ޚަބަރު / ބުލީކުރުން

ނަޝްފާއަށް އަނިޔާކުރި ދެ ކުދިން ހައްޔަރުކޮށްފި

އަންހެން ކުއްޖާއަށް އަނިޔާކުރާ ވީޑިއޯގެ ސްކްރީންޝޮޓެއް

އުމުރުން 15 އަހަރުގެ ނަޝްފާ ހަސަނަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ދެ އަންހެން ކުދިން މިރޭ ހައްޔަރުކޮށްފި އެވެ.

ތިން އަންހެން ކުދިން ވެގެން ނަޝްފާއަށް އަނިޔާކުރާ ތަން ފެންނަ ވީޑިއޯއެއް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފަ އެވެ. ވަރަށް ހުތުރު ބަހުން ވާހަކަ ދައްކައި، އެ މީހުން ނަޝްފާގެ މޫނު މަތީގައި ތަޅާތަން އެ ވީޑިއޯއިން ފެނެ އެވެ. އެ މަންޒަރު ވީޑިއޯ ކޮށްފައި ވަނީ އެ ގުރޫޕްގައި ހިމެނޭ އެހެން އަންހެން ކުއްޖެއް ކަމަށް ވެ އެވެ.

ފުލުސް އޮފީހުން މިރޭ ބުނީ މި މައްސަލައާ ގުޅިގެން އުމުރުން 17 އަހަރާއި 18 އަހަރުގެ އަންހެން ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ކުދިން ހައްޔަރު ކުރީ ކޯޓު އަމުރަކާ އެކު އެވެ.

ވީޑިއޯ ވައިރަލް ވުމާ އެކު، ގިނަ ބައެއްގެ ފާޑުކިޔުން އެ ކުދިންނަށް ވަނީ އަމާޒު ވެފަ އެވެ. އަދި އޭގެ ތެރޭގައި ހިމެނޭ ދެ ކުއްޖަކު ވަނީ، ކުށް ގަަބޫލުކޮށް ސޯޝަލް މީޑިއާގައި މާފަށް ވެސް އެދިފަ އެވެ.

އަނިޔާ ލިބުނު ނަޝްފާގެ މަންމަ ބުނިގޮތުގައި އޭނާގެ ދަރިފުޅަށް އަނިޔާކުރީ، ގޭގައި ހުއްޓައި ނެރެގެން ގެންގޮސްފަ އެވެ.

ގދ. ތިނަދު އަށް އުފަން ނަޝްފާގެ މަންމަ ސީމާ އިސްމާއިލް، "މިހާރު"އާ ވާހަކަ ދައްކަމުން ބުނެފައި ވަނީ، އެ ދުވަހު ދަރިިފުޅު ހޯދަން އެ ގެ އަށް ދިޔައީ ހަތަރު އަންހެން ކުދިން ހިމެނޭ ގުރޫޕެއް ކަމަށެވެ. އަދި އެ ކުދިންތައް ވާހަކަ ދެއްކީ ވަރަށް ހަރުކަށިކޮށް ކަމަށާއި އެހެންވެ، އެއީ ކޮން ކުދިންނެއްތޯ އޮޅުން ފިލުވައި އެ މީހުންނާ އެކު ބޭރަށް ނުދިއުމަށް ދަރިފުޅު ގާތު އެދުނު ކަމަށް މަންމަ ބުންޏެވެ. "އެކަމަކު ބުނީ އެއީ ރައްޓެހި ކުދިންތަކެކޭ. ވަރަށް އަވަހަށް އެބަ އަންނަމޭ ކިޔާފައި ނުކުތީ،" ސީމާ ބުންޏެވެ.

ވީޑިއޯ ވައިރަލްވުމާ އެކު ހެން ނަޝްފާ ވަނީ "ގެއްލިފަ" އެވެ. އޭނާ ފެނުނީ، ފުލުހުން އެ ކުއްޖާ ހޯދުމަށް ފޮޓޯ އާއްމުކޮށް، އެކަން އިއުލާނުކުރިތާ ދެ ދުވަހެއްވަރު ފަހުންނެވެ. ނަޝްފާ ފުލުހުންނާ ހަވާލުވީ އަމިއްލައަށެވެ.

41 ކޮމެންޓް, 312 ރިއެކްޝަންސް

icon happy icon happy 81%
icon sad icon sad 13%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދެޓްސް ނޮޓް މީ އަޅެ

04 September 2018

ތިމާ ފޭހުނު އިލޮށި ހެރޭނީ ތިމާގެ ލޮލަށެވެ. ( ̄▽ ̄)

The name is already taken The name is available. Register?

