ޚަބަރު / މާފަރު އިންޓަނޭޝަނަލް އެއާޕޯޓް

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޓެސްޓް ފްލައިޓު ޖައްސައިފި

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ ޓެސްޓް ފްލައިޓުގައި މިނިސްޓަރު ޒަމީރާއި ސަރުކާރުގެ ބައެއް އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަޑައިގަންނަވަނީ.

ނ. މާފަރުގައި ތަރައްގީ ކުރަމުން އަންނަ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޓެސްޓް ފްލައިޓް ޖައްސައިފި އެވެ.

މޯލްޑިއަންގެ މަތިންދާބޯޓެއްގައި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ބޭއްވި ޓެސްޓް ފްލައިޓުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވެސް ވަޑައިގަތެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ނިންމާފައި ވަނީ ޓްރާންސިޓް ހޮޓަލަކާއި ރިސޯޓެއް ވެސް ހިމެނޭ ގޮތަށެވެ. އަދި އެއާޕޯޓަށް އެއްފަހަރާ ހަ ޖެޓަށް ޚިދުމަތް ދެވޭ އިރު އެންމެ ޒަމާނީ ވަސީލަތްތައް ހުންނާނެ ކަމަށް ވެ އެވެ. މާފަރު އެއާޕޯޓް ހެދީ އަބޫދާބީ ފަންޑުން ފައިސާ ހޯދައިގެން ކަމަށް ސަރުކާރުން ކުރިން ބުނެފައި ވެ އެވެ. މި މަޝްރޫއަށް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ސަރުކާރުން އޭރު ބުންޏެވެ. "އެއާޕޯޓަކީ އެ [ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ] ބޭފުޅުން ދިވެހި ރައްޔިތުންނަށް ދޭ ހަދިޔާއެއް. މި ސަރުކާރާއި އިމާރާތުގެ ސަރުކާރާ ދެމެދު އޮތް ގާތްކަން ރަމްޒު ކޮށްދޭނެ ހަދިޔާއެއް. އެއާ އެކު އެއާޕޯޓުގައި ސިޓީ ހޮޓަލެއް ހެދިގެން ދާނެ،" މާފަރު އެއާޕޯޓާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން މިދިޔަ އަހަރު ވިދާޅުވެފައި ވެ އެވެ.

19 ކޮމެންޓް, 50 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަބްދު

14 August 2018

މާފަރަށް ލިބުނު ކުރިއެރުމެއް!

The name is already taken The name is available. Register?

ޙަފްޞާ / މާލެ

14 August 2018

އެހެންވެއްޖެއްޔާ ދެ ސަންގޯރުން ހޮވާފަ ފަހުން ކަރުނައަޅާ ރޯންތިބޭށެވެ ! ނިޢުމަތަށް ޝުކުރު ނުކުރުމަކީ ނިޢުމަތް ފިލާދާނޭކަމެއްކަމަށް ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުގައި ބަޔާންވެ އައިސްފައިވެއެވެ. ޤަވްމު އެއްކޮށް ދިރުވާލައި މުޅި ޤަވްމުގެ ހުރިހަ ސެކްޓަރުތއް ފުނޑުފުނޑުކޮށްލި ބަޔަކަށް ޤަވްމަށް ކޮށްދެވޭނޭކަމެއް ނޯންނާނެއެވެ. އެމްޑީޕީގެ ވެރިކަން ނިމުނުއިރު ދިވްހިޤަވްމުއޮތް ޙާލަތު ފެނި ޤަވްމަށްލޯބިހުރި ކޮންމެ މީހަކުވެސް ރުޔެވެ. ފާރުކޮޅެއްގައި ބޭސްއަޅަން ހޮސްޕިޓަލަކަށް ދިޔުމުންވެސް ބޭސްގަނެގެން އަންނާށޭ ބުނެފަ ޑޮކްޓަރުދެނީ ބޭސްސިޓީއެކެވެ.

The name is already taken The name is available. Register?

