރި ނަމަވެސް، މިދިޔަ ހަތަރުގެ ތެރޭގައި ނ އަތޮޅާއި ރ. އަތޮޅުގެ ގިނަ ރިސޯޓުތަކެއް ހަދައި، ވަނީ ހުޅުވައިފަ އެވެ. އޭގެ ތެރޭގައި އެންމެ މަތީ ފެންވަރުގެ ރިސޯޓުތައް ވެސް ހިމެނެ އެވެ.

ޓޫރިޒަމް ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވީ މާލެ ސަރަހައްދުގައި ރިސޯޓު ހަދަން ޑިމާންޑް ބޮޑުވި ނަމަވެސް، އިސްކަންދޭންވީ ޓޫރިޒަމް ބޮޑަށް ފެތުރިފައި ނެތް ސަރަހައްދުތަކަށް ކަމަށެވެ.

"މިސާލަކަށް ހުވަދު އަތޮޅުގައި އިތުރު ރިސޯޓުތަކެއް ހަދަންވީ. އެ ސަރަހައްދުގައި ޖެޓް ޖެއްސޭ ފެންވަރުގެ އެއާޕޯޓެއް ވެސް އެބައޮތް ހެދިފައި. އިންސެންޓިވް ދީގެން އެންމެ އުތުރުގައި ވެސް ޓޫރިޒަމް ފުޅާކުރަންވީ. އޭރުން އޭގެ ހަގީގީ ފައިދާ އާއްމުންނަށް ވެސް ލިބޭނީ،" އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން މިހާތަނަށް ރިސޯޓު ހަދަން އެންމެ ގިނަ ރަށްތަކާއި ފަޅުތައް ދޫކޮށްފައި ވަނީ މާލެ އަތޮޅުންނާއި ނ. ރ. ބ. އަދި ޅ. އަތޮޅުންނެވެ. އޭގެ އިތުރުން ދ. އަތޮޅުން ވެސް ގިނަ ރަށްތަކެއް ދޫކޮށްފައިވެ އެވެ. މިއީ ކުރިން ވެސް ރާއްޖެ އާއި ބޭރުގެ މަހުޖަނުން އެންމެ ބޮޑަށް އިންވެސްޓްކުރި އަތޮޅުތަކެވެ. އެހެން ސަރަހައްދުތަކަށް ބަލާ ނަމަ ގއ. އަދި ގދ. އަތޮޅުގައި އެއް ރިސޯޓު ހުޅުވިއިރު ލ. އަތޮޅުގައި އެންމެ ރިސޯޓެއް ވެސް ހުޅުވާފައެއް ނުވެ އެވެ. ތ. އަދި ފ. އަތޮޅުގައި ވެސް މިދިޔަ ހަތަރުގެ ތެރޭގައި ރިސޯޓެއް ނުހުޅުވަ އެވެ.

މާކިއޯ ކޫއްޑޫ ހޮޓެލް: ގއ. އަތޮޅުގައި މިދިޔަ ތިން އަހަރުގެ ތެރޭގައި ހުޅުވީ އެންމެ ރިސޯޓެއް.---ފޮޓޯ: ރައީސް އޮފީސް

ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ އެންމެ އުތުރުގެ ތިން އަތޮޅުގައި ހުޅުވި ރިސޯޓުތަކުގެ އަދަދު މަދުވެފައި ވަނީ އެ ސަރަހައްދުގައި ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާތީ ކަމަށެވެ.

"އެންމެ އުތުރުގެ ތިން އަތޮޅުގެ މީހުންގެ ޝަކުވާއަކީ އެއީ. އެ ސަރަހައްދުގައި މިހާރު ޖުމްލަ ފަސް ރިސޯޓެއް ހިންގާއިރު އެއީ ވަރަށް މަދު އަދަދެއް. އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް މި ފެންނަނީ މުއްސަނދިން ބޭނުންވާ ގޮތަށް މާލެ ކައިރި ސަރަހައްދުތަކުން ރަށްތަކާއި ފަޅުތައް ދޫކުރަމުންދާ މަންޒަރު،" އޭނާ ވިދާޅުވި އެވެ.

