07 އޯގަސްޓް 2018 - 10:41
ދާދި ފަހުން ރައީސް އިއުލާންކުރެއްވި ވިލިމާލެ-2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ގުޅިފަޅާއި ފުށިދިއްގަރު ފަޅުން 1000 ހެކްޓަރުގެ ބިން ހިއްކައިގެން ކުރިއަށްގެންދާ މަޝްރޫއުން ފްލެޓާއި ގޯއްޗަށް އެދުމުގެ މުއްދަތު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ވަނީ ދީފަ އެވެ. އެކަމަށް އެދޭ ފޯމް އަންނަ ހަފުތާގެ ބުދަދުވަހުން ފެށިގެން އަންނަ ޖެނުއަރީ މަހާ ހަމައަށް ބަލައިގަންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ މަޝްރޫއު ކުރިއަށްގެންދަނީ ވިލިމާލޭގެ ހުޅަނގުން އޮނނަ ގުޅިފަޅާއި މާލޭގެ ދެކުނުން އިރުމަތީގައި، މާލެ އަތޮޅު ގުޅީ ކައިރީގައި އޮންނަ ބޮޑު ފަޅު ފުށިދިއްގަރު ފަޅު ހިއްކައިގެންނެވެ. މީގެ ތެރެއިން މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު އަދި ތިލަފުށި ބްރިޖުތަކުން ގުޅުވާލަން ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ވިލިމާލެ-2 މަޝްރޫއުން ފްލެޓަށް ކުރިމަތިލާން އޮތީ އެންމެ ދެ ޝަރުތެވެ. އެއީ، 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުމާއި އެ މީހެއްގެ އަމިއްލަ ނަމުގައި 1،000 އަކަފޫޓުގެ ބިމެއް ނެތުމުވެ.
- ވިލިމާލެ 2 ތަރައްގީކުރަނީ ގުޅީފަޅުން 230 ހެކްޓަރާއި ފުށިދިއްގަރު ފަޅުން 800 ހެކްޓަރު ބިން ހިއްކައިގެން
- މި މަޝްރޫއުގައި 300،000 މީހުންގެ އާބާދީ އަށް އަމާޒުކޮށް، ޖުމްލަ 80،000 ފްލެޓާއި ބިން ދޫކުރާނެ
- މި މަޝްރޫއާއެކު ބްރިޖުން މާލެ އާއި ވިލިމާލެ އާއި ވިލިމާލެ 2 އަދި ގުޅީފަޅާއި ތިލަފުށި ގުޅުވާލާނެ.
- ބިން ހިއްކައި ފްލެޓް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ.
އެ މަޝްރޫއާ ބެހޭ މައުލޫމާތު ހިއްސާކުރަން މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ލަސްތަކެއް ނުވެ "އެންމެންނަށް ހިޔާ ކަށަވަރު" މަޝްރޫއު ފެށިގެންދާނެ ކަމަށެވެ.
ވިލިމާލެ-2 އަކީ މި އަހަރުގެ މިނިވަން ދުވަސް، ޖުލައިި 26 ގައި ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އިއުލާނުކުރެއްވި މަޝްރޫއެކެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވިލިމާލެ 2 ތަރައްގީކުރަން ނިންމާފައިވަނީ 300،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޣޣ
30 September 2018
އެމްޑީޕީ ސަރުކާރުން ނުއުޅޭ ތި އެންމެންނަށް ފްލެޓް ދޭކަށް... ބޭކާރު ކަމެއްތީ. ދެން އޮތީ އެމްޑީޕީ ސަރުކާރު..... ދެން އޮތީ ޖަޒީރާ ރާއްޖެ. ފްލެޓް އަޅާނީ މާލެ ހުޅު މާލެ ނޫން އެހެން ރަށް ރަށުގަ. އުފަލުގަ އެމީހެއްގެ ރަށަށް އެ މީހަކު ބަދަލުވެ ޖަޒީރާ ރާއްޖޭ ގަ އުޅޭންވީ..ކޮން ހުޅުމާލޭ ފްލެއްޓެއް...ޖަޒީރާ ގޯތީގަ ރަށުގަ
މަރިޔާއަލީ
09 August 2018
ރައީސް ޔާމިން އަކީ ހުރިހާ ބޮޑެތި މައްސަލަތަކުގެ ހައްލު، ރައީސް ޔާމިން 2 ވަނަ ދައުރަކަށް ހޮވަންޖެހޭ، ދިވެހިންގެ މުސްތަގްބަލް ގުޅިފައިވަނީ ރައީސް ޔާމިންއަށް
ގުއިއްޒު
08 August 2018
މީ މީގެ 10 އަހަރުކުރިން ރޭވުފައި އޮތް ޕްލޭނެއް. މީ ޔަގުގެ ޕްލޭނެއް ނޫން.
