މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖް ގުޅާ ނިމިފައި: ބްރިޖް މަތީގައި ކައިވެނިކުރުމުގެ ފުރުސަތު ދޭ ގޮތަށް ވަނީ ހަމަޖައްސާފައި --ފޮޓޯ/މިހާރު
03 އޯގަސްޓް 2018 - 20:21
މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖް މަތީގައި ކައިވެނިކުރަން ބޭނުންވާ މީހުން އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބްރިޖް މަތީގައި އަލަތު ކައިވެނިކުރަން ބޭނުންވާ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
ފޯމް ދޫކޮށް އަދި ބަލައިގަންނާނީ ވެސް ހައުސިން މިނިސްޓްރީންނެވެ.
Raees Yameen ge vaudheh kamugaivaa Bridge matheegai alathu kaiveni kuran beynunvaa faraaithakah ekamah edhi hushahelhumuge furusathu 5 August gai hulhuvaaleveyne. @HousingGovMv ge counter in form dhookurun adhi balaigathun 13/08 ge niyalah kuriyah dhaane. pic.twitter.com/5bKTzP7kPB
— Dr.Mohamed Muizzu (@MMuizzu) August 3, 2018
ބްރިޖް މަތީގައި އަލަތުކައިވެނި ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ.
ޗައިނާ ސަރުކާރުގެ އެހީގައި އަޅާފައިވާ ބްރިޖްގެ މައިގަނޑު ހުރިހާ މަސައްކަތެއް ނިމި، މިހާރު ކުރިއަށް ދަނީ ތާރު އެޅުމާއި ލައިޓް ހަރުކުރުމުގެ ކަންކަމެވެ. އަދި މި މަހު ބްރިޖް ހުޅުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވެ އެވެ. އޭގެ ތެރެއިން ދެ ބައި ކުޅަ އެއް ބަޔަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އޭގެ އިތުރުން 70 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ޗައިނާ އިން ދެ އެވެ. ދިވެހި ސަރުކާރުން ހަރަދުކުރާ ގޮތަށް އޮތީ 12 މިލިއަން ޑޮލަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙަމަ
05 August 2018
ތިއަށްވުރެން މާރަގަޅެއްނުން ގެދޮރު ނެތް ކޮންމެ ރައްޔިތަކަށް އުޅެވޭނެގޮތެއް ހޯދަދިނިއްޔާ. ޢެންމެ ފުރަތަމަ ރައީސް މައުމޫނުގެ ވެރިކަމުގައި ހުޅުމާލެ ހިއްކުމުގެ ރަސްމިއްޔާތުގައިވެސް ވިދާޅިވި އެތަނުން ބޯހިޔާވަހިކަން މާލޭގައި ގެދޮރުނެތި އުޅޭ ހުރިހާ އެންމެނަށް ލިބޭނެވާހަކަ . ޢެކަމު އެތަނުންވެސް މިލިބެނީ ހުރިހާ މަހުޖަނުންނަށް. ނިކަމެތި މީހާ އަދިވެސް ހަމަ އެގޮތުގައި.. މިއީ ކޮންމެ ސަރުކާރެއްގެވެސް ހާލަތު.
ނާޒިމު
05 August 2018
މާލޭން ރައްޓެހިވެގެން ބުރިޖުމަތީ ކައިވެނިކޮށް ހުޅުލޭގައި ވަރިކޮށް ހުޅުމާލެއަށް ރުޖޫއަކުރަން ފޯމުދޫކުރަން
ނަވިޔަނި
05 August 2018
ބުރިޖުމަތީ ފާހާނާ ކުރެވޭނެ ވަސީލަތްތައް ހުންނާނެތޯ މިނިސްޓަރު ސާފުކޮއްލަދެއްވަފާނަންތޯ؟
ދިވެހި
04 August 2018
