ވެލިދު އާއި އެ ރަށް ކައިރީގައި އޮންނަ ވިހަފަރު: ވިހަފަރުގައި އެއާޕޯޓެއް އަޅާނެ ކަމުގެ އިޝާރާތެއް ރައީސް ވަނީ ދެއްވާފައި
29 އޯގަސްޓް 2018 - 11:24
ނ. ވެލިދޫ ކައިރީގައި އޮންނަ ފިނޮޅެއް ކަމަށްވާ، ވިހަފަރުގައި އެއާޕޯޓެއް އަޅާނެ ކަމުގެ އިޝާރާތެއް ރޭ ރައީސް އަބްދުﷲ ޔާމީން ދެއްވައިފި އެވެ.
ވެލިދޫ ނަރުދަމާ ނިޒާމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށް، ރޭ އެ ރަށަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މަނިކުފާނު، "މަތިންދާބޯޓެއްގައި ވިހަފަރަށް ޖައްސާލުން ކިހިނެއް ވާނެތޯ" އާއި އެކަމަކު އެކަން ކުރެވޭނީ ކުރިއަށް އޮތް އިންތިހާބުގައި އެ މަނިކުފާނަށް ދެ ވަނަ ފަހަރަށް ފުރުސަތެއް ލިބިގެން ކަމަށެވެ.
"އޭރަށް ހަމަ ގައިމު ވެސް ވެލިދޫގެ ރައްޔިތުން ވެސް އުފާވާނެ. ހޮޅުދޫގެ ރައްޔިތުންގެ ވެސް އުފާވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވުމާއެކު، ޖަލްސާގައި ތިބިި ގިނަ ބަޔަކު ކޮޅަށް ތެދުވެ، އަތްޖަހައި އުފާފާޅުކުރަން ފެށި އެވެ.
ވެލިދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
ވިހަފަރަކީ ވެލިދުއާ ވަރަށް ކައިރީގައި އޮންނަ ފިނޮޅެކެވެ. ވެލިދޫގެ ގިނަ ބަޔަކު އެތަނުން ވެލި ނަގާތީ، ފިނޮޅު ވަރަށް ކުޑަވެފައި އޮތް ނަމަވެސް، އެއީ ވަރަށް ބޮޑަށް ހިއްކާލެވޭނެ ތަނެކެވެ.
ވެލިދޫ ކައިރީގައި އެއާޕޯޓެއް އަޅާނެ ކަމަށް މީގެ ކުރިން ވެސް ރައީސް ވިދާޅުވެފައި ވެ އެވެ. އެކަމަކު އެކަން ކުރާނެ ވަކި ތަނެއް ވިދާޅުވީ ރޭގެ ޖަލްސާގަ އެވެ. ނ. އަތޮޅު މާފަރުގައި އެއާޕޯޓެއް އޮތް ނަމަވެސް ވެލިދޫގެ މީހުން އާއްމުކޮށް ބޭނުން ކުރަނީ ރ. އިފުރު އެއާޕޯޓެވެ.
ރައީސް ޔާމީން ނ. އަތޮޅާއި ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ވަނީ އިއްޔެ ހުޅުވައިދެއްވައިފަ އެވެ.
"މި ފުރުސަތު ވެލިދޫ ރައްޔިތުން ދީފި ނަމަ، އަޅުގަނޑު ދެން ބައްދަލުކޮށްލާނީ މިއަށް ވުރެ އުފާވެރި މާހައުލަކުން. އެ ދުވަހު އެންމެ ކުރީގައިި، ތިއްބަވަން ޖެހޭނީ ރީތި ޕަރީންތައް. ފިޔާތޮށި ބުރުގާގައި ތިއްބެވި ބޭފުޅުން އަޅުގަނޑު ރިސީވް ކުރައްވަން ވަޑައިގަންނަވަން ވާނެ،" ފިޔާތޮށި ކުލައިން ޖަރީވެގެން ތިިބި، ޕީޕީއެމްގެ ސަޕޯޓަރުންނާ ސަމާސާ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ނިންމާފައި ވަނީ ޓްރާންސިޓް ހޮޓަލަކާއި ރިސޯޓެއް ވެސް ހިމެނޭ ގޮތަށެވެ. އަދި އެއާޕޯޓަށް އެއްފަހަރާ ހަ ޖެޓަށް ޚިދުމަތް ދެވޭ އިރު އެންމެ ޒަމާނީ ވަސީލަތްތައް ހުންނާނެ ކަމަށް ވެ އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބަ
29 August 2018
ތިޔައަޅަ އެއާ ޕޯޓުތަކަކީ ހަގީގަތުގަ ރއްޔިޔުން ނަށް ދަތުރުފަތުރު ފަސޭހަކޮށްދޭން އަޅަ ތަން ތަނެއްނޫން.ރައްޔިތުން ގެ ފައިސާ ބޭނުން ކޮށް ވަކި މަހުޖަނުން ނަށް ރާއްޖޭގެ ރަށްތައް ވިއްކާ އެތަންތަނުގަ ރިސޯޓު އެޅުމަށް ހަދާ ޑޮމެސްޓިކް އެއާ ނެޓް ވާކެއް.
