މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖް: މި ބްރިޖް ނިމުމާއެކު މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އަށް ބަހުގެ ހިދުމަތް ދޭން ފަށާނެ.
03 ޖުލައި 2018 - 12:30
ބްރިޖް ހުޅުވުމުން މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އަށް ބަސް ދަތުރުގެ ހިދުމަތް ދޭން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގެންނަ ބަސްތަކުގެ ތެރެއިން، ނުވަ ބަސް މި މަހު ފަހުކޮޅު މާލެ އަންނާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ ބަސް ދަތުރުގެ ހިދުމަތް ދޭން ގެންނަ ބަހުގެ ފުރަތަމަ ޝިޕްމަންޓް މި މަހުގެ ފަހުކޮޅު އަންނައިރު އަންނަ މަސް ނިމުމުގެ ކުރިން އިތުރު ހަތް ބަސް ރާއްޖެ ގެނެވޭނެ ކަމަށެވެ. އަދި ސެޕްޓެމްބަރު މަހު އިތުރު ހަ ބަސް ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފުރަތަމަ ޝިޕްމަންޓް މާލެ ގެނައުމަށް މިހާރު ވަނީ ކަނޑުމަތީގައި. ބަހުގެ ހިދުމަތް ފަށައިގަންނައިރު ވެސް 100 މީހުންގެ ޖާގައިގެ ޑަބަލް ޑެކާ ބަހެއް އޮންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އެ ކުންފުނިން ކުރިން ބުނެފައި ވަނީ ބަހުގެ ހިދުމަތް ދޭން ބޭނުންކުރާނީ 50-70 މީހުންގެ ޖާގައިގެ ބަހާއި 80-100 މީހުންގެ ޖާގައިގެ ދެ ބުރި ބަސްތައް ކަމަށެވެ. އޭގެ އިތުރުން 30 މީހުން އުފުލޭ ކުދި ބަސްތަކެއް ވެސް ބޭނުންކުރަން ނިންމާފައިވެ އެވެ. އެ ކުންފުނިން ލަފާކުރާ ގޮތުގައި މާލެ އިން ހުޅުމާލެއަށް ބަހުގައި 12 މިނެޓުން ދަތުރެއް ކުރެވޭނެ އެވެ.
އޮފިޝަލް ވިދާޅުވީ ބަސް ދަތުރުގެ ހިދުމަތް ފަށައިގަންނައިރު ކަރުދާސް ޓިކެޓްގެ ބަދަލުގައި އިލެކްޓްރޯނިކް ޓަޗް އެންޑް ގޯ ކާޑެއް ތަައާރަފްކުރަން ވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެ ހިދުމަތް ދޭން ބަސް ޓާމިނަލެއް މާލޭގެ ތައިސޭ ކޮށީގައި ހަދަން ވަނީ ނިންމާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން
04 July 2018
20 ބަހޭވެސް އެބަކިޔާ ބައެއް ނޫސްތަކުން. ކިތައް ބަސްކަމެއް ނޭގުނު؟؟؟
އަބްދުއްލާ
04 July 2018
އެމްޑީޕީ ން އެމްވީކޭ މެދުވެރކޮށް ބަސްދަތުރު ފެށިއިރު ބޭނުންކުރީ ކޮންބަސްތަކެއްބާ ؟ކޮބާ ސާކްސަމިޓަށް ގައުމުތަކުން ހިލޭ ދިން ބަސްތައް .އެމްވީކޭން ބަސް ގަތުމުގެ ނަމުގާ ބޭންކް އޮފް ސިލޯނުންނެގި ލޯނު ދެއްކީކޮންބައެއް ؟ގައިމު އެމްވީކޭ ޒިންމާވާކަށް ނުޖެހޭނެޔޯ ކިޔާ އެމްވީކޭ އިން އެލޯނާ ދުރަށްޖެހިލި .މޯގޭޖްކުރީ ދަވްލަތުގެ ބިން.ފޯއްމުލަކާ އައްޑުއަތޮޅަށް ސާވޭކުރަން ބޭންކުންދިޔަ މީހުންށް ވެސް އޮޅުވާލި ކަމަށްވޭ
އަލިމަނިކު
03 July 2018
ބަހެއް ނޫން ގެންނަންވީކީ!! ހުޅުމާލެ ކައިރިކޮއްލަންވީ ވަލެއް ޖަހާފަ!
ޚަރަދުބަރަދު
03 July 2018
ބަސް ގެންނާކަށް ނުޖެހޭނެ ކޮބައިޓޯ މާލޭގަ އޮތް ބަސްދަތުރު
މާލެ މީހާ
03 July 2018
މާލެ އިން ވެހިކަލް މަދު ކޮއްފަ ނޫނީ ބަހުގެ ރަނގަޅު ޙިދުމަތެއް ނުދެވޭނެ
ސޭހުޒުބޭރު
03 July 2018
ދިވެހި ބަހަށް އިސްކަން ނުދީ ބޭރުން ބަސް ގެންނަ މައްސަލަ ބަހުގެ އެކަޑަމީއިން ބަލާ ފިޔަވަޅު އަޅަން ގޮވާލަން!
ކުންފޫ
03 July 2018
ބުރިޖާއި ގުޅިގެން އެއާޕޯޓު ރަންވޭ އެހެންދިމާލަކަށް ބަދަލުކުރީ، ރަންވޭ ބަދަލުކުރަން ހުޅުލޭ ހުރިހާ އިމާރާތެއް ތަޅާލަންޖެހުނީ، ހުޅުލޭގައި އިތުރު މަގުހަދަންޖެހުނީ، ހުޅުމާލެއަށްދާން އިތުރު ހައިވޭހަދަންޖެހުނީ، ހުޅުމާލޭގެ މަގުތައް ފުޅާކުރަންޖެހުނީ، މާލޭގެ އެތައްމަގެއް އަލުންހަދަންޖެހުނީ، ބަސްޓާމިނަލް ހަދަންޖެހުނީ، އަދިވެސް، އަދިވެސް........ ދައުލަތުގެ ފައިސާ އެއްރަށަކަށް.
ހަސަންމަނިކުފާނު
03 July 2018
ޔާމީން ޔަގީން! އިދިކޮޅޭ މެން ވަރަށް މޭ ކަރާނެ!
ތަކުރުބޭ
04 July 2018
ވަރަށްކަރައިފި. އެހެންތާވާނީ މޭކަރާން ކުރުވިކަމެއްވިއްޔާ. ތިޔާތަނަށް ދިޔަޚަރަދު ދައްކަންޖެހުނީމާ އަދި އަހުންގެ މޭކަރާނީ. ޔޯލަޔޯލައިން އެބާކިޔާގަ އަރާފައިބާ ޓެކުސްކޮޅުވެސް ދޭންޖެހެނީ ސީސީސީ ކަލޯމެންނަށޭ. މައްސަލާއެއްނެތޭ ދޭންޖެހުނީމާ ދޭނީ އަތުލާންވީމާ އަތުވެސްލެވުނުތާ
ޙާމް
03 July 2018
12 މިނުޓޭ. ނުވާނެ ތިކަމެއް. މިހާރުވެސް ހުޅުމާލެއިން ހުޅުލެޔަށް ބަހުގަ ދެވެނީ 17 މިނުޓުން.
މަންސޫރު
03 July 2018
މުއިއްޒު ވަނީ ބުނެފައި މި ބުރިޖައް ހާއްސަ ބަސްތަކެއް ހަދާވާހަކަ. އަހަންނަށް އިނގިގެން ހެދުނު ހަމައެކަނި ބަހަކީ 'މުއިއްޒުވުން'