ދިވެހިންނަށް ޙައްޤު މިންވަރު ތިޔަ ދެވެނީ... ބުރިޖުމަތީގައި ކާވެނިކޮށްލެވުމުން އެހުރީ ފުދޭވަރަށްވުރެ ގިނައިން ދެވިފައި.. މިހިންގާ ތަރައްޤީ އާދައިގެ ދިވެހި ރައްޔިތަކަށް ވީ ފައިދާއެއް ލިބުނު ލުޔެއްނެތް. ބުރިޖު ތަރައްޤީގެ ތަސްވީރީ ފުލެޓްތައް. ރަސްފަންނު އަތޮޅުތެރެއިން ހިއްކާ ފަޅުތައް....އުފެދިގެންދާ ރިސޯޓްތައް...އަޅަމުންދާ އެއަރޕޯޓްތައް.... މިއިން ކޮންމެ ކަމަކީ ދިވެހިންނަށް ޚާއްޞަވެގެން ކުރެވޭ ކަންކަމެއްނޫން....މިއީ ތަރައްޤީގެ ނަމުގައި ހިންގާ ބޮޑު ޖަރީމާއެއްގެ ބޮޅުފަތި. މިބޮޅުތައް ގުޅާލެވޭއިރު، އެއަރޕޯޓުތައް ބޭނުން ކުރާނީ އަތޮޅުތެރެ ހިއްކައިގެން އެހަދާ ރިސޯޓްތައް އޮޕަރޭޓް ކުރުމަށް...މިހާރުވެސް ކިތައްދިވެހި ބަލިމީހުން ފްލައިޓުން ފުރުޞަތު ނުލިބިގެން ރަގަޅު ބޭސްފަރުވާއެއް ނުހޯދިފައި ތިބިތޯ ބަލާބަލަ..އެގޮތުގައި ކިތައް ދިވެހިން މިދުނިޔެ ދޫކޮށްފިތޯ ދިރާސާ ކޮއްލަބަލަ....ރަސްފަންނު ބޭނުންކުރާނީ ޕްރައިވެޓް ޕްރޮޕަޓީއެއްގެ ގޮތުގައި....އެތަންހެދީ ކުޑަބަޑޮހާއި ފޭދޫފިނޮޅު ދިވެހިންގެ އަތުން އަތުލާފައި
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
04 August 2018
ލަދު ހަޔާތް ކެޑިއްޖެނަމަ ކޮންމެފަދަ ކަމެއްވެސް އިންސާނާއަށް ހުތުރު ކަމަކަށްނުވާނެ. . . . . ތިވަރުން ދާކަމަށްވާނަމަ 25މ ޑޮލަރު ހަރަދުކޮށްގެން އެޅިކަމަށްބުނާ ކޮތަރު ކޮށީގެ އެނދު ތަކުގައި ރޭކުރުމުގެ ފޯމްވެސް އަދި ދޫކުރާނެ.
ނަސީދު
04 August 2018
ބްރިޖް މަތީ ވަރިކުރުމުގެ ފޯމްލިބޭނީ ކޮންތާކުންތަ
އަހްމަދު
04 August 2018
އަހަރެން ބޭނުންވޭ ބްރިޖްމަތީގަ މަސްބާނަް ނަނުއެއްލަން
ފީހި
04 August 2018
މަމިއުޅެނީ މަގޭ ޢައިލީ ޑޮކަޓަރ ނުފެނިގެން.
ސައިނީ
04 August 2018
ވަރީގެ ފޯމް ވެސް ލިބޭތަ
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
04 August 2018
އަހަރުމެން ގިނަ ފިވެހިންނަކީ އަދިވެސް މިފަދަ ބައެއްތޯ ! ތަހްޒީބު ދައުލަތް ތަކުގެ ވެރިކަންކުރާންތިބޭ އެއްވެސް ބަޔަކަށް ރައްޔިތުން މިފަދަ ދަށުދަރަޖަޔަށް ވައްޓާލާ ތިމާމެން ބޭނުން ކޮންމެ ގޮތެއް ރައްޔިތުންނަށް ހަދާލެވިދާނެ ކަމަށް ހީކޮށް ކަންކަން ކުރާކަށް ކުޅަދާނަ ނުވާނެ. . . . . އަހަރުމެން ދުވަހަކުވެސް “ރާމާ މަކުނުގެ ސިފަޔަށް ނުވަތަ ކަމެއްދިމާވާއިރަށް ހަށިގަނޑުން ބިޔަ ދުވެލި ބާރުގަދަ އޮސްޓްރިޗް ފަދައިން ހޮރަށް ބޯކޮށްޕާލާފަދަ ފިޑިބަޔަކަށް ނުވާނަން” އަދި އަހަރުމެންގެ ހަތަރެސްފައިގަ ވާޖަހައިގެން ވެރިންބޭނުންގަޮަތަށް ހަރަކާތްކުރާ “ދަނޑި މީހުންނަށް” ވެސް އަހަރުމެން ހަދާނުލެވޭނެ.
އަޅުގަނޑު ޢާއިޝާ
04 August 2018
އަޅުގަނޑަށް ބޭނުންވާނެ ފޯމަކާއެކު މީހަކުވެސް އިނގޭތޯ؟ އަޅުގަނޑު ހާދަ އުއްމީދެއް ކުރީމޭ އެޓްލީސްޓް ތިޔަ ބްރިޖް ހުޅުވާއިރު ކައިވެނި ކުރަން މީހަކު ލިބޭނެ ކަމަށް. ހާދަހާ ވާ ދެރައޭ ޙަޔާތަށް...