ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ބޭރުގެ ނުފޫޒާއެކު ވަކި ގޮތަކަށް ކަންކަން ކުރަން މަޖުބޫރު ކުރޭ: ރައީސް ޔާމީން

ރައީސް ޔާމީން ބިލެތްފަހީގެ ރައްޔިތުންތަކަކާ ސަލާމް ކުރައްވަނީ: ޑިމޮކްރަސީގެ ހައްގުތައް ރާއްޖޭގައި ފުޅާކޮށް ލިބިދޭ ކަމަށް ވިދާޅުވި. --ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ގާނޫނުތަކާއި އުސޫލުތަކެއް ކަނޑައަޅާފައިވީ ނަމަވެސް ބޭރުގެ ނުފޫޒާ އެކު ބައެއް ކަންކަން ވަކި ގޮތަކަށް ކުރަން މަޖުބޫރު ކުރުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކަނޑިތީމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ މަޖުބޫރު ކުރުވަންތައް ސަރުކާރަށް އަންނަނީ ޑިމޮކްރަސީގެ ނަމުގައި ކަމަށެވެ. އޭގައި، ދިވެހިންތަކެއްގެ ބައިވެރިވުން ހިމެނޭ ކަމަށާއި މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން މިވެނި ކަންތައްތަކެއް ތަރުތީބު ކުރަން އެމަނިކުފާނަށް ބޭރުގެ ނުފޫޒު ގަދަ ފަރާތްތަކުން ބާރުއަޅާނެ ކަމަށް ބުނެ ވެސް ސޯޝަލް މީޑިއާގައި ލިޔަމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ދިވެހިންތަކެއް އަޑީގައި ތިބެ އެ ކުރުވާ ކަންތައްތަކާ، ހަސަން ތާޖުއްދީންގެ ދެ ދަރިން ގައުމާ މެދު އަމަލުކުރި ގޮތާ ހުރި ތަފާތެއް ކޮބައިތޯ ރައީސް ސުވާލު ކުރެއްވި އެވެ. ހަސަން ތާޖުއްދީންގެ ދެ ދަރިން ކުރަން އުޅުނު ކަމަކީ، ބޭރު މީހުންގެ އެހީއާ އެކު ރާއްޖޭގެ ވެރިކަން ބަދަލުކުރުމެވެ.

ރައީސް ބިލެތްފަހީގައި: ޑިމޮކްރަސީގެ ހައްގުތައް ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ކަމަށް ވިދާޅުވި. --ރައީސް އޮފީސް

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރާއްޖެ އަށް ފިއްތުންތައް އަންނާނެ ދިމާތައް ބަލައި، މިދިޔަ ހަފުތާގައި ސަރުކާރުގެ ވަފުދެއް ފޮނުއްވި އެވެ. ރައީސް ޔާމީން އެ އިޝާރާތް ކުރެއްވީ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އުޅޭ ކަމުގެ ވާހަކަތައް ފެތުރިފައި ވަނިކޮށް، އެ ޖަމާއަތުގެ އިސް ބޭފުޅުންނާ ބައްދަލުކުރަން ސަރުކާރުގެ ވަޒީރުންތަކެއް ވަޑައިގަތް ވާހަކަ އަށެވެ.

އީޔޫގެ އިސް ބޭފުޅުންނާ ބައްދަލު ކުރަން ވަޑައިގަތީ، ފޮރިން މިނިސްޓަރު މުހައްމަދު އާސިމާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ އިތުރުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރެވެ.