ރިސޯޓު ހެދުމަށް މިހާރު އެންމެ ބޮޑު ޑިމާންޑެއް އޮވެގެން ފަޅުތަކާއި ފަޅުރަށްތައް އެންމެ ގިނަ އަދަދަށް މި ސަރުކާރުން ދޫކުރީ މާލެ ސަރަހައްދުންނާއި ޅ. އަތޮޅާއި ބ. އަދި ރ. އަތޮޅުންނެވެ. މި އަހަރުގެ ތެރޭގައި އަލަށް ދިހަ ވަރަކަށް ރިސޯޓު ހުޅުވާއިރު އޭގެ ތެރެއިން ގިނަ ރިސޯޓު ހިމެނެނީ ނ. ރ. ބ. އަދި ޅ. އަތޮޅުގަ އެވެ. މީގެ އިތުރުން މާލެ އަތޮޅުގައި މި އަހަރު ވެސް އާ ރިސޯޓުތަކެއް ހުޅުވާނެ އެވެ.

ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި މާލެ ސަރަހައްދުގައި އިތުރު ފަޅުތަކެއް ކުއްޔަށް ދިނުމުގެ ބަދަލުގައި ޓޫރިޒަމް ފުޅާވެފައި ނުވާ ސަރަހައްދުތަކަށް އިސްކަންދިނުން މުހިންމެވެ. ޓޫރިޒަމްގެ މަންފާ މުޅި ރާއްޖެއަށް ފެތުރޭނީ އޭރުންނެވެ.

"މާލެ ސަރަހައްދުގެ ޑިމާންޑް ދާނީ މައްޗަށް. ފަހުން ބޮޑު އަގުގައި އެތަންތަން ދޫކުރަން ބާއްވާފައި އެހެން ދިމަދިމާލަށް އިސްކަންދޭންވީ. މާލެ ސަރަހައްދުގައި މިހާރު އެކަށީގެންވާ ވަރަށް ރިސޯޓުތައް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނަ އިރު ޓޫރިޒަމް ފުޅާާކުރުމުގެ މައުލޫއު މުހިންމެވެ. އަދިވެސް މާލެ ސަރަހައްދަށް ޓޫރިޒަމް ފުޅާކުރުމުގެ ބަދަލުގައި އެހެން ސަރަހައްދުތަކަށް އޭގެ ފައިދާ ބެހިގެންދާނެ ގޮތުގެ ވާހަކަތައް ކެންޑިޑޭޓުންގެ ދުލުން ބޭރުވާނެ އެވެ. އެކަމަކު އެ ވާހަކަތައް ހަގީގަތަކަށް ވާނެތޯ، ނުވާާނެތޯ މިއީ ބޮޑު ސުވާލެވެ.

48 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 23%
icon angry icon angry 48%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަންޑޭލާ

04 July 2018

ޔާމިންގެ ތަރައްގީ ވަރައްކަމުދޭ މަސްސަލައަކީ ބަސްމަދުކަން ވާހަކަނުދައްކާތީ.

The name is already taken The name is available. Register?

ހަމަމަ

04 July 2018

ށ. ކަނބާލިފަރު، އެރިޔަދޫ..... ކޮމަންޑޫ ކައިރި އެހެރަ ފިނޮޅުތައް! ނުލާހިކު ނަލަ، ބީޗުރީތި ރަށްރަށް އެހެރީ. ސަރުކާރަށް ގޮވާލަން އެރަށްރަށުގައި ޓޫރިޒަމް ތަރައްގީ ކުރަން. އަދި ކަނބާލިފަރު ކަހަލަ އޮޕަރޭޓު ރަނގަޅަށް ނުކުރެވިހުރި ރަށްރަށް އަލުން ބިޑަށް ލައިގެން ނަމަވެސް އާރޯ ކުރަން.

