ޚަބަރު / މެމްބަރު ގާސިމް އިބްރާހިމް (މާމިގިލި)

ފައިސަލް އަށް ކުރެއްވި ތާއީދު ގާސިމް އަނބުރާ ގެންދަވައިފި

އިދިކޮޅު ރަނިން މޭޭޓެއް ކަނޑައެޅުމަށް ޖޭޕީން ބޭއްވި ގުރުއަތު ނެގުމުގައި ފައިސަލް ނަސީމް ބައިވެރިވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

އިދިކޮޅު ކޯލިޝަންގެ ރަނިން މޭޓެއް ކަނޑައެޅުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ދިން ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމަށް ކުރެއްވި ތާއީދު، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު އަނބުރާ ގެންދަވައިފި އެވެ.

ގާސިމް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައިސަލަށް ކުރި ތާއީދު އަނބުރާ ގެންދަވާފައިވާ ކަމަށާއި އެ ޕާޓީގެ ކައުންސިލް މެމްބަރުންނަށް ފެންނަ ގޮތަކަށް ވޯޓްލުމަށް އެދޭ ކަމަށެވެ.

ގާސިމް ކުރެއްވި ޓްވީޓް--

"ވީމާ ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ ތެރެއިން ޖޭޕީގެ ކައުންސިލް މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ވޯޓް ލެއްވުމަށް އަޅުގަނޑު އެދެން،" ކުރިން ފައިސަލް އަށް ތާއީދު ކުރެއްވިކަން ކައުންސިލް މެމްބަރުންނަށް އެންގެވި ގާސިމް މިއަދު ވިދާޅުވި އެވެ.

ރަނިން މޭޓް ކަމަށް ކުރިމަތިލެއްވި ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ފައިސަލް ނަސީމާއި، ކެންދޫ ދާއިރާގެ އަލީ ހުސައިނާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަންގެ އިތުރުން، އެ ޕާޓީގެ ނައިބު ލީޑަރު އަދި ރައީސް އޮފީހުގެ ކުރީގެ މިނސްޓަރު އަބްދުﷲ އަމީނެވެ.

Running mate kamah vaadha kuravvaanee 4 beyfulhun

Running mate kamah vaadha kuravvaanee 4 beyfulhun

The most trusted news source in the Maldives

Mihaaru

ރަނިން މޭޓް ކަމަށް ކުރިމަތިލި ހަތަރު ބޭފުޅުން--

އޭގެ ތެރެއިން އެ މަގާމަށް އެންމެ ބޮޑަށް ވާދަކުރައްވާނެ ކަމަށް ބެލެވެނީ ކެންދޫ ދާއިރާގެ މެމްބަރު، މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސައިނާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް އެވެ.

ރަނިން މޭޓް ކަނޑައަޅާނީ މިރޭ އޮންނަ ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގަ އެވެ. ވޯޓްލާން ނިންމާފައިވަނީ މި ރޭ 9 ޖަހާއިރެވެ.

އެ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބެނީ ޖޭޕީގެ ކައުންސިލް މެމްބަރުންނަށް އެކަންޏެވެ. އެ ކައުންސިލްގައި 50 އަށް ވުރެ ގިނަ މެމްބަރުން ތިއްބަވާއިރު ބައެއް ބޭފުޅުން ރާއްޖެ އިން ބޭރުގައި އުޅުއްވުމާއެކު އާންމުކޮށް ޖަލްސާތަކުގައި ބައިވެރިވަނީ 43 މެމްބަރުންނެވެ.

ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އިބޫ މިހާރު އުޅުއްވަނީ އައްޑު އާއި ފުވައްމުލަކަށް ކުރައްވާ ކެމްޕެއިން ދަތުރެއްގަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ ރަނިންމޭޓެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީން ކޮންމެ ބޭފުޅަކު ކަނޑައެޅި ނަމަވެސް، އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީ އެމްޑީޕީން ވެސް އެކަން ބަލައިގަންނާނެ ކަމަށެވެ.

26 ކޮމެންޓް, 118 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 3%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޭފޭކު

15 July 2018

މީ ހަމަ ގޭމު ޖައްސަނީ.

The name is already taken The name is available. Register?

ދީމާހު

15 July 2018

އެމްޑީޕީ އަށް ވުރެ ޖޭޕީ މާ ޑިމޮކްރަޓިކް. އެމްޑީޕީގެ ޑިމޮކްރަސީ ފެށޭނީވެސް ކެނެރީގޭ ނަޝީދުއާ ހިސާބުން ނިމޭނީވެސް ނަޝީދުއާ ހިސާބުން.

