މުލަކުގައި ނަރުދަމާގެ ހިދުމަތް، ރައީސް ޔާމީން އިފްތިތާހު ކޮށްދެއްވާއިރު، އަރިހުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
12 އޯގަސްޓް 2018 - 19:18
ހދ. އަތޮޅަށް ޓޫރިޒަމް ފުޅާކޮށް އުފާވެރި ދިރިއުޅުމެއް ހޯއްދަވައިދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވުމާ ގުޅިގެން، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް، އިބޫ އަށް މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ތޯރިގް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ހދ. އަދި ށ. އަތޮޅުގައި ޓޫރިސްޓް ވަސީލަތްތަކާއެކު، 3000 އެނދު ގާއިމު ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ހދ. އަތޮޅުގައި އިއުލާން ކުރައްވާފައިވާ ކަމަށެވެ.
H.Alif, H.Dhaalu adhi Sh.Atoll gai 3000 bedge Tourism facilities kuriah oi 5 aharuge RY verikame’hgai qaaim kurahvaane kamah RY H.Dh Atolluga iulaan kurahvaafa. @ibusolih thi vidhaaluvi vaudhugai eves strategic directioneh ney! @PSMnewsmv @Mihaarunews https://t.co/DobVxKynvX
— Thoriq Ibrahim (@Thoriqibrahim) August 12, 2018
ތޯރިގް މިއަދު ކުރެއްވި ޓުވީޓު.
ނަމަވެސް، އިބޫ ހދ. އަތޮޅުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުގައި އެކަން ހާސިލް ކުރެވޭނެ ގޮތެއް ނެތް ކަމަށް ތޯރިގް ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.
އިބޫ ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހދ. ހިރިމަރަދޫ އަށް ވަޑައިގެން އިބޫ ވިދާޅުވީ އެ އަތޮޅުގައި އެންމެ ރިސޯޓެއް އޮވެގެން އެ ސަރަހައްދުގައި ޓޫރިޒަމް ކުރިއަރައިގެން ނުދާނެ ކަމަށެވެ. އެގޮތުން، ހިރިމަރަދޫ ކައިރީގައި ހުރި ރަށްތައް ޓޫރިސްޓު ރިސޯޓުތަކުގެ ގޮތުގައި ތަރައްގީ ކުރަން މަސައްކަތްކޮށް ދެއްވާނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރައްވާ އިބޫ ވިދާޅުވި އެވެ.
ތޯރިގްގެ ޓުވީޓާ ގުޅިިގެން ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންނާއި ބައެއް އާންމުން ވަނީ ޓުވިޓާގައި ތޯރިގްގެ ވާހަކަ އަށް ތައުރީފް ކުރައްވައި، އިބޫ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވީ ވޭތުވެދިޔަ 35 އަހަރު ނުވި ކަމެއް، "ފީ ކޯލިޝަނަކަށް" ނުކުރެވޭނެ ކަމަށާއި "އިބޫ އަށްވުރެ ފަލަ ވައުދު ނުވުން ބުއްދިވެރިވާނެ" ކަމަށެވެ.
ތޯރިގްގެ ޓުވީޓާ ގުޅިގެން، އޭނާ އަށް ފާޑު ކިޔައި ބައެއް މީހުން ބުނީ އިބޫގެ ވައުދުތަކަކީ އަނިޔާވެރިކަމާއި ރައްޔިތުންގެ ހަޒާނާ އިން ވައްކަން ކުރުމާއި ކޮރަޕްޝަން ނައްތާލުން ކަމަށެވެ. އަދި މިކަން ކަން ހުއްޓުވިގެން ނޫނީ ގައުމު ތަރައްގީ ނުވާނެ ކަމަށް ވެސް އެ މީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުއްމީދު
14 August 2018
ތަރއްޤީ އާއި ކުރިއެރުން ގެނެސްދެވޭނީ ރައީސް ޔާމީނަށް. އެއްވެސް ޕްލޭނެއް ނެތި ކޮންމެ ރަށަކަށް ގޮސް މާގިނަ ވާހަކަ ނުދައްކާ....
އުއްމީދު
14 August 2018
ނުފުއްދޭ ވަރުގެ ވަޢުދު ނުކުރޭ... ވަޢުދު ކުރަންވާނީ އެކަންތައް ކުރެވޭނެ ގޮތެއް ހޯދާފައި. ރައީސް ޔާމީން މަކުރިން ކުރައްވަން ވިދާޅުވެފައި ވާ ކަމެއް ތި ހާމަ ކުރަނީ.. ވާނުވާ އެގިގެން ވާހަކަ ދައްކާ...