ހޯރަ
29 August 2018
ހޯރަފުށީ ރަށްއިތުންނަށް ވެސް ދެއްކީ ދަޅަ. އެއާރފޯޓް އަޅާބަމޭ ހޯރައެއް ނޫނޭ ޖަންސާނި މަތިންދާބޯޓޭ ކިޔާ ކިހިނެއް ތޯ ތިހެދީ
ޢަލީމް
29 August 2018
ލިޔެފަ އާންމުކުރި މެނިފެސްޓޯ ފުރިހަމަ ނުކޮށް އިޝާރާތް ކުރާނެ ކަމެއްނެތް. ޢަނގައިން އެކަމެއް ބުނެލަން ނުކެރޭ ގަޓު.
ދަތްއަދުރޭ
29 August 2018
މީނާ އެމް.ޓީ.ސީ.ސީން ބޮޑު ޙަރަދުކޮށްގެން އިންތިހާބުގެ ކުރީން ނުއަގުގައި މަހާޖައްރާފު ތައްޔާރުކުރީ އިލެކްޝަނާއި ދިމާކޮށް ރައްޔިތުން ވާވައްދަންވެގެން! މިހާރު ކޮންމެ ދެރަށް ދޭތެރޭގައި އެއަރޕޯޓު! ކީކޭދޯ ބުނާނީ؟ ބަލަ އެއަރޕޯޓަކީ ވަރަށް ބަލާފައި ތަރައްގީކުރާ ތަނެއް! ދުނިޔޭގެ ބިންބޮޑު ގައުމުތަކުގައި އިންތިހާބު ތަކާއި ދިމާކޮށް މިކަހަލަ ޖޯކު ވާހަކަ ދައްކާތަން ފެނޭތަ؟ އެތަންތާ އެއަރޕޯޓު އަޅަން ބިން ނެތީތަ؟ ފައިސާ ނެތީތަ؟
ހައިއްޓެ
29 August 2018
ރައީސް އެހެންވިދާޅުވާނީ އެމަނިކުފާނަށް އެކަން ކުރެއްވޭނެތީ.. އެމަނިކުފާނުގެ ޕްލޭންގަ އެކަން ހަމަ ޖެހިފަ އިނީމަ. ރައީސް ޔާމީނަކީ ވައުދުވެ ވައުދު ފުއްދާ ނަތީޖާ ނެރެދެއްވާ ރައީސް އެއް.ހަމަ ހަބޭސް ރައީސް އެއް
ލިންކަން
29 August 2018
ރައީސް ޔާމީން ވެލިދޫ ބަނދަރު ހުޅުވަން ވަޑައިގަންފަ ބޭއްވިޖަލަސާގަ ތިބުނާ މާފަރު އެއާރޕޯޓް މިހާރު ހަދާމީހުނާ ހަވާލޮކުރިކަން އިއުލާންކުރެއްވީ.އެއީ މީގެ ހްއެއްކަމަސްކުރި،ދެން އެމަނިކްފާން މިފަހަރު އެދިޔައީ އެބުނާ މާފަރު އެއާޕޯޓައް ފްލައިޓްގަ އައިސްޖައްސާފަ ވެލިދޫއައް.އެހެންވީމަ މިސަރުކާރު އަދިވެސް ބަރަވެލި ދުވެލީގަތަ؟
ދީދީ
29 August 2018
ލަފާ ކޮްއްލެވެނީ 220 ޑޮލަރުގެ އަގެއް ކިރާނެތި އެޔާޕޯޓައް. ތަރައްގީ އޭ ކިޔާ ލޭބަލް ޖަހައިގެން ކޮންޓުރެކްޓު އުސޫލުން މަސައްކަތް ނަގާ މީހަކާ ވައްތަރީ
ޢައްޔުބެ
29 August 2018
ކޮބާހޭ ހޯރަފުށީ އެއަރ ޕޯޓު.
ައާދަނު
29 August 2018
ތި ކަލޭގެ ތިހެން އެއަރ ޕޯޓް އަލާފި ވަރަށް ތަންނަނުގަ ހޯރަފުށީގަ ވެސް މިހާރު ފޮލައިޓް ޖައްސާ
ހުއްބުލް ވަތަން
29 August 2018
ކޮރަޕްޝަން، އަނިޔާވެރިކަން، ނޯ ފްރީޑަމް، މި ތިން ކަންތައްވެސް އެންމެ ގަދަޔައް ހިންގިމީހުންތައް މިހާރުތިބީ އިދިކޮޅުގަ !