ގަނޑުކުރި ތަރުކާރީތަކެއް. މިތަކެތި އެތެރެކޮށް ވިއްކުން ވަނީ މަނާކުރެވިފަ-- ފޮޓޯ: ޓުޑޭ ނިއުސް
07 އޯގަސްޓް 2018 - 16:16
ޔޫރަޕުން އެތެރެކުރި ގަނޑުކޮށްފައިވާ ތަރުކާރީގެ ބާވަތްތަކެއްގައި ސިއްހަތަށް ގެއްލުން ހުރި ޖަރާސީމެއް ހުރުމުން، މިދިޔަ މަހު އެތަކެތި ބާޒާރުން ނެގި ނަމަވެސް އަދިވެސް އެ ބާވަތުގެ ތަރުކާރީ ރާއްޖެ އެތެރެކުރަމުން ދާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ.
އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ޔޫރަޕްގެ ބައެއް ގައުމުތަކުން އެތެރެ ކުރާ އެ ބާވަތުގެ ގަނޑުކޮށްފައިވާ ތަރުކާރީތަކުގެ ހީރާސްއަށް ބަލައި އިތުރު ފިޔަވަޅު އަޅާނެ ކަމަށެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމްއެފްޑީއޭ އިން މިހާރު ވަނީ ބައެއް ކަންކަން ހަމަޖައްސައިފަ އެވެ. އެގޮތުން ގަނޑުކުރި ތަރުކާރީގެ ބާވަތްތައް ޔޫރަޕުން ރާއްޖެ އެތެރެކުރެވޭނީ އެ ގައުމެއްގެ ކަމާ ބެހޭ އިދާރާއެއްގެ ސެޓްފިކެޓް ހުށަހެޅުމުންނެވެ. އެ ސެޓްފިކެޓް ހުށަނާޅާ ނަމަ އެ ތަރުކާރީގެ ރައްކާތެރިކަން ކަށަވަރުކުރަން ލެބޯރަޓަރީއެއްގެ ތަހުލީލުގެ ނަތީޖާ ހުށަހެޅިދާނެ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުނެ އެވެ.
އެކަމަކު އެ ލޯޓަރީއެއް ވާން ޖެހޭނީ އެމްއެފްޑީއޭ ގަބޫލުކުރާ ތަނަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫޫ
08 August 2018
ހެޔޮނުވާނެ ކޮއިފުޅާ. ހީރާސް އެއް ނޫން. ހިރާސް.
އާދަނުބެ
08 August 2018
ޔޫރަޕުންވިޔަސް ކޮންމެ ތާކުން ވިޔަސް މިފަދަކަންތައްތައް ތަކުރާރުވަމުންދަނީ ހަމަ އެތައްޔާރކުރާ ތަނުގައި ހުރި މައްސަލތަކެއްގެ ސަބަބުން. ވީމާ މި ރިސްކް މެނޭޖްކުރުމަކީ އެމް.އެފް.ޑީ.އޭ. އަށް ގާނޫނީގޮތުން ލާޒިމްކުރާކަމަކަށް ވީ ހިންދު މިކަމުގައި ހަރުދަނާ އަވަސް ފިޔަވަލުތަކެއް އެޅުމަށް ގޮވާލަން. ރާޢްޖޭގައި އޮންނަ ކޮންސިައުމަރ ޕްރޮޓެކްޗަން އެކްޓް ގެ ބެލެނިވެރިޔާ އިކޮނޮމިކް މިނިސްޓްރީންވެސް މިކަމާގުޅޭގޮތުން ކުރަނީ ކޮންކަމެއްބާވައެވެ.؟
ޔާމިން
07 August 2018
ކިހާ ދެރަކަމެއް ތި އެތެރެކުރާ ބަޔަކު ރައްޔިތުންނަށް ހާމަކޮއްދީބަލަ ނަމާއެކު.