މަސް ދޯންޏެއް ކަނޑުގައި ހަރަކާތްތެރި ވަނީ: ސަރުކާރުން ދޫކޮށްފައި ހުރި މަސް ދޯނިތަކަށް ނުދައްކާ ހުރި ފައިސާ ކުރިއަށް އޮތް އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ބަހާލައިގެން ދެއްކޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސައިފަ -- މިހާރު ފައިލް ފޮޓޯ
17 އޯގަސްޓް 2018 - 11:11
ދިގު މުއްދަތަކުން އަގު ދައްކާ ގޮތަށް ސަރުކާރުން މަސްވެރިންނަށް ދޫކޮށްފައިވާ ދޯންޏާއި އިންޖީނުތަކުގެ ޖޫރިމަނާ، ރައީސް އަބްދުﷲ ޔާމީން މާފުކޮށްދެއްވައިފި އެވެ.
މިކަން ހާމަކުރެއްވީ، ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.
ސަރުކާރުން ދޫކޮށްފައިވާ ދޯންޏާއި އިންޖީނުތަކުން މިހާތަނަށް މަސްވެރިން ދައްކަން ޖެހި، އެކަމަކު ނުދައްކައި ހުރި ފައިސާތައް އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ވެސް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.
Dhigu mudhdhathun agu adha kura gothah @FishAgri kurin dhookoffa vaa engine adhi dhoni thakuge joorimana ma’aaf kohdhevva, bahailaigen 1-2 aharu therey faisa dhakka khalaas kurumah ithuru furusatheiy dheyn ogatheri Raeesuljumhooriyya nimmavaifi.#YameenShaheem2018
— Mohamed Shainee (@mshainee) August 17, 2018
މިދިޔަ ހަފުތާގައި ރައީސް ޔާމީން ވަނީ ގއ. ކޫއްޑޫގައި މަސްވެރިންނަށް ހާއްސަ ފިޝަރީޒް މެރީނާއެއް ވެސް ހުޅުވައި ދެއްވައިފަ އެވެ.
ދޯންޏާއި އިންޖީނުތަކުގެ ޖޫރިމަނާ މާފު ކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައިވާއިރު، އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެސް އަންނަނީ މަސްވެރިކަމާ ގުޅޭ ދާއިރާއިން ވައުދުތަކެއް ވަމުންނެވެ.
އެގޮތުން، ތެލުގެ ޑިއުޓީ ކަނޑާލައި ތެލުގެ އަގު ހެޔޮ ކުރާނެ ކަމުގެ ވައުދު އިބޫ ވަނީ ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒީރޯޓޮލަރެންސް
18 August 2018
ވަކިބަޔަކަށް ނަފާލިބޭގޮތަށް ދައުލަތަށް ލިބެންޖެހޭ ފައިސާ އެއީ ޖޫރިމަނާ ގެ ފައިސާކަމަށް ވެސް ވެރިކަމުގައި ތިބޭބަޔަކު ސިޔާސީ މަންފާ ހޯދުމުގެ މަގުސަދު ގައި، އެފައިސާ މައާފުކުރުމަކީ ކޮރަޕްޝަންގެ އަމަލެއް. މިކަމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން. ސަރުކާރުން ދިވެހި ރައްޔަތުންގެ ފައިސާ ވަކިބަޔަކަށް ނަފާހޯދައި ދިނިމަށް ދައްކަން ނުޖެހޭ ގޮތަށް ނިންމިނިންމުންކުއްވެރި ކުރަން.
1828
18 August 2018
މިއީ ކަނޑައެޅިގެން ދައުލަތަށް ދިން ބޮޑު ގެއްލުމެއް. މިގޮތަށް ކަންތަން ކުރީމައި ފައިދާވަނީ އޮޑިވެރިންނަށް އެކަނި. ދެން ކޮބައިތޯ ބާކީ ތިބި ދިވެހިން؟ ތިހެން މާފުކޮށްދޭކަމަށް ވާނަމަ ދަައުލަތަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް މާފްކޮށްދީ ބަލަ. އަދި ޖޫރިމާއާއި ދޯނި ތަކުގެ ކުލި ދައްކާ ހަލާސްކޮށްފައި ތިބި އޮޑިވެރިންނަށް އެފައިސާ އަނބުރައި ދީ ބަލަ. އޭރުން ހަމަ ހަމަ ވާނީ. މިހާރު މިއޮންނަނީ ޖޫރިމަނާ، ކުލި ދުވަހުން ދުވަހަށް، މަހުން މަހަށް ނުދައްކާ މީހުންނަށް މޮޅު ގޮތް.
ކުޑޭ
17 August 2018
ރައީސް ހެޔޮނުވާނެ! ސުޓޫޑެންޑް ލޯން މާފްކޮށްދީބަލަ!
ޔަތީމް
18 August 2018
މަ ވޯޓް ޔަގީންދޭނަން
ދަންޑުވެރިޔާ
17 August 2018
ދަނޑުވެރިކަމަށް ނަގާފައިވާ ރަށްތަކުގެ ކުލީގެ ޖޫރިމާނާވެސް ކަންޑާލަދީބަ ޕްލީޒް. ވ ބޮޑަށް ދަރާފަ މިއޮތީ.
މަރޭމިތުރާ
17 August 2018
[[މިހިނދައް މާފުކުރީމާ ހާދަ ހެވޭ ބުނެފާނޭ! މިހިނދައް ދޭ ވޯޓައް ކުރިކަމަކަށް ތިވެދާނޭ!]]
ޢަބްދު
17 August 2018
މިއަށް ރިޝްވަތޭ ނުކިޔޭނެ ގޮތެއް ނެތް! ޤާނޫނުގައި ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން ޖޫރިމަނާ ދައްކަންޖެހޭ މީހުންނަށް މަޢާފް މިދިނީ އިންތިޚާބު ބޯމަތީގަ އޮތްވާ... އެ ފައިސާތައް ހޯދާފަ ސީރިއަސް ބަލިތަކުގެ ޝިކާރައަކަށް ވެފައި ތިބި މީހުންނަށް އެހީވިނަމަ ދެ ދުނިޔޭގަވެސް އޭގެ ފައިދާ ލިބުނީސް..
ދީ
17 August 2018
އިބޫ ބުނެބަލަ ބިދޭސީންގެ ކުދިވިޔަފާރި ހުއްޓުވާނަމޭ. އޭރުން މާދަމާ ޔާމީނު އެކަންކުރާނެ. މަޖާ
އާދަނު
17 August 2018
ޝަުކުރިއްޔާ އިބޫ.
ޑޮންޑޮން މަތި
17 August 2018
އިންތިހާއަށް ނާއިންސާފު އަދި އިހްމާލު ކަންކަން. ފައިސާ ނުދައްކައިގެން ޖޫރިމާނާ ކުރީމާ ފައިސާދެއްކި މީހންގެ ޖޫރިމާނާކުރި ހައޤު އަނބުރާ ނުދޭނަމަ ވަރަށް ބޮޑު އަނިޔާއެއް ތިޔަ ކުރެވުނީވެސް.
އަދުރޭ ބިންތު ނިހާން
17 August 2018
އާއްމު ރައްޔިތުން ނަގާފައިހުރި ލޯނުތައްވެސް މާފުކޮށްދޭމީހަކަށް މަގޭ ވޯޓު