"[ވަޒީރުންނާ އެކު އީޔޫން] ދެއްކުނު ވާހަކަތަކާއި މި ބޭފުޅުން [ވަކި ކަންތައްތަކެއް ތަރުތީބުކުރަން ސަރުކާރަށް އަންގާނެ ކަމަށް ބުނާ މީހުން]ގެ ޓުވީޓްތަކުގައި ހުރި ވާހަކަތަކަކާ ތަފާތެއް ނެތް. އެހެންވީމާ ރާއްޖެ އަށް، ވަކި ކަމެއް ކުރުމަށް، ވަކި ކަމެއް ނުކޮށް ދޫކޮށްލުމަށް ވަކި ކަހަލަ މިނިވަން ކަމަކަށް، ހައްގަށް ހުރަސްއަޅައި ވަކި ކަންތައްތަކެއް ކުރުވަން ބޭރުގައި ތިބެގެން މަޖުބޫރު ކޮށްގެން ބޭރުގެ ބަޔަކު ލައްވައި، ބޭރުގެ ވަރުގަދަ ނުފޫޒު ހުރި ގައުމުތަކެއް ލައްވައި މަޖުބޫރު ކުރުވުމަކީ ރާއްޖޭގެ މުސްތަގުބަލާ މެދު ވިސްނާ ކޮންމެ މީހަކު ވިސްނަންވާނެ، މި ހިސާބުން މިކަން ނިމުނީތޯ؟" ރައީސް ވިދާޅުވި އެވެ.

"މިހާރު އެ މަޖުބޫރު ކުރުން، މާދަމާ އެހެން މަޖުބޫރު ކުރުވުމެއް. އަންނަ އަހަރު އެ އަށް ވުރެން ބޮޑެތި ކަންކަން. ދެން އަޅުގަނޑުމެން ހިތަށް އަންނަންވީ އެ ކަންކަމަށް ފަހިކުރާ ސަރުކާރެއް އައިސްފި ކަމަށް ވަންޏާ ދެން އަޅުގަނޑުމެން އެންމެން މަނާވެގެން ތިބި ކަންކަމާ މެދު އަލުން ވިސްނަން ނުޖެހޭނެ ބާއޭ؟."

ގެއްލިގެން މިއުޅެނީ ޑިމޮކްރަސީގެ ކޮން ހައްގެއް؟

ތަރައްގީގެ ވިސްނުންތަކެއް އަދި ތަރައްގީކުރާނެ ގޮތްތަކެއް އެމަނިކުފާނާ ވާދަކުރައްވާ އިދިކޮޅު ބޭފުޅުން ނުދައްކަވައި ޑިމޮކްރަސީގެ ވާހަކަ ދައްކަނީ ކޮން ހައްގެއް ގެއްލިގެންތޯ ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގައި އިމެއް ނެތި ހުޅުވާލާފައިވާ ކަމަށާއި އޭގެ ހެއްކަކީ ސޯޝަލް މީޑިއާގައި ހައްދެއް ނެތި ކަންކަމަށް ފާޑުކިއުން ކަަމަށް ރައީސް ވިދާޅުވި އެވެ. އޭގެތެރޭގައި ދީނަށް ފުރައްސާރަކުރުން ފަދަ ކަންކަން ހިންގާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ކޮންކަމަކަށްތޯ ފާޑު ނުކިޔަނީ؟ އަޅުގަނޑުމެންގެ ދީނުގައި ހުރި ބައެއް ކަންކަމަށް ފާޑު ނުކިޔާތޯ؟ ދިވެހި މަންމަ އާއި ބައްޕަ އަށް ލިބިފައި ތިބި ދަރިން ބޭރުގައި ތިބެގެން ދީނަށް ފުރައްސާރަ ނުކުރޭތޯ؟ އެކި ކަންކަމަށް ފާޅުގައި ގޮންޖަހާލާފައި ވާހަކަ ދައްކާ މީހުން މަދުތޯ؟" ރައީސް ސުވާލު ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ބަލައިލި ނަމަވެސް ގާނޫނުއަސާސީން މަނާ ނުކުރާ ކޮންމެ ވާހަކައެއް ދެއްކޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ އަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، މަޖިލީހަށް އިންތިޚާބުވިއިރު އެ ބޭފުޅުން ވަނީ ރައްޔިތުންނަށް އަހުދުތަކެއް ވެ ވަޑައިގެންފަ އެވެ. އެއީ، އެއްބަސްވުމެއްގެ ސިފައިގައި ލިއެވިފައި ނެތް އަހުދަކަށް ވި ނަމަވެސް އިހްތިރާމް ކުރަން ޖެހޭނެ ކަމަށާއި ޕީޕީއެމުން ހޮވުނު އެ މެމްބަރުންގެ ސިފަވަރު ބަދަލުކޮށް އެހެން މިސްރާބަކަށް ބަދަލުވުމަކީ ފިޔަވަޅު އަޅާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަދި އަދުލުގެ އިންސާފުގެ ތެރެއިން އެއަށް ހައްލެއް ހޯދަން ޖެހޭ ކަމަށް ވަންޏާ، ގާނޫނުގެ ތެރެއިން ހައްލެއް ނުލިބޭ އިންސާފެއް، އަޅުގަނޑުމެން އަދުލު އިންސާފުގެ ތެރެއިން ހޯދަން ޖެހޭ ކަމަށް ވާ ނަމަ އަޅުގަނޑުމެން އެކަން ހޯދާނަން. އޭގެ ތެރޭގައި އެ މީހުންގެ ގޮނޑި ގެއްލިގެން މަޖިލީހަށް ނުވަދެވުން އެއީ މަޖިލިސް މެމްބަރުންގެ މިނިވަންކަން ގެއްލުމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

