09 ޖުލައި 2018 - 11:19
މެޑްރިޑް (ޖުލައި 9) – ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވާކަން އިއުލާންކުރާނެ ގޮތަކާ މެދު އޭނާ އާއި ރެއާލް މެޑްރިޑާ ދެމެދު ދެބަސްވުންތަކެއް އުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މެޑްރިޑުން ބޭނުންވަނީ، ކްލަބް ދޫކޮށްލަނީ ރޮނާލްޑޯ ބޭނުންވެގެންކަން އޭނާ އާއްމުކޮށް އިއުލާންކުރާށެވެ. ސަބަބަކީ ރޮނާލްޑޯ ވިއްކާލި ރައީސްގެ ގޮތުގައި ތާރީހުގެ ތެރެއަށް ވެދެވަޑައިގަންނަވަން އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބޭނުންފުޅުވެވަޑައިނުގަތުމެވެ.
އެކަމަކު ރޮނާލްޑޯ ބޭނުންވަނީ ވަރަށް އާދައިގެ ގޮތެއްގައި ކްލަބް ދޫކޮށް ޔުވެންޓަސްއާ ގުޅެން ކަމަށްވެ އެވެ. އެހެންވެ ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވުމުގެ ކަންތައްތައް ލަސްވަނީ ދެ ފަރާތުން އެއްބަސްވުމަކަށް ނާދެވިގެންނެވެ. ރ
ރޮނާލްޑޯގެ ސޮއި އަންނަ އާދީއްތަ ދުވަހަށް ހޯދަން ޔުވެންޓަސް އިން ބޭނުންވާ ކަމަށްވެ އެވެ. ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑެޒް އާއި ޔުވެންޓަސް އިން އެއްބަސްވުމަކަށް އައިސްފައިވާއިރު މިހާރު ނުލިބި އޮތީ ހަމައެކަނި މެޑްރިޑުގެ އާނ ބަހެވެ. މެޑްރިޑުން އޭނާ ވިއްކާލާނީ 100 މިލިއަން ޔޫރޯ އަށް ކަމަށްވެ އެވެ. މިއީ އުމުރުން 33 އަހަރުގެ ކުޅުންތެރިއަކާ ބަލާއިރު ނިސްބަތުން ވަރަށް ބޮޑު އަގެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިމާދު
09 July 2018
ފައިސާ އަށް މޮޔަވެފަ