28 ޖުލައި 2018 - 23:39
އިދިކޮޅު ޕާޓީތަކަށް ބޮޑު ތާއީދެއް އޮންނަ ގއ. އަތޮޅުގެ ގިނަ ރައްޔިތުން މިހާރު ތިބީ ރައީސް އަބްދުﷲ ޔާމީނާއެކު ކަމަށް އެ މަނިކުފާނުގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މި ރޭ ވިދާޅުވެއްޖެ އެވެ.
ގއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި އެއް ހަފުތާގެ ދަތުރަށް ފަހު މާލެ ވަޑައިގެން، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން "މިހާރު" އިން ކުރި ސުވާލެއްގެ ޖަވާބުގައި ޝަހީމް ވިދާޅުވީ ގއ. އަތޮޅުގެ ހުރިހާ ރަށަކުން ވެސް ބޮޑު ތަރުހީބެއް ލިބިވަޑައިގެންނެވި ކަމަށެވެ. އެ ދަތުރުގެ ސަބަބުން ހިތްވަރު ގަދަވެ އަޒުމް އާވެއްޖެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
"އަޅުގަނޑަށް ވަރަށް ޔަގީން ކުރެވޭ ގއ. އަތޮޅުގެ ބޮޑު އަގުލަބިއްޔަތެއް ރައީސް ޔާމީން ހޯއްދަވާނެ ކަމުގެ. މަންޒަރުތަކާއި އަޑުތައް ވަނީ މިހާރު ބަދަލުވެފައި. މާޒީގެ ވާހަކަ ދެއްކުމެއް ނެތް. ކުރިއަށް އަޅުގަނޑުމެން ފިޔަވަޅު އަޅަންވީ." އިދިކޮޅު ކޯލިޝަން ޕާޓީތަކުން ކައުންސިލް އިންތިހާބުގެ ގިނަ ގޮނޑިތަކެއް ކާމިޔާބުކުރި ރަށްތަކާ ގުޅޭ ގޮތުން ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ގއ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އަންހެން ދެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް އިށީނދެވަޑައިގެން-- ފޮޓޯ: ޝަހީމް މީޑިއާ
އިދިކޮޅު ފަރާތްތަކެއް ނެތް ކަމަށާއި ހުރިހާ ފިކުރެއްގެ މީހުންނާ ބައްދަލު ކުރެއްވި ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި ގއ. އަތޮޅުން އޭނާއާ ދެކޮޅުވެރި އެއްވެސް ކަމެއް ނުހިނގާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާ ހިޔާލު ތަފާތު ބޭފުޅުންގެ ޖަގަހަތަކަށް ގޭތަކަށް އަޅުގަނޑު ޒިޔާރަތް ކުރިން. އިދިކޮޅު ފަރާތްތަކެއް މިހާރަކު ނެތް. މިހާރު މި ކުރަނީ ގައުމީ މަސައްކަތެއް. މި މަސައްކަތުގައި ހުރިހާ ރައްޔިތުން ބައިވެރިވާންވީ. ތަފާތު ފިކުރުތައް އެއްގަލަކަށް އަރަންވީ،" އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމުގައި ވެސް ހުންނެވި ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ގައުމު ބިނާ ކުރަންވީ ވަގުތު ކަމަށާއި މިއީ ވެރިކަމާ ތޮޅެންޖެހޭ ވަގުތެއް ނޫން ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޝަހީމާއި އޭނާގެ ޓީމް އަންނަ ބުދަ ދުވަހު އުތުރުގެ އަތޮޅުތަކަށް ފުރާވަޑައިގަތުމަށް ވަނީ ނިންމާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތާއީދު
29 July 2018
ތުރާކުނުން ފެށީގެން އައްޑޫ އިން އިވެނި ކޮރަޕްޝަނަށް ނޫނެކޭ ބުނާ އަޑު....ދެން އޯކޭތޯ ޑރޝަހީމު... މަގާމަށްޓަކާއި މީހަކު ވިކުނަސް އެނމެނަކު ނުވިކޭނެ، އެނމެން ގޮވަނީ ކޮރަޕްޝަނަށް ނޫނެކޭ. އިންޝާﷲ
އާދަނުބެ
29 July 2018
އަތޮލޅުތެރޭ ރައްޔިތުންގެ ހިތް ބަދަލެއްނުވޭ. ބޭރުފުށުން ފެންގޮތާއި ހިތުގައި އޮތގޮތާއި ތަފާތުވާނޫންތޯ. ވޯޓުންބަލަމާ. މަކަރުނުހަދފިއްޔާ ގުޅިފައިވާ އިއްތިހާދު ކާމިޔާ ބު ކުރާނެކަމަށް ހަމަ ލަފާކުރެވޭ. މީ ހަމަ ލަފަޔެއް. އައިބުގައިވަކަމެއް ކިހިނެތް އިނގޭނީ އަހުރެންނަށް.