"މަޖިލިސްގެ އެ ވިދާޅުވާ މެމްބަރުންގެ މިނިވަންކަން ގެއްލުވައިލީ ހަމަ އެ ބޭފުޅުން. ރައްޔިތުން އެ ބޭފުޅުންނަށް ޓިކެޓު ދީގެން ހޮވީ، އެ ބޭފުޅުން އެ އަމަލު ކުރެއްވި ގޮތަށް ކަންތައް ކުރައްވާކަށް ނޫން."

ރައީސް ޔާމީން ބިލެތްފަހީގެ ރައްޔިތުންތަކަކާ ސަލާމްކުރައްވަނީ. --ފޮޓޯ/ރައީސް އޮފީސް

ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީ އަކު މިނިވަންކުރުމަށް މިދިޔަ ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ މެދު އޮތީ، ޑިމޮކްރަސީގެ ކޮން ހަމައެއްތޯ ވެސް ރައީސް އެއްސެވި އެވެ. ފަސް ފަނޑިޔާރުން ނެރުއްވި އެ އަމުރުގެ ގިނަ ބައިތަކެއް ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލްކުރެއްވީ ވެސް އޭގައި އަސާސެއް ނެތުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ފަރުދީ މިނިވަންކަމަށް ބަލާއިރު ވެސް ރާއްޖޭގައި ހައްދެއް ނެތް މިންވަރަށް ބޭނުންކުރެ އެވެ. މިސާލެއް ދައްކަވަމުން ވިދާޅުވީ ސިފައިންނާއި ފުލުހުން ވަކި ގޮތަކަށް އަމަލުކުރަން ނުވަތަ އެ ދެ މުއައްސަސާއާ ދޭތެރޭގައި ވަކި ގޮތަކަށް އަމަލުކުރަން މީހަކަށް ގޮވައެއް ނުލެވޭނެ އެވެ. ފަރުދީ މިނިވަންކަމުގެ ނަމުގައި އެއީ އެއްވެސް ގައުމެއްގައި ޖާގަ ލިބޭ ކަމެއް ނޫން ކަމެއް ކަމަށް ވިދާޅުވި އެވެ.

