ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެމްޕީއެލް އިން އަޅަން ނިންމާފައިވާ 14 ބުރީގެ ތިން ޓަވަރުގެ ކުރެހުމެއް.ފޮޓޯ: އެމްޕީއެލް
31 ޖުލައި 2018 - 13:23
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހަދާ 534 ފްލެޓުގެ ތެރެއިން އެ ކުންފުނީގެ މުވައްޒަފުންނަށް 432 ފްލެޓު ދިނުމަށް އެ ކުންފުނިން ނިންމައިފި އެވެ.
އެމްޕީއެލް އިން ހުޅުމާލޭގައި ހަދަން ނިންމާފައި ވަނީ 14 ބުރީގެ ތިން ޓަވަރެވެ. އެ ތިން ޓަވަރުގައި ދެ ކޮޓަރި އާއި މެއިޑް ރޫމެއް ހިމެނޭ 330 އެޕާޓްމަންޓާއި އެއް ކޮޓަރީގެ 204 އެޕާޓްމަންޓް ހެދުމަށް ވަނީ ނިންމައިފަ އެވެ. އެ މަޝްރޫއަށް 560 މިލިއަން ރުފިޔާ އެމްޕީއެލުން ހަރަދު ކުރެ އެވެ.
"ޕޯޓް ހިޔާ ހައުސިން ސްކީމް" އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ ޓަވަރުތައް ހެދުމުން 3000 އަށް ވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މުވައްޒަފުންނަށް 432 ފްލެޓު ހާއްސަ ކުރާ އިރު، ބާކީ ހުރި 102 ފްލެޓު ދޫކުރާނީ އާންމުންނަށެވެ.
އެމްޕީއެލުން ޓަވަރުތައް ހެދުމަށް ހަވާލުކޮށްފައި ވަނީ ސިންގަޕޫރުގެ ޑަބްލިއު އެންޑް އޭ އޯވަސީސްއާ އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ފަށައިފަ އެވެ.
އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ ފްލެޓުތައް ބޭނުންވެފައި ތިބި ގިނަ އަދަދެއްގެ މުވައްޒަފުން އެމްޕީއެލްގައި އެބަތިބި ކަމަށެވެ. އަދި މުވައްޒަފުންނަށް އެންމެ ފަސޭހަ ގޮތަކަށް ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ހާއްސަ ކޮމެޓީއެއް އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޓަވަރުތަކުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށެވެ.
އޭނާ ވިދާޅުވީ ފްލެޓުތަކަށް އެމްޕީއެލްގެ ދާއިމީ މުވައްޒަފުންނަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި މާދަމާ އިން ފެށިގެން އަންނަ މަހުގެ ނިޔަލަށް ފްލެޓުތަކަށް ކުރިމަތިލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މަޝްރޫއުގެ ދަށުން އެ ކުންފުނިން ހަދަން ނިންމާފައިވާ 14 ބުރީގެ ތިން ޓަވަރުގެ މަސައްކަތް ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.
ހުޅުމާލޭގައި ލައްކައެއްހާ މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން 25 ބުރީގެ 62 ޓަވަރު އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އޭގެ ތެރެއިން ބައެއް ޓަވަރުތައް ހަދަން ސަރުކާރުގެ ބައެއް ކުންފުނިތަކާ ހަވާލުކުރުމުން، އެ ކުންފުނިތަކުން އަންނަނީ އެކަން ކުރާނެ ބަޔަކު ހޯދަން އިއުލާން ކުރަމުންނެވެ. އަދި ބައެއް ކުންފުނިތަކުން ކޮންޓްރެކްޓަރުންނާ އެކަން ހަވާލުކޮށް، މަސައްކަތް ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހިމް ފަޔާޒް
01 August 2018
ޕްރެޝަރ އެއް ނެތް!!! އެކަމަކު ކޮބާހޭ ދިރާގުން އަޅާދޭން ޖެހޭ 7 ޓަވަރު!!! ކީއްވެތަ އެކަމައް ކަމެއް ނުވެގެން ތިއުޅެނީ؟
ބުޅޯ
31 July 2018
މިސަރުކާރުން އަޅާފަ ހުރި ފްލެޓެއް ހުރިތަނެއް އަޅެ ބުނެދީބަލަ! ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވެހި ކަމުގެ މައްސަލަ.
