ޚަބަރު / އިދިކޮޅު ފަރާތްތައް

ބަންޑާރަ ނައިބުގެ އަމުރުގެ ފަހުން ވެސް ހަމަހަމަ ފުރުސަތެއް ނުލިބޭ: އިދިކޮޅު ކޯލިޝަން

ބަންޑާރަ ނައިބު މުހައްމަދު އަނިލް މިދިޔަ ހަފްތާގައި ބޭއްވި ހަފްލާއެއްގެ ތެރެއިން: އަނިލް އަންގަވާފައި ވަނީ ކެންޑިޑޭޓުންގެ ނަންތައް އިއުލާން ކުރުމުގެ ކުރިން ވެސް ރައްކާތެރި ކަމާއި ހަމަހަމ ފުރުސަތު ދިނުމަށް -- ހުސެއިން ވަހީދު / މިހާރު ފޮޓޯ

ރިޔާސީ އިންތިޚާބު ގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރެވެންދެން ވެސް، އެ ބޭފުޅުންނަށް ހަމަހަމަ ފުރުސަތާއި ސަލާމަތީ ކަންކަން ފޯރުކޮށްދޭން ކަމާ ގުޅޭ ދައުލަތުގެ މުއައްސަސާތަކަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް އަންގަވާފައިވީ ނަމަވެސް އެ ކަންތައްތައް މިހާތަނަށް ކޮށްދީފައި ނުވާ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ދުވަހު ބުނެފި އެވެ.

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ގައި ވާދަކުރައްވާ ކެންޑިޑޭޓުން އަދި އެ ބޭފުޅުންގެ ރަނިންމޭޓުންނަށް ރައްކާތެރިކަމާއި ހިމާޔަތް ފޯރު ކޮށްދިނުމަށާއި ސަރުކާރުގެ ބިންތަކާއި މަގުތައް ހަމަހަމަކޮށް އަދި މީޑީއާ ގައި ވެސް ހަމަހަމަ ފުރުސަތު ދިނުމަށް މިދިޔަ މަހުގެ 11 ގައި ބަންޑާރަ ނައިބު ވަނީ އަމުރުކޮށްފަ އެވެ.

ނަމަވެސް، އިދިކޮޅުު ކޯލިޝަންގެ ފަރާތުން ވާހަކަ ދެއްކެވި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ، ހަމަހަމަ ކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ދައުލަތުން ފަހިކޮށް ނުދޭ ކަމަށެވެ.

"މިރޭ ވެސް އަޅުގަނޑުމެން އިވެންޓެއް ބާއްވަން ދަރުބާރުގެ ދިނުމަށް ކަމާބެހޭ އިދާރާތަކަށް ރަސްމީކޮށް ވާނީ އެދިފައި. އެކަމަކު އެ ފުރުސަތެއް ވެސް ނުލިބޭ،" ނިޔާޒު ވިދާޅުވި އެވެ.

އެޓާނީ ޖެނެރަލްގެ އަނިލްގެ އަމުރާ އެއްގޮތަށް ދައުލަތުގެ މުއައްސަސާތަކުން އަމަލު ނުކުރާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނާ މައްސަލާގައި، އެޓާނީ ޖެނެރަލްގެ އޮފީހުގެ ބަހެއް ވަނީ ލިބޭ ގޮތް ވަނީ ނުވެފަ އެވެ. އެ އޮފީހުގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެއްވާ އޮފިޝަލަށް "މިހާރު" ން ގުޅުމުން ފޯނެއް ނުނަންގަވާތީ އޭޭނާގެ ބަހެއް ނުލިބުނެވެ.

އިދިކޮޅު ކެންޑިޑޭޓް ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ސެކިއުރިޓީ ނުދޭ ކަމަށް ބުނާއިރު، ފުލުހުން ބުނެފައި ވަނީ ހިމާޔަތާއި ރައްކާތެރިކަން ދޭނީ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމުން މި މަހުގެ 18 ގައި ކަމަށެވެ.

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ވެސް ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުންގެ ނަންތައް އިއުލާން ކުރުމުން އެ ބޭފުޅުންނަށް ހަމަހަމަ ފުރުސަތު ލިބޭނެ ކަމަށެވެ.

ރިޔާސީ އިންތިޚާބާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައި ވަނީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރާ ދުވަހުން ފެށިގެން އެ މީހުންނަށް ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި 12 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުލަތުގެ މީޑިއާ އިން ކެންޑިޑޭޓުންނަށް ހިލޭ އެއާޓައިމް ދޭން ޖެހޭނެ ކަމަށެވެ.

ގާނޫނުގައި އެހެން ބުނެފައި އޮތް ނަމަވެސް ބަންޑާރަ ނައިބު އަނިލް ސޮއިކުރައްވައި ހޯމް މިނިސްޓްރީ، ހައުސިން މިނިސްޓްރީ، ޕީއެސްއެމް އަދި ފުލުހުންނަށް މިދިޔަ މަހު ފޮނުވި ސިޓީތަކުގައި ބުނެފައި ވަނީ "އިންތިޚާބާ ގުޅޭ ގާނޫނުތަކުގައިވާ ގޮތުގެމަތިން ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓުން ރަސްމީކޮށް އިޢުލާން ކުރެއްވެންދެން ވެސް" ރައްކާތެރިކަމާއި ހަމަހަމަ ފުރުސަތު ދިނުމަށެވެ.

1 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަން މާހިރު ޝާހު

02 August 2018

އިދިކޮޅު މީހުންނަށް ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ. ބަނީ އިސްރާއީލް ބާގައިގެ މީހުން ފިރުޢައުނުގެ އަޅުވެތި ކަމުން ސަލާމަތްކޮށްގެން މޫސާ އަލައިހިއްސަލާމް އެމީހުންނާއެކު ސައިނާގެ ސަރަހައްދަށް ވަޑައިގެން އެމީހުންނަށްޓަކައި ދުޢާ ކުރެއްވުމުން އުޑުން މަންނާ އާއި ސަލްވާ ބާވައިލެއްވިއެވެ. ދުވަސް ކޮޅަކު ކައި އުޅުމަށްފަހު ބަނޫ އިސްރާއީލުންނަށް އުޑުން ބާވައިލައްވަމުންދާ ކާނާ ކަމުނުދިޔައެވެ. މިއީ ހަމަ އެމް.ޑީ.ޕީގެ ބްރާންޗް އެކެވެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454