ފަރުދުންގެ މިނިވަންކަމުގެ ތެރޭގައި، ރައީސް ފާހަގަކުރެއްވި ގޮތުގައި، ގާނޫނުތަކުން ހުއްދަ ނުދޭ ކަންކަން އެބަހުއްޓެވެ. އޭގެތެރޭގައި އިސްލާމީ އުސޫލާ ގުޅޭ މައްސަލަތަކުގައި، ބޭނުން ޚިޔާލެއް ފާޅުކޮށް ނުހެދޭނެ ކަމަށް ވިދާޅުވި އެވެ.

"މިނިވަންކަމުގެ ކޮންމެ ހައްގަކީ ވެސް ގާނޫނުއަސާސީގެ ހުއްދަ ދޭ ހުދޫދުގެ ތެރެއިން ގާނޫނަކުން ހަނިކުރެވޭ ކަންކަން،" ރައީސް ވިދާޅުވި އެވެ.

33 ކޮމެންޓް, 110 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 2%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލިފުތާނަމަބެއްޔާ

03 July 2018

ޔާމީނަށް ބާތިލުވޯޓަށް ކުރެވޭވަރުވެސް ވާނެއެކޭ ހިތެއް ނުބުނޭ!

The name is already taken The name is available. Register?

falaku ain

03 July 2018

އެހެންވީމާދޯ ބިރުން އިބޫއަށް ތިޔަ ސިޓީއެއް ފޮނުވީ. ނަޝީދު ކުރިމަތިލައިގެން އުޅުމުގެ ބިރު ހިތުގައި އޮތްލެއް ބޮޑުކަމުން ނުވެސް ނިދޭ ބަޔަކަށް. ބަޔެއްމީހުން ބުނޭ 25 ޕަސެންޓްވެސް މަނިކުފާނަށް ނުލިބޭނެޔޭ.

The name is already taken The name is available. Register?

ހަސަނު

03 July 2018

މިނިވަންކަމާއެކު ދުނިޔެއަށް ނޭވައި ލުމުގެ ހައްގުވެސް ނެތް.. ޔާމީނު ހިއްޕުޅާ ނުވާ ކޮންމެ މީހަކު ޖަލުގެ ކުޑަ ގޮޅީގަ... ކޮބާ ތޯ ހައްގު؟؟ މަޖުލީސް 12 މެމްބަރުން ލިއެވިފައި ނެތް އަހުދަކަށް އަމަލު ނުކުރި ކަމަށް ބުނާއިރު ލިޔެފައި މާތް ﷲ ގަންދީ ހުވާކޮށް ސޮއިކޮށްފައި ދިން އަހުދުތަކަށް ހިޔާނާތް ތެރިވެ، ރައްޔިތުން ޔާމީނަށް ވޯޓު ދިން ހުރިހާ ސިފައެއް ނައްތާލާ، ޔާމީނު ވެރިކަމަށް ގެނެސްދިން ހުރިހާ އެންމެން ޖަލަށް ލީމާ ޔާމީނު އިސްތިއުފާ ދިނުން މާ އައުލާކަން ބޮޑެއްނޫންތޯ؟؟ ޔާމީނު ގާތު ތިބި މީހުންނަށް ކުރި އިތުބާރަކުން ރައްޔިޔުން ޔާމީނަށް ވޯޓުދިނީ.. ތާއީދާ އޮތީ ޔާމީނަކަށް ނޫން...... އަދުލު އިންސާފުގެ ތެރެއިންނާ އަދުލު އިންސާފުގެ މަތިން ބޭނުން ކަމެއް ކުރާނެ ކަމަށް ޔާމިނު އިންޒާރު ދެއްވާއިރު، އަދުލްއިންސާފުގެ މަތިން ޓިނުނަގައިގެން ޔާމީނު ބޭނުންގޮތަކަށް ކަންކަން ކުރުމުގާ ދެން މާކަ ގިނަ ދުވަހަކު ނުހުރެވޭނެ.. ރައްޔިތުން މި ތިބީ ފެޑަޕްވެފަ...

The name is already taken The name is available. Register?

