ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ބޭނުން ކުރާ ރަންވޭއަށް އެމިރޭޓްސްގެ މަތިންދާ ބޯޓެއް ޖައްސާފައި. އަދި އާ ރަންވޭ މަތީގައި ބަޔަކު މަސައްކަތެއް ކުރަނީ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
29 އޯގަސްޓް 2018 - 10:34
ކުރިއަށް އޮތް ޔޫރަޕްގެ ފިނި މޫސުމުގައި އެއާލައިންތައް އަންނަ އަދަދު އިތުރުވާނެތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ޚިދުމަތް ދިނުމަށް އިތުރު 10 ޗެކިން ކައުންޓަރެއް ހަދަން ފަށައިފި އެވެ.
ވީއައިއޭގައި އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ، ވީއައިއޭގައި އޮޕަރޭޓް ކުރާ އެއާލައިންތަކުގެ ތެރެއިން ރަޝިއާ އިން އަންނަ އެއިރޯ ފްލައިޓުތަކާއި ގަތަރު އެއާވޭސްގެ ފްލައިޓުތައް ފިނި މޫސުމުގައި އިތުރުވެގެން ދާނެ ކަމަށެވެ.
މަތިންދާބޯޓުތައް އިތުރު ކުރަން ބައެއް އެއާލައިންތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ޗެކިން ކައުންޓަރެއް. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"އެހެންވީމަ ކުރިއަށް އޮތް [ފިނި] މޫސުމަކީ، މިދިޔަ ސީޒަނަށް ވުރެ ފްލައިޓުގެ ގޮތުން އިތުރުވެގެންދާ މޫސުމެއްގެ ގޮތުގައި ފާހަގަ ކުރެވިފައި މިވަނީ،" އާދިލް ވިދާޅުވި އެވެ.
ފިނި މޫސުމުގައި، މަތިންދާބޯޓުތަކުގެ އަދަދު އިތުރުވާނެތީ މިހާރު ބޭނުން ކުރަމުން އަންނަ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ޓާމިނަލްގައި ހަދާ ޗެކިން ކައުންޓަރުތައް އަންނަ ޑިސެމްބަރުގެ ކުރިން ނިމޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ (އާ) ރަންވޭ ނިމުމުގެ ކުރިން، އިތުރު ޑިމާންޑުތައް އެބަހުރި. ރަންވޭ ނިމި ޕާކިން އޭރިއާ ބޮޑުވެ، އޭޕްރަންތައް ނިމުމާ އެކު، ގިނަ އެއާލައިންތަކެއް ދަތުރު ކުރަން ފަށާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް،" ހުޅުލެ ދެކުނު ކޮޅުން އާ ރަންވޭ ފެށޭ ހިސާބުގައި ހުންނަވައި އާދިލް ވިދާޅުވި އެވެ.
ވީއައިއޭގައި މިހާރު ޚިދުމަތް ދެމުން އަންނަނީ 34 ކައުންޓަރުންނެވެ. އެހެން ކަމުން އަލަށް ގާއިމުކުރާ 10 ކައުންޓަރާ އެކު ޖުމްލަ 44 ކައުންޓަރުން ޚިދުމަތް ދެވޭނެ އެވެ.
އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ އެއް ބިލިއަން ޑޮލަރުގެ މަޝްރޫ އަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫ އެވެ. މި މަޝްރޫއުގެ ދަށުން ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު އާ ރަންވޭއެއް އަޅައި ނިންމިއިރު، ހަތް މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދިނުމަށް އާ ޓާމިނަލެއް ވެސް ހަދާނެ އެވެ. ޓާމިނަލް އާއި ރަންވޭގެ އިތުރުން ހުޅުލޭގައި ގިނަ މަޝްރޫއުތަކެއް ދަނީ ހިނގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކުރުގެ ކުޑަ ހުސައިން
30 August 2018
ސާބަހޭ ރައީސް ޔާމީން ތީހަމަ ހީރޯއެއް. ރާއްޖޭގެ ތަރައްގީގެ މަޝްރޫއުއެއް ނުހިނގާ އެއްރަށެއްވެސްނެތް. ކޮންމެ ތަނެއް ތަރައްގީ ކުރިޔަސް ހަމަ ފަހުރުވެރިވާނީ ދިވެހި ދަރީން. ބޭރުމީހުނެއްނޫން.