ބޭރަށް
29 July 2018
އެއްވެސް ތައީދެއްނެތް 15% ލިބިގެން 23 ސެޕްޓެމްބަރގަލާ ވޯޓާްިއިއެކު މި ސަރުކާރު ނިމޭނެ
ދަތްނެތްކުއްޖާ
29 July 2018
މަނިކުފާނު ތަޢުލީމު ހާސިލް ކުރެއްވި ކަމަށް ބައެއް މީހުން ބުނާތީ މަމެން އަޑު އަހަމު. އެހެން ކަމަށް ވަނީނަމަ ކޮންމެވެސް ވަރެއްގެ ޓެސްޓް ޕޭޕަރެއްވެސް މަނިކުފާނު ހައްދަވާނެ ކަން ޔަޤީން. އެ ޕޭޕަރު ކޮންމެވެސް ބަޔަކު މާރކް ކުރާނެ ކަން ޔަޤީން. މި ފަހަރު ރައްޔިތުން މިތިބީ ތިޔަ ޓެސްޓް ޕޭޕަރ ހަދަން ކެތްމަދުވެފާ. ސަބަބަކީ ރައްޔިތުން ބޭނުން ވަނީ ތަމެންގެ ޓެސްޓް ޕޭޕަރުގައި ބޮޑު އަކުރުން ނުބައި ފާހަގަ ޖަހާ ތަމެން އެ ޓެސްޓް އިން ފެއިލް ކޮއް ބާކީ ކޮއް ގެއަށް އަނބުރާ ފޮނުވާލަން. އެކަން މި ފަހަރު ރައްޔިތުން ކުރާނެ ކަމާއި މެދަކު މަމެން އެއްވެސް ޝައްކެތް ނުކުރަން.
ބީކޭކޭ
29 July 2018
އޮޅިއްޖެ! ތިއުޅުއްވަނީ ވޯޓުހޯއްދަވަންތޯ؟ ނުވަތަ ތާއިދު އޮތްތޯ ނެއްތޯ ބައްލަވަންތޯ! މޮޔަފުޅުވެފަ!!!
ރުމާލު10
29 July 2018
ނުވާނެ ބަދަލެއް. ހަމަ ދާނީ ޗޮކުން
ކުމުންދޫ އަލީ
29 July 2018
15% ތާއީދު އޮތީ
އެކްސް
29 July 2018
"އޭނާ ވިދާޅުވީ މިއީ ގައުމު ބިނާ ކުރަންވީ ވަގުތު ކަމަށާއި މިއީ ވެރިކަމާ ތޮޅެންޖެހޭ ވަގުތެއް ނޫން ކަމަށެވެ." ވެރިކަމާ ނުތޮޅި އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރުގެ މަގާމުގައި ހުންނެވުން މާރަނގަޅު.
ޢަހުމަދު ރަޝީދު
29 July 2018
ޔާމީނު އުފާކުރުވަން ޝަހީމެއްކަމަކު ބޮޑެތިދޮގުތައް ނުހެދުން ވަރަށް ރަގަޅު.
މަރޭމިތުރާ
29 July 2018
ދެކުނަށް ހީނުވޭ ޔާމީނުގެ ތާއީދެއް އަދު ލިބޭނެކަމަކަށް! މެކުނަށް ފުމުނަކަސް ގާހަކައަކަށް ފުމެވޭނެކަމަކަށް!