ހޯމް މިނިސްޓަރުކަމުގެ މަގާމުގެ ލިޔުމުގައި އަޒްލީން މިއަދު ސޮއިކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
01 އޯގަސްޓް 2016 - 13:27
ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އަހުމަދު ޒުހޫރު އެ މަގާމުން ވަކިކުރައްވައި، ހޯމް މިނިސްޓަރަކަށް އަޒްލީން އަހުމަދު މިއަދު ހަމަޖައްސަވައިފި އެވެ. އަދި ޒުހޫރު ވަނީ ރައީސް އޮފީހުގެ މިނިސްޓަރަކަށް މިއަދު އައްޔަން ކުރައްވައިފަ އެވެ.
ހޯމް މިނިސްޓަރުކަމަށް އަލަށް އައްޔަން ކުރެއްވި އަޒްލީން މިހާތަނަށް ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ.
ހޯމް މިނިސްޓަރުކަމުގެ މަގާމުގެ ފަތްކޮޅު ރައީސް ޔާމީން، އަޒްލީން އަށް މިއަދު އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް
ހޯމް މިނިސްޓަރު ކަމުން ޒުހޫރު ވަކިކުރެއްވިއިރު އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ޖޫން މަހުގެ 22ގަ އެވެ. ޒުހޫރު ކުއްލި ގޮތަކަށް ހޯމް މިނިސްޓަރުކަމުން ވަކިކުރެއްވި ސަބަބެއް އަދި ނޭނގެ އެވެ. ނަމަވެސް ރާއްޖޭގެ 51 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ކުޅިވަރުތަކުގައި ވެސް ރައީސް ޔާމީންގެ އަރިހުގައި އެންމެ އިސްކޮށް ހުންނެވީ ޒުހޫރެވެ. އަދި ޒުހޫރު ވަނީ އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލާ ގުޅޭ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލާ ބައްދަލު ކުރެއްވުމަށް ވެސް މާދަމާ އަށް އެޕޮއިންޓްމަންޓް ދެއްވާފައި ކަމަށް އެނގިފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
02 August 2016
ބެލެވޭގޮތުގައި އުމަރުނަސީރަށް ސެކިއުރިޓީ ދިނުމުން ވަކިކުރީ!
ނިހާން ހުސައިން މަނިކު
01 August 2016
މިނިވަންދުވަހު ނެރުން ފްލޯޓުތައްމަދުވެފަ ހާވާނާރުވާތީ.
ބޯހަލާކު
01 August 2016
ދުރުވިސްނުންފުޅަށް ސާބަސް ރައީސް. ޝުކުރިއްޔާ ޔާމީނު
މޫސަ
02 August 2016
ވަރަށް ދުރު ވިސްނޭ ބޭފުޅެއްކަން އިގޭ މިހާތަނަށް ބަދަލުކުރި މީހުންގެ އަދަދަށް ބަލާލީމާ
މުހަންމަދު
01 August 2016
ކިހާވަރަކުންދާނެބާ؟
ނަތަންޔާާާާހޫ
01 August 2016
ހާދަހާ އަބީޝެކާ ވައްތަރޭ، އަނެއްކާ ފިލްމުޝްތާރެއްތަ؟
ބުލްބުލް އިބުރޭ
01 August 2016
ރާއްޖޭގެ ހޯމް މިނިސްޓްރީ ހިންގޭނެ ގާބިލް މީހެއްނޫން، ދެން ހެދޭނީ ހައްތަހާވެސް ގޯސް.. ޔާމީނު ވެރިކަން ކުރަން ސީރިއަސް ނޫންކަން އެންމެ ފުރަތަމަ ދުވަހުވެސް އެނގުނު. މިހާރު އެކަން ކަށަވަރުވެ.
ހަލީމް ބައި
01 August 2016
ޔާމީނު ވެރިކަން ކުރަން ސީރިއަސް ނޫންކަން އެންމެ ފުރަތަމަ ދުވަހުވެސް އެނގުނު. މިހާރު އެކަން ކަށަވަރުވެ. އެއީ ހިސާބު މުދައްރިސް ނަގާ ހެލްތް މިނިސްޓަރަކަށް ލުމާ، ސޯޝަލް ޓީޗަރ ނަގާ ހޯމް މިނިސްޓަރަކަށް ލުމާ، ޕްރޮކިއުމަންޓް އޮފިސަރ ނަގާ ޔޫތް މިނިސްޓަރަކަށް ލީމަ، މިކަންކަމް މި ކުރަނީ ސީރިއަސް މީހެއް ނޫންކަން ކަށަވަރުވެ.
ހުއްބުލްވަޠަން
01 August 2016
މީ ކޮންރަށެއްގެ ކޮން ގެއެކަށް ނިސްބަތްވާ ބޭފުޅެއްތޯ؟
ސަލީފް
02 August 2016
މިއީ ގދ ރަތަފަންދޫ އަށް އުފަން މާލޭ ދަފްތަރު މީހެއް
އަހުމަދު
01 August 2016
އެމްޑީޕީ ވެރިކަމުގައިވެސް ޒުހޫރު ކަހަލަ މީހަކު އުޅުނު. އެއީ އަސްލަމް ޝާކިރު. އޭނާވެސް ނަޝީދު ވެރިކަމުން އިސްތިއުފާ ދިންއިރު ބަދަލު ނުކުރާ މިނިސްޓްރީއެއް ނެތް
އަސް
01 August 2016
އެމްޑީޕީ ވެރިކަމުގައި އަސްލަމް ޝާކިުރ އެއްވެސް މިނިސްޓްރީއެއްގެ މިނިސްޓަރުކަމެއް ނުކުރޭ. އަސްލަމް ޝާކިރުހުރީ ސްޓޭޓް މިނިސްޓަރ ލެވެލްގައި
މޫސަ
02 August 2016
އަހުމަދު ކަހަލަ ގަމާރުންް މިގައުމުގައި އުޅޭތީ މިހުރިހާވެސް މައްސަލައަކީ
ދޮގެއްތަ؟
02 August 2016
އަސްލަމް ޝާކިރަކު މިނިސްޓަރުކަމެއް ކުރި ވާހަކަ މީހަކު ބުނެފިތަ؟ ލިޔެފަ ހުންނަ އެއްޗިހި ފަހުމް ނުވަންޏާ މަޑުމަޑުން ހުންނާނީ
މަޑޭ
01 August 2016
މަރުހަބާ ... ގައުމާއިގެން ކުރިޔަށް ވަޑައިގަންނަވާ މޭކަރާ ބަޔަކު އުޅޭނެ