ހައްޖުގެ އަޅުކަމަށް ދެމަފިރިއަކު އެއާޕޯޓުގައި: އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދޭއިރު ބޭންކް ގެރެންޓީ ހުށަހަޅަންޖެހޭ ގޮތަށް އޮތްއޮތުން ވަނީ އުވާލާފައި ---މިހާރު ފޮޓޯ/ހުސެއިން ވަހީދު
03 ސެޕްޓެމްބަރ 2018 - 12:59
ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު، ހަތް ލައްކަ ރުފިޔާގެ ބޭންކް ގެރެންޓީއެއް ހުށަހަޅަންޖެހޭ ގޮތަށް ކުރިން އޮތްއޮތުން އުވާލައިފި އެވެ.
ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމާ ބެހޭ އުސޫލު ކުރިން އޮތްގޮތުން އުމްރާއަށް ގެންދިއުމުގެ ހުއްދައަށް އެދި ހުށަހަޅާ ކުންފުނިތަކުން އެކަމުގެ ޕްރޮޕޯޒަލް އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅާއިރު ހަތް ލައްކަ ރުފިޔާގެ ބޭންކް ގެރެންޓީއެއް އެއް އަހަރުގެ ދުވަހުގެ މުއްދަތަށް ހޯދުމަށް ފަހު ހުށަހަޅަން ޖެހޭނެ އެވެ.
އެކަމަކު އެ އުސޫލަށް މިއަދު ގެނައި އިސްލާހުގައި، ބޭންކް ގެރެންޓީ ހުށަހަޅަންޖެހޭ ކަމަށް ބުނާ ބައި ވަނީ އުނިކޮށްފަ އެވެ.
އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ހުށަހެޅޭނީ 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުނިތަކަށެވެ. އަދި އެ ކުންފުންޏެއްގެ އެއްވެސް ޑިރެކްޓަރެއްގެ މައްޗަށް ޚިޔާނާތުގެ ކުށެއް ސާބިތުވެފައި ނެތުމާއި އެފަދަ މައްސަލައެއް ކޯޓުގައި ހިނގަމުން ނުދިއުމުގެ އިތުރުން އެފަދަ ތުހުމަތެއް ޑިރެކްޓަރެއްގެ މައްޗަށް ނެތުމަކީ ވެސް އެ އުސޫލު ބުނާގޮތުން ޝަރުތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާޖީ ޒިޔާދު
03 September 2018
ތިޔަ ބޭންކް ގެރެންޓީއެއް ނަގަން ނިންމީ ވެސް ތިޔަ މިނިސްޓްރީން. އެނަގައިގެން ހުއްދަ ދިންތާ އަހަރެއް ނުވޭ. މިއީ ކާކުގެ މާމޮޅު ވިސްނުމެއްތަ ޒިޔާދޫ؟؟