ރައީސް އެންމެ ފަހުން މިދިޔަ އަހަރުގެ ޑިސެ،މްބަރުގައި ހިންނަވަރަށް ކުރެއްވި ދަތުރުފުޅުގައި ކުޑަކުއްޖަކާ ވާހަކަފުޅު ދައްކަވަނީ.---ފައިލް ފޮޓޯ: ރައީސް އޮފީސް
31 އޯގަސްޓް 2018 - 16:24
ރައީސް އަބްދުﷲ ޔާމީން ޅ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި މިއަދު ހަވީރު ފުރަތަމަ ވަޑައިގަންނަވާނީ ނައިފަރަށެވެ. އޭގެ ފަހުން، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ އުފަން ރަށް ހިންނަވަރުގެ އިތުރުން ކުރެންދު އާއި އޮޅުވެލިފުއްޓަށް ވެސް ރައީސް ޔާމީން ވަޑައިގަންނަވާނެ އެވެ.
ރައީސް އޮފީހުން ބުނީ، މިއީ އެ ރަށްރަށުގައި ސަރުކާރުން ހިންގާފައިވާ ތަރައްގީގެ ބައެެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވުމަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެހެންވެ، ރަސްމީ ބައިގެ އިތުރުން، އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ބައެއް ކަންކަން ވެސް ރައީސް ޔާމީން ކުރިއަށް ގެންދަވާނެ އެވެ.
ރިޔާސީ އިންތިޚާބު ބާއްވަން 22 ދުވަހަށް ވެފައިވާއިރު، ރަސްމީ ހައިސިއްޔަތުގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން ވެސް ރައީސް ޔާމީން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތައް މިހާރު ވަނީ ގިނަ ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅޭ79
31 August 2018
ޅ އަތޮޅު އޮތީ ރައީސް ޔާމީން ފަހަތްޕުޅުގަ.
ރާޑޯ
31 August 2018
ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ފިޔާތޮށި ކުލައިން ޖަރީވެފައިވާތަން.
މިހާފީ
31 August 2018
ރަސްމީ ދަތުރުގައި ގޮސް އަމިއްލައަށް ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރާތަން ފެންނަނީ. ޚަރަދުކުރަނީ ދައުލަތުގެ ބައިތުލް މާލުން ނޫންތޯ؟ މިކަން ތަހުގީގުކޮށްލާނެ މީހެެއްވެސް ނެތީތޯ؟
ކަކާ
31 August 2018
ބަލާލަބަލަ ނިކަން އެހަރަ ދިގު ލައިނެއް ރައީސް އާއި ސަލާމް ކޮއްލަން އައިސްތިބި. ޒުވާނުންގެ ރައީސް. ސާބަސް ނައިފަރަށް!
ކަކާ
31 August 2018
ޅ. ހިންނަވަރުންވެސް މެޖޯރިޓީ މާތްﷲ ގެ ވާގިފުޅާ އެކީގައި ރައީސް ޔާމީނަށް
ބޮންދު
01 September 2018
ކަކާ! އެތާގަ ގިނަމީހުންނަކީ ރިސޯރޓްތަކާ ފެލިވަރުގެ މުއަްޒަފުން. ހިންނަވަރުމީހުން ވަރަށް މަދު. ޔާމީން ޅޮސްއުދޯލީގަ ވެޑުވިޔަސް އމަނިކުފާނަށް އޮޅުވާލުމަކީ ކޮއްގެންވާނެ ކަމެއްނޫން. އެތާގިނައިންތިބީ ހިންނަވަރުގެ މީހުންނޫންކަން ރާއީސްދެެނެވަޑައިގަންނަވާ. އެހެންވެ ޖަލްސާވެސް ނުބާއްވާ ފުރާވަޑައިގަތީ.