މަޒް

03 July 2018

ދީން ހަތިޔާރަކަށް ހަދައިގެން ތި ކުޅޭ ކުޅި ގަނޑު ކުޅުން ހުއްޓާލާ... ތީ މަކަރާއި ހީލަތުން އިތުރު ދައުރަކަށް ހޮވެން ވެގެން ކުރާ މަސައްކަތެއް.. ބޮޑެތި ވައްކަންތައް ރޯމާ ދުވާލު ކުރަމުން ގެންދާއިރު އެނުވޭތޯ ދީނާ ހިލާފް ކަމަކަށް..

The name is already taken The name is available. Register?

އަލީ_

03 July 2018

ތިޔަ ބޭފުޅުންގެ ނުފޫޒުން ކުރާ ކަންކަން ގާނޫނުތަކާއި ޚިލާފު.

The name is already taken The name is available. Register?

ތެމާ

03 July 2018

ޔާމީނާ އޭނާގެ ވަށައިގެން ތިބިމީހުން ތަންދޮރުނުދަތުމަކީ ހުރިހާދިވެހިން ތަންދޮރުނުދަންނަ ކަމަށް ހެދެންޖެހޭ ސަބަނެއްނޫން ބޭރުގެ ޕްރެޝަރު އަބަދުވެސް ހުރީ ބޭއިންސާފާ އިނިޔާވެރިކަމާ އިންސާނީ ކަރާމް ނުދެމެހެއްޓުމާ އިދިކޮޅަށް އެމީހުންދައްކާވާހަކަވެސް ދިވެހިންނަށް އެނގޭ އެހެން ބުނާކޮންމެފަހަރަކު މަށަކީ އިސްލާންދީން ހިމާޔަތްކުރާމީހާއޭ ދީންގޮނޑަށް ލައިގެންނޭމަމިއުޅުނީ މަގައުމުގައި އެމްޑީޕީން ފައްޅިއަޅަނީއޭކިޔަކަށް ދިވެހިންނަށް ވާނުވާ އެނގޭ ޕީޕީއެމަށް އަމިއްލައެދުން ބޮޑުކަމުން ތަންދޮރު ނޭންގުނަކަސް ދިވެހިންނަކީ މޮޔައިންނެއްނޫން މިފަހަރު ދިވެހިން މިތިބީ މޮޔަފިލުވަން ތައްޔާރުވެގެން

The name is already taken The name is available. Register?

1828

02 July 2018

އަދުލުއިންސާފް ގާއިމް ކުރަން ބޭރުގެ ނުފޫޒު ފޯރަން ޖެހޭ ތޯ؟

The name is already taken The name is available. Register?

ޓެރޭ

02 July 2018

ބޭރުގެ ނުފޫޒު ފޯރުވަން މަޖުބޫރު ކުރުވަނީ އަނިޔާވެރި އަމިއްލަ އެދުންބޮޑު ހުދުމުހުތާރު މީހުންގެ ބައިގަނޑެއް ވެރިކަމަށް އަތްގަަދަ ކުރުމުގެ ސަަބަބުން ރައްޔަތުންނަށް ގޮތްހުސްވެ ދެން ހަދާނެ ގޮތެއްނެތުނީމާ އެވެރިން ކައިރިޔައް ދާން މަޖުބޫރު ވީމައެވެ އާހިރަތުގައި އަނިޔާވެރި ވެރިންހިމާޔަށް ހޯދަނީ ތިބުނާ ބޭރު ކާފަރުން ކައިރިން ނެވެ.

The name is already taken The name is available. Register?