The name is already taken The name is available. Register?

އެޑްމުންޑޯ

04 July 2018

މިރައީސް އަކީ މާލެ އަކާއޮި އަޅާގަނެގެން އުޅޭ ރައީސެއް ، މާލެ ކައިރިއަށް މީހުންޖަމާކޮށް ރާއްޖެތެރެ ފަޅުކުރަން ވިސްނާ ރައީސެއް ، ހުވަދު އަތޮޅުގައި އެހެރީ ކޮންފަދަ ގުދުރަތީ ހިތްގައިމު ރައްތައް ދޮންވެލި ބީޗްތަކާއި ހިތްގައި ނޫވިލުތަކާއި ތުނޑިތަށް ނެތް އެންމެ ރަށެއްވެސް ނެތް ، އެކަމަކުވެސް ެސަރަހައްދު ތަރައްގީކުރަން ސަރުކާރުން ނޫޅެންޏާ ދެން ކީއްކުރާ ރައްތަކެއްދޯ ، އަބަދު މާލެ ކައިރީ ތޮއްޖައްސާ ، ހުރިހާ ކަމެއްވެސް މާލެއަށް

The name is already taken The name is available. Register?

ނޫނުންް ހުސް ނޫނު

04 July 2018

އެންމެ މަތީ ފެންވަރުގެ ޓޫރިޒަމް - ނ.އަތޮޅުގައި ހަތަރުވަނަ އިންޓަރނޭޝަނަލް އެއަރޕޯޓް - ނ.އަތޮޅުގައި ޒުވާނުންނަަށް އެތައް ވަޒީފާއެއް. ސިއްޙީ ހިދުމަތް ކުރިއަރަނީ. މަނަދޫ، ވެލިދޫ، ހޮޅުދޫ، މިލަދޫ، ކުޑަފަރި، ހެނބަދޫ، ލަންދޫއަަށް (އާބާދީގެ 75 އިންސައްތައަށް ) ފެނާ ނަރުދަމާއިން ޔަގީންކަން. މީ އިނގޭތޯ ރައްޔިތުންް ބޭނުންވާ ނަތީޖާ. ޝުކުރިއްޔާ ރައީސް ޔާމީން

The name is already taken The name is available. Register?

ށ.އަތޮޅު މީހާ

04 July 2018

ށ.ނަލަންދޫއަކީ ރާއްޖޭގަ ނެތްފަދަ ރީތި ރަށެއް. މިލަންދޫ، ފީވައް، ފޯކައިދު އަދި ނަރުދޫގެ ރައްޔިތުންނަށްޓަކައި އެރަށުގައި ރިސޯޓެއް ހެދުމަށް މިހާރު އޮތް ސަރުކާރަށާއި ދެން އަންނަ ސަރުކާރަކަށް ގޮވާލަން ވަރަށް އާދޭހާއެކު!

The name is already taken The name is available. Register?

ނިކަން ބަލާން ތިބޭށެވެ

04 July 2018

ކޮލި އާއިލާ ބުނާ ގޮތް ހަދާގެން ތާއްޖެ ތެރޭ މީހުނަށް ކަމެއް ނުވާނެއެވެ.

The name is already taken The name is available. Register?

"އިއްބަ"

04 July 2018

ތިޔަ ދައްކަވަނީ މީހަކު ވަދެ ސަލާމް ޖެހުމުން 5 ލާރި ދީފަ، "ކުރިމަތީ ހުރި ފިހާރައިން ފާރޮށި ޖޯޑެއް ގަނެލައިގެން ކާލާ"ށޭ ބުނާ ބައެއްގެ ވާހަކަތޯ؟

The name is already taken The name is available. Register?

