ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ރަންވޭ ދިއްލާލާފައި. މި ރަންވޭއަށް ފުރަތަމަ ޓެސްޓް ފްލައިޓް މިމަހުގެ ތެރޭގައި ޖައްސާނެ. ފޮޓޯ: އެމްއޭސީއެލް
04 ސެޕްޓެމްބަރ 2018 - 11:16
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ރަންވޭގައި ހަރުކުރި ލައިޓްތައް ޓެސްޓްކުރަން ދިއްލާލައިފި އެވެ.
އެ އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ރަންވޭގައި ހަރުކުރި ލައިޓްތައް ޓެސްކުރަން އިއްޔެ ރޭ ދިއްލާފައި ވަނީ ރޭގަނޑު ދަންވަރު އެއާޕޯޓް ބަންދުކޮށްފައިވާ ވަގުތުގައި ކަމަށެވެ. އަދި އެއީ ސަލާމަތީ ސަބަބުތަކާ ހެދި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެއާބަސް އޭ 380 މަރުކާގެ ބޯޓު ވެސް ޖެއްސޭ ފެންވަރަށް ހަދާ ރަންވޭގެ ހުރިހާ މަސައްކަތެއް ނިންމީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ރަންވޭ ދިއްލާލާފައި. މި ރަންވޭއަށް ފުރަތަމަ ޓެސްޓް ފްލައިޓް މިމަހުގެ ތެރޭގައި ޖައްސާނެ. ފޮޓޯ: އެމްއޭސީއެލް
އެއާޕޯޓުގައި އަލަށް ހެދި ރަންވޭ އަށް ފުރަތަމަ ޓެސްޓް ފްލައިޓް މި މަހުގެ 20ގެ ކުރިން ޖެއްސުމަށް އެމްއޭސީއެލް އިން އަންނަނީ މަސައްކަތްކުރަމުންނެވެ.
ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ، އެ ރަންވޭގެ ދެކުނު ކޮޅުގެ ފަހު ތާރު ފަށަލަ އެޅުމުގެ މަސައްކަތް މިދިޔަ ޖޫން މަހުގެ ފަހުކޮޅު ނިންމިއިރު، ރަންވޭގެ އުތުރު ކޮޅުގެ ފަހު ތާރު ފަށަލަ އަޅައި ނިންމީ މިދިޔަ ޖުލައި މަހުގެ މެދެއްހާ ހިސާބުގަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ރަންވޭ ދިއްލާލާފައި. މި ރަންވޭއަށް ފުރަތަމަ ޓެސްޓް ފްލައިޓް މިމަހުގެ ތެރޭގައި ޖައްސާނެ. ފޮޓޯ: އެމްއޭސީއެލް
ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، އާ ރަންވޭ ހަދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. މި ލޯނުގައި ރަންވޭގެ އިތުރުން 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 80،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީބަލީ
04 September 2018
ދިއްލާނެ. ކޮންމެ އިންތިޚާބަށް ތިހެން ދިއްލާ ވަހަކަ ނިހާނުވެސް އޮތީ ވިދާޅުވެފަ.
ލޯމާފާނު
04 September 2018
ހިންދުސްތާނަށް ވިއްކާ ނުލިޔަސް ކަންކަން ކުރެވިދާނެ ކަން މީގެން އަންގައިދެނީ.
މޮހޮނުކަލޯ
04 September 2018
މައުލޫމާތު ހުރެގެން އަނގަ ހުޅުވަބަލަ އެއާރޕޯޓް އަކީ އަބަދު ވެސް ދަލަތަށް އެއްމެ ބޮޑު ޑިވިޑެންޓް ދައްކާ ކުންފުނި ސަރުކާރުން ހިންގާ ކުންފުނި ތަކުތެރެއިން
ލުގުމާން
04 September 2018
އަދި ފައިސާ ހުއްޓަކަސް ކަންކަން ނުކުރެވޭނެ. މިސާލަކަށް ދެމީހަކަށް އަޅުގަނޑު މިދިނީ ކޮންމެ މީހަކަށް މިލިއަނެއް ވިޔަފާރިކުރަން. އޭގެ 5 އަހަރުފަހުން އެދެމީހުނާ ބައްދަލު ވިއިރު އެކަކު ބަނގުރޫޓް އަނެކަކު އަތްނުފޯރާފަށުގަ. މިއީ ތަފާތަކީ. ދަންނަވަން މިއުޅެނީ ރައީސް ޔާމީން ގައިގަ ހުނަރާއި ކަންކަން ކުރުމުގެ ގާބިލުކަން ހަމަ ހަގީގަތުގައިވެސް އެބަހުއްޓޭ. ބޭނުމެއް ނޫނޭ އާތަޖުރިބާއެއްކުރަން. ކަމެއްކުރަންޔާ ކުރަންވީ އިތުރު 10 އަހަރަށް ޔާމީނާއި މިގައުމުގެ ހުންގާނު ހަވާލު ކުރަންވީ.