ޝަފީޤު
31 July 2018
އެންމެފަހުން އެޅި ޕޯރޓް ބިލްޑިންގގަ މިހާރުވެސް އެ ހިންގަނީ އިލެކްޝަންސް ކޮމިޝަން މިފަހަރު މުވައްޒަފުންނަށް ތި ޢިމާރާތަށް ވަދެވިދާނެބާ؟
ސަލި
31 July 2018
ފުލެޓު ދިނުމުގަ ހާޒިރިއައް ބަލާތަ. މަ ވަރައް ގިނައިންސަލާ ބުނަން ނާނަ ދުވަސް ތައް އޮނާނެ އެކަމު މަވެސް ބޭނުން. އެކަމު މިއުޅެނީ ހަމަ ރިލީސްގަ
އަހުމަދުބޭ
31 July 2018
މިއީ މިއަދު ދިވެހި ރައްޔިތުންގެ އެންމެ ބޮޑު އެއްއުއްމީދެވެ، ސަރުކާރުން ސަރުކާރުކުންފުނިތަކާ ހަވާލްކޮއްގެން މިގެންދާ ގެންދިއުމަށް އަޅުގަނޑު ވަރަށް ތާއިދުކުރަމެވެ، އެއީ މިހައި ބައިވަރު ފުލެޓްތަކެއް ހަމައެކަނި ހައިސިން މިނިސްޓްރީން ކުރިއަށް ނުގެންދެވޭނެތީއެވެ، އެގޮތުން މިހެން އެކި ކުންފުނިތަކަށް ބަހައިލުމުން އެކުންފުނި ތަކުގެ މެންޑޭޓްތެރޭގައި މިފުލެޓްތަށް ނިންމުން ވާނީ ހަމަޖެހިފައެވެ. މީގައޮތް ބިރަކީ މިފުލެޓް ތަކާ އެކީ ކުންފުނިތަށް ބަގުރޫޓް ވުމުގެ ބިރެވެ، މިފުލެޓްތަކުގެ މަސައްކަތް ހުޅުމާލޭގެ ފޭސްދޭއްގައި ވަރަށް ބާރަށް އެބަކުރިއަށް ދެއެވެ. ސީ ސީ ބުނިހެން މުވައްޒަފުން އަތުން ލާރިނަގައި ފުލެޓްތަށް އެތަށް އަހަރެއް ވަންދެން ނުދެވި ހުރުން އެއީ މުވައްޒަފުންނަށް ލިބޭނެ ވަރަށް ބޮޑުގެއްލުމެކެވެ.
އަލިހުތާ
31 July 2018
ފްލެޓް އަކީ ދަރަންޏެވެ. ގޮވައްޗަކީ ރިޒްޤެވެ. ވިސްނާށެވެ. ރަށް ފަޅުކޮށްފަ މާލެ އަންނަން އަހަރުމެން "ރާއްޖެތެރޭ" މީހުންނަށް މަޖުބޫރު ކުރުވަނީއެވެ. އެ ރަށްތައް ވިއްކާލަނީ ކޮންމެވެސް މުއްސަނދި މީހަކަށް.. އެ ރަށްތަކުގެ އަސްލު ޙައްޤުވެރިންނަށް ވާ އެއްވެސް ފައިދާއެއް ނޯވޭ.. ވިސްނާށެވެ.
ސީސީސިސީ
31 July 2018
ތިހެންކިޔާފަ ސިފައިން މީހުންގެ އަތުންނެގި ފައިސާކޮޅު ނުލިބިގެން އެމީހުން އެއުޅެނީ؟
މަރޭމިތުރާ
31 July 2018
ނުދޭން ނުބުނާ ވަކިއެއްޗެއް މިހާރަކު އެބަ ފެނޭތޯއޭ! މިދޭހައް އަރާއެހަނދާ ވިދާތަރިވެސް އަމޭ އިނގޭތޯއޭ!
ާތަކުރާ
31 July 2018
ޙަލީމްގެ ކޮރަޕްޝަނުގެ ކަންތައް ބެލޭނެ ދުވަހެއްވެސް އަދި އަންނާނެ.