ކްލިނިކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ. މޫސަ (ކ) އާއި އާއިލާގެ މެމްބަރުން.
21 އޯގަސްޓް 2018 - 18:41
ފުއްޕާމޭގެ ބަލިތަކާ ގުޅޭ ޚާއްސަ ޑޮކްޓަރު މޫސާ ހުސެއިންގެ ޚަރަދުގައި އޭނާގެ އަމިއްލަ ރަށް އދ. ދަނގެތީގައި ހެދި މަލްޓި ސްޕެޝަލިޓީ ކްލިނިކް މިއަދު ހުޅުވައިފި އެވެ.
މިއީ، އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވާ ޑރ. މޫސަގެ ބައްޕަ، ހުސެއިން އަބްދުއްސަމަދުގެ ހަނދާނުގައި ހުޅުވި ކްލިނިކެކެވެ.
ދަނގެތީގައި މިއަދު ހުޅުވި ކްލިނިކް.
"ހުސެއިން އަބްދުއްސަމަދު މެމޯރިއަލް ކްލިނިކް" ހުޅުއްވައި ދެއްވުމަށް ފަހު، "މިހާރު" އާ ވާހަކަ ދައްކަވަމުން ޑރ. މޫސަ ވިދާޅުވީ، ކްލިނިކްގައި ކޮންމެ ހަފުތާއަކު އެއް ދުވަހު އޭނާ ބަލިމީހުން ބައްލަވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ޚިދުމަތް ފުޅާ ކުރައްވަން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ޑރ. މޫސަ ވިދާޅުވި ގޮތުގައި ކްލިނިކުގެ ބޭނުމަކީ ދަނގެތީގައި ދިރިއުޅޭ މީހުންގެ އިތުރުން، އދ. އަތޮޅުގައި ރައްޔިތުންނަށް ފަސޭހަކަމާ އެކު ބޭސްފަރުވާ ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމެވެ. މިއީ، ދަނގެއްޗާއި އެ އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ ގިނަ މީހުން ބޭނުންވި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން، ފުއްޕާމެ އާއި އެތެރެހައްޓާއި ހިތުގެ ބަލިތަކާއި ކުޑަކުދިންނާއި އަންހެނުންނާއި ހަމުގެ ބަލިތަކުގެ އިތުރުން ކަށީގެ ޚާއްސަ ޑޮކްޓަރެއް ހުންނާނެ ޑރ. މޫސަ ވިދާޅުވި އެވެ.
ހުސެއިން އަބްދުއް ސަމަދު މެމޯރިއަލް ކްލިނިކް ހުޅުވުމަށް ދަނގެތީގައި ބޭއްވި ރަސްމިއްޔާތުގައި ނަން ބޯޑުގެ ފަރުދާ ކަހާލަނީ.
"މުޅިން ވެސް މަސައްކަތް ކުރާނީ މާލޭގައި އުޅޭ ދިވެހި ޑޮކްޓަރުން. އެ މީހުން ހަފްތާ ބަންދުގައި ރަށަށް އަންނަ ގޮތަށް ތިބީ. ކުރިއަށް އޮތް ތަނުގައި ކްލިނިކުން ދޭ ހިދުމަތް ފުޅާވާނެ،" މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ކުރިއަށް އޮތް ތަނުގައި، އެކްސްރޭ މެޝިނަކާއި ދަތުގެ ފަރުވާ ކުރެވޭނެ ތަނަކާއި ލެބޯޓަރީގެ ޚިދުމަތް ވެސް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ދާއިމީކޮށް، ޑޮކްޓަރުން ބައިތިއްބަން ހަ މަސް ދުވަސް ނަގާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"ރަށުގައި އެކިއެކި ކޭމްޕުތައް ވެސް ކުރިއަށް އޮތް ތަނުގައި ބާއްވާނަން،" މޫސަ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ހުވަފެނަކީ ދަނގެތީގައި ހޮސްޕިޓަލެއް ކުރިއަށް އޮތް ތަނުގައި އަޅައި ދިނުން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނދު
25 August 2018
ތިޔަފެނުނީ ބޭނުންވި މަންޒަރު ހެޔޮލަފާ ބަފައެއްގެ މިއްނެތް މަސައްކަތް
ޕީޕީ
22 August 2018
ސާބަހޭ ރައީސް ޔާމީން!
ތިނަދޫ ދަރިއެއް
22 August 2018
ވަކި ރަށަކަށް ބަލާއިރު އެންމެ ގިނަ މެޑިކަލް ޑޮކްޓަރުން ނިސްބަތް ވަނީ ގދ. ތިނަދޫ އަށް. ތިނަދޫ އަށް ނިސްބަތްވާ ޑޮކްޓަރުން މިފަދަ ކަމެއް ކޮށްދިނުމަށް ގޮވާލަން. އެންމެ ކުޑަ މިނުން ރަށުގެ ހޮސްޕިޓަލުގައި ހިދުމަތް ކޮއްލަން ކެރެންޖެހޭ..
