އިދިކޮޅު ފަރާތްތަކުން ފެބްރުއަރީ މަހު ބޭއްވި މުޒާހަރާއެއް: އިދިކޮޅު މުޒާހަރާއެއްގައި ބައިވެރިވި ކަމަށް ބުނެ ވަކިކުރި މީހަކަށް ބަދަލު ދޭން ވަނީ އަމުރުކޮށްފައި --ފޮޓޯ/މިހާރު
04 ސެޕްޓެމްބަރ 2018 - 14:35
އިދިކޮޅު މުޒާހަރާއެއްގައި ބައިވެރިވި ކަމަށް ބުނެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ވަޒީފާއިން ވަކިކުރި ކަމަށް މީހަކަށް ބަދަލު ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.
އެމްޕީއެލްގެ އޮޕަރޭޓަރެއްގެ ވަޒީފާގައި ހުރި އެ މީހާ ވަޒީފާއިން ވަކިކުރީ ސުޕްރީމް ކޯޓުން މިދިޔަ މަހުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރާ ގުޅިގެން އެރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގައި ބައިވެރިވި ކަމަށް ބުނެ އެވެ. އޭނާ ވަކިކުރީ ރަސްމީ ޑިއުޓީއަށް ސަލާމް ބުނުމަށް ފަހު އާންމު މަސްލަހަތަށް ގެއްލުން ލިބޭ ފަދަ އަމަލެއްގައި ބައިވެރިވި ކަމަށް ބުނެ އެވެ.
ވަޒީފާ އަނބުރާ ހޯދަން އެ މީހާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން ޓްރައިބިއުނަލުން އިއްޔެ ނިންމީ އެ މީހާ ވަކިކުރީ ވަޒީފާ އިން ވަކިކުރުން ހުއްދަ ހާލަތެއް އޮވެގެން ކަން ސާބިތުނުވާ ކަމަށާއި އެހެންވެ، އޭނާ ވަކިކުރީ ވަޒީފާއާބެހޭ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެންވެ، ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ބަދަލެއްގެ ގޮތުގައި 12،500ރ. އެއްފަހަރާ އެ މީހާއަށް ދިނުމަށް އެމްޕީއެލްގެ މައްޗަށް އަމުރުކުރާ ކަމަށް އެ ނިންމުމުގައިވެ އެވެ.
އެކަމަކު އޭނާގެ ވަޒީފާ އަނބުރާ ދޭން އަމުރު ނުކުރެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ. ސަބަބެއްގެ ގޮތުގައި ވަނީ އޭނާ ވަކިކުރަން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި މަސައްކަތުގެ އަޚްލާގާ ގުޅޭ މައްސަލަތަކެއް ހުރުމުން އިތުބާރު ގެއްލިފައިވާ ކަމަށް ބެލެވުމެވެ.
އިދިކޮޅު މުޒާހަރާތަކުން މެއި، 2015 ގައި ބޭއްވި ބޮޑު މުޒާހަރާގައި ބައިވެރިވެގެން ވެސް ބައެއް މީހުން ސަރުކާރު ކުންފުނިތަކުގެ ވަޒީފާއިން ވަކިކުރި އެވެ. އޭގެ ތެރެއިން ވެސް ބައެއް މީހުންނަށް ވަޒީފާ އަނބުރާ ދޭން އޭރު ޓްރައިބިއުނަލުން އަމުރުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަންނާ
05 September 2018
މީގެ ކުރިންވެސް އެގޮތަށް ވަޒީފާ އަނބުރާ ދޭށާ މުސާރަ ދިނުމަށް ނިންމާފަ ެބަހުރި އާކަމެއް ނޫން
ވާލުސޮރު
05 September 2018
މަޑުމަޑުން ރަނގަޅުވާހެން މިހާރު އެބަހީވޭ.
މަވެސް މިސަރުކާރާ ދެކޮޅު އެކަމަކު
05 September 2018
މަވެސް މިސަރުކާރާ ދެކޮޅެވެ. އެކަމަކު މަގޭ ނަޞޭޙަތަކީ ކިތަންމެ ނުރުހުނަސް، ޑިއުޓީ ނުވަތަ ރަސްމީ މަސައްކަތު ގަޑީގައި އެކަން ނުކޮށް، ޝުޢޫރު ފާޅުކުރަން ނުނިކުންނާށެވެ! ނަމަވެސް އޮފް ޑިއުޓީގަ ނުވަތަ ރަސްމީގަޑި ނިންމާފަ މުޒާހާރާ ނުވަތަ ޝުޢޫރު ފާޅުކުރަން ނިކުތަސް އެންމެ ރަނގަޅެވެ.
ތަމީމް
04 September 2018
20 ފެބްރުއަރީ 2018 ވަނަ ދުވަހު އެމްޕީއެލްއިން ވަޒީފާއިން ވަކިކުރި ޒުވާނާގެ މައްސަލަ ދެން އޮތީ. ޙުލާސާ ބަޔާން އޮތުން ދެން އޮތީ. އިންޝާ ﷲ މިވެރިކަން ވެސް ބަދަލުވާނެ. ވަޒީފާ ވެސް ލިބޭނެ. ވޯޓަށް ބާކީ އެންމެ 19 ދުވަސް!!