މާމަ
07 August 2018
މަގޭ އިންނަން އުޅޭ ކުއްޖާއާ ދެމީހުން އިނދެގެން ވިހަން ވާކުއްޖާގެ އުފަނދުވަހުގެ ރަޖިސްޓްރީ ހަދަން ހުށަހަޅައިފިން ދެން އުފަނދުވަހުގެ ރަޖިސްޓްރީ ހެދޭނެ ދޯ
ޒަރީރު
07 August 2018
ގުޅިފަޅުގަ މިހާރު މީހުން އުޅެން ކަމުދިޔައީތަ؟ ހައް ހައް ގުބޯހެއްދިޔަސް ބޮނޑުވަރު އެތަނުން ފްލެޓްއަޅާ މީހުންނަށް ތަޅުދަޑި ދިންފަހުން އެތަނުން މީހުން ނެރުނީ މީހުން ދިރިއުޅެން އެކަށީގެންވާތަނެއްނޫނޭ ބުނެ ހުސްދޮގުހަދައިގެން ވޯޓްލިބޭތޯ ތިއުޅެނީ ކާށިދޫ ކަނޑު ހިއްކާނަމޭ ބުނީމަވެސް ދެން ގަބޫލުކުރަންވީތަ؟
ވޯލް
07 August 2018
މިއީ މީގެން 50 އަހަރު ފަހުންވެސް ކުރަން ހެޔޮ ނުވާވަރުގެ ކަމެއް. މިހާރު މާލެއާއި ހުޅުމާލެ ގުޅުނީ އެވަރުން ރަގަޅު އާބާދީއެއް ހިތް ހަމަޖެހިލައިގެން އުޅެވޭނެ. ވިލިގިލި ހަމަ ރަންގަޅީ ދޯނީގައި ގޮސް ފައިމަގުގައި ހިންގާފައި އުޅޭގޮތައް އޮތިއްޔާ. އެސްޓައުލްގެ އޮޕްޝަންވެސް ރައްޔިތުން ތެރޭއުޅޭ ބައެއް މީހުން ބޭނުންވާނެ. މިހާރު ދެން ބަލަންވީ އުތުރު ނޫނީ ދެކުނުން ބިންބޮޑު ރަށްތަކެއް މައި ލޮކޭޝަނެއްގެ ގޮތުގައި ތަރައްޤީ ކުރަން. ބިން ހިއްކަންވީމަ ވަރށް ފައިސާދޭ އަދި އެފައިސާ ދައުލަތުގައި ނެތް ދެން ބޮޑު އިންޓްރަސްޓުގައި ލޯނުނަގައިގެން އެކަން ކުރުމަށްވުރެ ފީޒިބަލްވާނެ ބިންނޮޑެތި ރަށްތައް އެއްފަސްކުރިއްޔާ. ކޮންމެ ކުޑަ ރަށެއްކާރި އެއަރޕޯޓް ނާޅާ ރިސޯސަސް އިސްރާފުނުކޮށް ކަންކަން ކުރިއްޔާ.