ދިންމާ
30 August 2018
އަޑުއިވޭގޮތުގައި 1.2 ބިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާ އެއާޕޯޓު ތައްޔާރުކުރަނީ 7 މިލިއަން ޓޫރިސްޓުންނަށް، އެކަަމަކު ހިދުމަތުގެ ފެންވަރު އެހާދެރަ ސަބަބަކީ 1.2 ބިލިއަން އެއާޕޯޓް ތަރައްޤީކުރަން ހޭދަކުރަން ނިންމިއިރު 1 މިލިއަން ރުފިޔާވެސް މީހުން ބިނާކުރުމަށް ހޭދަކުރުމަށް ނުހިމަނައި ޖީބަށް ބޮޑުބައިދާކަން، އެއާޕޯޓުގެ މެނޭޖުމަންޓް މުސްކުޅިވެއްޖެ، ހިދުމަތްދެމުން މިހާރު އަންނަނީ މީގެ 25 އަހަރު ކުރީއްސުރެން އެއާޕޯޓުގައި މަސައްކަތްކުރާ މީހުން، އަލަށް ކިޔަވައިގެން އަންން އެއްވެސް މީހަކަށް ފުރުސަތެއްނެއް
ދަތްއަދުރޭ
29 August 2018
10 ޗެކިން ކައުންޓަރު ހަދަން 10 ބިލިއަން ރުފިޔާތަ؟ ޔާމީނުގެ ސަރުކާރަކީ، ރައްޔިތުންގެ ނަމުގައި ބޮޑެތި އަދަދުތަކުން ލޯނު ނަގާ، ބުއްދި ގަބޫލުނުކުރާ އަގުތަކުގައި ޕްރޮޖެކްޓު ހިންގާ، ތަރައްގީގެ ނަމުގައި އެހެން ކަމެއް ކުރާ ސަރުކާރެއް! މީނާ ރައްޔިތުންގެ ފައިސާ ގެންގުޅޭ ގޮތާއިމެދު ރައްޔިތުން އެބަޖެހޭ ފާރަވެރިވާން!
Dhaandhoo
29 August 2018
ރައްޔިތުންގެ ޓެކްސް ފައިސާއިން ތިޔަކަހަލަ ކިތައްމެ ކަމެއް ކުރިޔަށް އޮތް ތަނުގައި އަންނަ ސަރުކާރުތަކުން ރައްޔިތުންނަށް ކޮށްދެމުންގެންދާނެ ކަމީ ކަށަވަރު ކަމެއް . ބޭނުންވަނީ ހަމަ އިޚްލާޞްތެރި ވެރިޔަކު ތިކަންކަން ހިންގައި ކުރި އަރުވަން .
ލޯބިވާ ޔާމީން
29 August 2018
ފްލައިޓް ތަކުގެ އަގުހެޔޮވަންޏާ ކިތަންމެހާވެސް ރަނގަޅު
29 August 2018
ސާބަހޭ ރައީސް ޔާމީން
ރާއްޖެ
29 August 2018
އެމެރިކާ އަށް ވުރެ ޗައިނާ ކުރިއަރައިގެން ދާން އެމެރިކާ މީހުން ބޭނުން ނުވާ ފަދައިން ދިވެހިރާއްޖެ އިންޑިއާއަށް ވުރެ ކުރިއަރައިގެން ދިޔުމަށް އިންޑިއާ މީހުން ބޭނުން ނުވާނެއެވެ. ޓްރަންޕް ޗައިނާއާ ދެކޮޅަށް އިގްތިސާދީ ހަނގުރާމަ އެފެށީ އެހެންވެ. އިންޑިއާގެ މޮދީ ރާއްޖެއާއި ދެކޮޅަަށް މި ފަސް އަހަރު "ހަނގުރާމަ" އިއުލާނު ކޮއްގެން މިއުޅެނީ އެހެންވެ. އެކަމަކު މި 5 އަހަރު ރާއްޖެ އެންމެ މިލިމީޓަރެއްވެސް ފަހަތަކަށް ނުޖެހޭ. ވެލްކަމް ޓު ނިއު އޭޖް.
ދިވެހިންސް
29 August 2018
ތާއީދު. މިހާރު ވެސް ޖަޕާނު އޮތީ އެމެރިކާއަށް ވުރެ 10 އަހަރު ކުރީގައި. ޔޫޓިއުބްގައި ބައްލަވާ އެމެރިކާ އާއި ޖަޕާނުގެ ހުރި ތަފާތު.
މަރި
29 August 2018
ބިލިއަން ޑޮލަރޭ އަގައިން ބުނެވިދާނެ، ތިޔައިން އެއްވެސް ޕްރޮޖެކްޓެއްގެ އަސްލު ހަމަ އަގު އެގޭނެ މީހަކު ނުހުންނާނެ،
ޙާލު
29 August 2018
ސާބަހޭ ގަޓުސަރުކާރު ގަޓު ރައީސު ޔާމީން ޒިންދާބާދު، ﷲގެ އިރާދަފުޅުން ރައީސް ޔާމީން 2ވަނަ ދައުރަށް 2018 ކާމިޔާބު ކުރައްވާށި އާމީން.