ރިޒްމީނާ

04 September 2018

މިއީ ދިވެހި އަންހެނުންގެ އަގުވައްޓަން އުޅޭ ދެކުދިން! މިފަދަ މީހުން ރީހެބިލިޓޭޓްކޮށް ހަމަމަގަށް އަޅުވަން ޖެހެއެވެ.

The name is already taken The name is available. Register?

ނައިސް

04 September 2018

ވެރީ ނައިސް

The name is already taken The name is available. Register?

ރީތި މޫސަ

04 September 2018

މިފަދަކަންހިނގަނީ އެކަށީގެންވާގޮތަށް ދަރިންނުބެލެހެއްޓޭތީ ތިމައްސަލަ ނިންމަން އެކުދިންގެ މައިންބަފައިންވެސް ހާޒިރުކުރަންޖެހޭ އަދި ކުއްވެރިވާކުދިންނަށް ލިބެންޖެހޭއަދަބު ލިބެންޖެހޭނެ

The name is already taken The name is available. Register?

ކަރަންވީރް ޑޮގްރާ

03 September 2018

ރަނގަޅު ނަޝްފާ ދެރަ ނުވޭ އިރާދަކުރެއްވިއްޔާ ރަނގަޅު ގޮތް އަބަދުވެސް ދިމާވާނެ

The name is already taken The name is available. Register?

falaku ain

03 September 2018

ދިވެހި އަންހެންކުދިންވެސް ތަރައްގީވެގެންގޮސް ދުނިޔޭގެ އެއްވަނަ ސަފުގައި. ތިމީހުންނަށް ބޮޑު އަދަބެއް އެބަހީ ޓެރަރިޒަމުގެ ތެރެއިން އަދަބު ނުލިބިއްޖެނަމަ މުޅިގައުމަށް ތިވަބާ ފެތުރޭނެ.

The name is already taken The name is available. Register?

އިބްރާހީމް 3131313

03 September 2018

ކޮންމެ ކަމެއް ސިޔާސީ ނުކޮށްބަލަ

The name is already taken The name is available. Register?

ސިއްދީގު

03 September 2018

ސާބަހޭ ދިވެހި ފުލުހުން ތީމިގައުމުގެ ސަރަފަކީ

The name is already taken The name is available. Register?

ނަޖްވާ

03 September 2018

މި މަންޒަރު ވީޑިޔޯ ކުރީ ކާކުތޯވެސް އެބަ ބަލަން ޖެހޭނު! އެމީހަކު ހަމަ މަންޒަރު ވީޑިޔޯކޮށްފަ ރިޕޯޓު ނުކުރި މައްސަލަވެސް އެބަ ޖެހޭ ބަލަން ހަޤީޤަތުގަ އެއީވެސް ކުށެއް! އެމީހާވެސް އެކުއްޖާ އަށް ސަލާމަތާ ރައްކާތެރިކަން ދީފަކައެއް ނެތެންނު!

The name is already taken The name is available. Register?

ވަހީދު

03 September 2018

ވީޑިއޯ ކުރީ އެ ގޭންގުގެ މެމްބަރެއް

The name is already taken The name is available. Register?

ދޮންހަސަންބެ

03 September 2018

ތިމައްސަލައިގައި އެއްކުއްޖަކު ހައްޔަރު ނުކުރާނެ. ސަބަބކީ އެކުއްޖާ އަދި އެކުއްޖާ މަމްނަމަ ވެސ މިހާރު އަބަދުވެސް އުޅޭނީ ޕީޕީއެމް ޖަގަހައިގައި ކެމްޕޭން މަސައަކަތުގައި ، އެ ކުއްޖާ އަކީ ޓީއެސް ގްރޭޑް 9 ގައި އުޅޭ ކުއްޖެއް،

The name is already taken The name is available. Register?

ލޮލް ހަސަން

03 September 2018

އެއީ ރެހެންދީ ސްކޫލް ގްރޭޑް 10 ގެ ކުއްޖެއް.?

The name is already taken The name is available. Register?

ވަހީދު

03 September 2018

އެހެންނަމަ މައުމޫނާއި އަދީބާއި ނާޒިމު ހައްޔަރެއް ނުކުރާނެ.

The name is already taken The name is available. Register?

ފައިސާ ފައިސާ

04 September 2018

މައުމޫނާއި އަދީބާއި ނާޒިމް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބި. ދެން ބަލަމާ ހިންގާ މިކުދިން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބާތޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454