28 ޖުލައި 2018 - 19:17
ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ަނެތި މިގައުމުގައި ވެރިކަމެއް ކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) މިއަދު ވަނީ ވެރިކަން ލިބިވަޑައިގެންފި ނަމަ މުޅި ރާއްޖެއަށް ހަމަހަމަކަމާއެކު ތަރައްގީ ގެނެސްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
Tharaggee gennaanee mulhi raajje ah hamahama koh: Ibu
The most trusted news source in the Maldives
Mihaaru
ރާއްޖެއަށް ހަމަހަމަކޮށް ތަރައްގީ ގެންނާނެ ކަމަށް އިބޫ ވިދާޅުވުން--
އެހަބަރު މީޑިއާތަކުން ގެނެސްދިންތާ މާގިނައިރުތަކެއް ނުވެ މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ވެރިކަމުގެ ނިޒާމުގައި ހަމަހަމަކަން" އެއީ ރައީސް ޔާމީންގެ ޓްރޭޑް މާކެއް ކަމަށެވެ.
މިސަރުކާރުން ތަރައްގީ ކުރަނީ މާލެ ސަރަހައްދު އެކަނި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނައިރު ކެމްޕެއިން ދަތުރުފުޅެއްގައި މިއަދު ބ. އަތޮޅަށް ވަޑައިގެން އިބޫ ވަނީ އެއަތޮޅު ސަރުކާރުން ބާކީކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާގެ ވެރިކަމެއްގައި މުޅި ރާއްޖެއަށް ހަމަހަމަ އުސޫލަކުން ވެރިކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
Raees Yameen ahvure bodah mi qaumuge rayyithunnah hamahamakamaa eku thafaathu kurumehnethi tharaqqee genuvaidhin Raees eh miqamuakah naadhey. "Verikamkuge nizaamugai Hamahamakan" mee Raees Yameen ge trademark eh!
— Dr.Mohamed Muizzu (@MMuizzu) July 28, 2018
މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓް--
"މިއަދު ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއަކީ ވެސް މުޅި ރާއްޖެ ޖަޒީރާވަންތަ ގައުމެއްގެ ގޮތަށް ތަރައްގީ ކުރުމަށް އެކުލަވާލާފައި އޮތް ތަސައްވަރެއްގެ މައްޗަށް އެކުލަވާލާފައިވާ މެނިފެސްޓޯއެއް،" އިބޫ ވިދާޅުވި އެވެ.
މިސަރުކާރުން ހިންގާ އެންމެ ބޮޑެތި ޕްރޮޖެކްޓްތައް މާލޭގައި ހިންގާއިރު ރައީސް ޔާމީން ވަނީ ދިވެހި ރައްޔިތުން މާލެ އައުމަށް ގޮވާލައްވައިފަ އެވެ. ހުޅުމާލެ އާއި ވިލިމާލެ ތަރައްގީކޮށް ދިވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެެ.
މާލެއަށް ދިވެހި ރައްޔިތުން އައުމަށް ރައީސް ގޮވާލެއްވިއިރު ރާއްޖޭގެ އެކި ހިސާބުތަކުގައި އެއާޕޯޓް އެޅުންފަދަ މަޝްރޫތައް ކުރިއަށް ގެންދާތީ ސިޔާސަތު ދެކޮޅު ނުޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތޮލާލް
05 August 2018
ބޭފުޅާ ރައްދުދެއްވަދެވާހުރޭ! ދެންއަރާނީ ބޮލައްތެޔޮ....
ރާއްޖެތެރޭ ނިކަމެތިމީހާ
30 July 2018
މުއިޒު އެވެ. މަޤާމާ ލައްޒަތާއި މުދަލާއި ޖާހަތަކީ ﷲ މީހުން އިމްތިހާން ކުރައްވަން ދެއްވާ ތަކެތިކަން ހަނދާން ނެތުނީތަ؟ ނާއިންސާފުން ތިބި ކިތައްމީހުން ޖަލުގަތޯ؟ ނާޒިމް، ފާރިޝް ކޮންކަމާތޯ އަދިއަދަށްވެސް ހެއްކެއް ނެތި... މީތޯ ތި ވިދާޅުވާ ހަމަހަމަ ކަމަކީ...