ބޯލްސް
04 September 2018
ސާބަހޭ ރ.ޔާމީން ....ތިޔައީ މިޤައުމުގެ އިޤްތިސާދީ މޭސްތިރި...ބޮޑަތި ބޯޓުފަހަރުން ވައިގެބަދަރު ފުރާލެވޭނެ. ވިޔަފާރީ ގެ ބަނދަރު ހުޅުވާލެވޭނެ..އިޤްތިސޯދީ ކުރިއެރުން ..ޤައުމުގެ ތަރައްޤީ ޔަޤީން..
ދީދީ
04 September 2018
ހާދަ އަނދިރިޔޭ މިހާރުވެސް ރަންވޭ އެއޮތީ ދެބައި ކުޅައެއްބައިން ކަރަންޓު ގޮއްސަ، މީދެން ތަރައްގީބާ؟
ރާއްޖެ
04 September 2018
4 ފަރާތުން އަލި ކޮއްފަ ބަހައްޓަން އެއީ ފުޓުބޯޅަ ދަނޑެއް ނޫން.
ކަނަމަނަ
04 September 2018
އަދިރި މީހުންނަށް ކިތަންމެ އަލިކުރިޔަސް އަނދިރިވާނެ. ބީރުމީހުންނަށް އަޑުކިތަންމެ ގަދަޔަސް އަޑެއްނީވޭނެ.
ޖެމް
04 September 2018
ދިވެހިން އެދޭހަ ތަރައްގި ޔަގީން ވާންފެށީ އަހަރެން ފަހުރުވެރި ވަމޭ ތިޔަ ރައީސް އައްޓަކާ..ރައީސް ޔާމީން...
ހައިއްޓެ
04 September 2018
ދިވެހިންގެ އެއާޕޯޓް ނުއަގުގައި ވިއްކާލާ ތިމާމެންގެ އަމިއްލަ ޒާތީ މަންފާތައްނަގާ އެތައްމިލިޔަނެއް ގެ އަދަދުން ދިރުވާލާ ބައި އަޅައިގެންތިއްބާ އެއާޕޯޓް އަލުން އަނބުރާ ހޯދާ ހިންދެމިލުމަކީ މިއަދު ދިވެހިން އެންމެ ފަޚުރުވެރިވާ ކަންތައް. އެއީ މި ޤައުމުގެ ފަޚުރު. މިގައުމުގެ މައި ދޮރާށި. ވަގުންގެ އަތުން އަނބުރާ ހޯދާ މިއަދު އެ އެއާޕޯޓް ތަރައަގީގެ މޭސްތިރިޔާގެ ފުރިހަމަ ވިސްނުންފުޅާ އެކު ދިއްލާލުމަކީ ދިވެހި ކޮންމެރައްޔިތަކު ފަޚުރުވެރިވާ ކަމެއް. ރައީސް ޔަމީންގެ ތަރައްގީ އާއެކު ބާރަށް ކުރިޔަށް
ހާއި
04 September 2018
މިވަރުގެ އެހެން ތަރައްގީއެއް އެހެންނޫނީ މިއަށްވުރެ މޮޅު ތަރައްގީ އެއް މި ސަރުކާރުން ނޫނީ ނުފެންނާނެ..
ކަކުނިބޯ
04 September 2018
މިކަން ކުރަން ދަސްކޮށްދިނީ އަދި ކުރެވޭނެގޮތް ހަދައިދިނީ ރައީސް ނަޝީދު. ރައީސް ނަޝީދު ޖީއެމްއާރު އަށް އެއަރޕޯޓް ނުދިންނަނަމަ އަދިވެސް ތިޔަތަން އޮންނާނީ ކުރިން އޮތްގޮތުގައި އެއަރޕޯޓެއްހިންގަން ދިވެހިންނަށް ދަސްވީ އަދި އެއިން އެއަރޕޯޓް ޑިވޮލަޕްމްންޓް ފީ އާއި އެހެނިހެން ފީތަށް ނަގަން އެގުނީ އެ ޖީއެމްއާރ އެއްއައިސް ހިންގަންފެށުމުން އޭގެކުރީގައި އެއީ ބާާލިދީ އެއަރޕޯޓް އެގޮތުގައި ކިތަށް އަހަރު އޮތް ދިވެހިދައުލަތަށް އެއްވެސްފައިސާއެއްނުލިބޭތަނެއްގެ އިތުރުން ބަޖެޓަށް ބުރައެއްގެގޮތުގައި