އިކޮނޮމިކް މިނިސްޓްރީގެ ނައިބަކަށް މިއަދު އައްޔަންކުރެއްވި ޝަފީގު.-- ފޮޓޯ: ރައީސް އޮފީސް
12 ޖުލައި 2018 - 19:30
އިކޮނޮމިކް މިނިސްޓަރުގެ ނައިބުގެ މަގާމަށް، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ތ. އަތޮޅުގެ މެމްބަރުކަން ކުރެއްވި، އަހުމަދު ޝަފީގު (ސައްޕެ)، ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ހ. ރޭޑިއަންޓް، އަހުމަދު ޝަފީގު އިކޮނޮމިކް މިނިސްޓްރީގެ ނައިބުގެ މަގާމަށް އައްޔަން ކޮށްފައިވާ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގާތް ގުޅުމެއް އޮތް ޝަފީގު ވަނީ އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ވެސް ކުރައްވައިފަ އެވެ. އަދި ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީން ކުރިމަތިލާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ ގައި ވެސް އޭނާ ވާދަކުރެއްވި އެވެ. ނަމަވެސް، އެ ޕްރައިމަރީން އޭނާ އަށް ވީ ނާކާމިޔާބެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމަށް ސޮއިކުރައްވައި، ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތަކުގައި ޝަފީގު ހަރަކާތްތެރިވަމުން އަންނަތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.
ޝަފީގާ އެކު، ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީގައި މިހާރު ތިއްބަވަނީ ފަސް ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންނޭ
04 August 2018
ތިމަރަފުށި ގުއިތަފާ ވެސް ތިހެން ތޮރުފިގެން އުޅުނު. މަ ވަރަށް ފޫހިވޭ ރީނދޫ ބާގައިގަ ތެޅިފަ ތިބޭ އެއްޗިހިން ދެކެ.
ހަސަން
13 July 2018
މޑޕ ގެ ޕްރައިމެރީން ނާކާމިޔާބު ވުމަކީ ޕާޓީ އިން ކުރާނެ ކަމެއް ނޫން. މިގޮތަށް ކިތަންމެ މީހުންނެއް ގޮސް އެހެން ކުދި ޕާޓީ ތަކުގައި ފައިހިއްޕައިލައިގެން އެބައުޅެ އަދި ގިނަ ފަހަރު ޕްރައިމެރީން އިން ކާމިޔާބު ނުވިކަން ހިތުލައިގެން ގޮސް މޑޕ އަށް ޖެއްސުން ކުރުމުގެ ރޫހެއް ވަނީ އުފެދިފަ. މިއީ ވަރަށް ދެރަކޮށްވާކަމެއް.
އާދަނު
13 July 2018
ނޯ ޗޮއިސް..! ޤައުމަށްވުރެން މުހިންމީ އަމިއްލަ އެދުން
އޭބީ
12 July 2018
ބަހާ ދުވަސްކޮޅެއްދޯ؟؟ ކީއްކުރާނީ؟؟ މުސާރަދެނީ އަމިއްލަޖީބުންވިއްޔަ.
މުހައްމަދު
12 July 2018
ތީ ކާކު ދެން މާޒީ ގޯސް ހެ ހެެ
ޝޮކްތެރަޕީ
12 July 2018
މީ އެމްޑީޕީ އުފެއްދުމުގަ އެމްމެކުރީގަ އުޅުނުމީހެ.
ކިއްލިބާޝާ
12 July 2018
ތީ އޮފީސްގަޑީގާ ސައިހޮޓާތައްކާ ފޮނިއަނގަތަޅަށް އައްޔަންކުރާ ނައިބުންތަނެއްތަ؟
އަލީ މޫސަ111
12 July 2018
މިއީ ލުއިގެން އައުން
ޚުދައިމާ
12 July 2018
ޒިންމާއެއްނެތި ނައިބުންތައް ކެންމެއިނަށް މިލައްވަނީ ރައީސްގެ އަމިއްލަ ތިޖޫރީން މުސާރަ ދޭގޮތަށްބާ.
ޔާމިން
12 July 2018
ސަރުކާރައް ހިދުމަތްކުރަކީ މައްސަލައެއްނޫން އެކަމު ތިމާޕާރޓީ ގެ މީހަކައްވީތީ ވަޒީފާދީ ރައްޔިތުން ޓެކްސް ފައިސާއިން މުސާރަދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން.ގިނަފަހަރު މިގޮތައްލާމީހުން ކުރާނެ މަސައްކަތެއްވެސް ނޯވޭ