ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމު ކުރާ ފިއުލް ފާމްގެ މަސައްކަތް ކުރިއަށް ދަނީ. ފިއުލް ޓޭންކްތައް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެމްއޭސީއެލް އިން ބުނޭ. - ފޮޓޯ: އެމްއޭސީއެލް
28 އޯގަސްޓް 2018 - 19:54
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުތަކަށް ތެޔޮ އެޅުމަށް ހަދަމުން އަންނަ އަންނަ ފިއުލް ޓޭންކްތަކުގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމައި ބޭނުންކުރަން ފެށޭނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.
އެއާޕޯޓް ތަރައްގީކުރުމަށް ހިންގާ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫ އެވެ. މި މަޝްރޫއު ނިމޭއިރު، ފިއުލް ފާމަކާއި ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ އާ ރަންވޭއަކާއި އާ ޓާމިނަލެއް ވެސް ހަދާނެ އެވެ. އޭގެ ތެރެއިން ފިއުލް ފާމާއި ރަންވޭގެ މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ.
އެއާޕޯޓުގައި ހަދާ ފިއުލް ޓޭންކެއްގެ މަސައްކަތް މިއަދު ކުރަނީ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
އެއާޕޯޓުގައި ހިނގަމުން އަންނަ މަސައްކަތް ނޫސްވެރިންނަށް ދައްކާލުމަށް ފަހު، އާދިލް ވިދާޅުވީ އެއާޕޯޓުގައި އަލަށް ހަދާ ފިއުލް ފާމަކީ 45،000 މެޓްރިކް ޓަނުގެ ކެޕޭސިޓީގެ ފިއުލް ފާމެއް ކަމަށެވެ. މިހާރު އެއާޕޯޓުގެ ފިއުލް ފާމް ކެޕޭސިޓީއަކީ އެންމެ 15،000 މެޓްރިކް ޓަނެވެ. އަލަށް ހަދާ ފިއުލް ޓޭންކުތަކާއެކު، ފިއުލް ފާމް ކެޕޭސިޓީ 60،000 މެޓްރިކް ޓަނަށް އިތުރުވާނެ އެވެ.
"ސްޓޯރޭޖް ކެޕޭސިޓީ ތިން ގުނަ އަށް އިތުރުވެގެން މިދަނީ. ފިއުލް ފާމްގެ މަސައްކަތަށް ބަލާއިރު، ތިން ޓޭންކުގެ އެންމެ މުހިންމު މަސައްކަތައް ހުރީ ނިމިފައި. ފައުންޑޭޝަން ނިމި ފުރަތަމަ ޓޭންކްގެ ޓޮޕް ރޫފްގެ މަސައްކަތް މިހާރު ދަނީ ނިމެމުން،" ދެވަނަ ޓޭންކު މަތީގައި ހުންނަވައި އާދިލް ވިދާޅުވި އެވެ.
އާދިލް ވިދާޅުވި ގޮތުގައި ފިއުލް ފާމް ނިމިގެން ދިއުމުން، މަތިންދާބޯޓުތަކަށް ތެޔޮ އަޅާނީ ހައިޑްރަންޓެއް މެދުވެރިކޮށެވެ. މިހާރު މަތިންދާބޯޓުތަކަށް ތެޔޮ އަޅަނީ ތެޔޮ ބައުޒަރު ބޭނުންކޮށްގެންނެވެ.
