ވިޔަފާރި / ހުޅުމާލެ

ކުލަގަދަ ޝޯއަކާ އެކު، އެޑް އޮން ސްޓޯރުން ހުޅުމާލޭގައި ފިހާރައެއް ހުޅުވައިފި

އެޑް އޮން ސްޓޯރު ހުޅުމާލެ ފިހާރަ: މިއީ މަޝްހޫރު އެޕަލްގެ އުފެއްދުންތަކަށް ހާއްސަކޮށްގެން ހުޅުވި ފިހާރައެއް. ފޮޓޯ: ނިޝާން އަލީ /މިހާރު

12 ޖުލައި 2018 - 23:03

މަޝްހޫރު ލަވަކިއުންތެރިޔާ ޝަލަބީ އިބްރާހިމްގެ ފޯރިގަދަ މިއުޒިކް ޝޯއަކާ އެކު، އެޕަލްގެ އުފެއްފުންތައް ވިއްކާ ޚާއްސަ ފިހާރައެއް އެޑް އޮން ސްޓޯރުން ހުޅުމާލޭގައި މިރޭ ހުޅުވައިފި އެވެ.

މީގެ ހަތަރު އަހަރު ކުރިން، އެޑް އޮން ސްޓޯރުގެ ފިހާރައެއް މާލޭގެ ޗާންދަނީމަގުގައި ވެސް ވަނީ ހުޅުވައިފަ އެވެ. އަދި އެ ފިހާރަ އިން ވިއްކާ އުފެއްދުންތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެޑް އޮން ސްޓޯރުން ބުންޏެވެ.

އެޑް އޮން ސްޓޯރު ހުޅުމާލެ ފިހާރަ ހުޅުވުމަށް އެ ފިހާރައިގެ ފަރާތުން ހަނދާނީ ފިލައެއް ހަނީފަށް ހަދިޔާކުރަނީ. ފޮޓޯ: އަބްދުﷲ ޖަމީލު/ މިހާރު

މިއީ އެ ކުންފުނިން ހުޅުވި ދެވަނަ ފިހާރަ އެވެ.

ހުޅުމާލޭގެ ނިރޮޅުމަގުގައި ހެދި ފިހާރަ ހުޅުވައި ދިނީ، މިދިޔަ ހަތަރު އެ ކުންފުނީގެ މާލޭގެ ފިހާރަ އިން އެންމެ ގިނައިން ވިޔަފާރި ކުރި އަހުމަދު ހަނީފެވެ.

އެޑް އޮން ސްޓޯރު ހުޅުމާލޭ ފިހާރައިގައި ވެސް އެޕަލްގެ އެންމެ ފަހުގެ އުފެއްދުންތައް ލިބެންހުރެ އެވެ. މީގެ ތެރޭގައި އެޕަލް އައި ފޯނާއި އައި ޕެޑް، މެކް ބުކް ލެޕްޓެޕް، އެޕަލް ހޯމް ޕޮޑް އަދި އައި މެކް ފަދަ ވަރަށް ގިނަ އުފެއްދުންތައް ހިމެނެ އެވެ.

އެޑް އޮން ސްޓޯރު ހުޅުމާލެ ފިހާރަ: މިއީ އެޕަލްގެ އުފެއްދުންތަކަށް ހާއްސަ ފިހާރަ އެއް. ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު

އެޑް އޮން ސްޓޯރުގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވިއިރު، އެތަނުގެ އުފެއްދުންތައް ބީއެމްއެލް އީޒީ ޕޭގެ އިތުރުން އެމްއެފްއެލްސީ އަދި އިސްލާމިކް ބޭންކު މެދުވެރިކޮށް ގަނެވޭނެ އެވެ.

ބިދަބިން ބޮޑުބެރު ގްރޫޕްގެ މިއުޒިކާއި ލަވައާ އެކު، އެޑް އޮން ސްޓޯރުގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވުމަށް ބޭއްވި ކުލަ ގަދަ ހަފުލާއަށް ފަހު ވަނީ ގުރުއަތުން ހޮވުނު ތިން މީހަކަށް ޚާއްސަ ތިން ހަދިޔާއެއް ވެސް ދީފަ އެވެ.

އެއްވަނަ އިނާމްގެ ގޮތުގައި ދިން ހޯމް ޕޮޑް ލިބުނު އައިޝަތު އިޝާން އަހުމަދަށް އިނާމް ހަވާލުކޮށް ދެއްވީ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު އެވެ. އަދި ދެވަނަ އިނާމްގެ ގޮތުގައި ދިން މާސްޓާ އެންޑް ޑައިނަމިކް ހެޑްފޯން ލިބުނު ފަޒީލް އަބްދުﷲ އަށް އިނާމް ހަވާލުކޮށް ދެއްވީ ބީއެމްއެލް ކާޑް ސެންޓަރުގެ ހެޑް އަބްދުﷲ އަލީމް އެވެ. މީގެ އިތުރުން ތިންވަނަ އިނާމްގެ ގޮތުގައި ދިން އެއާޕޮޑް ލިބުނު ސުވައިދާ އަބޫބަކުރަށް އިނާމް ހަވާލުކޮށްދެއްވީ އެމްއެފްއެލްސީގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު ހުސެއިން އިބްރާހިމް އެވެ.

އެޑް އޮން ސްޓޯރުން ހޮވި ތިން ނަސީބުވެރިިންނަށް ވަނީ މަޝްހޫރު ދިވެހި މިއުޒިކް އެޕް، ލަވަފޮށީގެ އެއް އަހަރު ދުވަހުގެ ސަބްސްކްރިޕްޝަން މުޅިން ހިލޭ ލިބޭ ގޮތް ހަމަޖައްސައިފަ އެވެ.

އެ ފިހާރައިން ބުނީ ހުޅުމާލޭގައި އާ ފިހާރައެއް ހުޅުވީ ކަސްޓަމަރުންނަށް މިހާރަށް ވުރެ ފެންވަރު ރަނގަޅު ހިދުމަތެއް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

0 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 12%
icon angry icon angry 41%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454