The name is already taken The name is available. Register?

ގަލިމް

15 July 2018

ޕާޓީ ހިންގަން ހުރު މެމްބަރަކަށް 2ވޯތް ލިބުމުން ވާނީ އިސްތުއފާ ދޭން. އެއިން އެގެނީ ކައުންސިލް ގެ އިތުބާރު ނެތްކަށް ހރހ

The name is already taken The name is available. Register?

ދޮނާ

15 July 2018

އަނބުރާ ގެންދިޔަޔަސް އެއޮތީ ގާސިމް ހޮވަން ބޭނުންވާ މީހާ އެނގިފައެއްނު އަތްނުލާ އައްދޮ ކިޔުއްވާފަ ވަރަށް ސަޅި

The name is already taken The name is available. Register?

އެމް ޑީ ޕީ ސުޓުރޯންގު ޕަބުލިކު

14 July 2018

ތިބޭފުޅާ ތިޔައީ ކާކުކަން އެމް ޑީ ޕީ މެމްބަރުން ވަރައް ރަނގަޅަށް ދަނޭ.. މިފަހަރު އެއްވެސް ޅައެއްޗެއް އަޅަން ނުވިސްނައްޗޭ... ތިބޭފުޅާގެ އެއްވެސް ނުފޫޒެއް ނެތަސް މިފަހަރު އެމް ޑީ ޕީ އިން ކޮންމެ ބޭފުޅެއް ނެރުނަސް ޖޭ ޕީ ފައި މިވަގުތު ރަޖިސްޓުރީގައި ތިބި މަދު މީސްކޮޅު ސަޕޯރޓު ކުރާނެކަން ޚޮދު އައްޑޫ ހުސައިން ސޯލިހުވެސް އެވަނީ ތަގީންކޮށްދީފައި... މިވަރުން ތިބާ އަށް ވިސްނޭނެ ދެތްތޯ.!!

The name is already taken The name is available. Register?

ހަމަވިސްނާ

13 July 2018

ޜާއްޖޭގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާ ތާދާ ރުހުން އޮތީ ފައިސަލަށް، މީ ވަރަށްގިނަ ޥާހަކަ، ޛޭޕީ ގެ ކައުންސިލްގެ މެންބަރުން މިކަމުގައި ޣާފިލް ނުވާނެ ކަމަށް އުއްމީދު ކުރަން، މި އުޅެނީ ކުޑަ ކުޑަ ކަމަކާއެއް ނޫން ދެއްތޯ؟

The name is already taken The name is available. Register?

ޖޭޕީ

13 July 2018

ވަކި މީހަކަށް ގާސިމް ތާއީދު ކުރެއްވުން އެއީ މައްސަލައެއް. ނަމަވެސް އެންމެ ފަހުވަގުތު ނަމަވެސް އެކަން އަބުރާ ގެންދެވީތީ އުފާ ކުރަން.

The name is already taken The name is available. Register?

އަލީގ

13 July 2018

ކޮންމެ ސަބަބަކާހުރެ ނަމަވެސް ރަނގަޅު ނިންމުމެއް ރައްޔިތުންގެ ހިދުމަތައް މީހަކު ހޮވާއިރު ކޮންމެ ފަހަރަކު ގާސިމައް ކޮއްދޭކަމެއްގެގޮތުގަ މީހަކު ހޮވަންޖެހޭނަމަ އެއީ އަދި އެންމެ ރަނގަޅުގޮތެއްނޫން މިކަން ގާސިމައްވެސް މިހާރު އެވަނީ ކިތަންމެ ފަހަރަކު ތަޖުރިބާ ކުރެވިފަ އެއައްވުރެ ވޯޓުލާންތިބޭބަޔަކު އެމީހުންގެ ވިސްނުން ކުރިޔައް ނެރުމައް ބާރުއެޅުންމާރަނގަޅުވާނެ.

The name is already taken The name is available. Register?

ޙެޔޮނިޔަތް

13 July 2018

ތިޔާގެ ތެރެއިން އާއްމުންގެ ވޯޓްކޮޅެއް ލިބޭނެ ކެންޑިޑޭޓަކީ ފައިސަލް އެވެ. ފައިސަލަކީ އާއްމު ރައްޔިތުނއނާ ވަރަށް ގުޅޭ ބޭފުޅެކެވެ. ދެން ތިއްބެވި ކެންޑިޑޭޓުން ޢާއްމުންނަކަށް ނޭނގެއެވެ.

The name is already taken The name is available. Register?

ލަރީ

13 July 2018

ޟަނިކުފާނު މޮޔަފުޅުވީތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454