އެއާޕޯޓުގައި ހަދާ ފިއުލް ޓޭންކެއް. - ފޮޓޯ: އެމްއޭސީއެލް
"ޖެޓް ފިއުލް އަށް އިންނާނީ ތިން ޓޭންކު. އެއާޕޯޓަށް ބޭނުންވާ ޑީސަލް އެބަ ގެންގުޅެން. އެހެންވީމަ، ޑީސަލް ދެ ޓޭންކު އަންނާނެ. ފިއުލް ފާމްގެ މައިގަނޑު އެއްޗަކީ ޖެޓް ފިއުލް ރައްކާކުރުން،" އާދިލް ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ހިންގާ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއު ނިމުމުން، އަހަރަކު 7.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ. އެއާޕޯޓުގެ އާ ރަންވޭ ހުޅުވަން ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި، އަންނަ މަހުގެ ތެރޭގައި އާ ރަންވޭގައި ޓެސްޓް ފްލައިޓުތައް ޖައްސަން ފެށޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒީ ޗުވަން ލިން
29 August 2018
މަރުހަބާ ޗައިނާ އަދި ޗައިނާގެ ހީވާގި މަސައްކަތް ތެރިން
ޢިންޖިނިއަރ
29 August 2018
މިހާރު ގެ ފިއުލް ކެޕޭސިޓީ އެމްޑީ އަށް ނޭގުމަކީ ހިތާމަ ހުރި ކަމެއް .ރަގަޅު ގޮތަކީ 12000 މެޓްރިކް ޓަން ނޫނީ 16500 ކިއުބިކް މީޓަރ
ގުނބޯލި
29 August 2018
ނެތް ބުނާނެ އެއްޗެއް.
ލޯމާފާނު
29 August 2018
މިފެންނަނީ ހުސް އަނިޔާ. އިންސާފުވެރިކަމަކީ ރާއްޖޭގެ ބޮޑެތި ހުރިހާ ކުންފުނިތައް ބޭރު މީހުންނަށް ވިއްކާލުން.
ރާއްޖެ
29 August 2018
އެމެރިކާ އަށް ވުރެ ޗައިނާ ކުރިއަރައިގެން ދާން އެމެރިކާ މީހުން ބޭނުން ނުވާ ފަދައިން ދިވެހިރާއްޖެ އިންޑިއާއަށް ވުރެ ކުރިއަރައިގެން ދިޔުމަށް އިންޑިއާ މީހުން ބޭނުން ނުވާނެއެވެ. ޓްރަންޕް ޗައިނާއާ ދެކޮޅަށް އިގްތިސާދީ ހަނގުރާމަ އެފެށީ އެހެންވެ. އިންޑިއާގެ މޮދީ ރާއްޖެއާއި ދެކޮޅަަށް މި ފަސް އަހަރު "ހަނގުރާމަ" އިއުލާނު ކޮއްގެން މިއުޅެނީ އެހެންވެ. އެކަމަކު މި 5 އަހަރު ރާއްޖެ އެންމެ މިލިމީޓަރެއްވެސް ފަހަތަކަށް ނުޖެހޭ. ވެލްކަމް ޓު ނިއު އޭޖް.
އެންއިނު
29 August 2018
ރ. ނަޝީދުގެ ވެރިކަމުގައި ދިވެހިރާއްޖޭގެ މައި ދޮރާށި ބޭރުގެ ކުންފުންޏަކަށް ވިއްކާލީ.. ރައީސް ޔާމިންގެ ވެރިކަމުގައި އެރޕޯޓު ދިވެހިންނަށް އަނބުރާ ހޯދައިދެއްވައި ހީވެސް ނުކުރާ މިންވަރަކަށް ތަރައްގީ ކޮށްދެއްވީ. ވީމާ ވޯޓު ދެއްވަންވީ ކޮން ކެޑިޑޭޓަކަށް ކަން ވަރަށް ސާފު ދެއްތޯ؟ 23/09 ގައި ވޯޓު އޮތީ ރ. ޔާމީންއަށް
29 August 2018
ރައީސް ޔާމީން ވަރެއް ނެެތް
ރާޑޯ
28 August 2018
ގަޓުހުރި ވެރިޔަކާ ގައުމު ހަވާލުކުރީމަ ތަރައްގީ އަވަސް ބާރު ސްޕީޑުގައި މި ފެންނަނީ
މަހުދީ
29 August 2018
މިކަން ހަޖަމު ނުވެގެން އިރިކޮޅު މީހުން ވަގަށް ގޮވަނީ
Wadde
29 August 2018
ރަގަޅު ވާހަކައެއް.. ތިބުނާ ގަޓަކާއިހެދިތާ މިއުޅެނީ ޚަޒާނާ ލޫޓުވާލައގެން.. އަދި އަހަރުމެންގެ ދަރިންގެ ދަރިންނަށް ވާވަރަށް ދަރަނި ބޮޑުވެގެން...