އަޖުމަ

04 July 2018

ފަޅު ހިއްކާވަރުން އެންވެރިކަން ގެއްލި މަސްވެރިން ބަޑަށް ޖެހުއްޖެ އެވެ. ފަޅު ކޮނެ އަދި ބިން ހިއްކާއިރު ކަނޑުތަކަށް އެޅޭ ކިސަޑު ގެންތަށް މަސްވަރިން އެން ދަމާ ގިރިހާ ތަކަށް އެޅި މުރަކަތަކުގައި ހުންނަ ފަނި ފަކްސާ ތަށް ފޮރުވިގެން ދިއުމުން އެ ހާގަލަށް އެން އެރުން މަދުވެ އެވެ.ނުވަތަ އެއްގޮތަކަށް ވެސް އެމެއް ނާރައެވެ.ދެން ޑައިވިންގ ކޮށްގެން އެން ހިފަން ފެށުމުން އެންވެރިކަން މިހާރު ވީ ހިސާބެއްވެސް ނޭގެއެވެ.މިކަންކަން ހަމަ ސާގު ކޮށް ސްރުކާރަށް އެގޭނެއެވެ.ކީއްތޯ ވީ ރާއްޖޭގެ ރީތި ފަޅު ރަށް ތަށް ހުސްވަންދެން ރިޒޯޓް ހަދަން ފަޅުތަށް ނުވިއްކާ ނުހިއްކާ މަޑު ކުރިއްޔާ ؟

The name is already taken The name is available. Register?

ޕަހެލޭ ކިތާބު

04 July 2018

އެހެން އަތޮޅު ތަކުގެ ޓޫރިޒަމަށް އޮތް ގޮން ޖެހުމަކީ މާލެ އަތޮޅެވެ. މާލެ އަތޮޅުގެ ފަޅުތަށް ޓޫރިޒަމަށް ކުއްޔަށް ދޭނަމަ އެހެން އަތޮޅު ތަކުގެ ޓޫރިޒަމު ތަރައްޤީއެއް ނުވާނެ އެވެ.

The name is already taken The name is available. Register?

ޅ.އަތޮޅު

04 July 2018

މިއަތޮޅުގައި ދާދި ކުދިކުދި ރައްތަކެއްގައި އެތައްހާސް ރައްވެހިންނެއް. ޕްލޭނެއް އިންފްރާސްޓްރަކްޗަރ އެއް ނެތި ތޮއްޖެހިގެން އުޅެމުންދަނިކޮށް މި ސަރަހައްދުގައިވެސް ސިޓީއެއް ތަރައްގީކުރަން އެންމެ އެކަށީގެންވާ ބޮޑު އެއްފަޅަކަށް އޮތް އިރުމަތީ ބިތް މުއްސަންޖަކަށް މިލްކުކޮށްދިނުމަކީ މި ސަރަހައްދުގެ އަސްލު ރައްވެހިންގެ އަތުން އެމީހުންގެ މުސްތަގްބަލު ފިރުކާގަތުނެވެ.

The name is already taken The name is available. Register?

ނޫނުންް ހުސް ނޫނު

04 July 2018

ތިހެން ވާހަކަ ދެއްކިދާނެ. މާފިލާފުށި ފަދަ ރަށެއް ތަރައްޤީކުރަން އުޅުނީމަވެސް ޅ އަތޮޅު ރައްޔިތުން ދިނީ ބީރު ކަންފަތެެއް. ވާހަކަ ދެއްކިދާނެ. އެކަމަކު އުފަން ފަސްގަނޑު ދޫކޮށްލަންވީމަ ބުނާނެ ގަދަކަމުން ގެންދަނީއޭ.

The name is already taken The name is available. Register?

ހާދާލު

04 July 2018

ބޮޑުތިލަދުންމަތީގަ ހުރި ހުރިހާ ކަމުދާ ރަށްތައް ވަނީ މާލޭ ބޭފުޅުންނަން 50 އަހަރަށް ދީފަ..... 1-މާފަހި 2-ވައިކަރަމުރައިދޫ 3-ތީފަރިދޫ މިއަކީ ރީތި ރަށް ތަކެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454