ސާއިދު

14 August 2018

ސާބަހޭ ރައިސްޔާމިނު 2018

The name is already taken The name is available. Register?

ޢަބުޅޯ

14 August 2018

މަނިކުފާނަށް ކިހާވަރެއްތޯ؟

The name is already taken The name is available. Register?

falaku ain

14 August 2018

ފްލައިޓް ޖައްސާ ވިނަގަނޑު މައްޗަށްވެސް. އަދި މަގުމައްޗަށްވެސް. އެކަމަކު އެތަންތަނަކަށް ތިޔަގޮތަށް އިންޓަރނޭޝަނަލް ބޯޑެއް ނާޅުވާ. ކޮބާ ކޮންޓްރޯލް ޓަވަރ. ކޮބާ ނެވިގޭޝަން ލައިޓް، ކޮބާ ފަޔާރ އެންޑް ރެސްކިއު ވެހިކަލް. މިވަރުންވެސް މިކިޔަނީ އިންޓަރނޭޝަނަލް އެއަރޕޯޓޭ ދޮތަ؟ މީހުން ހައްދަންވެސް ތިވަރެއްނެތް. އެކަމަކު މާފަރު މީހުންނެއް ވޯޓެއްނުދޭނެ ތިކަހަލަ ޓެސްޓް ފްލައިޓަކަށް.

The name is already taken The name is available. Register?

hassan manik

14 August 2018

މާފަރު އެއާރޕޯޓް ،މާފަރު ބަނދަރު ނިންމާދީފި އަދި ނަރުދަމާ ބަޔަކާ ހަވާލު ކޮށްފި.ސާބަހޭ ރައީސް ޔާމީން.

The name is already taken The name is available. Register?

ޜާކަނި ސައްތާރު

14 August 2018

ތި މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ގައި ޓެސްޓް ފުލައިޓެކަށް ޖެއްސީ އެއަރބަސް 380 އެއްތޯ؟

The name is already taken The name is available. Register?

ބަން

14 August 2018

އެވަރަށް ގިނަމީހުން ދަތުރުކުރާ ތަނަކަށް ދެން ކުޑަ ކުޑަ ފްލައިޓެއްނުދާނެއެއްނު. މާފަރަށް ދަތުރުކުރާމީހުން ސަރުކާރުން އެބަޖެހޭ މަދުކުރަން.

The name is already taken The name is available. Register?

ރަދީފް

14 August 2018

މަރުހަބާ ނ.އަތޮޅު ރައްޔަތުން.މިއަދަކީ އޭވިއޭޝަންގެ ދާއިރާއިން ރާއްޖޭގަ ތާރީހީ ދުވަހެއް.މަރުހަބާ މިކަން ހަގީގަތަކަށް ހެދުމުގެ ބައިވެރިވި ހުރިހާ ފަރާތްތަކަށް ތޭންކްސް.ވ.ވެދުން

The name is already taken The name is available. Register?

ޖުއްލާބު

14 August 2018

މަތިންދާބޯޓު އެއްޗިހި ޓެސްޓުކުރާއިރު ބޯޓުގަ މިނިސްޓަރުންވެސް ތިބެންޖެހޭތަ. އެހެން ގައުމުތަކުގަ މިކަހަލަ ކަންކަމަށް ބޭނުންކުރަނީ ރާމާމަކުނު ކަހަލަ އެއްޗިހި.

The name is already taken The name is available. Register?

ޗުއްމި

14 August 2018

ނަލަ ކޮމެންޓެއް ?

The name is already taken The name is available. Register?

ރަދީފް

15 August 2018

ޖޯކް ނުވަތަ ހިއުމަރ އަދި ލާފްޓަރއަށް މިންކުރާނަމަ 100 ގެ ކޮމެންޓެއް.ނަމަވެސް ހަގީގީ ސަބްޖެކްޓްއެވަނީ ވަރަށް ދުރުގަ.

The name is already taken The name is available. Register?

ފޮށިގަންޑުތަ؟

14 August 2018

ފޮށިގަންޑުތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454