ރިޒާ
09 August 2018
އެއަރޕޯޓް އަޅަންވީބިމަށްބލަފާތޯ ނޫނީ ޑިސްޓެންޓަށް ބަލާފަތޯ،
އައްޑޫ ބެއްޔާ
07 August 2018
1030 ހެކްޓަރ ބިން ހިއްކުމަށް ލަފާކުރެވޭ ބަޖެޓަކީ 13 ބިލިއަން ރުފިޔާއެވެ. 13 ބިލިއަން ރުފިޔާ 3 ބަޔަށް ބައްސަވާށެވެ. 4.33 ބިލިއަން ރުފިޔާއަށް ސިޓީއެއް އޭގެ ފުރިހަމަ ގޮތުގައި ފަރުމާވާނެއެވެ. ރާއްޖޭގެ އުތުރުގެ އަދި ދެކުނުގެ ބިންބޮޑު އާބާދީ ބޮޑު ދެރަށެއް ވަރުދަގަ ސިޓީއަކަށްހަދާ، ރަނގަޅު ހަސްފަތާލާއެކު ޤާއިމު ކުރުމަށްފަހު ރާއްޖޭގެ ރަޖިސްޓާރޑް ކޮންމެ ކޮލެޖަކަށް އެދެސިޓީއިން ބޮޑުބިމެއް ދިގުމުއްދަތަކަށްދީ، 10 -15 އަހަރު ކުލި މަޢާފުކުރުމަށްފަހު ކޯސްހިންގަން އަންގާށެވެ. ވަރުގަދަ ސިއްޙީ އަދި ތަޢުލީމީ ޕްލެޓްފޯމެއް އުތުރާއި ދެކުނުގައި ޤާއިމު ވުމާއެކު މާލޭގެ ތޮއްޖެހުން ހައްލުވާނެއެވެ. އަދި އެދެސިޓީ އާއި އެއްގަމުން ގުޅާލެވޭ އިންޓަނޭޝަނަލް އެއާޕޯޓެއް ޤާއިމުކުރާށެވެ. މިބުނަނީ އިތުރު މާލެއެއް ހަދާވާހަކައެއް ނޫނެވެ. ރަނގަޅު ހޮސްޕިޓަލަކާއި އެކު 2 ސިޓީގެ މަގުތައް ރަނގަޅުފެންވަރަކަށް ހެދުމެވެ. އަދި ކޮލެޖްތައް މޮބިލައިޒް ކުރުމެވެ. ސުވާލަކީ ޔާމީނަށްވެސް އިބޫއަށްވެސް މާލޭ މީހުން ނުރުހޭ މި ޑިސިޝަން ނެގޭނެތޯއެވެ؟
ފޭކު އައިލޭންޑް ސަނީ
07 August 2018
ޜާއްޖެތެރޭގެ ރަށްތަށް ނިކަމެތި ކޮށްފަ ގައުމަށް ލިބޭ އާމްދަނީ އާއި ރައްޔިތުން ދަރަނި ވެރިކުރުވާފަ ބޮޑަތި ލޯނު ނަގައިގެން މާލޭ ސަރަހައްދު ކަނޑަށް ފައިސާ އަޅާކަށް މާލޭ މިހަކަށް ވޯޓެއް ނުދޭނަމެވެ. މީ އަހުރަމެން ރާއްޖެތެރޭ މިހުންގެވެސް ގައުމެވެ. އަދި ރާއްޖޭގެ ނޯންނަ ރަށަކަށް ދަފްތަރު ކިޔާ ތަނަކަށް ރާއްޖެ ތެރޭ މީހުންގެ ރަޖިސްޓްރީ ބަދަލު ކުރުމަށް ޖަހާ ސަކަރާއްވެސް ހުއްޓާލަން ޖެހެއެވެ. ރާއްޖޭގެ ހިކިފަށް މީހުން ދިރިއުޅޭ ރަށެއް ފިޔަވައި އެހެން ތަނަކަށް ރައްޔިތުން ރަޖިސްޓްރީ ކުރެވިގެން ނުވާނެއެވެ.
ވަސީމާ
07 August 2018
ވުޖޫދުގައި ނުވާ ތަންތަނަށް ފޯމު އަޅައިއަޅައި ބަލިވެއްޖެ. ދެނެއް ކިތަންމެ ކަޑަޖެއިޔަސް ތިކަމެއް ވާކަށް ނެތް. ސޮރީ!
ރަދީފުލް އައްވަލް
07 August 2018
އަދިވެސް ފުއްދި ވައުދަށްވުރެ ނުފުއްދާވައުދު ގިނައީ. އޭގެ މައްޗަށް އަނެއްކާ މި ބަންޑުންކޮށްލީ ފަރުބައެއްވަރު ވައުދެއް. މީވެސް ފުއްދިދާނެ ވައުދެއް. ނަމަވެސް އިތުރު 30 ވަރަކަށް އަހަރު ނަގާނެކަމަށް ބެލެވެނީ. ޗައިނާއިން ލޯނު ދިނަސް އެމީހުންވެސް އަމިއްލަ ހައްޓަށް ބަލައިގެން ލޯނުދޭނީ. ގައުމު ދަރާފައިވާ ނިސްބަތަށް ބަލާފައި އެހެން ގައުމަކުން ބޮޑު ލޯނެއްދޭނެހެނެއް ހިޔެއްނުވޭ.
ރިޒާ
09 August 2018
ބުރިޖް ކަޑަތަ؟