އަދީބު
22 August 2018
ޢަބްދުއްޞަމަދު އެއީ އެއް ނަމެކެވެ. ދެ ނަމެއް ނޫނެވެ. އެހެންކަމުން ލިޔާއިރު އޮންނަން ވާނީ "ޢަބްދުއްޞަމަދު" މިހެންނެވެ. އަދި މިއީ ދިވެހިން ކިޔާ ގޮތް ނަމަ، މިނަން އިނގިރޭސިން ކިޔާގޮތަށް ތިރީގައެއް ނުލިޔެވޭނެ އެވެ. ތިރީގައި ލިޔަން ޖެހޭނީ ވެސް ލެޓިނުން ޢަބްދުއްޞަމަދު އެވެ. ޢަބްދުލް ޞަމަދު އެއް ނޫނެވެ. ތިގޮތަށް ލިޔާނަމަ، ދިވެހިން ދާއޫދު ކިޔާ މީހުންގެ ނަން އިނގިރޭސިން ލިޔާއިރު ޑޭވިޑް ލިޔަންވީ އެވެ. ލޮލް. ދިވެހިންގެ ރޯނު އެދުރު ކަމާއެވެ. ދަންނަ ނުދަންނަ މީހުން ހުރިހާ ކަމެއްގައި އުޅެންޏާ ކިތަންމެ ގޮތެއް ވެސް ވާނެ އެވެ.
ގަމާރުމީހާ
21 August 2018
ވަރަށް ހަމްބްލް ޓްރޫ ޑޮކްޓާރ ދިސް ގައި އިސް
ޑޮންޑޮން މަތި
21 August 2018
ވަރަށް އުފާވެއްޖެ. ތިޔައީ ވަޒަންދެކެ ލޯބިވުމަކީ. ތިމާއަށް ލިބިހުރި އެއްޗކުން ތިމާގެ ރަށަށް ހިއްސާ ކުރުމަށް އެހެން މީހުންވެސް ވިސްނާނަމަ ޤައުމާއި ވަޒަން ކުރިއަރާނީ
މަހަށްދޭދޭ
21 August 2018
ކޮބާ ތަމެންނަށް ފެނޭތޭ މަމެންގެ ވެރިކަމުގައި ލާރޖް ކޮށް ހޮސްޕިޓާ ތައް ހުޅުވެމުން ދާ ތަން ދެން ތަމެން މަހަށް ދޭބަލަ މަަހަށް މަހަށް މަހަށް ދޭބަލަ...
ހައްޓި
22 August 2018
މަމެންގެ ވެރިއާ ކޮށްދިން ކަމެއް ނޫން، ވަޒަންދެކެ ލޯބިވާ ދަރިއަކު ހެޔޮހިތުން ކޮށްދިން ކަމެއް. މަމެންގެ ވެރިކަން ނެތްނަމަވެސް ވާނެ ކަމެއް.
ފާތުން ދަނގެތި
21 August 2018
ތިކުރަށްވާ މަސައްކަތުގައި ބަރަކާތް ލައްވާ އިތުރު ކާމިޔާބީ ދެއްވާށި. އާމީން
ޢަރިދެކުނު
21 August 2018
ޥަރަށް އުފާވެއްޖެ ތިޔައީ އަަތޮޅުގެ ދަރިންގެ ފަރާތުން ފެންނަން ބޭނުންވާފަދަ ކަންތައްތައް. ޅިބިފައިވާ ތަޖުރިބާއިން ރަށުގެ ރައްޔިތުންނަށް ތިޔަ ފެއްޓެވި ޚިދުމަތް ފުރިހަމަކަމާއެކު ދެއްވާނެކަމަށް އުއްމީދުކުރަން. ޙިތާމަޔަކީ އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތް ދުވަހެއް ދުވަހަކަށް ދަށްވަމުން ދިޔުން
ހަސަންމާހިރު
21 August 2018
މި ރާއްޖޭގައި މަދުވާނެ ޑރ މޫސަ ހުސައިން ކަހަލަ ހެޔޮލަފާ ރަނގަޅު ޑަކްޓަރެއް. މާތް ﷲ އޭނާގެ މަސައްކަތުގައި ބަރަކާތް ލައްވާ އޭނާގެ މައިންބަފައިނަން ހެޔޮ ރަޙްމަތް ލައްވާށި. އާމީން