ހަމަހަމަ
29 July 2018
މަޖލްިސްގެ 12 އެމްޕީ އިންނަށް ތިޔަ ހަދާ ގޮތުން ވެސް ހަމަހަމަކަން އެބަ ފެނޭ.. ޔާﷲ މި މުއިއްޒު އަށް އޭނަގެ އިލްމީ ތަޖުރިބާ އިން ވިސްނުމުގެ މިނިވަންކަން މިންވަރުކުރައްވާށި...އާމީން
އައިޖޭ
29 July 2018
އާދެ އައްޑޫ ގެ ކައުންސިލް އާއި މަޖްލިސް ނުލިބުމުން، އައްޑޫ ޕްރޮޖެކްޓް ނުހިންގާ.... ކައުންސިލް އިލެކްޝަން ކުރިން މުއިއްޒު ބުނީވެސް ލަންކާސިއރާ އާއި މަގުތައް ހދަން ހަވާޅު ކުރިވހަކަ، އެކމަު އެންމެ ތާރު ފަށަލަ އެއްވެސް ނޭޅުނު... މުއިއްޒުގެ ދޮގުތަކަކށް މިއަދު ދިވެހިން ނުހެއްލޭނެ.. އިންޝާﷲ
ދީބު
29 July 2018
މުއިއްޒު ބުނީމާ ހަމަހަމަ ވައްޏާ އެއީ ހަމަ. ޢެކަމަކު ތިޔަ ބުނާ ހަމަހަމަކަން މުއިއްޒަށް ބާއްވާ! ޢަހަރެމެން ތިޔަ ޒާތުގެ ހަމަހަމަކަމެއް ބޭނުމެއްނޫން.
އަފްރާހް
29 July 2018
މިނިސްޓަރު މުއީޒު ލޮލުގެ ޑޮކްޓަރަކަށް ދައްކަންވީނޫންތޯ؟ ތީ ބޮޑުވަރު ދަހިވެތިވިޔަސް. މަރުވެސްނުވާނެއޭބުނަންވީނުން ޔާމިންއަށް ތާއިދު ކޮށްފިޔާ. ވަރަށް ދެދުން.
ހަސަންބެ
29 July 2018
ގެނޭ ތެޔޮވަޅު, ގެނޭ ތެޔޮ
ޢަހާނަމަ
29 July 2018
ވަރަށް ރަނގަޅު ވާހަކައެއް... ތަރައްގީގެ ކޮންމެ ރުފިޔާއަކަށް 1 ރުފިޔާ ޖީބަށް.... ސާބަސް... ވ ހަމަހަމަހަމަހަމަ
ޓިނު
29 July 2018
ތިވަރު ދޮގެއް ހުވަހަކުވެސް މީހަކު ނަހަދާނެ؟
ދޮންމަނިކު
29 July 2018
ހަމަ ހަމަ ވެރިކަމެކޭ؟؟ - ޕާޓީ ބަދަލު ކުރުމުން ވަކިކޮޅަކަށް ދިޔުމުން މެމްބަރު ކަމުން ވަކިކޮށްފަ އަނެއްކޮޅައް ދިޔުމުން މެމްބަރު މެމްބަރުކަމުން ވަކިނުވެ، ހަމަހަމަ ވެރިކަމެކޯލަ - ފްލެޓް ދިނުމުގައި ލިސްޓްތަށް ސިއްރު ކޮށް އަރިސްމީހުނަށްް ފްްލެޓް ދިނުމީ ހަމަހަމަ ކޮށް ކުރާ ކަމެކޯލަ - ފައިސާ ގޯނި ހިފައިގެން ގޭގެޔަށް ދިޔަކަމަށް އިއުތިރާފް ވުމުންވެސް އެމީހަކު ހައްްޔަރު ނުކުރެވި އެހެން މީހުން ހައްޔަރު ކުރެވޭތޯ ބެލުމަކީ ހަމަހަމަ ކޮށް ކުރާ ކަމެކޯލަ - ތިމާ ނުރުހޭ މީހުން ދިގުމުއްދަތަށް ޖަލައްލައި ، ދިގުމުއްދަތަށް ޖަލައްލެވިފައި ތިބޭ ކުއްވެރިން ދޫކުރުމީ ހަމަހަމަކޮށް ކުރާ ކަމެކޯލަ - ކޯޓުން ކުރާ ކޮންމެ އަމުރަކަށް ކިޔަމަންވާންޖެހޭނެ ކަމަށް ބުނެ އަޑުގަދަކުރަނިކޮށް، ތިމާ ކިޔަމަންވާންޖެހޭ އަމުރެއް އައުމުން، ފަނޑިޔާރުން ހައްޔަރުކޮށް ޖަލަށް ލުމަކީ ހަމަހަމަ ކޮށް ކުރާ ކަމެކޯލަ އަދިވެސް ހަމަހަމަ ކޮށް ކުރެވިފައިވާ ކަންތަށް ވަރަށްބައިވަރު...