އިތިޚާބުގެ ފަސް

02 July 2018

ކުރިއަށް އޮތް އިންތިޚާބުގެ ފަހުން ވާން އޮތްގޮތަކީ މިހާރުގެ ވެރިކަން ބަދަލުވެ ގާނޫނީ އިމުގެ ތެރެއަށް އާ ސަރކާރުވަނުން. މި ހާރުގެ މަޖްލިސް މެމްބަރުން ހަމަކޮށްގެން މަޖްލިސް ފެށުން. ސްޕްރީމް ކޯޓު ކުރީގެ އިމުގެ ތެރެއަށް ވަނުން. ކުރީގެ ހުކުމް ތަންފީޒު ކޮށް ބަްނދުގާ ތިބި މީހުން މިނިވަން ވުން. މިދައުރުގެ ޖުޑިޝަރީ އާ ބެހޭ ތަހްގީގު ކޮށް ޖުޑިޝަރީން ސްޕރީމް ކޯޓުގެ ކުރީގެ މެމްބަރުން ހިމެނިގެން ހިންގި ޖަރީމާތަކަށް އެމީހުންނަށް މެދު އަމަލު ކުރަން ވީ ގޮތް ނިންމުން. ގާނޫން އަސާސީ ގެ ބާރު ކަނޑުވާލި ޕްރޮސިކިޓަރ ޖެނެރަލް އާމެދު ތަހްގީގު ކޮށް ފިޔަވަޅު އެޅުން. މިހާރުގެ ސަރުކާރުން ހިންގި ކޮރަޕްޝަން ތަހްގީގު ކުރާނެ މިނިވަން ކޮމިޝަން އެއް ހެދުން. ގާނޫން އަސާސީ އިސްލާހު ކޮށް ޑިމޮކްރަސީ ހަރުދާނަ ކުރުން. މިހުރިހާ ކަމެއް ނިމުމަށް ފަހުން މަޖްލިސް އަލުން އިންތިޚާބު ކުރުން.

The name is already taken The name is available. Register?

ރާއްޖެ

03 July 2018

ސަރުކާރު ބަދަލުވާއިރަށް ޕާލަމެންޓް އަދި ޖުޑިޝަރީއަށް ތިބުނާ ބަދަލު އަންނާނެ ކަމަށް ބުނުމަކީ ރާއްޖޭގައި 3 ބާރު ވަކިވެފަ އޮތް ޑިމޮކްރަސީއެއް ނެތުން. ހަމަ ސަރުކާރު ބަދަލުވާއިރަށް ފަޑިޔާރުންނާއި މިނިވަން ކޮމިޝަންތަކުގެ ވެރިން ވަކިކޮށް ދެން އެމަގާމްތަކަށް ލާން "މިނިވަން ވަކިފަރާތަކަށް ނުޖެހޭ" ދިވެހިން ބާކީ އެބަ ތިބިތޯ؟

The name is already taken The name is available. Register?

ސުނިލްސެޓީ

02 July 2018

ޔާމީނާއި އޭނާ ވަށައިގެން ތިބި މީހުންގެ ހީކުރަނީ ދިވެހިންނަކީ ވަރަށް ތަންދޮރު ނުދަންނަ ބައެއްކަމަށް! ބަލަ ދިވެހިންނަށް އިނގޭ، 21 ވަނަ ގަރުނުގައި ލާމެހިފައިވާ ދުނިޔެއެއްގައި އެއްގައުމާއި، އަނެއް ގައުމުގެ ގުޅުން އޮންނަންޖެހޭ މިންވަރާއި، ގޮތާއި ފޮތް! ޔާމީނު މުޅިގައުމު ޗައިނާއަށް ވިައްކާލައިގެން، ސައުދީ އަރަބިއާއިންދޭ ލާރިކޮޅަށް ދޭދޭ ގައުމުތަކާއި އޮންނަ ސިޔާސީ ގުޅުން ކަނޑާ ދަރަޖައަށް ދިޔައިމާ ދެން ނެތް ބުނާނެ އެއްޗެއް! ދިވެހިން ބޭނުންވަނި 21 ވަނަ ގަރުނުގެ ތަހުޒީބީ ހޭލުންތެރި ދިވެޖހިރާއްޖެއެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454