ޚަބަރު / ހައި ކޯޓް

ބަންދުގައި ބެހެއްޓުމުގެ ގޮތުން ގޭގައި ބަންދުކުރަން އަމުރެއް ނުކުރެވޭނެ: ހައި ކޯޓް

ހައި ކޯޓު: ބަންދުގައި ބެހެއްޓުމުގެ ގޮތުން ގޭ ބަންދު ކުރަން އަމުރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ކޯޓުން އިއްޔެ ވަނީ ކަނޑައަޅާފައި --ފޮޓޯ/މިހާރު

ކުށެއްގެ ތުހުމަތުގައި ބަންދުގައި ބަހައްޓަންޖެހޭ މީހަކު ގޭގައި ބަންދުކުރަން އަމުރު ކުރުމަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.

ހައި ކޯޓުން މިދިޔަ ހޯމަ ދުވަހު އެގޮތަށް ކަނޑައެޅީ ޕޯސްޓް މެދުވެރިކޮށް މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ގޭ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއް ދައުލަތުން އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައި، އިއްވި ހުކުމުގަ އެވެ. އެ މީހާގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ނިންމައި، ކްރިމިނަލް ކޯޓުން އަމުރުކުރީ އޭނާ 15 ދުވަހަށް ގޭގައި ބަންދު ކުރުމަށެވެ.

އެ އަމުރު ބާތިލްކޮށް، ހައި ކޯޓުން ކުރި ހުކުމުގައިވަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ހ. ގެ އެއް ވަނަ ނަމްބަރުގައި ބުނާ "ބަންދުގައި ބެހެއްޓުން" މާނަކުރަން ޖެހޭނީ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުން ކަމަށެވެ. ސަބަބަކީ އެ ގާނޫނުގެ 52 ވަނަ މާއްދާގައި، ބަންދުކުރަން ޖެހޭ މީހުން ބަންދުކުރަން ޖެހޭނީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށް ބުނެފައިވާތީ ކަމަށް އެ ހުކުމުގައިވެ އެވެ.

"ލުއި ދިނުމުގެ ގޮތުން ނުވަތަ އެ ނޫން ގޮތަކަށް ވެސް، ކުށުގެ ތުހުމަތުގައި ބަންދުކުރަން ޖެހޭ މީހާ ގޭގައި ބަންދުކުރުމަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމާއި..." ހުކުމުގައިވެ އެވެ.

އެގޮތަށް ކަނޑައެޅިޔަސް، ކަފާލާތުގެ އުސޫލުން ނުވަތަ ޝަރުތުކޮށްފައި މީހުން ބަންދުން ދޫކުރާ ހާލަތުގައި ވަކި ވަގުތެއް ވަންދެން ގޭގައި ހުރުމަށް ޝަރުތު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް އެ ހުކުމުގައިވެ އެވެ. އެއީ ކަފާލާތު އުސޫލުން ނުވަތަ ޝަރުތުތަކާ އެކު ބަންދުން ދޫކުރުމަށް ކުރާ އަމުރުތަކަކީ ބަންދު ކުރުމުގެ އަމުރެއް ކަމަށް ނުވެފައި، އެއީ ބަންދުން ދޫކޮށްލުމުގެ އަމުރެއް ކަމަށް ވާތީ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކުށުގެ ތުހުމަތު ކުރެވޭ މީހުން ގޭ ބަންދުގައި ބަހައްޓަން އަމުރު ކުރަމުން އައިސްފައި ވިޔަސް، ގާނޫނު އޮތްގޮތުން މިހާރު އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ގާނޫނު އައުމުގެ ކުރިން، އެގޮތަށް އަމަލު ކުރަމުން ދިޔައީ އޭރު އަމަލުކުރި "ކުށުގެ ތުހުމަތު ކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމުގެ ގަވާއިދުގެ" ދަށުން އެ ބާރު ދީފައި އޮތުމުން ކަމަށާއި އެކަމަކު ޖިނާއީ އިޖްރާއާތުގެ ގާނޫނު އައުމާ އެކު ކުރީގެ އުސޫލުތައް ބާތިލްވީ ކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

"ކުރިން އަމަލު ކުރަމުން އައި ގޮތަށް އަމަލު ނުކުރެވޭނެ ކަމަށް ގާނޫނުގައި ކަނޑައެޅިގެން ނެތް ކަމަށް ބުނެ، ކުރިން އަމަލު ކުރަމުން އައި ގޮތަށް އަމަލު ކުރަމުން ގެންދިއުމަކީ ވަކި ކަމަކާ ގުޅޭގޮތުން ގާނޫނެއް ހެދުމުގެ ބޭނުން ކެނޑިގެންދާނެ ކަމެއް ކަމާއި.." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު ޝުޖާއު އުސްމާނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ނިޔާޒެވެ.

ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރިޔަސް، އެ މައްސަލާގައި ހިމެނޭ މީހާ އަލުން ބަންދު ކުރާކަށް ހައި ކޯޓުން އަމުރެއް ނުކުރެ އެވެ. އެއީ އެ މީހާ އެއްކޮށް ބަންދުން ދޫކޮށްލަން ފަހުން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން ތާއީދު ކޮށްފައިވާތީ އެވެ.

2 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 32%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުޝްރީ

15 August 2018

ޤާނޫނުގައި "ގޭގައި ބަންދުކުރުން" ނެތިގެން އެގޮތަށް ގޭ ބަންދަށް ނުލެވޭނެކަމަށް ހައިކޯޓުން ނިންމެވިއިރު، ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގައި ބުނާގޮތަށް ސިއްރު ހެކިބަސް ނެގޭނެ ގޮތެއްނެތީސް އެގޮތަށް މިހާރު ނަގަން ހުއްދަކުރަނީ ކޮން އުޞޫލަކުން. އެކަމަކީވެސް ޤާނޫނުގައި ބަޔާންކުރާ ގޮތް. ސަރުކާރުން ބަޔަކު ގޭ ބަންދަށް ދޫކުރަން ބޭނުންނުވީމަ މިކަންވެސް މިހެންވީ؟

The name is already taken The name is available. Register?

ޣަރުހަމް

15 August 2018

ވަރަށް ރަނގަޅު ނިންމުމެށް ރައީސް ޔާމީން ދެކެ ރުޅި އަންނަ ހުރިހައި އެންމެންވެސް ވޯޓު ދުވަސް ވަރަށް އެކަހަލަ ކަމެއް ކުރުމުން އުނދަގޫ ތަކާއި ކުރިމަތި ލާންޖެހޭނެ. ފަހުން އިންތިހާބް ނިމުމުން ބަދަލު ކުރެވޭނެތާ އެހެން ގޮތަކަށް. ޤައުމައްޓަކައި މަސްލަހަތު، ރައީސް ޔާމީން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454