Thhhk
14 August 2018
ޥާހަކަ ނުދަަށްކާ ފަސް އަހަރު ދުވަހުން ދެވުނީ 3 އަހަރު ދުވަހުގެތެރޭ ރައިސް ނަޝީދު އަލާފަ ހުރިފުލެޓް....އެވެސް. އަޅުވާނުންނަަަށް ބަހާފަ ބާކީ ބާކީވި އެތިކޮޅު
އުސްމާނު
14 August 2018
މި މީހުންގޮވި ނަޝީދުގެ ވެރިކަމުގައި ދަތުރުފަތުރުން ގުޅާލާނަމޭ ބުނީމާވެސް އެކަމެއް ނުކުރެވޭނެޔޯ ކިހިނެއްކުރެވޭނެ ކަމެއްހޭ އެކަމަކު ރައީސް ނަޝީދުގެ ވެރިކަމުގައި އެއަށްވުރެ ވަކިން ރަގަޅަށް އަތޮޅުތަކުގެ ރައްޔިތުން އުފަލުން ބަލައިގަތްކަމެއްވެސް ނެތް ނުލާހިކު ފެންވަރުގައި އެކަންކޮށްލީ އެހެންވީމާ ތިޔަ ތޯރިޤުމެއް ޖަހާ ޖަމަލު ފޮޑީގެ ވަސް ބަލާކަން ބޭނުމެއްނޫން. މަމެން ވޯޓް ދޭނީ ހަމަ އިބޫއަށް.
ޓަކަޓަކަ
13 August 2018
ތޯރިގަށް ދަންނަވާލަން އޮތީ އިބޫ އަށް ވައުދެއް ނުފުއްދިގެން އަދި ރައްޔިތުން ހާސްވާކަށް ނުޖެހެ، ފުރަތަ ތިމާމެން ވީވައުދު ތަކުގެ ވާހަކަ ދެއްކިއަސް މާ ތާހިރުވާނެ، ކޯބާތޯ އަލަތު ކައިވެންޏާއެކު ދިން ފުލެޓްތަށް، ބެޔަސް ނުބެޔަސް ކޮންމެ މަސްވެރިއަކަށް ދިން 10000.00 ރުފިޔާ، ދަނޑުވެރި އަކަށް ދިން 80000.00 ރުފިޔާ. ރިސޯޓްތަކުގެ މުވައްޒަފުންނަށް ދިން ރިސޯރޓް ހިއްސާ ؟ ޔަގީނުންވެސް އެނގޭ ކަމަކީ އިބޫއަށް ވެރިކަންލިބުނަސް ނުލިބުނަސް، ރައްޔިތުންގެ މުދަލާ ފައިސާ އަށް ޙިޔާނާތް ތެރިއެއް ނުވާނެ. ތިމާމެންގައިގަ މިސިފަނެތީމަ ކޮސްގޮވެނީ
ފަލާހް
13 August 2018
ދޮޅުއަހަރުން ކުރެވޭނެ ވެރިކަމެއް ނޯންނާނެ
ފަލާހް
13 August 2018
ރަނގަޅު ވާހަކައެއް
ފުޓްލޫސް
13 August 2018
ބޭފުޅާ ތި 3000 އެނދުގެ ވާހަކަ ދައްކާކަށް ނުޖެހުނީސް އައިހެވަންގެ ވައުދު ފުއްދިފަ އޮތްނަމަ. ދެން އިތުރު ވައުދެއް ފުއްދިދާނެ ކަމަށް ވައުދު ނުވާންވީނު.
ކެކެ
13 August 2018
މީކާކު އައް.ވ ވެދުން.. ލޮލĺައް މޮރުސް އެޅުނީމަ ދެން ވާނީ ކަނު... މީ ވާހަކަ
އައިޖޭ
13 August 2018
މީގެ 5 އަހަރު ކުރިން ހަވީރު ނުހުގެ ޢާޓިކަލެއް... ރައީސްޔާމިން އާއި ތޯބެ ވައުދު.... ކުޅުދއްފުސި އެއަރޕޯޓް އަދި ބޮޑު ތިލަދުންމަތީގައި 15 ރިސޯޓް ހެދުން...... އެންމެ ރިސޯޓެއްވެސް ނެހދުނު، އެއަރޕޯޓެއވެސް ނޭޅުނު... ދެން ތޯބެ އަތްޖައްސަވާ.. https://archive.mv/dv/articles/EjOMZ