އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް މައުމޫން (މ) އަދި އިިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބޫ (ވ) ބައިވެރިވެވަޑައިގަންނަވަނީ.-- މިހާރު ފޮޓޯ
05 ސެޕްޓެމްބަރ 2018 - 00:31
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހޮވިވަޑައިގެންފިނަމަ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމަށް އިންސާފު ލިބި މިނިވަންވާނެ ކަމަށް އެ ބޭފުޅުން އުންމީދުކުރައްވާ ކަމަށް، އެބޭފުޅުންގެ ވަކީލް މައުމޫން ހަމީދު މިރޭ ވިދާޅުވެއްޖެ އެވެ.
ވަކީލް މައުމޫން ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައި ވާއިރު އިބޫ ވަނީ އޭނާގެ ވެރިކަމުގެ ފުރަތަމަ ދުވަހު އިދިކޮޅު ލީޑަރުންނާއި ސިޔާސީ ކަންކަމުގައި ޖަލަށް ލާފައިވާ ބޭފުޅުން މިނިވަންކުރައްވާނެ ކަމަށް ކުރިން ވިދާޅުވެފަ އެވެ.
އިބޫ ހޮވިއްޖެ ނަމަ އިންސާފު ލިބޭނެ ކަމަށް މައުމޫނާއި ދަރިކަލުން އަދި ދަނބިދަރިކަލުން އުންމީދުކުރައްވާ ކަމަށް އެ ބޭފުޅުންގެ ވަކީލް ވިދާޅުވީ އިބޫ މިއަދު މާލޭގައި ދޮރުންދޮރަށް ހިންގަވައި ކެމްޕެއިނު ކުރެއްވި އިރު ފާރިސްގެ އަނބިކަނބަލުންނާއި އެ އާއިލާގެ އެހެން ބައެއް ބޭފުޅުންނާ އިބޫ ބައްދަލުކުރައްވައި ނަންގަވާފައިވާ ފޮޓޯތަކަކާ އެކު ކުރެއްވި ޓްވީޓެއްގަ އެވެ.
.@afarismaumoon MP wife & her family with @ibusolih
— Maumoon Hameed (@maanhameed) September 4, 2018
Faris, Pres. @maumoonagayoom & @MNadhym remain hopeful that a victory for #IbuFaisail20182️⃣ will result in their deliverance from injustice, Insha Allah. https://t.co/CXGNLFzmRm
ވަކީލް މައުމޫންގެ ޓްވީޓް
އައްޑޫ މަރަދޫ ޖަގަހަ ހުޅުވުމަށް މިދިޔަ ޖުލައި މަހު އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން، މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު، ޖަލު ހުކުމުގައި ތިއްބެވި ސިޔާސީ ހުރިހާ ލީޑަރުން މިނިވަން ކުރާނެ ކަމަށެވެ.
"ތިޔަ ބޭފުޅުން ކުރައްވާ މަސައްކަތާ އެކު، ނޮވެމްބަރު 17 ވަނަ ދުވަހު އެކުލަވައިލާ ސަރުކާރުގެ ފުރަތަމަ ދުވަހު އެ ހުރިހާ ބޭފުޅުން [ސިޔާސީ ހުރިހާ ލީޑަރުން] މިނިވަން ވެގެން ދާނެ." މި އަހަރުގެ ނޮވެމްބަރު 17 އަކީ އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވާ ގޮތުން ނަމަ، ރައީސް ޔާމީންގެ ރިޔާސީ ދައުރު ހަމަވާ ދުވަހެވެ. އެހެންވެ، މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅެއްގެ ދައުރު ފެށޭނީ އެ ދުވަހު އެވެ.
މައުމޫނާއި ނަދީމް ހައްޔަރުކޮށްފައިވަނީ ސިޔާސީ ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ މީހަކު ޖަލުން މިނިވަންކުރުމަށް މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު އެވެ. އަދި ހައްޔަރުކޮށް ފޯނު ދިނުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރެއްވި މައްސަލާގައި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ކުށް ސާބިތުވެ މައުމޫން ގެންދަވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. ހުއްދަ ނެތި ޕީޕީއެމްގެ ދިދަ ބޭނުންކުރެއްވި ކަމަށް ބުނެ އުފުލި، ޝަހުސު އޮޅުވާލުމުގެ ދައުވާގައި ކުށް ސާބިތުވެ ފާރިސް އަށް ވެސް ވަނީ ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
މައުމޫނާއި ފާރިސް އަދި ނަދީމުގެ މައްޗަށް، ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތްތައް ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ނަސީމް
05 September 2018
މިއީ ރޔ ވަރައް ގޯސްކޮން ކުރި ކަމެއް! ރމ ވެސް ގާސިމް ގެ ވައިރޯޅީގައި ޖެހި ގޯޅި އެޅުނީ!!!
މައޫ
05 September 2018
އިބޫ ތިމީހުންގެ އުންމީދު ފުނޑު ފުނޑުކޮށްލާނެ! ބަލަން ހުންނާތި
ދަރަނިބޯ
05 September 2018
އެއްވެސްމީހަކަށް ނުހައްގުން އަދަބުދިނުން ބަލައެއްނުގަނެވޭ އަމުދުން ޑިމޮކްރެޓިކް ވެއްޓެއްގައި ނުރުހޭ އެތައްބަޔަކު އުޅޭނެ މިރައީސް އެންމެބޮޑަށް ފަލީހަތްވެ ބޭޒާރުވީ މިޒާތުގެ ދެކޮޅުނުޖެހޭ ކަންކަން ކުރައްވައި އެކަންކަން ދިފާއުކުރައްވަން އުޅުއްވާން ހައްދަވައިގެން
ހަނާ
05 September 2018
މަނިކުފާނުގެ ހިތްަވަރުފުޅަށް ހަމަ އައްސަރިބަހާ ސާބަސް ގައުމައްޓަކައި ކޮންމެ ފަދަ ގުރުބާނެއް ވާންވެސް ތައްޔާރުކަން ޔަގީން
ކުނި
05 September 2018
މީހަގީގީ ލީޑަރުންނަކީ ގާބިލު ބޭފުޅުންނަނަކީ ލީޑަރޝިޕް ކޮލިޓީ ދައްކަން ޖެހުނުގަޑީގައި ފަހަތައް އެންމެ ފިޔަވަޅެއްވެސް ނާޅުއްވާ ތީ ހަމަ ޒައީމު މުޅި ދިވެހި ގައުމު ފަޚްރުވެރިވާ
ހުނި
05 September 2018
ރާއްޖެއަށް ނުހަނު ދިގުމުއްދަތަށް ޚިދުމަތްކޮށްދެއްވާ އެހާ މުސްކުޅިފުޅު އުމުރުގައިވެސް ޖަލުގައި މިސަރުކާރުގައި އޮންނަނީ އެންމެ ގާނޫނެއްވީމާ ޓެރަރިސްޓަކަށް ހަދައި ޖަލުގައި އެވެސް ހަމައެކަނި ޚިޔާލުތަފާތުވެގެން މީހުންނަށް އަނިޔާ ދިނުމުގައި ހައްދެއް ނެތް ގޮތްކުޑަ ސަރުކާރެއްމީ
ތެމާ
05 September 2018
މުޅިއާއިލާ ހުރިގޮތަށް ޖަލަށްލައިގެންވެސް ހިތްނުފުރޭ ސަރުކާރެއްމި
ކަނަމަނަ
05 September 2018
30 އަހަރުގެ ދިގުމުއްދަތެއްގައި މަގޭމީހުންނާއި މަށަށްތާއީދުކުރާ މީހުންނަށްއެކަނި ހުރިހާކަމެއްކޮށްދީގެން އެވަރުން ނުފުދިގެން ރާއްޖޭގައި އަބަދުވެސް މަގޭވެރިކަން ދަމަހައްޓަން މިވަރަށް މަސައްކަތް ކުރާ މީހަކު އަދި ނުދެކެން އިސްލާހީ އެޖެންޑާގެ ތެރެއިން ރަށްރަށު މީހުންލައްވާ ކުޑަކާފާއި ބޮޑުކާފު ވޯޓްކަރުދާހުގައި ޖެއްސުންވެސް. ..........
ހަސަން 18
05 September 2018
އިންސާފު ލިބެމުން މިހާރު ވެސް މި ދަނީ ، ވަކި ބަޔަކަށް ތޯ އިންސާފު ލިބެން ވަނީ ...
މިލިޓަރީ
05 September 2018
ފަސަދަ އުފައްދަނީ ތިބޭފުޅުން ވައްކަން ކުރަނީވެސް ތިބޭފުޅުން އޮޅުވަލަނީވެސް ތިބޭފުޅުން. އިބޫއަކަ ވޯޓެއްނުދޭނަން.
މަންޑޭލާ
05 September 2018
އަޅުގަނޑު ވޯޓްލަނީ 1 ސަބަބުތަ ނެތިކިނުން. އިބޫ ކޮޅުގަ ތިބި މިރާއްޖެއަ ހިޔާނައްވީމިހުން ވައްކަން ކުރިމިހުން ކޮރަޕްށަނުގެ ލަރީގަ ހިވައިގެން މުސްސަދިވީމީހުން.
ކޯރީ
05 September 2018
ކޮބާ ރީކޯ....؟!